ލޯންޗެއްގެ ބުރަފައްޗެއްގައި ޖެހި ޓޫރިސްޓަކު ވަރަށް ބޮޑަށް ޒަހަމުވެއްޖެ

    ރީތި ބީޗު ރިސޯޓް. އެރަށު ފަޅުތެރޭގައި ޑައިވިންކުރަން ދާން ތައްޔާރުވާން އުޅުނު އަންހެން ޓޫރިސްޓަކު ލޯންޗެއްގެ ބުރަފައްޗެއްގައި ޖެހި މިއަދު ވަނީ ވަރަށްބޮޑަށް ޒަހަމުވެފައި
ރީތި ބީޗު ރިސޯޓް. އެރަށު ފަޅުތެރޭގައި ޑައިވިންކުރަން ދާން ތައްޔާރުވާން އުޅުނު އަންހެން ޓޫރިސްޓަކު ލޯންޗެއްގެ ބުރަފައްޗެއްގައި ޖެހި މިއަދު ވަނީ ވަރަށްބޮޑަށް ޒަހަމުވެފައި

ރީތި ބީޗު ރިސޯޓް ފަޅުތެރޭގައި ޑައިވިންކުރަން ދާން ތައްޔާރުވާން އުޅުނު އަންހެން ޓޫރިސްޓަކު ލޯންޗެއްގެ ބުރަފައްޗެއްގައި ޖެހި ވަރަށްބޮޑަށް ޒަހަމު ވެއްޖެ އެވެ.

މިދިޔަ ހަފްތާ އެ ރިސޯތަށް ހަނީމޫނަށް އައި ޖަރުމަން ވިލާތުގެ 31 އަހަރުގެ އަންހެން މީހާ ޒަހަމުވެފައިވަނީ އެ ރިސޯޓްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ވަހީދު ޑޮކްޓަރާ ހަވާލާދެއްވައި ވިދާޅުވި ގޮތުގައި ބުރަފަތިންޖެހި ކަފައިގެން ދިއުމުގެ ސަބަބުން ޓޫރިސްޓު މީހާ ދެ ފައިގެ ކަކުލުން ތިރި ވަނީ ވަރަށްބޮޑަށް ޒަހަމުވެފަ އެވެ.

“ހާލު ސީރިއަސް ކަމުން މިކޮޅަށް ގެނައިއިރު ވެސް މާލެ ފޮނުވާލުމަށް ދިޔައި ތައްޔާރުވަމުން، އިތުރު ފަރުވާއަށް މިހާރުވަނީ މާލެ ފޮނުވާލާފައި، ވަހީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.