ޑިނާ ނައިޓުން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ: ކިހާދޫ ސްކޫލް

ކިހާދޫ ސްކޫލުގައި ބޭއްވި ޑިނަރނައިޓްގެ ތެރެއިން
ކިހާދޫ ސްކޫލުގައި ބޭއްވި ޑިނަރނައިޓްގެ ތެރެއިން

 

ކިހާދޫން؛ އަހްމަދު ފަޔާޒު

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭގެ ފަންޑް ރައިސް ކުރުމުގެ ގޮތުން ޕީޓީއޭ އާއި ސްކޫލު ގުޅިގެން ބޭއްވި ޑިނާ ނައިޓުން އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ހާރުން ޔޫސުފް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ “ދިވެހި ސުފުރާ” ގެ ނަމުގައި ބޭއްވި ޑިނާ ނައިޓަށް ހާހަކަށްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށާއި، ހިސާބުތައް މުޅިން އަދި ނުނިމޭތީ ހަރަދުތައް ކެނޑުމަށް ފަހު ޑިނާ ނައިޓަށް ފައިދާވި ވަރެއް އަދި ވިދާޅުވާން ދަތި ކަމަށެވެ.

“ވަގުތީ ހިސާބުތަކުން ދައްކާގޮތުން 106214.96 ރުފިޔާ ލިބިފައިވޭ. ސީދާ އަދަދު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހާމަކުރެވޭވަރުވާނެ،” ހާރުން ވިދާޅުވި އެވެ.

ހިތާދޫ ޔޫތު ވިންގް ބޮޑޫބެރު ގްރޫޕްގެ ލައިވް ބޮޑުބެރާއެކު ކުރިއަށްގެންދިޔަ މި ޑިނާ ނައިޓަށް ރަށުން ބޭރުން 800 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި މިއަހަރުވެސް ރިސޯޓްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ކިހާދޫ ސްކޫލުން ބުނީ ޑިނާ ނައިޓުން ލިބޭ ފައިސާ ހަރަދު ކުރާނީ ދަރިވަރުންގެ ކުރިއެރުވުމަށް ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Abdul muhaimin

    މަރުޙަބާ! ނަޢީމްބެމެން ގަދަ އިނގޭ! ފަންޑް ރައިސް ކުރުމަށް ބ. އަތޮޅަށް، ޚާއްޞަކޮށް ރިސޯޓްތައް ކައިރީގައި ހުރި ރަށްރަށަށް ނަމޫނާ ސުކޫލެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.