މިއަހަރުގެ ޑިނާ ނައިޓުން 62000 ރުފިޔާ ލިބުނު: ކިހާދޫ ސްކޫލް

ކިހާދޫ ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ޑިނާ ނައިޓްގެ ތެރެއިން--
ކިހާދޫ ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ޑިނާ ނައިޓްގެ ތެރެއިން–

ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން “ދިވެހި ސުފުރާ” ގެ ނަމުގައި ކުރިއަށް ގެންދާ ޑިނާ ނައިޓުން މިއަހަރު 62000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެ ސްކޫލުން ބުނެފި އެވެ.

2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޑިނާ ނައިޓަކީ ވަރަށް ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ޙަރަކާތެއްކަމަށް ކިހާދޫ ސްކޫލުން ބުންޏެވެ.

އެ ސްކޫލުން ބުނީ މިފަހަރުގެ ޑިނާ ނައިޓަށް ގާތްގަޑަކަށް 500 އަށްވުރެ ގިނަމީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ޑިނާ ނައިޓުގައިވަނީ މަޝްހޫރު ބޮޑުބެރު ގުރޫޕެއްކަމުގައިވާ “ފަރުމާ” ގެ ހުށަހެޅުންތައް ހުށަހަޅައިދީފަ އެވެ.

ކިހާދޫ ސްކޫލުން ބުނީ މިފަދަ ހަރަކާތްތަކުން ލިބޭ ފައިސާ  ޚަރަދުކުރާނީ ދަރިވަރުންގެ ކުރިއެރުވުމަށް ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

 1. Avatar
  އޭދަފުށީ ދަރިއެއް

  ކިހާދޫ މީހުންގެ އެކުވެރިކަމަކީ ނަމޫނާ އެކުވެރިކަމެއް.. ކުޅިވަރުގަ ވެސް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައިވެސް ނަމޫނާ ރަށެއް.. ސާބަހޭ ކިހާދޫގެ ޒުވާނުންނަށް

  ރައްދު
 2. Avatar
  kudey

  ކިހާދޫ ރައްޔިތުންނަކީ ވަރަށް ވަރުގަދަ ރޫހެއް ހުރި ބައެއް އަޅުގަނޑު އެދެނީ އަބަދުވެސް ތި ގޮތުގައި ސާބިތުވެ ހުރުން………………………………………..

  ރައްދު
 3. Avatar
  engineer

  ކިހާދޫ މީހުން މީ ގަދަ ބައެއް. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ އަދިވެސް ނަމޫނާ ރަށެއް.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.