ކޮވިޑް-19: އުސޫލާ ޚިލާފަށް އޭދަފުއްޓަށް އައި މީހަކު ޖޫރިމަނާކޮށް ކަރަންޓީނު ކޮށްފި

ބ. އަތޮޅުގައި ގެސްޓް ހައުސްގެ ޚިދުމަތްދޭން ފަށާފައިވާ ރަށަކުން އުސޫލާ ޚިލާފަށް އޭދަފުއްޓަށް އައިސް އުޅުނު މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށް، ކަރަންޓީނު ކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ގެސްޓްހައުސް ހިންގާ ރަށަކުން އުސޫލާ ހިލާފަށް، ރޭ މިރަށަށް އައިސް އުޅެނިކޮށް ޖޫރިމަނާ ކުރީ ފިރިހެނެއް ކަމަށެވެ. އަދި އެޗްޕީއޭގެ ލަފާގެ މަތިން އޭނާ މިހާރު މިރަށުގައި ކަރަންޓީނުކޮށްފައިވާ ކަމަށް ވެސް ރަށު ކައުންސިލުން ބުންނެވެ.

މިއީ ގެސްޓްހައުސް ހިންގާ ރަށަކުން އުސޫލަށް ޚިލާފަށް އައިސް އުޅެނިކޮށް މިގޮތަށް މީހަކު މިރަށުން ޖުރިމަނާކުރި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭގެ އުސޫލުގަިއވާ ގޮތުން ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރާއިރު (ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑް-19ގެ ކޭސްއެއް ހުއްޓަސް ނެތަސް) ކަރަންޓީނުވާން ޖެހޭނެ އެވެ.

ނަމަވެސް ޒަރޫރީ ބޭނުމެއްގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރާއިރު ކަރަންޓީނު ވާކަށް ނުޖެހެއެވެ. މިހާލަތުގައި ޒަރޫރީ ބޭނުމެއް ކަމުގައި ބެލެވެނީ، ސިއްހީ ފަރުވާ ހޯދުން، ބަލި ހާލަތުގައި އޮތް އާއިލީ މީހަކަށް ޒިޔާރަތް ކުރުން، ބެންކުން ހިދުމަތް ހޯދުން، ކޮންމެ ދުވަހަކު ސްކޫލަށް ހާޒިރުވުން، މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމުގެ އިތުރުން، ވިޔަފާރި ބޭނުމަށެވެ. ވިޔަފާރި ބޭނުމަށް ދަތުރުކުރާއިރު، އެ މީހަކާސް ހުއްދަ ލިބިގެން ވަނީ ރަށުގެ ރައްޔިތުން ނޫޅޭ ސަރަހައްދުތަކުގައި ނުވަތަ ބަނދަރު މަތީގައި ހަރަކާތްތެރިވުމަށެވެ.

ޒަރޫރީ ބޭނުމެއްގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރި ނަމަވެސް ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.