ދަރަވަންދޫގައި އަންހެން ކުއްޖަކު ފޮރުވައި، ބައްޕަ އަށް ވަޅިން ބިރުދައްކައިފި

ބ. ދަރަވަންދޫ– ފޮޓޯ: އަޒްމީސްޓް

ބ. ދަރަވަންދޫގައި ކުއްޖަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ ފޮރުވައި، އެ ކުއްޖާގެ ބައްޕަ އަށް ރޭ ވަޅިން ބިރު ދައްކައިފި އެވެ.

ފުލުހުން ބުނީ ކުއްޖަކު ވަޅިން މީހަކަށް ބިރު ދެއްކި މައްސަލައެއް ރޭ 9:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނާތީ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ދަރަވަންދޫން “މިހާރު” އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާ ރޭގެ ވަގުތެއްގައި ގެއްލިގެން، ކުއްޖާ ހޯދުމަށް ރައްޔިތުން ނުކުތުމަށް ކައުންސިލްގެ އިދާރާ އިން އެދުނެވެ. އެހެންވެ، ގިނަ ބަޔަކު ކުއްޖާ ހޯދަން ނުކުތް ނަމަވެސް އެ ކުއްޖާ ފޮރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާ ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.

“ނަމަވެސް އަންހެން ކުއްޖާ ހޯދުމަށް ކުއްޖާގެ އާއިލާ އާއި ދަރަވަންދޫގެ ރައްޔިތުން ނުކުމެ އުޅެނިކޮށް، އަންހެން ކުއްޖާގެ ބައްޕަ އަށް ފިރިހެން ކުއްޖާ ގުޅައި އޭނާ ހުރި ތަނެއް އެނގެން ބޭނުން ނަމަ، ރަށުގެ ދިގު މަގު ކޮޅަށް ދިއުމަށް އެންގި އެވެ. އެއީ ރަށުގެ މީހުން އުޅޭ ހިސާބާ ވަރަށް ދުރެވެ. އެ ތަނުގައި އޭނާ ހުރީ ވަޅިއެއް ވެސް ހިފައިގެން ކަމަށް ވެ އެވެ،” މިހާރު ނޫހުގައި ވެއެވެ.

އެރަށު ބައެއް މީހުން ބުނިގޮތުގައި އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް އެކަމަށް މައިންބަފައިން ދެކޮޅެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.