ބީއެމްއެލް އިން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް 5 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.

ބޭންކުން ބުނިގޮތުގައި މިއީ އެ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަމުންދާ މަސައްކަތުގެ ދަށުން އެ ހިޔާ އަށް ހަދިޔާކުރެވުނު ކޮމްޕިއުޓަރތަކެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް މި ތަކެތި ހަދިޔާކުރެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކޮމްޕިއުޓަރތައް ހަދިޔާ ކުރެވިފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލު ކުރުމާ ގުޅިގެން ހިޔާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން. ކަމަށް ވެސް އޭނާ ވިދާލުވި އެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ މި ހަދިޔާކުރެވުނު ކޮމްޕިއުޓަރ ސާމާނުގެ އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީ އަކަށް ވެގެން ދިޔުން. އަދި މީގެ ސަބަބުން އެކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީކުރުމާއި ކަންކަމުގައި ބައިވެރިވުމަށްވެސް އެހީއަކަށް ވެގެން ދިޔުން.”

މިއަހަރު ކުރީކޮޅު  ބޭންކް އޮފް މޯލްޑިވްސް އިން ވަނީ  ރާއްޖޭގެ 10  ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ.

ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ  މުހިންމު އެއް ދާއިރާކަމަށްވާތީ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.