
ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ނުބާއްވަން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ދޮންފަނުގައި ބާއްވާ މި މުބާރާތް މިއަހަރު ނުބާއްވަން ނިންމީ މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް އިން ރައްކާތެރިވާން، އާންމު އެއްވެ އުޅުން މަދުކުރުން މުހިންމުވާތީ ރައްކަތެރިކަމުގެ ގޮތުންނެވެ.
ދޮންފަނު ޒުވާނުންގެ ރޫހުން ބުނީ މި ވަގުތު އެންމެ އިސްވާނީ އާއްމު ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަމަށެވެ.
އެހެންވެ އެޗްޕީއޭގެ ގައިޑްލައިނުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ގޮތަށް ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ބާރުއަޅާފައިވާތީ، މުބާރާތް މިއަހަރު ކުރިއަށް ގެންދާނަމަ ގިނަބަޔަކު އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެވޭތީ، މުބާރާތް ނުބާއްވަން ނިންމުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް ބުންޏެވެ.
މިއަހަރު މި މުބާރާތް ނުބޭއްވުނު ނަމަވެސް ކުރިމަގުގައި، އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި މުބާރާތް ބާއްވަން އެ ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ.
ދޮންފަނު އިންވިޓޭޝަން ކަޕަކީ މިއަތޮޅު ގިނަ ބަޔަކު ކޮންމެ ބޮޑު ޗުއްޓީއަކު އިންތިޒާރުކުރާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މި މުބާރާތުގެ މެޗުތައް ބެލުމަށް ކައިރި ރަށްރަށުން ވެސް ދޮންފަނަށް މީހުން ދެ އެވެ.
Dhonfanu invitation cup akee Baa Atoll ge enme foari gadha mubaaraaiy. Mi aharu mubaaraaiy nukulhevumaky varah bodu dhera eh. Ehenas mi vaguthah thy varah rangalhu ninmumeh. Sukuriyya DZR