ތުޅާދޫގައި ހަދާފައިވާ ފްލެޓްތައް ހަވާލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން ބ. ތުޅާދޫގައި ހެދި ހައުސިން ޔުނިޓުތައް ލިބުނު މީހުންނާ އެތަންތަން ހަވާލުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ތެރެއިން މިހާރު އިމާރާތްކޮށް ނިމިފައިވާ 50 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ނިންމާފައިވާ ކަމަށެވެ.

މި 50 ހައުސިން ޔުނިޓުގެ ތެރެއިން ފަސް ޔުނިޓު ޚާއްސަ ކޮށްފައިވަނީ އެހެން ރަށްރަށުގެ މީހުންނަށެވެ. އޭގެ ތެރެއިންވެސް ބޮޑަށް އިސްކަން ދީފައިވަނީ ތުޅާދޫ ގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ބާކީ 45 ޔުނިޓު ދީފައި ވަނީ ތުޅާދޫގެ ރައްޔިތުންނަށެވެ.

ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ކޮންމެ ޔުނިޓެއް ނުވަތަ އެޕާޓްމެންޓެއްގައި ހުންނާނީ ތިން ކޮޓަރި އާއި ތިން ފާޚާނާ އަދި ސިޓިން ރޫމެކެވެ. މިއީ 1،100 އަކަ ފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ.

މި ހައުސިން ޔުނިޓުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭއިރު، މަހު ކުލީގެ ގޮތުގައި 20 އަހަރު ވަންދެން ދައްކަން ޖެހެނީ މަހަކު 2،500 ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ސުއައިބް

    އެހެން ރަށްތަކުގަވެސް ތިގޮތަށް ހައުސިން ޔުނިޓް އަޅާަދީބަލަ މި ސަރުކަަރުން ހާދަ ހާލެއްގައޭ މިއުޅެނީ ބޯހިޔާވަހިކަންނެތި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.