ކުޑަރިކިލަށާއި ތުޅާދު އަށް އެންބިއުލާންސް ފޮނުވައިފި

ބ. އަތޮޅުގެ ދެ ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި އެވެ.

އެސްޓީއޯ މެދުވެރިކޮށް ގެނައި މި އެމްބިއުލާންސްތައް ފޮނުވާފައިވާ ބ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ތުޅާދޫ އާއި ކުޑަރިކިލެވެ.  މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ހދ. މަކުނުދޫ، ހދ. ނޮޅިވަރަމު، ށ. ފޯކައިދޫ، މަރޮށި، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ކ. ހުރާ، އދ. ދަންގެތި، ފ. ބިލެއްދޫ ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ތ. ގާދިއްފުށީގެ އިތުރުން ތޮއްޑޫއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގަ އާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯއާއެކު، ހެލްތުން މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ އެވެ.

މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.