ސޮނެވާއިން ބ. އަތޮޅަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

ސޮނެވާއިން ބ. އަދި ނ އަތޮޅަށް ސިއްހީ ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– އީޓީފޮޓޯ

ސޮނޭވާ ކުންފުނިން ބ އަދި ނ އަތޮޅުގެ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

އެހީ ހަވާލުކުރަން މިއަދު މެންދުރުފަހު، ބ. އަތޮޅު ހޮސްޕިޓަލުގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ މުއްސަނދި އެއް ރިސޯޓު ސޮނެވާގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވީ ސޮނެވާއިން ވިޔަފާރި ހިންގާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި ދެ އަތޮޅު ހޮސްޕިޓަލަށާއި ސިއްހީ މަރުކަޒުތަކަށް އެހީތެރިވެވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ސޯނޫ ވިދާޅުވި އެވެ.

ސޮނެވާއިން ބ. އަދި ނ އަތޮޅަށް ސިއްހީ ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– އީޓީފޮޓޯ

ސޮނެވާއިން ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ވިހާ ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި، ޑްރެސިން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި، ކޮންސަލްޓޭޝަން ކޮޓަރިތަކަށް ބޭނުންވާ ސާމާނާއި ހޮސްޕިޓަލު ވޯޑުތަކަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. ސޮނެވާއިން ބުނި ގޮތުގައި ހަދިޔާ ކުރި ސާމާނުގެ އަގު 27،000 ޑޮލަރު (417،150 ރުފިޔާ)އަ ވުރެ މައްޗަށް އަރަ އެވެ.

ސޮނެވާއިން ބ. އަދި ނ އަތޮޅަށް ސިއްހީ ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– އީޓީފޮޓޯ

މިތަކެތީގެ ތެރެއިން ބ. އަތޮޅަށް ހަވާލުކުރި ތަކެއްޗާއި ހަވާލުވެވަޑައިގަތީ ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝީދެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ސޮނެވާއިން ދިން ސާމާނު ބޭނުންކުރާނީ މި ދެ އަތޮޅުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ކަމަށެވެ. އަދި ސޮނެވާއިން ދެއްވި އެހީތެރިކަމަށް ޓަކައި ސޮނެވާ ކުންފުންޏަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.