
މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ނެރުނު ވައިޓް އެލާޓްގައި ބުނެފައިވާ ގޮތުން މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެދު ރާއްޖެ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ވެސް މިރޭ ވަނީ ނެރެފަ އެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.