ދަރަވަންދޫ ކައުންސިލްގެ އެސްޖީ އަކަށް ހުޝާމިން އައްޔަންކޮށްފި

ދަރަވަންދޫ ކައުންސިލުގެ އެސްޖީ އަކަށް އައްޔަން ކުރެއްވި ހުޝަމިން

ބ. ދަރަވަންދޫ ކައުންސިލު ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މާގާމަށް ދަރަވަންދޫ ރަނައުރާމާގޭ އިބްރާހިމްހުޝާމިން މިއަދު އައްޔަންކޮށްފި އެވެ.

ދަރަވަންދޫ ކައުންސިލުގެ ސީނިއަ ކައުންސިލު އޮފިސަރުގެ މަގާމުގައި ހުންނެވި ހުޝާމިން އެ އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ގޮތުގައި އައްޔަންކޮށްފައި ވަނީ އެއް ސިޓީ ކައުންސިލާއި ހަތަރު އަތޮޅު ކައުންސިލާއި އަދި 29 ރަށު ކައުންސިލެއްގެ އެސްޖީން އައްޔަން ކުރިއިރު އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް މީހުން ހޮވުމުގެ މަސައްކަތް ނިމި، އައްޔަން ނުކުރެވި ހުރި ކައުންސިލްތަކުގެ އެސްޖީންގެ މަގާމުތަކަށް އެ ކޮމިޝަނުން ކަނޑައަޅާ މީހުން ހަމަޖައްސާނެ ކަމަށެވެ.

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށް އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Avatar
    ތެލި ސައްލެ

    މީހުން ކުރާ ކޮމެންޓް ޝާއިއު ކުރާނެ ވެސް ނުކެރޭ ދޯ? ކިހާވަރެއް ދިން މި ޚަބަރު ލިޔެން

    ބޭބެ ރައީސް ކޮއްކޮ އެސްޖީ. މީތި ކަޑަ ދޯ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.