ދަރަވަންދޫގައި ފޮޓޯގްރަފީ ކޯހެއް ފަށައިފި

53 ބައިވެރިންނާއެކު ދަރަވަންދޫގައި ފޮޓޯގްރަފީ ކޯހެއް ފަށައިފި އެވެ.

މިކޯހަކީ ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށް އަމާޒުކޮށްގެން އެއްހާސް ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށްޓަކައި ރައީސް ޔާމިންގެ އިސްނެންގުވުމާއެކު ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ކޯހެކެވެ.

އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ ދަރަވަންދޫ ބަދަ ޖަމިއްޔާ އާ ގުޅިގެން ޓިވެޓު އޮތޯރިޓީން ކުރިއަށް ގެންދާ މިކޯހަކީ އެމްކިއުއޭ ލެވެލް 3 ގެ ކޯހެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ދަރަވަންދޫގައި ފެށި މި ކޯހުގައި 53 ޒުވާނުން ބައިވެރިވެފައިވާއިރު، އެއިން ކޮންމެ ބައިވެރިއަކަށް ވަނީ ނިކޯން ޑީ3400 ޑީއެސްއެލްއާރު ކެމެރާއެއް ދީފައެވެ.

ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި ކޯހަކީ ތިން މަސްދުވަހުގެ ކޯހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.