Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
އައިޝަތު ޒަހާ – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Thu, 20 Feb 2020 15:36:10 +0000 dv hourly 1 https://wordpress.org/?v=5.0.8 ބީއެމްއެލް އިސްލާމިކްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި http://www.eydhafushitimes.com/live/news/45107/ http://www.eydhafushitimes.com/live/news/45107/#respond Tue, 05 Feb 2019 11:13:50 +0000 http://www.eydhafushitimes.com/live/?p=45107

ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީޢާ އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން މި މަހު އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 15،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރު 3 ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއްވެސް ވަނީ ކަނޑައެޅިފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރި ...

The post ބީއެމްއެލް އިސްލާމިކްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި appeared first on Eydhafushi Times.

]]>

ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީޢާ އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މި މަހު އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 15،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރު 3 ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއްވެސް ވަނީ ކަނޑައެޅިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިންވަނީ  ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އާއި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް އަދި ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ހިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގް ހިދުމަތް ދިނުމަށް ޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް އަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަ ކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގް އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

The post ބީއެމްއެލް އިސްލާމިކްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/45107/feed/ 0
ފަންޑު ހޯދަން ވަފާއިން މިފަހަރު ނައިޓް މާކެޓެއް http://www.eydhafushitimes.com/live/news/45084/ http://www.eydhafushitimes.com/live/news/45084/#respond Mon, 04 Feb 2019 11:05:22 +0000 http://www.eydhafushitimes.com/live/?p=45084

ބ. އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ. “ރަން ޔޫބީލް ނައިޓް މާކެޓް 2019“ގެ ނަމުގައި ބާއްވާ މި ނައިތް މާކެޓް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދުވަހު ހަވީރު 4:00 އިން 6 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ވަފާ ޖަމިއްޔާގެ ދެކުނުން އޮތް ...

The post ފަންޑު ހޯދަން ވަފާއިން މިފަހަރު ނައިޓް މާކެޓެއް appeared first on Eydhafushi Times.

]]>

ބ. އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

“ރަން ޔޫބީލް ނައިޓް މާކެޓް 2019“ގެ ނަމުގައި ބާއްވާ މި ނައިތް މާކެޓް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދުވަހު ހަވީރު 4:00 އިން 6 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ވަފާ ޖަމިއްޔާގެ ދެކުނުން އޮތް ހުސް ބިމުގަ އެވެ.

އޭދަފުށީގެ ބައެއް ވިޔަފާރިވެރިންނާ ގުޅިގެން ބާއްވާ މި ނައިޓް މާކެޓްގައި ތަފާތު ވައްތަރުގެ މުދާ ހެޔޮ އަގުގައި ހޯދުމަށާއި ގޮތުންނާއި ގިނަ މުދާ އެއްތަނަކުން  ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއްކަމަށް އެޖަމިއްޔާއިން ބުންޏެވެ.

ވަފާ ޖަމިއްޔާއިން ބުނީ ނައިޓްމާކެޓް ގައި އޭދަފުށީގެ ގިނަ ފިހާރަތަކަކުން ބައިވެރިވާކަމަށާއި މި ކަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 10 ޖެހުމުގެ ކުރިން 7896915 އާއި ގުޅުއްވުމަށްވެސް އެޖަމިއްޔާއިން އެދެއެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން މީގެ ކުރިން ވަނީ ދެ ފުޑްފެއަރ އެއް ވެސް ބާއްވާފައެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ވަފާ ޖަމިއްޔާއިން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ކުޅިވަރު އީދެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ އަންނަ މާޗުމަހުގެ ފުރަތަމަ ޓާމުގެ ބަންދުތެރޭގަ އެވެ.

The post ފަންޑު ހޯދަން ވަފާއިން މިފަހަރު ނައިޓް މާކެޓެއް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/45084/feed/ 0
ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ބީލަމަށް http://www.eydhafushitimes.com/live/news/45079/ http://www.eydhafushitimes.com/live/news/45079/#respond Sun, 03 Feb 2019 16:09:58 +0000 http://www.eydhafushitimes.com/live/?p=45079

ބ. ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ. މިނިސްޓްރީން ބުނީ ހިތާދޫގެ ހިމެނޭގޮތަށް އިތުރު ހަތް ރަށެއްގައި ފެނައި ނަރުދަމާ ގާއިމުކޮށްދޭން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފިނޭންސުން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ...

The post ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ބީލަމަށް appeared first on Eydhafushi Times.

]]>

ބ. ހިތާދޫ. އެރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރަން ވަނީ ބީލަމަށް ލާފައި- އީޓީ ފައިލްފޮޓޯ

ބ. ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން ބުނީ ހިތާދޫގެ ހިމެނޭގޮތަށް އިތުރު ހަތް ރަށެއްގައި ފެނައި ނަރުދަމާ ގާއިމުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ފިނޭންސުން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.

މި މަސައްކަތްތަކާ ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

The post ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ބީލަމަށް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/45079/feed/ 0
އޭދަފުށީ މަގުހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަނީ http://www.eydhafushitimes.com/live/news/45076/ http://www.eydhafushitimes.com/live/news/45076/#comments Sun, 03 Feb 2019 04:20:48 +0000 http://www.eydhafushitimes.com/live/?p=45076

މިދިޔަ ސަރުކާރުން ފަށާފައިވާ އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަން، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ. މި މަސައްކަތް މިހާރު ހުއްޓިފައި އޮންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަސައްކަތް ހުއްޓުނުއިރު، މަޝްރޫއުގެ ބޮޑުބައެއްވަނީ ނިމިފަ އެވެ. އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނީ، ޕްލޭނިން އެންޑް އިންފްރާކްޗާ މިނިސްޓްރީންގެ އެދުމުގެ މަތިން އޭދަފުށި، ރ. އުނގޫފާރު، ރ. ދުވާފަރު، ތ. މަޑިފުށި، ލ. ފޮނަދޫ، ޏ. ...

The post އޭދަފުށީ މަގުހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަނީ appeared first on Eydhafushi Times.

]]>

މިދިޔަ ސަރުކާރުން ފަށާފައިވާ އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަން، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މި މަސައްކަތް މިހާރު ހުއްޓިފައި އޮންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަސައްކަތް ހުއްޓުނުއިރު، މަޝްރޫއުގެ ބޮޑުބައެއްވަނީ ނިމިފަ އެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނީ، ޕްލޭނިން އެންޑް އިންފްރާކްޗާ މިނިސްޓްރީންގެ އެދުމުގެ މަތިން އޭދަފުށި، ރ. އުނގޫފާރު، ރ. ދުވާފަރު، ތ. މަޑިފުށި، ލ. ފޮނަދޫ، ޏ. ފުވައްމުލައް، އަދި ސ. ހުޅުމީދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި މަސައްކަތައް ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވަނީ، އިންޓަނޭޝަލް ކޮމްޕެޓެޓިވް ބިޑިން (އައިސީބީ) ގެ އުސޫލުގެ މަތިން ކަމަށް ފިނޭސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކުރީގެ އެމްއާރުޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ.  އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ.

The post އޭދަފުށީ މަގުހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/45076/feed/ 1
އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސް http://www.eydhafushitimes.com/live/business/44991/ http://www.eydhafushitimes.com/live/business/44991/#respond Thu, 31 Jan 2019 15:00:05 +0000 http://www.eydhafushitimes.com/live/?p=44991

ދިވެހި ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފި އެވެ. އުރީދޫން ބުނީ އެލައިޑް އިންޝުއަރަންސް އާއި ގުޅިގެން، އެ ކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް ...

The post އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސް appeared first on Eydhafushi Times.

]]>

ދިވެހި ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފި އެވެ.

އުރީދޫން ބުނީ އެލައިޑް އިންޝުއަރަންސް އާއި ގުޅިގެން، އެ ކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ދަނޑިވަޅުތަކަކީ:

  • ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދިއުން
  • އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕަރމަނަންޓް ޑިސްއެބިލިޓީ
  • އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަލް ޑިސްއެބިލިޓީ

“އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރާފަދަ އައު ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް އަޙަމިއްޔަތުދެން. ލައިފް އިންޝުއަރަންސް އަކީ، އާއިލާ އަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ، އާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް. ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން.” އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވި އެވެ.

ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގުވަޒަން ކުރުމަށް ތައާރަފް ކުރެވިފައިވާ ރިވާރޑް ސްކީމެކެވެ. މިގޮތުން، ހުރިހާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް، އެލައިޑްގެ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ހިލޭ އުރީދޫ އިން ފޯރުކޮށްދޭނެއެވެ. މި ޚިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖައް ޒިޔާރަތް ކުރައްވައިގެން ރަޖިސްޓަރ ކުރެވޭނެއެވެ.

ލައިފް އިންޝުއަރަންސްގެ ޚިދުމަތް ވަރަށް ހެޔޮ އަގެއްގައި އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެކުންފުނިން ދަނީ އެލައިޑް އިންޝުއަރަންސާއި އެކު މަސައްކަތް ކުރަމުންނެވެ. އަދި މި ޕެކޭޖުގެ މައުލޫމާތު ކައިރި މުސްތަޣްބަލެއްގައި އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ހިއްސާ ކުރެވިގެންދާނެކަމަށް އުރީދުން ބުންޏެވެ.

The post އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/business/44991/feed/ 0
ބީއެމްއެލް ކްރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި http://www.eydhafushitimes.com/live/business/44987/ http://www.eydhafushitimes.com/live/business/44987/#respond Thu, 31 Jan 2019 10:54:16 +0000 http://www.eydhafushitimes.com/live/?p=44987

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ކްރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ. ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވާފައި ވަނީ ޅ. ހިންނަވަރު، ލީފްލައިފް ޖަމީލާ އަބްދުއްރަހްމާނެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 3000ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން އެ ބޭންކުން ވަނީ ނިންމައިފަ އެވެ. ބީއެމްއެލްއިން މިދިޔަ ނޮވެމްބަރުމަހު ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންތެރޭ ކްރެޑިޓް ކާޑް ހެދުމަށް އެއްވެސް ފީއެއް ...

The post ބީއެމްއެލް ކްރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި appeared first on Eydhafushi Times.

]]>

ބީއެމްއެލް ކުރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނު ޖަމީލާ އަބްދުއްރަހްމާން. ފޮޓޯ/ބީއެމްއެލް

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ކްރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވާފައި ވަނީ ޅ. ހިންނަވަރު، ލީފްލައިފް ޖަމީލާ އަބްދުއްރަހްމާނެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 3000ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން އެ ބޭންކުން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލްއިން މިދިޔަ ނޮވެމްބަރުމަހު ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންތެރޭ ކްރެޑިޓް ކާޑް ހެދުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.

The post ބީއެމްއެލް ކްރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/business/44987/feed/ 0
ރޭގަ ދިރާގު ގެ ހިތް ފެނުނުތަ؟ http://www.eydhafushitimes.com/live/news/42893/ http://www.eydhafushitimes.com/live/news/42893/#respond Sun, 30 Sep 2018 15:32:33 +0000 http://www.eydhafushitimes.com/live/?p=42893

ރޭގަ މީސް މީޑިއާގައި އެންމެ ގިނައިން ފެނުން އެއް ފޮޓޯ އަދި ވީޑިއޯ އަކީ ދިރާގު ހެޑް އޮފީސް ބިލްޑިންގ ގައި ދިއްލާފައިވާ ހިތެވެ. މި ހިތްގައިމު މަންޒަރު ދިރާގުން ދައްކުވައިދޭން ބޭނުންވި ސަބަބަކީ ބައިނަލް އަގުވާމީ ހިތުގެ ދުވަސް ފާހަގަކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. 29 ސެޕްޓެމްބަރ، މި ދުވަހަކީ ދުނިޔޭގެ މަޝްހޫރު ބިނާތަކާއި ބިލްޑިންގ ތައް ވޯލްޑް ހާރޓް ޑޭގެ މުނާސަބަތުގައި ރަތް ކުލައިން ދިއްލުވާލާ ދުވަހެކެވެ. ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ، ހިތުގެ ...

The post ރޭގަ ދިރާގު ގެ ހިތް ފެނުނުތަ؟ appeared first on Eydhafushi Times.

]]>

ރޭގަ މީސް މީޑިއާގައި އެންމެ ގިނައިން ފެނުން އެއް ފޮޓޯ އަދި ވީޑިއޯ އަކީ ދިރާގު ހެޑް އޮފީސް ބިލްޑިންގ ގައި ދިއްލާފައިވާ ހިތެވެ.

މި ހިތްގައިމު މަންޒަރު ދިރާގުން ދައްކުވައިދޭން ބޭނުންވި ސަބަބަކީ ބައިނަލް އަގުވާމީ ހިތުގެ ދުވަސް ފާހަގަކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

29 ސެޕްޓެމްބަރ، މި ދުވަހަކީ ދުނިޔޭގެ މަޝްހޫރު ބިނާތަކާއި ބިލްޑިންގ ތައް ވޯލްޑް ހާރޓް ޑޭގެ މުނާސަބަތުގައި ރަތް ކުލައިން ދިއްލުވާލާ ދުވަހެކެވެ.

ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ، ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ އެން ޖީ އޯ ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އިން ބުނާ ގޮތުގައި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި %40 ބޮޑެތި މީހުން އަދި ކުޑަ ކުދިން ޕްރިމެޗްއަރ ކޮށް މަރުވާ ސަބަބީ ހިތާއި ލޭނަރުތަކުގެ ބަލިތަކެވެ. އަދި މިއީ ހޭލުންތެރިކަން އިތުރު ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ބޭނުން ވެފައިވާ ކެމެކެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާ ގެ ދަށުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަށް އެއްބާރުލުން ދީ އަދި މި އެންޖީއޯ އާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދެއެވެ.

އެގޮތުން ދިރާގުން ފާއިތުވި ރޯދަ މަހަށް ހާއްސަކޮށް މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފައިވިއެވެ. އަދި ހަމަ އެއާއެކު މި ބަންޑަލް ތަކާއި އެކު ދިރާގުން ވަނީ ކޮންޖެނެޓަލް ހާރޓް ޑިޒީޒް އަށް ހޭލުންތެރި ކުރުމުގެ ގޮތުން ހާއްސަ ވީޑިއޯ އެއްވެސް މީސް މީޑިއާގައި ތައާރަފްކޮށްފައިއެވެ. މި ޑޭޓާ ބަންޑަލްތައް އެންމެ ހާއްސަވެގެން ދިޔަ ކަމަކީ ދިރާގު ކަސްޓަމަރުން މި ބަންޑަލްތައް ބައްލަވައިގަތުމުން އޭގެ ޕަސަންޓެއް ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރެވިގެންދިޔަކަމެވެ. އެހެންކަމުން، މި ބަންޑަލްތަށް އެކްޓިވޭޓްކުރަށްވައިގެން ލިބުނު ފައިސާ ވެގެން ދިޔައީ ސީދާ ދިރާގު ކަސްޓަމަރުންގެ ފަރާތުން ނާޒުކު ކުދި ކުދި ހިތްތަކަށް ދެވުނު ހަދިޔާއަކަށެވެ.

އެގޮތުން މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 411,068 ރުފިޔާ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ވަނީ ހަދިޔާ ކޮށްފައިއެވެ.

ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ޖީހާން އަހުމަދު (ޖީއްކޮ) ވިދާޅުވީ “ދިރާގުގެ ފަރާތުން މި ހާއްސަ ޕެކޭޖްގެ ޒަރިއްޔާއިން ވަރަށް ހާއްސަ ގޮތަކަށް ދިވެހި ރައްޔިތުން މެދުވެހިކޮށް ވެދެއްވި މި އެހީ އަކީ އެއް މުއައްސަސާގެ ފަރާތުން މިހާތަނަށް ޓައިނީ ހަރޓްސް އަށް ވެދެއްވި އެންމެ ބޮޑު އެއީ. އަދި މީގެ ސަބަބުން ދުޅަ ހެޔޮ މުގުތަމައުއެއް ބިނާ ކުރަން ޓައިނީ ހަރޓްސް އިން ކުރަމުން ގެންދާ މަސަކަތްތަކަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ. އަދި ޓައިނީ ހާރޓްސް ގެ މެނޭޖްމެންޓާއި އަދި ކުދިންގެ ފަރާތުން ވަރަށް ބޮޑަށް ދިރާގަށް ޝުކުރު އަދާ ކުރަން.”

The post ރޭގަ ދިރާގު ގެ ހިތް ފެނުނުތަ؟ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/42893/feed/ 0
ކަރީނާ އާއި ސައިފްގެ ޗުއްޓީ ސޮނެވާފުށީގައި http://www.eydhafushitimes.com/live/news/42472/ http://www.eydhafushitimes.com/live/news/42472/#respond Sun, 02 Sep 2018 17:36:53 +0000 http://www.eydhafushitimes.com/live/?p=42472

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރް މިހާރު ހުރީ ޗުއްޓީއެއްގައި ސޮނެވާފުށީ ރިސޯޓްގަ އެވެ. އާއިލީ ކުޑަ ޗުއްޓީއަކަށް މި ދެ ތަރިން، ދަރިފުޅު ތައިމޫރްއާ އެކު ރާއްޖެ އައީ ރޭގަ އެވެ. މި ދަތުރުގައި ސައިފްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ހާނާއި ސައިފްގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާނާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ކުނާމް ކޭމޫ ވެސް ރާއްޖެ އަ އެވެ. މިއީ ...

The post ކަރީނާ އާއި ސައިފްގެ ޗުއްޓީ ސޮނެވާފުށީގައި appeared first on Eydhafushi Times.

]]>

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރް މިހާރު ހުރީ ޗުއްޓީއެއްގައި ސޮނެވާފުށީ ރިސޯޓްގަ އެވެ.

އާއިލީ ކުޑަ ޗުއްޓީއަކަށް މި ދެ ތަރިން، ދަރިފުޅު ތައިމޫރްއާ އެކު ރާއްޖެ އައީ ރޭގަ އެވެ.

މި ދަތުރުގައި ސައިފްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ހާނާއި ސައިފްގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާނާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ކުނާމް ކޭމޫ ވެސް ރާއްޖެ އަ އެވެ.

މިއީ ކަރީނާ ދަރިފުޅު ވިހޭ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރީ 2015 ގަ އެވެ.

ރާއްޖެއަށް އައުމަށްފަހު ކަރީނާ އާއި ސައިފް ދަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ޢާންމުކުރަމުންނެވެ.

The post ކަރީނާ އާއި ސައިފްގެ ޗުއްޓީ ސޮނެވާފުށީގައި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/42472/feed/ 0
ސްކޫލް ކުދިންނަށް ކޮމްޕިއުޓަރ ކޯހެއް ފަށައިފި http://www.eydhafushitimes.com/live/news/41521/ http://www.eydhafushitimes.com/live/news/41521/#respond Thu, 12 Jul 2018 16:51:25 +0000 http://www.eydhafushitimes.com/live/?p=41521

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން އޭދަފުށީގައި ކޮމްޕިއުޓަރު ކޯހެއް ފަށައިފި އެވެ. “އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ކިޑްސް” ގެ ނަމުގައި ފަރުމާކޮށްގެން ދިހަ ދުވަހުގެ މުއްދަތަށް ހިންގާ 30 ގަޑިއިރުގެ މި ކޯހުގައި 25 ކުދިން ބައިވެރިވެ އެވެ. މި ކޯހުގައި ކިޔަވައި ދެއްވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ލެކްޗަރާއެކެވެ. މި ކޯހުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ލިބޭއިރު، ކޯހުން އެއްވަނަ ހާސިލްކުރާ ދަރިވަރަކަށް ޓެބްލެޓެއް ވެސް ...

The post ސްކޫލް ކުދިންނަށް ކޮމްޕިއުޓަރ ކޯހެއް ފަށައިފި appeared first on Eydhafushi Times.

]]>

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން އޭދަފުށީގައި ކޮމްޕިއުޓަރު ކޯހެއް ފަށައިފި އެވެ.

“އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ކިޑްސް” ގެ ނަމުގައި ފަރުމާކޮށްގެން ދިހަ ދުވަހުގެ މުއްދަތަށް ހިންގާ 30 ގަޑިއިރުގެ މި ކޯހުގައި 25 ކުދިން ބައިވެރިވެ އެވެ.

މި ކޯހުގައި ކިޔަވައި ދެއްވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ލެކްޗަރާއެކެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

މި ކޯހުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ލިބޭއިރު، ކޯހުން އެއްވަނަ ހާސިލްކުރާ ދަރިވަރަކަށް ޓެބްލެޓެއް ވެސް ލިބޭނެ ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުންޏެވެ. އަދި މި ކޯސް ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށް ސެޓްފިކެޓެއް ވެސް ލިބޭނެ އެވެ.

“ކޯހުގައި މުޅިންވެސް ކިޔަވައިދޭނީ ދަރިވަރުންނާ ގުޅުންހުރި، ފަސޭހަކަމާއެކު ކޮމްޕިއުޓަރ ބޭނުން ކުރެވޭނެ ގޮތްތަކާއި ޓައިޕްކުރުމާއި އިންޓަނެޓް ހެޔޮގޮތުގައި ބޭނުން ކުރަން ދަސްކޮށްދިނުމާއި އީމެއިލް ބޭނުންކުރާނެ ގޮތްތައް،”

އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

އެމް އޭއެމް ބިޒްނަސް ސްކޫލުން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކިރައްރަށުގައި ތަފާތު ކޯސްތައްދަނީ ހިންގަމުންނެވެ. އެގޮތުން އޭދަފުށީގައި ވެސް ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ހިންގަމުންނެވެ.

The post ސްކޫލް ކުދިންނަށް ކޮމްޕިއުޓަރ ކޯހެއް ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/41521/feed/ 0
އުރީދޫ ސުޕަނެޓްގެ އާ ކަސްޓަމަރުންނަށް %30 ޑިސްކައުންޓް ދެނީ http://www.eydhafushitimes.com/live/business/39198/ http://www.eydhafushitimes.com/live/business/39198/#respond Thu, 01 Feb 2018 15:18:47 +0000 http://www.eydhafushitimes.com/live/?p=39198

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އަލަށް ހިޔާރުކުރާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް އުރީދޫން މިއަދު ފަށައިފި އެވެ. އުރީދޫން ބުނީ ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން، ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ އެކްޓިވޭޝަން ފީ އަކާއި ނުލައެވެ. އަދި އަލަށް މި ހިދުމަތް ނަންގަވާ ކަސްޓަމަރުންނަށް އެއް އަހަރުދުވަސް ވަންދެން މަހު ފީން ...

The post އުރީދޫ ސުޕަނެޓްގެ އާ ކަސްޓަމަރުންނަށް %30 ޑިސްކައުންޓް ދެނީ appeared first on Eydhafushi Times.

]]>

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އަލަށް ހިޔާރުކުރާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް އުރީދޫން މިއަދު ފަށައިފި އެވެ.

އުރީދޫން ބުނީ ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން، ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ އެކްޓިވޭޝަން ފީ އަކާއި ނުލައެވެ. އަދި އަލަށް މި ހިދުމަތް ނަންގަވާ ކަސްޓަމަރުންނަށް އެއް އަހަރުދުވަސް ވަންދެން މަހު ފީން %30 ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވި ގޮތުގައި މިއަދުގެ ދުނިޔޭގައި، ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް އިންޓަނެޓްގެ ދައުރު ވަނީ ވަރަށް މުހިންމުވެފައެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފުން ކޮންމެ ބޭފުޅަކަށްވެސް ހައްޤުވެގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އުރީދޫގެ އަމާޒަކީ އެއްދުވަހުން އަނެއްދުވަހަށް ނެޓްވަރކް ވަރުގަދަކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށާއި، ގެތަކަށާއި، ވިޔަފާރިތަކާއި ހަމައަށް ވާސިލުވުން. މިގޮތުން، އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ނުހަނު އަހަންމިއްޔަތުކަން ދޭކަމެއްކަމުން، އަޅުގަނޑުމެންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ތަޢާރަފްކުރެވިގެންދަނީ ވަރަށް ހިތްގައިމު ޕްރޮމޯޝަނެއް.” ނަޖީބް ޙާން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން “ސުޕަނެޓް”ގެ ނަމުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފެށީ މިދިޔަ 2016 ވަނަ އަހަރު އެވެ. އުރީދޫން އަންނަނީ ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތައް ފޯރުކޮށްދެމުންނެވެ.

The post އުރީދޫ ސުޕަނެޓްގެ އާ ކަސްޓަމަރުންނަށް %30 ޑިސްކައުންޓް ދެނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/business/39198/feed/ 0