ބ. އަތޮޅުގެ ތިން ރަށެއް ބޯފެނަށް ޖެހިފައި

ބ. އަތޮޅުގެ ރަށެއްގައި އަންހެނަކު ބަރޯއެއް ހިފައިގެން ހިނގާފައި ދާއިރު ކުޑަކުދިންތަކެއް އޭނާއާ އަރާ ހަމަކުރަން މަސައްކަތްކުރަނީ. މިއަތޮޅު ބައެއް ރަށްރަށްވަނީ ބޯފެނަށް ޖެހިފައި- ފޮޓޯ / ހަވީރު އޮންލައިން
ބ. އަތޮޅުގެ ރަށެއްގައި އަންހެނަކު ބަރޯއެއް ހިފައިގެން ހިނގާފައި ދާއިރު ކުޑަކުދިންތަކެއް އޭނާއާ އަރާ ހަމަކުރަން މަސައްކަތްކުރަނީ. މިއަތޮޅު ބައެއް ރަށްރަށްވަނީ ބޯފެނަށް ޖެހިފައި- ފޮޓޯ / ހަވީރު އޮންލައިން

ވާރޭނުވެހި ގިނަ ދުވަސްތަކެއްވެ، ފެން ލިބުން ދަތިވުމުގެ ސަބަބުން ބ. އަތޮޅުގެ ތިން ރަށެއް ބޯފެނަށް ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިއަތޮޅު ކެންދޫއާއި ކުޑަރިކިލު އަދި ފުޅަދޫން ވަނީ ބޯފެން ހުސްވެފައެވެ. މީގެ އިތުރުންވެސް 70 އަށް ވުރެ ގިން ރަށކުން  ބޯފެނަށް ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެ ސެންޓަރުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެ ސެންޓަރުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ގިނަ ރަށްރަށް ފެނަށްޖެހިގެން ރިޕޯޓު ކުރުމުން، އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 59 ރަށަކަށް 2،286 ލީޓަރު ފެން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.  އަދި އިތުރު ރަށްރަށަށް ވެސް ފެން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުގެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވާގޮތުގައި ފެނަށް ޖެހިފައިވަނީ މި ދުވަސްވަރަކީ އިރުވައި މޫސުމަށް ވުމާއެކު، ވާރޭ ވެހުން މަދުވުމުން ނެވެ.

އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެނުގެ ދަތިކަން ކުރިމަތިވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Baa

    ބ އަތޮޅު އެހެން ރަށްތަކުން ފެން ހުހެއް ނުވޭ ..އެކަމަކު އޭދަފުށި ގައި އުޅޭ ކިތަންމެ ބަޔަކު މިހާރުވެސް ފެން ގަނެގެން ބޭނުންކުރާތާ 2 މަސް ދުވަސް ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.