ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ގޮއިދޫގަިއ ބޭއްވި ރަސްމިއްޔާތެއް މި މަޝްރޫއު ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

 ގާތްގަނޑަކަށް 46 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 15 ކިލޯމީޓަރުގެ ފެން ހޮޅި ހިމެނޭ މައި ނެޓްވޯކް ގާއިމްކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރަން 300 ކިއުބިކް މީޓަރުގެ ދެ ފެން ތާނގީ ހެދުމުގެ އިތުރުން ގޭގޭގައި ފެން މީޓަރު ވެސް ބަހައްޓާނެ އެވެ.

އެރަށުގެ ނަރުދަމާ މަޝްރޫއުގައި 8.7 ކިލޯމީޓަރުގެ ހޮޅި އަޅަ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރަސްމީކޮށް މަސައްކަތް ފެށި ނަމަވެސް މިހާރު ވެސް ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 31 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ހޮޅިތައް އެޅުމުގެ މަސައްކަތް ވެސް ވެސް ކުރިއަށް ދާ ކަމަށް ބުންޏެވެ.

މި މަސައްކަތްތައް 22 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.