
ވަރަށް ބޮޑަށް ވީރާނާވެފައިވާ ބ. ކެންދޫ މަގާމުފުޅު އިހު ހުރިގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކެންދޫ ކައުންސިލުން ކުރިން ބަލަހައްޓަމުން އައި އެތަން މިހާރު ބަލަހައްޓަމުން ގެންދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންނެވެ.
މި މަސައްކަތް އެ މަރުކަޒުން ހަވާލުކޮށްފައިވަނީ އެމްދާއިރާ އިންވެސްޓްމަންޓާ އެވެ.
ބ. ކެންދޫގައި ހުރި މަގާމްފުޅަކީ ރާއްޖެ އިސްލާމް ކުރެއްވި ތަބްރޭޒްގެފާންގެ ހަނދާނުގައި ބިނާ ކޮށްފައިވާ މަގާމްފުޅެކެވެ. އެ މަގާމްފުޅަކީ އިހުގައި ސަލަވާތް ފާތިހާ ކިޔަވައި އުޅުނު މަގާމް ފުޅަކީ ފަހަކާ ޖެހެންދެން ބަލަހައްޓާ އުޅުނު ބިނާއެކެވެ.
ކެންދޫގެ މަގާމްފުޅު މިހާރު ހުރި ތަނަކީ ތަބްރޭޒްގެފާން ނަމާދު ކުރެއްވި ތަން ކަމަށްވެ އެވެ. އެއީ އިހުގައި ރަށުގެ ގޮނޑުދޮށުގެ ދޮންވެލިގަނޑެވެ. އެ ތަނުގައި ދަނޑިފަނުގެ ގެއެއް އެޅީ އޭގެ ފަހުންނެވެ. ތަބްރޭޒްގެފާނު އެ ރަށުން ވަޑައިގެންނެވުމުން ވެސް އެކި ފަހަރު މަތިން ކެންދޫގެ ރައްޔިތުން އެތަން މަރާމާތުކޮށް ބަލަހައްޓަމުން ދިޔައީ އެވެ. މިހާރު އެ މަގާމްފުޅު ހުރި ގޮތަށް އުވައިން އިމާރާތް ކުރެއްވީ ކުޑަރިކިލު މުހައްމަދު މަނިކު (ނައިބު ކަލޭފާނު) އެވެ.

Tinoon bayakah thirashuge ehves kameh havaaleh nukurevey kithanme agubodukoh huselhiyas libey ni vagu zaaikirah