ހިތާދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ބ. ހިތާދޫގެ ބަނދަރު ހަދަން، 17.70 މިލިއަން ރުފިޔާއަށް، އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާނަމަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު އެވެ.  އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ އާދަމް އާޒިމު އެވެ.

މި މަސައްކަތް ފުރިހަމަކުރަން އެމްޓީސީސީއަށް ދީފައި ވަނީ އެއް އަހަރާއި ދޮޅު މަސް ދުވަހުގެ މުއްދަތެކެވެ.

ހިތާދޫ ބަދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 14،929.60 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 4،101 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 22 މީޓަރު ގްރޮއިން ޖެހުމާއި، 70 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 90 މީޓަރު ރިވެޓްމެންޓް ޖެހުމާއި 4 ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.

އޭގެ އިތުރުން، 5 މޫރިން ބޮއި ހަރުކުރުމާއި، އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ބްރިޖެއް އިމާރާތް ކުރުމާއި 1.5 މީޓަރު 75 މީޓަރުގެ ކޮންކްރީޓް ޕްލެޓްފޯމެއް ގާއިމު ކުރުމާއި، 10 މީޓަރު 9 މީޓަރުގެ ރޭމްޕެއް ހެދުމާއި، 18 މަގުބައްތި ހަރުކުރުމާއި، 1،750 އަކަ މީޓަރުގެ ޕޭމަންޓު ހެދުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.