ކުޑަރިކިލާއި ކަމަދޫ ނަޝީދަށްޓަކައި ވަނީ ގުޅިފައި

medium_6207

 

ޖުމްހޫރީ ޕާޓީއަށް ތާއިދު ކުރެއްވި ބޭފުޅުންވެސް މިޤައުމާ ދޭތެރޭ ވިސްނާލައްވާ، ތަރައްގީއާއި ދިމާލަށް މިސްރާބުޖަހާ، 28 ސެޕްޓެމްބަރގައި ބާރަށް ކުރިޔަށް ގޮސް ރައީސް ނަޝީދަށް ވޯޓްދެއްވުމަށް ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ގޮވާލާއިފިއެވެ.

ކަމަދޫ، ކުޑަރިކިލު ގުޅިގެން ބާރަށް ކުރިޔަށް ނަމުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ކުޑަރިކިލުގެ ޖުމްހޫރީ ޕާޓީއަށް ތާއިދުކުރާ ފަރާތްތަކުންދަނީ ކުޑަރިކިލު ފިތުނަ ކުރަމުން ކަމަށާއި އެއްވެސް ހާލެއްގާ ޖަމިއްޔާތަކުގައި ފިކުރު ތަފާތު މީހުން ތިބި ކަމުގައިވިޔަސް އެތަންތަނަށް ސިޔާސި ފިކުރު ވައްދައިގެން ނުވާނެ ކަމަށެވެ.

އެހެންކަމުން ކުޑަރިކިލުގެ ރައްޔިތުން ރަނގަޅުގޮތް ބޭނުންކަމުގައި ވާނަމަ ރައީސް ނަޝިދަށް ވޯޓް ދެއްވުމަށް ގޮވާލެއްވިއެވެ.

ޔާމިނަށް ވޯޓް ދެއްވައިގެން މިރާއްޖެއިން ތެޔޮވަޅެއް ފެނުނަސް ރައްޔިތުންގެ ޖީބަށް ވަންނާނެ އެއްޗެއް ނެތް ކަމަށް ސަމީރު ވިދާޅުވިއެވެ.

މިއިންތިހާބް ކާމިޔާބު ކުރުމަށް ރެއިން ފެށިގެން ތިބީ ކުޑަރިލު، ކަމަދޫ ދެރަށް ވެގެން ކޯލިޝަން ހަދައިގެން ކަމަށާއި ކުޑަރިކިލު، ކަމަދޫގެ ރައްޔިތުން މިތިބީ ހިތާ ހިތުން ގުޅިފައި ކަމަށް ކަމަދޫ ކައުންސިލްގެ ނައިބް ރައީސް އަލީ އިސްމާއިލް ވިދާޅުވިއެވެ.

ކަމަދޫއާއި ކުޑަރިކިލާއި ގުޅިގެން ބާރަށް ކުރިޔަށް ގޮސް މިއިންތިހާބް ކަމިޔާބް ކުރާނީ 2 ރަށުން 95 ޕަސްންޓަށްވުރެ މަތިން ވޯޓް ހޯދައިގެން ކަމަށާއި އަދި ކުރިޔަށްއޮށް އެހެން އިންތިހާބްތައްވެސް ކާމިޔާބު ކުރުމަށް ކަމަދޫ، ކުޑަރިކިލު މިތިބީ ހިތާ ހިތުން ގުޅިގެން، ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިޖަލްސާގައި މި ދެބޭފުޅުންގެ އިތުރުން ކެންދޫ ދާއިރާގެ ރައީސް މައުރޫފް އަދި ކެންދޫ ކައުންސިލްގެ ރައިސް މުހުސިން އަބޫބަކުރު އަދި އެމްޑީޕީ ކަމަދޫ ގޮފިގެ ރައީސް އަބްދުﷲ ރަޝީދުއާއި ކުޑަރިކިލު ކެމްޕެއިން އިންޗާރޖް ސިރާޖުގެ އިތުރުން ކަމަދޫ ކުރީގެ ކައުންސިލަރ އަޙުމަދު ޝަފީގް ވާހަކަ ދެއްކެވިއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    ޢަބްދުލްމުހައިމިން

    މުޅި ޤައުމު ފިތުނަ ކުރުމުގައި ވަކި ޕާޓީ އަކަށް ނިސްބަތްވާ ބައެއްގެ ބޮލުގައި ނާޅުވާ ތިބާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލުމަކީ އެންމެ ރަނގަޅުގޮތް. އޭރުން ތިބާޔަށް ހުރެވުނީ ކޮން ހަރުފަތެއްގައިތޯ އެނގިލައްވާނެ. އެއަށްފަހު، ކުށެއް ކުރެވިފައިވާނަމަ، ހުރެވުނު ހަރުފަތުން ގިރާކުރުމުގެ ކުރިން ތައުބާވެލައްވާ! މިއަދު މި ޤައުމުގައި ވަނީ ފިތުނަ ފަސާދަ ޢާންމު ވެފައި.

    ރައްދު
  2. Avatar
    ދޮނާ

    ހަބަރު ކިޔާލީމާ ބަރަށް ބޮޑު އެއްޗެއް އަޅުގަނޑަށް ސާފުވެއްޖެއެވެ. މިހާރު ކަމަދޫ، ކުޑަރިކިލުގައިވެސް އެމްޑީޕީއަށް ތާއީދުކުރާ މީހުން މަދުކަން އެގުނެވެ. ޖުމްހޫރީ ޕާޓީއަށް ތާއީދުކުރި މީހުންނަށް މިހާރު ދަނީ ބިރުދައްަކަމުންކަންވެސް ފާހަގަކުރެވުނެވެ. ކުޑަރިކިލު ކަމަދުވަށް ހެދޭނީ މުންޑު ކޯލިޝަން އެހެންނޫންތޯ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.