ކިހާދޫ ކިޑްސް ޖަމިއްޔާއިން، ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

ކިހާދޫ ކުއްޖަކު ކިޑްސް ޖަމިއްޔާގެ އީދު ހަދިޔާ އާ އެކު ފޮޓޯއަކަށް ހުއްޓިގެން.— ފޮޓޯ: ކިޑްސް

މިއަދު ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ދުވަހާ ގުޅުވައިގެން ބ. ކިހާދޫ ކިޑްސް ޖަމިއްޔާއިން އެރަށު ކުޑަ ކުދިންނަށް އީދު ހަދިޔާގެ ގޮތުގައި އައިސްކޯން ބަހައިފި އެވެ.

ކިޑްސް ޖަމިއްޔާއިން ބުނީ އީދު ފާހަގަ ކުރުމަށް އެރަށުގެ އެކި ސަރަހައްދުތަކުގައި އީދު ނަމާދަށް ފަހު ހަދިޔާގެ ގޮތުގައި ކުޑަކުދިންނަށް އައިސްކޯން ބަހާފައިވާ ކަމަށެވެ. ހަދިޔާ ބެހުމުގައި ބައިވެރިވީ އެ ޖަމިއްޔާގެ މެންބަރުންނެވެ.

ކިޑްސް ޖަމިއްޔާއިން ބުނީ ފަހަކަށް އައިސް ކޮންމެ އީދަކުވެސް އެ ޖަމިއްޔާއިން ހިންގަމުން އަންނަ މިހަރަކާތުގެ މަގުސަދަކީ އީދުގެ އުފަލުގައި ކުދިބޮޑުއެންމެން ބައިވެރިކޮށް އެކުވެރިކަން އާލާކުރުމެވެ.

ކިޑްސްއަކީ 2015 ވަނައަހަރުން ފެށިގެން ކިހާދޫގައި ހިނގަމުންއަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. ކިޑްސްއިން އަންނަނީ ކިހާދޫގައި ގިނަ އިޖްތިމާއި ހަރަކާތްތަކެއް ހިންގަމުންނެވެ.

ކުޑަކުދިންނާ ގުޅުންހުރި ތަފާތު ކަންކަމަކީ، އެ ޖަމިއްޔާއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެ ޖަމިއްޔާއިން އެރަށު ކައުންސިލާއި ގުޅިގެން ކުޑަކުދިންގެ ޕާކެއް އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.