މަންތާ ފެސްޓިވަލް ދަރަވަންދޫގައި މިއަދު ފަށަނީ

ބ. ދަރަވަންދޫން؛ ތޯރިގް އަބްދުއްރަހްމާން

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ މަންތާ ފެސްޓިވަލް މިއަދު ދަރަވަންދޫގައި ފަށާނެ އެވެ.

ބ.އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ. އަތޮޅު ކައުންސިލާއި ދަރަވަންދޫ ކައުންސިލާއި މަންތާ ޓްރަސްޓް އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން މަންތާ ޓްރަސްޓް ޖަމިއްޔާ ގުޅިގެން ބާއްވާ ފެސްޓިވަލް ކުރިއަށްދާނީ ހެނދުނު 10:30 ން ހަވީރު 6:00 އަށެވެ. އަދި މި ފެސްޓިވަލާ ގުޅުވައިގެން މިރޭ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއްވެސް މިރަށުގައި ކުރިއަށްދާނެ އެވެ.

ބ. އަތޮޅު މަންތާ ފެސްޓިވަލް، ޝަރަފުވެރިކޮށްދެއްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް މި ފެސްޓިވަލުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މަންތާ ފެސްޓިވަލުގައި މިފެސްޓިވަލްގައި 22 ސްޓޯލްއެއް ހުންނާނެއެވެ. މިސްޓޯލްތަކުން ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުމާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި ޢާއްމުންނަށް ޤުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެ އެވެ.

ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މެންދުރު ފަހު 2:00 ގަ އެވެ.

އަދި މިފެސްޓިވަލާ ގުޅުވައިގެން ބޭއްވި ކުރެހުމުގެ މުބާރާތާއި ފޮޓޯގްރަފީ މުބާރާތުން ވަނަތަކަށް ހޮވޮނު ފޮޓޯތައް މަންތާ ފެސްޓިވަލުގައި އާއްމުންނަށް ދައްކާލާނެ އެވެ. މީގެ އިތުރުން މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ލިބިގެންދާނެ އެވެ.

ރާއްޖެގައި ފުރަތަމަ ފަހަރަށް ބާއްވާ މަންތާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި ބ.އަތޮޅުގެ ތިމާވެށިގެ މައުލޫމާތާއި މަންތާ ނުވަތަ އެންމަޑިއާބެހޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ އައުޓް ރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވީ މިފެސްޓިވަލްއަށް ދަރަވަންދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ބ. ދަރިވަރެއް

    ތީ މިހާތަނަށް ބޭއްވި އެންމެ ފެންވަރު ދަށް ފެސްޓިވަލް.. އެއްވެސް އިންތިޒާމެއް ނެތް.. ކެއުން އެހާސަކަރާތް.. ބުނަން ބޭނުން ނުވިޔަސް ދަރަވަންދޫ އަކީ ވ ސާފްތާހިރުކަން ދަށް ރަށެއް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.