ކުޑަރިކިލަށާއި ތުޅާދު އަށް އާ އެންބިއުލާންސް ގެނެސްފި

ސަރުކާރުން ބ. ކުޑަރިކިލަށާއި ތުޅާދޫ އަށް ފޮނުވި އެންބިއުލާންސް އިއްޔެ އެ ދެރަށަށް ގެނެސްފި އެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

މި އެމްބިއުލާންސްތައް ރަށްތަކަށް މިހާރު ފޯރަމުންދާއިރު، ބ. އަތޮޅުގެ މި ދެ ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ވަނީ ފޮނުވައިފަ އެވެ.

ބ. ކުޑަރިކިލަށް ފޮނުވި އެމްބިއުލާންސް ލިބުމާގުޅިގެން އެރަށު ސިއްހީ މަރުކަޒުން ބުނީ ‎މި ލިބުނު ޒަމާނީ ފެންވަރުގެ މުޅިން އަ އެމްބިއުލަންސްގެ ސަބަބުން ކުޑަރިކިލު ސިސއްހީ މަރުކަޒުން ފޯރުކޮށްދެމުން ދާ ހިދުމަތް އިތުރަށް ފުޅާވެ ކުރިއަރާނެކަމަށެވެ.

ތުޅާދޫ ސިސއްހީ މަރުކަޒުން ބުނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ހެޔޮބަދަލެއް ގެނެއުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިއްޔެ ސަރުކާރުން އެ ރަށަށް އެމްބިއުލަންސެއް ފޮނުއްވައިދެއްވާފައިވާ ކަމަށެވެ.

މި އެމްބިއުލާންސްތައް ލިބުމާގުޅިގެން މި ދެ ރަށުގެ ސިއްހީ މަރުކަޒުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމަށާއި އެ ދާއިރާތަކުގެ ރައީސަށާއި މަޖިލިސް މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.