އުނގޫފާރުން ފުރި މީހުން ކަރަންޓީންވާން އަންގައިފި

ރ. އުނގޫފާރުން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، މިމަހުގެ 2 ވަނަ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

އުނގޫފާރުން  ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ އެކު އެ ރަށް ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. އޭގެ ފަހުން ނެގި ރެންޑަމް ސާޕްލުން ވެސް 4 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި މިތާރީޚްގެ ފަހުން އުނގޫފާރަށް ގޮސްފައިވާ ފަރާތެއްވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެގޮތުން ނަތީޖާ ނެގެޓިވްވި ނަމަވެސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށާއި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ގުޅައި ހިއްސާކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އުނގޫފާރަކީ ފަރުވާ ހޯދަން މާލެއަށް ނުދެވިގެން، މި ސަރަހައްދުން ގިނަ ބަޔަކު މިހާރު ބޭސްފަރުވާއަށްދާ އެ ރަށަށް ދެ އެވެ. އެ އެންމެން ވެސް ދަނީ، ވަކި ދުވަހަކަށް ލޯންޗެއް ޝެޑިއުލްކޮށްގެން، ގިނަ ބަޔަކު އެކުގަ އެވެ. އެގޮތުން މާރޗު 2 ގެ ފަހުން ވެސް މިަތޮޅުން ގިނަ ބަޔަކު އުނގޫފާރަށް ގޮސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.