ބޯކޮށް ވާރޭވެހި، މާޅޮހުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ. މާޅޮހަށް ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުމަތަކުގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ފެން ވަދެފައި ވެ އެވެ.

މާޅޮހު ކައުންސިލުން ބުނިގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ބާރަ ގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ބައެއް ގޭގައި މީހުން ދިރި ނޫޅެވޭ ވަރަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.

މާޅޮހު ކައުންސިލާއި ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، ފެން ވަން ބައެއް ގެތަކަށް ފެން އިތުރަށް ވަނަނުދިނުމަށް ވެލި ބަސްތާ ވެސް ޖަހައިދީފައި ވެ އެވެ.

ބޯކޮށް ވާރޭވެހިއްޖެ މާޅޮހުގެ ބައެއް ސަރަހައްދުތަކަކީ ވަރަށް އަވަހަށް ފެންބޮޑުވާ މައްސަލަ ދިމާވާ ތަންތަނެވެ.

މާޅޮހުގެ އިތުރުން މިއަތޮޅު ދަރަވަންދު އާއި ކެންދޫގެ ސަރަހައްދު ތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. އެހެން

މޫސުމާބެހޭ އިދާރާ އިން ބުނިގޮތުގައި މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 6:00 އާ ހަމައަށް މިއަތޮޅު ދަރަވަންދު އަށް 88 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. އަދި މިއަދު މެންދުރު 12:00 އާ ހަމައަށް ވަނީ މި ސަރަހައްދަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.