ބ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި -- ފޮޓޯ / ޕޮލިސް
ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި — ފޮޓޯ / ޕޮލިސް

 

ބ. އަތޮޅަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މިއަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޗަންގައި ކަނޑުމަތުން މިއަތޮޅަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅު އަތުލައިގެނފައިވާ ކަމަށްވެސް ފުލުުހުން ބުންޏެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނަށް އެއަރޕޯޓް ޕޮލިސް އާއި ބައެއް އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    m.riza.r

    ތިކުރީ ޒުވާނުން ޒުޅި އަންނާނެކަމެއް، ތިއެއްޗެތި ކަޑުމަގުން ބ.އަތޮޅަށް އެތެރެވީ ރާއްޖެއިން ބޭރުން އައި ބޯޓަކުންތަ؟ ބ.އަތޮޅު ކޮންރަށަކު ކަނޑުމަގުން އަންނަ މުދާ ހުސްކުރާ ޕޯޓެއް އޮތީ؟ އަޅުގަޑަށް ފެންނަފެނުމުގައި ތިޔައީ މިހާރު ހުއްދަލިބިގެން އެތެރެ ކުރެވޭ ތަކެތި އާއްމު އުސޫލުން ވިއްކުމަށްޓަކައި ރާއްޖޭގެ އަތޮޅުތަކަށް ގެންދެވެނީ ތިޔަފަދަ ތެކެތި ނުހައްްޤުން ފޭރުމަކީ ވަރަށް ހިތާމަ ހުރިކަމެއް، ތިއަތުލި ތަކެތި ވީ އެއްމެ އަވަހަކަށް ވެރިފަރާތާ ހަވާލް ކުރުމަށް ދަންނަވަމެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.