ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަށުން ހިނގަމުން އަންނަ ފެކަލްޓީ އޮފް އާޓްސް ގެ ޑީންގެ މަގާމްގައި ހުންނެވި އާސިމް އަބްދުއްސައްތާރު އަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވެއްޖެއެވެ. އޭދަފުށްޓަން އުފަން އާސިމްއަށް ގިނަ ބައަކު ތައުރީފުކޮށްފައިމިވަނީ އޭނާ ފޭސްބުކްގައި މިއަދު އާއްމުކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. މިއަދު މެންދުރެއް ހާއިރު ފޭސްބުކްގައި އާސިމް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހެންވޭރު ޖަނަވަރީ މަގުގައި ޕާކްކޮށްފައިހުރި އޭނާގެ ސައިކަލް ނެރެން އުޅުއްވުމުގެ ތެރޭގައި ކައިރީގައިހުރި އެހެން ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، ...
The post ކުޑަ އެންމެ ކަމަކުން އާސިމަށް ގިނަ ބައެއްގެ ތައުރީފް appeared first on Eydhafushi Times.
]]>ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަށުން ހިނގަމުން އަންނަ ފެކަލްޓީ އޮފް އާޓްސް ގެ ޑީންގެ މަގާމްގައި ހުންނެވި އާސިމް އަބްދުއްސައްތާރު އަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވެއްޖެއެވެ. އޭދަފުށްޓަން އުފަން އާސިމްއަށް ގިނަ ބައަކު ތައުރީފުކޮށްފައިމިވަނީ އޭނާ ފޭސްބުކްގައި މިއަދު އާއްމުކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.
މިއަދު މެންދުރެއް ހާއިރު ފޭސްބުކްގައި އާސިމް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހެންވޭރު ޖަނަވަރީ މަގުގައި ޕާކްކޮށްފައިހުރި އޭނާގެ ސައިކަލް ނެރެން އުޅުއްވުމުގެ ތެރޭގައި ކައިރީގައިހުރި އެހެން ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، ސައިކަލްގެ ވެރިފަރާތުން ނުވަތަ ސައިކަލްގެ ވެރިފަރާތަކީ ކާކުކަން އެނގޭ ފަރާތަކުންވެސް އޭނާއަށް މެސެޖްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ޕޯސްޓާއެކު ގެއްލުން ލިބުނުކަމަށް އާސިމް ވިދާޅުވެފައިވާ ސައިކަލްގެ ފޮޓޯއެއް ވަނީ އާއްމުކުރައްއވައިފައެވެ. އެ ސައިކަލްގެ ނަންބަރަކީ C9890 އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ސޯޝަލް މީޑިޔާއިން ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ޕޯސްޓެކެވެ. އެހެން މީހުންނާ ގުޅުންހުރި އައިބު ވާހަކަތަކާއި، އެހެން މީހުންނަށް ނިކަމެޔިކަމާއި، މަލާމާތް ރައްދުވާ ފަދަ މައުލޫމާތާއި ހަބަރު އާއްމުކޮށް ފެންނަ ނެޓްވާކެއްގައި މިފަދަ އެންމެ ކަމެއް ފެނުމަކީވެސް އުފާކުރަންޖެހޭ ކަމަށް ގަބޫލުކުރާ މީހުންވެސް އެބަތިއްބެވެ.
“ހަގީގީ ދިވެއްސެއް، އެކަމަކު އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައެއް،” އަބޫ ޢަބްދުﷲ ބިން އާދަމްގެ ނަމުގައި އާސިމްގެ ޕޯސްޓަށް ކޮމެންޓްކޮށްފައިވާ ފަރާތަކުން ބުނެފައިވެއެވެ. “ގައުމު އެދި ގޮވަނީ ތިޔަ ފަދަ އިހްލާސްތެރި ތެދުވެރިންނަށް.” އެހެން ކޮމެންޓެއްގައި މީހަކު ބުނެފައިވެއެވެ،
މިއަހަރު އަލުން ގައުމީ ޔުނިވަސިޓީއާ ގުޅިވަޑައިގަތް އާސިމް ވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ހދުމަތްކުރައްވައިފައެވެ. މަޑުމައިތިރު މިޒާޖެއްގެ އާސިމްއަށް އޭނާގެ ގަސްދަކާ ނުލައި ކުރެއްވުނު އަމަލަކުން އެހެން މީހެއްގެ އަމިއްލަ އެއްޗަކަށް ލިބުނު ކުޑަކުޑަ ގެއްލުން އޭނާ ނެންގެވީ ސީރިއަސްކޮށެވެ. އެކަން ހިނގިކަން ދެނެހުރި އެހެން މީހަކު ނެތަސް އެކަން އަޅާނުލާ ދޫކޮށްލުން އާސިމްއަކަށް އަމުދުން ކަމަކު ނުދިޔައެވެ. ގިނަ ބަޔަކަށް އާސިމްގެ އެ އަމަލު ކަމުދިޔައީ އެހެންވެއެވެ.
“އުފަލުން ރޮވިއްޖެ. ސާބަހޭ އެކުވެރިޔާ. ހެޔޮ ރަހްމަތް ލައްވާށި، އާމީން.” އާސިމްގެ ޕޯސްޓަށް ކޮމެންޓް ކުރަމުން އާމިނަތު މުހައްމަދު ބުނެފައިވެއެވެ. ” މިގޮތަށް އެންމެންވެސް ކަންތައްކުރާނަމަ. ގައިމު މަގޭ ސައިކަލްގެ ސައިލެންސަރު މަތީ އިންނަ ކަވަރުކޮޅު ބަދަލުކުރަން ޖެހުނު އަދަދެއްވެސް ނޭގެ.” މެޓްރިކްސް އިއްސޭ ގެ ނަމުގައި ކޮމެންޓްކުރި މީހަކު ބުނެފައިވެއެވެ.
ބައެއް މީހުން އާސިމްގެ ޕޯސްޓަށް ކޮމެންޓްކުރަމުން އާސިމް އަމަލު ކުރެއްވި ގޮތަށްވުރެ އޭގެ މަގްސަދު ހާސިލްވާނެ އެއަށްވުރެ ރަގަޅު ގޮތްތައްވެސް ކިޔައިދީފައި ހުއްޓެވެ. “ސްޓިކީ ނޯޓް ކަހަލަ އެއްޗެއްގަ ނެސެޖެއް ލިޔެފަ ބޭންދިނަމަ އެއަށްވުރެ ރަގަޅުވީސް. ހަނދާން ނެތިގެން ތަޅުދަނޑި ސައިކަލްގަ ޖަހާފަ ދިޔައިމަ އާންމުކޮށް ފުލުހުން ކުރާ ކަމެއް އެއީ.” އާސިމްގެ ޕޯސްޓަށް ކޮމެންޓްކުރަމުން ނިއުމާ މުހައްމަދު އޭނާގެ ހިޔާލު ފާޅުކުރިއެވެ.
ކޮންމެއަކަސް އާސިމްގެ އަމަލުކުރެއްވި ގޮތަށް ތައުރީފް ހައްގެވެ. އެއީ އެންމެންގެ ފަރާތުންވެސް ފެންނަން ގިނަ ބަޔަކު ބޭނުންވާނެ ފަދަ މިސާލެކެވެ. އާސިމް ދެއްކެވި ރީތި ނަމޫނާއަށް “އީޓީ” ގެ ފަރާތުން ޝުކުރު އަދާކުރަމެވެ.
The post ކުޑަ އެންމެ ކަމަކުން އާސިމަށް ގިނަ ބައެއްގެ ތައުރީފް appeared first on Eydhafushi Times.
]]>މިހާރު މާލޭގައި ކުރިއަށްދާ ކްލަބް މޯކްޑިވްސް ކަޕް ފުޓްސެލް މުބާރާތުގައި ކަސްޓަމްސް އާ ދެކޮޅަށް ކުޅުނު މެޗްގައި މުހައްމަދު ފާސިރު (ފާއްޓޭ) ތިންގޯލް ޖަހައި މުބާރާތުގެ ކްއާޓަރ ފައިނަލަށް އުރީދޫ މޯލްޑިވްސް ގެންގޮސްދީފިއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗްގައި ފާއްޓޭ ތިން ގޯލްވެސް ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. އޭދަފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ އުރީދޫ މޯލްޑިވްސް އިން ކަސްޓަމްސް ގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދި މި މެޗްގައި ...
The post ސެންޓޭގެ ބޭބެ ކްލަބް މޯލްޑިވްސް ކަޕްގައި ވިދަނީ appeared first on Eydhafushi Times.
]]>ފާއްޓެ ކްލަބް މޯލްޑިވްސްގައި ކުޅެނީ
މިހާރު މާލޭގައި ކުރިއަށްދާ ކްލަބް މޯކްޑިވްސް ކަޕް ފުޓްސެލް މުބާރާތުގައި ކަސްޓަމްސް އާ ދެކޮޅަށް ކުޅުނު މެޗްގައި މުހައްމަދު ފާސިރު (ފާއްޓޭ) ތިންގޯލް ޖަހައި މުބާރާތުގެ ކްއާޓަރ ފައިނަލަށް އުރީދޫ މޯލްޑިވްސް ގެންގޮސްދީފިއެވެ.
އިއްޔެ ހަވީރު ކުޅުނު މި މެޗްގައި ފާއްޓޭ ތިން ގޯލްވެސް ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. އޭދަފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ އުރީދޫ މޯލްޑިވްސް އިން ކަސްޓަމްސް ގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދި މި މެޗްގައި ފާއްޓޭ ހެދި ހެޓްރިކަކީ މި މުބާރާތުގައި އޭނާ ހެދި ދެވަނަ ހެޓްރިކެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ތައުލީމީ ގުޅުމާއި ދެކޮޅަށް ކުޅުނު މެޗްގައިވެސް ފާއްޓޭ ވަނީ ހެޓްރިކް ހަދައިފައެވެ. ފާއްޓޭ އިއްޔެ ޖެހި ތިން ގޯލާއެކު މުބާރާތުގައި އޭނާ ޖެހި ގޯލްގެ އަދަދު ވަނީ ނުވައަކަށް އަރައިފައެވެ. މިހާތަނަށް މުބާރާތުގެ ޓޮޕް ސްކޯރަރ އަކީވެސް އޭނާއެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން 2 އަހަރު ހޯދައިފައިވާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުހައްމަދު ފާސިރު ވަނީ ސެންޓޭ އާއެކު މީގެ އަހަރުތަކެއް ކުރިން ފުރަތަމަ ޑިވިޝަންގައި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަށް ކުޅެފައެވެ. ފުރަތަމަ ޑިވަޝަންގައި ކުޅުނުއިރުވެސް ފާއްޓޭ ވަނީ މޮޅު ކުޅުމެއް ދައްކައި އޭވައިލް އަށް މުހިއްމު ގޯލްތަކެއް ކާމިޔާބު ކޮށްދީފައެވެ. އެކަމަކު އޭގެ ފަހުން އަމިއްލަ ރަށަށް ބަދަލުވެ ފާއްޓޭގެ ވިދުން ބޮޑަށް ފެންނަންފެށީ އަތޮޅު މުބާރާތްތަކާއި، ޒޯން މުބާރާތްތަކުގައެވެ. މިގޮތުން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި އޭދަފުށި ޓީމުގައި ފާއްޓޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިއީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ކްލަބް މޯލްޑިވްސް ކަޕްގައި ފާއްޓޭ ކުޅޭ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލްގައި އުރީދޫ މޯލްޑިވްސް ވާދަކުރާނީ މޯލްޑިވިއަން އާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. މެޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު ފާއްޓޭ އަންނަނީ އެންމެ ފަހުން ކުޅުނު މެޗްގައި ލިބުނު އަނިޔާއިން ރަގަޅުވުމަށްޓަކައި މަސައްކަތްކުރަމުންނެވެ. އެ މެޗްގައި ފާއްޓޭއަށް ކުޅެވޭވަރު ވާނެކަން އަދި ޔަގީނެއް ނޫނެވެ.
The post ސެންޓޭގެ ބޭބެ ކްލަބް މޯލްޑިވްސް ކަޕްގައި ވިދަނީ appeared first on Eydhafushi Times.
]]>މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދެއްކި އޭދަފުށްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އަންނަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއިކޮށްފިއެވެ. މިކަން ޓީސީގެ އިސް އޮފިޝަލަކު “އީޓީ”އަށް ވަނީ ކަށަވަރުކޮށްދީފައެވެ. މިއަހަރުގެ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގާއި، އެފް އޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން އަންނަ އަހަރުގެ އޭ އެފްސީ ކަޕްގައިވެސް ކުޅުމުގެ ފުރުސަތު ހޯދައިފައިވާ ޓީސީއން ސައްޓުގެ ސޮއި މި ހޯދީ އޭނާ ގެންދިއުމަށް ...
The post ނިއުއަށް ހިތް ދީފައި ސައްޓު ޓީސީއަށް appeared first on Eydhafushi Times.
]]>މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދެއްކި އޭދަފުށްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އަންނަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއިކޮށްފިއެވެ. މިކަން ޓީސީގެ އިސް އޮފިޝަލަކު “އީޓީ”އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މިއަހަރުގެ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގާއި، އެފް އޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން އަންނަ އަހަރުގެ އޭ އެފްސީ ކަޕްގައިވެސް ކުޅުމުގެ ފުރުސަތު ހޯދައިފައިވާ ޓީސީއން ސައްޓުގެ ސޮއި މި ހޯދީ އޭނާ ގެންދިއުމަށް މި ސީޒަންގެ އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ނިއުރޭޑިއަންޓުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދަނިކޮށެވެ.
ސައްޓުގެ ވަރަށް ގާތް ރައްޓެއްސެއްގެ ފަރާތުން “އީޓީ” އަށް އެނގިފައިވާ ގޮތުގައި ސައްޓު ޓީސީ އަށް ކުޅެން ނިންމި ފަހުންވެސް ނިއުރޭޑިއަންޓުން އޭނައަށް ހުށަހެޅުން އައެވެ. އެކަމަކު ޓީސީއާ ގުޅެން ސައްޓު ނިންމީ އެ ކްލަބުގެ ހުށަހެޅުން ހުރިހާ ގޮތަކުންވެސް ރަނގަޅުވުމުން ކަމަށް “އީޓީ” އަށް އެނގިފައިވެއެވެ.
ސައްޓު ޓީސީއާ ގުޅުނުކަން ކަށަވަރުކޮށްދެމުން ޓީސީ ގެ އިސް އޮފިޝަލު ބުނީ ސައްޓުއަކީ އަންނަ ސީޒަނަށް އެ ކްލަބަށް އެންމެ ގެންނަން ބޭނުންވި ކުޅުންތެރިޔާ ކަމަށާއި، އެޓީމުގައި މިހާރުވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް ވަހީދު (ފޭދޫ އިއްބެ) އާއެކު ޓީސީގެ ފޯވާޑް ލައިންގައި ކުޅެން ސައްޓު އަށްވުރެ ރަނގަޅު ކުޅުންތެރިޔަކު ނެތް ކަމަށެވެ.
“މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ސައްޓުއާ މެދު ކޯޗާއި މެނޭޖްމެންޓްގެ ފުރިހަމަ އިތުބާރު އެބައޮތް”. ޓީސީ ގެ އޮފިޝަލު ބުންޏެވެ.
ސައްޓު ހޯދުމަށް ޓީސީ އިން މިހާ ބޮޑަށް މަސައްކަތްކޮށްފައި މިވަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންއައި ޒުވާން ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) އަންނަ އަހަރު މާޒިޔާއަށް ބަދަލުވާން ނިންމުމާ ގުޅިގެން ދާދު ނެތްތަން ފޫބެއްދުމުގެ ގޮތުން ކަމަށް ބެލެވެއެވެ. “އީޓީ” އަށް އެނގިފައިވާ ގޮތުގައި ސައްޓު ޓީސީ އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އެކަމަކު ޓީސީއަށް ކުޅެން ނިންމީ ކިހާވަރެއްގެ އަގަކަށް ކަމެއް އަދި ނޭނގެއެވެ.
މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގްގައި ކުޅުނު ށ. މިލަންދޫ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ސައްޓު ވަނީ ލީގުގައި އޭނާ ކުޅުނު 13 މެޗްގައި 8 ގޯލް ޖަހައި 5 މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ.
The post ނިއުއަށް ހިތް ދީފައި ސައްޓު ޓީސީއަށް appeared first on Eydhafushi Times.
]]>އެއީ ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ވަރަށް ގިނަ ބަޔަކު ކުރާ އުއްމީދެކެވެ. މިފަހަކަށް އައިސް ގައުމީ ސްކޮޑް އިޢުލާން ކުރާ ކޮންމެ ފަހަރަކު ސައްޓުގެ ނަން އޮވޭތޯ އެމީހުން ބަލައެވެ. މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގް ފެށިފަހުން އެކުލަވާލި އެއްވެސް ސްކޮޑެއްގައި ސައްޓުގެ ނަން ހިނެނިފައި ނުވިއަސް އެމީހުން އުއްމީދު ކަނޑައެއް ނުލައެވެ. ގައުމީ ޓީމުގެ ޖޯޒީގައި ސައްޓު ކުޅޭތަން ބަލާލަން އެމީހުން ތިބީ އެހާވެސް ކެތްމަދުވެފައެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ސައްޓުއަށް ގައުމީ ޓީމުން ...
The post ސައްޓުއަށް ގައުމީ ޓީމުން ޖާގައެއް ހައްގުވާ 3 ސަބަބު appeared first on Eydhafushi Times.
]]>އެއީ ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ވަރަށް ގިނަ ބަޔަކު ކުރާ އުއްމީދެކެވެ. މިފަހަކަށް އައިސް ގައުމީ ސްކޮޑް އިޢުލާން ކުރާ ކޮންމެ ފަހަރަކު ސައްޓުގެ ނަން އޮވޭތޯ އެމީހުން ބަލައެވެ. މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގް ފެށިފަހުން އެކުލަވާލި އެއްވެސް ސްކޮޑެއްގައި ސައްޓުގެ ނަން ހިނެނިފައި ނުވިއަސް އެމީހުން އުއްމީދު ކަނޑައެއް ނުލައެވެ. ގައުމީ ޓީމުގެ ޖޯޒީގައި ސައްޓު ކުޅޭތަން ބަލާލަން އެމީހުން ތިބީ އެހާވެސް ކެތްމަދުވެފައެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ސައްޓުއަށް ގައުމީ ޓީމުން ޖާގައެއް މާ ބޮޑަށްވެސް ހައްގެވެ. ސަބަބުތައް މިހިރީ އެވެ.
1-ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އައުން
ގައުމީ ސްކޮޑަށް ކުޅުންތެރިން ނަގާ ގޮތާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ގައުމީ ޓީމުގެ މިހާރުގެ ކޯޗް ސްޓުވާޑް އާންމުކޮށް ދޭ އެއް ޖަވާބެއް އޮވެއެވެ. ކޯޗް ބުނާ ގޮތުގައި އެއިރަކު އެކުލަވާލާ ގައުމީ ސްކޮޑަކަށް ކުޅުންތެރިން ނަގަނީ އެވަގުތެއްގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލައިގެންނެވެ. މާނައަކީ އެންމެ ފަހުން އެކުލަވާލި ދެ ސްކޮޑަށްވެސް ކުޅުންތެރިން ނެގީ ކޯޗް ބުނާގޮތުންނަމަ ދިވެހި ޕްރިމިއަރ ލީގުގައި ދައްކަމުންއައި ކުޅުމަށް ބަލައިފައެވެ. ލީގުގަ މިހާތަނަށް ސައްޓުވަނީ ތިން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. އަނެއްކާވެސް ގައުމީ ސްކޮޑް އެކުލަވާލުމުގެ ވަގުތު އައިސް ޖެހިފައި އޮތް އިރު ސައްޓު ހުރީ ކުރިއެކޭވެސް އެއްގޮތަށް ރަގަޅު ފޯމެއްގައެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަޔަމަ ދެ މެޗްގައި މިލަންދޫގެ މުޅި ޓީމަށް ދިމާވި މައްސަލަތަކާ ހުރެ ސައްޓުގެ އަސްލު ކުޅުން ދެއްކޭ ގޮތް ނުވި ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗްގައި ސައްޓުވަނީ އަނެއްކާވެސް ތަފާތު ދައްކައިފައެވެ. ދެވަނަ ބުރުގެ ތިންވަނަ މެޗްގައި މާލޭ ލީގުގެ ދެވަނަ ހޯދި ގްރީން ސްޓްރީޓް އަތުން މިލަންދޫ ޕޮއިންޓެއް ހޯދީ ފަހު ވަގުތު ސައްޓު ޖަހައިދިން ގޯލުންނެވެ. އެންމެ ފަހުން ކުޅުނު މެޗްގައި ގައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ އާ ވާދަކޮށް އާދަޔާ ޚިލާފްގޮތަކަށް މިލަންދޫ އެއްވަރުކުރި އިރު ޓީމުގެ ހީރޯ އަކީވެސް ސައްޓުއެވެ. މިލަންދޫއަށް މެޗް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނުމުގެ އިތުރުން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ. ކުޅުންތެރިއަކަށް އޭނާގެ ޕާފޯމެންސް ދައްކަން ކުރެވޭނެ މިއަށްވުރެ ވަކި އިތުރު ކަމެއް އެބައޮތް ހެއްޔެވެ؟
2-ފުޓްބޯޅައިގެ ހުނަރު ހުރި ތަފާތު ކުޅުންތެރިއެއް
ސައްޓުގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރާ މެދު ސުވާލެއް ނެތެވެ. ކޮންމެ މުބާރާތެއްގައި ކުޅުނަސް އޭނާ ތަފާތު ދައްކައެވެ. އެންމެ ފަހުން އޭދަފުށީގައި ނިމިގެންދިޔަ ރިސޯޓްތަކުގެ ފުޓްބޯޅަ މުބާރާތުގެ ތަށި ދުސިތު ހޯދީ ސައްޓުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުއެވެ. މިދިޔަ އަހަރު އޭދަފުށީގައި އޮތް އެޓޯލް ފުޓްބޯލް ޗެލެންޖްގައި ގޮއިދޫ ޓީމަށް ތަށި ލިބުނީ ސައްޓު ޖަހައިދިން އާދަޔާ ޚިލާފު ގޯލުންނެވެ. މި ދެމުބާރާތުގެވެސް މޮޅު ކުޅުންތެރިޔާއަކީ ސައްޓުއެވެ. އަދި، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފުޓްސެލް މުބާރާތް، މާ ގަދަ ބާރެއްގެ ގޮތުގައި ނުބެލެވޭ ބޭންކް އޮފް މޯލްޑިވްސްގެ ޓީމުން ކާމިޔާބު ކުރީ ސައްޓުގެ ހިތްވަރުންނޭ ބުންޏަސް ޓީމުގެ އެހެން ކުޅުންތެރިން ބޯ ޖަހާލާނެކަން ޔަގީނެވެ. އެހުރިހާ ކަމަކަށްވުރެވެސް ސައްޓުގެ ހުނަރާ މެދު ޔަގީންކަން އިތުރަށް ލިބެނީ އޭނާގެ މިހާރުގެ ކޯޗް ނާސިރު ގެ ވާހަކަތަކުންނެވެ. ނާސިރު ބުނާގޮތުގައި ކޮންމެ ހާލަތެއްގައި ސައްޓު ހުއްޓަސް ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ދެނީ ހުނަރުގެ ގޮތުން އެހެން ކުޅުނެތެރިންނާ ތަފާތުވީމައެވެ. ކޮންމެ ވަގުތެއްގައިވެސް މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ހުނަރު ސައްޓުގެ ކިބައިގައި ހުރިކަން ނާސިރަށް ޔަގީންވެއެވެ. ސައްޓު މިހާތަނަށްވެސް އައީ އެ ޔަގީންކަން އިތުރު ކޮށްދެމުންނެވެ. މިލަންދޫ ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ ފަހަރަށް އޭނާ ކުޅެނީ ޓީމާއެކު އެންމެ ޕްރެކްޓިހެއްވެސް ނުކޮށެވެ. އޮފީހުގެ ބުރަ މަސައްކަތުގައި އުޅެފައި ކަނޑު މަގުން ދަރަވަންދޫއަށް ގޮސް ވައިގެ މަގުން، މެޗް ކުޅެން މާލެ އަންނަ އިރު މެޗް ފެށެން ގިނަ ފަހަރަށް އޮންނަނީ ދެތިން ގަޑިއިރެވެ. ވަރުގަދަ މާޒިޔާއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗްގައި ގައުމީ ޓީމުގައި ނަގާ ކިޔާ އެތައް ކުޅުންތެރިންނެއް ފަހަތައް ޖައްސާލުމަށްފަހު މޭން އޮފް ދަ މެޗްގެ މަގާމް ސައްޓު ހޯދި އިރު އޭނާ މެޗް ކުޅެން މާލެ އައީ ހެނދުނު 11 ޖެހިއިރު ކަނޑުމަގުންނެވެ. އެވެސް އަދި އޭގެ ކުރީ ދުވަހާއި، ކުރީ ރޭ ހދ. މަކުނުދޫއާ އޭދަފުށްޓާ ދެމެދު ކަނޑު މަގުން ދިގު ދަތުރުތަކެއް ކުރުމަށްފަހު އެވެ. މިހާލަތުގައި ކުޅެ ތަފާތު ދައްކާ ކުޅުންތެރިއެއްގެ ހުނަރާ މެދު ސުވާލު އުފައްދާ ނަމަ ދެން އަޅުގަނޑުމެން ބުނާނެ އިތުރު ވާހަކައެއް ނެތެވެ.
3-މިއީ އާ ކުޅުންތެރިން ޓެސްޓްކޮށްލަން އެންމެ ރަގަޅު ވަގުތު
ދިވެހި ޕްރިމިއަރ ލީގުގައި ތަފާތު ކުޅުމެއް ދެއްކިއަސް އެންމެ ފަހުން އެކުލަވާލި ގައުމީ ދެ ސްކޮޑުން ސައްޓުއަށް ޖާގަ ނުލިބުމުގައި ގަބޫލު ކުރެވޭ އެއް ސަބަބު އެބަ އޮތެވެ. އެންމެ ފަހުން ގައުމީ ސްކޮޑް އެކުލަވާލި ދެ ފަހަރުވެސް ޓީމް ނެގީ އޭޝިޔާގެ ފުޓްބޯޅައިގައި މެދު ފަންތީގައި ގުނާލެވޭ ގައުމަކާ ދެކޮޅަށް މުހިއްމު ދެ މެޗް ކުޅޭށެވެ. އޭޝިޔަން ކަޕަށް ކޮލިފައިވާން މިއިން ދުވަހަކުވެސް ނުލިބޭހާ ރަނުގެ ފުރުސަތެއް ލިބިފައި އޮވެ އެކަން ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮތް ދަނޑިވަޅެއްގައި އޮމާން ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ ޓީމެއްގައި ހިމަނަންޖެހޭނީ ބައިނަލް އަގްވާމީ ތަޖްރިބާ ލިބިފައި ތިބި ކުޅުންތެރިން ކަމަށް ގަބޫލުކުރެވެއެވެ. ސައްޓުއަށް އަދި ބައިނަލްއަގްވާމީ މެޗެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. އެކަމަކު އޮމާން އާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ކޮލިފައިވުމުގެ އުއްމީދު މިހާރު ގައުމީ ޓީމަށް ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. އެހެންވެ މިވަގުތަކީ ރަގަޅުކުޅުމެއް ދައްކަމުން އަންނަ ހުނަރުހުރި އާ ކުޅުންތެރިންނަށް ފުރުސަތު ދޭން އެންމެ ރަގަޅު ވަގުތު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިގޮތުން ބަލާއިރު ސައްޓުއަކީ ގައުމީ ޖޯޒީގައި މިފަހަރު ޓެސްޓް ކޮށްލަން އެންމެ ރަގަޅު އެއް ސާމްޕަލެވެ. ޕްރެކްޓިސް ނުކޮށް ތަފާތު ދައްކަމުން އަންނައިރު ބައިނަލް އަގްވާމީ ތަޖުރިބާ ހުރި ކޯޗެއްގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތަކުގައި ގަވައިދުން ބައިވެރިވެ ދައްކާ ކުޅުން އަދި މާ ތަފާތު ވާނެކަމަށް ގަބޫލު ކުރެވެއެވެ. އެހެން ހުރިހާ ފަހަރަކަށްވުރެ މިފަހަރު ގައުމީ ސްކޮޑް އެކުލަވާލާއިރު ސައްޓުގެ ނަން އޮތުން ހައްގު ކަމަށް ސައްޓުގެ ސަޕޯޓަރުން ގަބޫލުކުރަނީ އެހެންވެއެވެ.
The post ސައްޓުއަށް ގައުމީ ޓީމުން ޖާގައެއް ހައްގުވާ 3 ސަބަބު appeared first on Eydhafushi Times.
]]>ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ކުޅުނު މެޗްގައި މާޅޮހުން ދެލަނޑު ޖަހާފައިވަނިކޮށް އޭދަފުށްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓް) ދެ ލަނޑު ޖަހައި މިލަންދޫ ސަލާމަތްކޮށްދީފި އެވެ. ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސައްޓު ދެ ގޯލުވެސް ޖަހާފައިވަނީ ފަހު ހާފުގައި ކުޅެން އަރަ އެވެ. އަދި މެޗުގެ އެންމެ ތިން ބައިކުޅަ އެއްބައި ވަގުތު ކުޅެ އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އެހާ ކުޑަވަގުތު ...
The post ސައްޓުގެ ޖާދޫއިން މުޅި މިލަންދޫ ހިނިތުންކޮށްފި appeared first on Eydhafushi Times.
]]>ސައްޓު މިނިވަން ޗެމްޕިއަންޝިޕްގައި ފައިނަލް ރައުންޑުގަިއ ކުޅެނީ: ފޮޓޯ ކޭއޯ
ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ކުޅުނު މެޗްގައި މާޅޮހުން ދެލަނޑު ޖަހާފައިވަނިކޮށް އޭދަފުށްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓް) ދެ ލަނޑު ޖަހައި މިލަންދޫ ސަލާމަތްކޮށްދީފި އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސައްޓު ދެ ގޯލުވެސް ޖަހާފައިވަނީ ފަހު ހާފުގައި ކުޅެން އަރަ އެވެ. އަދި މެޗުގެ އެންމެ ތިން ބައިކުޅަ އެއްބައި ވަގުތު ކުޅެ އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އެހާ ކުޑަވަގުތު ކޮޅެއްގައި ކުޅެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމަކީ ވަރަށް މަދުން ނޫނީ ކުޅުންތެރިންނަށް ނުލިބޭ ޝަރަފެކެވެ.
ރަސްމީ ދުވަހެއްގައި މެޗު އޮތުމުގެ ސަބަބުން މިލަންދޫން ކުޅުނު ފުރަތަމަ މެޗުގައި ސައްޓުއަށް ބައިވެރިނުވެވުނުއިރު، މިއަދުގެ މެޗަށް ޓީމާ އޭނާ ގުޅުނީ އިއްޔެ އެވެ. އަދި މިލަންދޫ ޓީމުގެ ފަރިތަކުރުންތަކުގައި މިހާތަނަށް އޭނާ ބައިވެރިވެފައިވަނީ ވެސް އިއްޔެ އެކަންޏެވެ.
މީގެ ކުރިން ސައްޓު ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މެޗެއްވެސް ކުޅުނީ އެންމެ ފަހަރަކުއެވެ. އެއީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތިމަރަފުށްޓާއި ވާދަކޮށް އޭދަފުށިން ތަށި ހޯދި މެޗުގައެވެ. އެ މެޗުގައި މާ އެދެވޭ ކުޅުމެއް ސައްޓުގެ ފަރާތުން ފެނިފައިނުވިއަސް މިއަދުގެ މެޗުގައި އޭނާގެ ކުޅުން އެއާ މުޅިން ތަފާތެވެ. މެޗް ނިމެން ތިރީހަކަށް މިނިޓަށް ވެފައިވަނިކޮށް ކުޅެންއަރައި މާޅޮހުގެ މުޅި ޑިފެންސް ލައިން އޭނާ ޕްރެޝަރަށް ވައްޓާލިއެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މޮޅު މާޅޮހަށް އަތުވާން ގާތްގަނޑަކަށް ފަސް މިނިޓަށް ވެފައިވަނިކޮށް ގެ ގޯލް ސައްޓު ފޫއަޅުވާލީ ކީޕަރުގެ ބޯމަތިން އޮއްސާލި ރީތި ބޯޅައަކުންނެވެ. އަދި ދެވަނަ ގޯލް މެޗު ނިމިނިމި އޮއްވާ ސައްޓު ކާމިޔާބުކުރީ ބޯޅަ ދިފާއުކުރެވޭނެ މާބޮޑު ފުރުސަތެއް މާޅޮހުގެ ކީޕަރަށް ނުދީއެވެ.
މެޗަށްފަހު މިލަންދޫގެ ކުޅުންތެރިންނާ ދަނޑަށް ވަދެ ތިބި މިލަންދޫގެ ސަޕޯޓަރުން ސައްޓުއަށްވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
The post ސައްޓުގެ ޖާދޫއިން މުޅި މިލަންދޫ ހިނިތުންކޮށްފި appeared first on Eydhafushi Times.
]]>މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ އޭދަފުށި ޓީމަށް ރައްޔިތުންގެ މާލިއްޔަތުން ކުރަންޖެހޭ ހަރަދު މިފަހަރު ވަރަށްބޮޑުތަން ކުޑަވާނެކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ. އޭދަފުށި ފުޓްބޯޅަ ޓީމުގެ ކަންކަން ބެލެހެއްޓުމުގައި ކައުންސިލްގެ ފަރާތުން އެންމެ އިސްކޮށް މިއަހަރު ހަރަކާތްތެރިވެވަޑައިގަންނަވާ ކައުންސިލް މެންބަރު ޒައިދު ޢަލީ މިއަދު “އީޓީ” އާ ވާހަކަދައްކަވަމުން ވިދާޅުވީ ޓީމަށްކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް އެކި ފަރާތްތަކުން ގިނަ އެހީތަކެއް ލިބެމުންއަންނަ ކަމަށެވެ. “އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ހެޔޮއެދޭ ފަރާތްތަކުން ...
The post ޓީމަށް މާލިއްޔަތުން ކުރާ ހަރަދު މިފަހަރު ކުޑަވާނެ appeared first on Eydhafushi Times.
]]>އޭދަފުށީ ޓީމް މިއަދު ކުޅުދުއްފުއްޓަށް ފުރުމުގެ ކުރިން އޭދަފުށި ކައުންސިލްގެ ނައިބު ރައީސާ ހައްވާ ސަމީހާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ވާހަކަފުޅު ދައްކަވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ އޭދަފުށި ޓީމަށް ރައްޔިތުންގެ މާލިއްޔަތުން ކުރަންޖެހޭ ހަރަދު މިފަހަރު ވަރަށްބޮޑުތަން ކުޑަވާނެކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ.
އޭދަފުށި ފުޓްބޯޅަ ޓީމުގެ ކަންކަން ބެލެހެއްޓުމުގައި ކައުންސިލްގެ ފަރާތުން އެންމެ އިސްކޮށް މިއަހަރު ހަރަކާތްތެރިވެވަޑައިގަންނަވާ ކައުންސިލް މެންބަރު ޒައިދު ޢަލީ މިއަދު “އީޓީ” އާ ވާހަކަދައްކަވަމުން ވިދާޅުވީ ޓީމަށްކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް އެކި ފަރާތްތަކުން ގިނަ އެހީތަކެއް ލިބެމުންއަންނަ ކަމަށެވެ. “އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ހެޔޮއެދޭ ފަރާތްތަކުން ލިބެމުންއަންނަ އެހީތެރިކަން އިތުރުކަމަށް ފާހަގަކުރެވޭ. އެހީގެ ގޮތުގައި ލިބެމުންއަންނަ ފައިސާއިން ޚަރަދުގެ ބޮޑު ބައެއް ކަވަރކުރެވޭނެކަމަށަް މިބަލަނީ، އަމާޒަކީ ވީހާވެސް ކުޑަ އެއްޗެއް ރައްޔިތުންގެ ފައިސާއިން މިކަމަށް ޚަރަދުކުރުން” ޒައިދު ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވިގޮތުގައި ޓީމު މިއަދު ކުޅުދުއްފުށްޓަށް ފުރިކަމުގައިވިޔަސް ޓީމަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު ހުޅުވިފައިވާ ކަމަށާއި، ޓީމަށް އެކިފަރާތްތަކުން ލިބެމުންއަންނަ އެހީތެރިކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ފަށަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމަށް މިއަދު ހެނދުނު ޓީމް ވަނީ އޭދަފުށިން ފުރާފައެވެ. ދަރަވަންދޫ މަގުން ހަނިމާދޫއަށް ދިއުމަށް މިއަދު ޓީމު ފުރިއިރު މުހިއްމު ބައެއް ކުޅުންތެރިން ޓީމާއެކު ނުދިޔަ ނަމަވެސް ބުރާސްފަތި ދުވަހު ކުޅުދުއްފުށްޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެކުޅުންތެރިންވެސް ޓީމާ ގުޅޭނެކަމަށް ކައުންސިލް މެންބަރު ޒައިދު ވިދާޅުވެފައިވެއެވެ. ” ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ރިލީޒް ދިނުމުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް އޮފީސްތަކުންނާއި، ރިސޯޓްތަކުން ލިބިފައިވޭ، އެހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.” ޒައިދު ވިދާޅުވިއެވެ.
އުތުރުގެ ހަތަރު ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރުގައި އޭދަފުށްޓާއި،، ކުޅުދުއްފުށީގެ އިތުރުން ވާދަކުރާނީ މިލަންދޫ އާއި، އއ. މާޅޮހެވެ. މި ބުރުން އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް މިއަހަރު މާލޭގައި އޮންނަ ދިވެހި ޕްރިމިއަރ ލީގުން ޖާގަދޭގޮތަށް އެފްއޭއެމުންވަނީ ހަމަޖައްސާފައެވެ.
The post ޓީމަށް މާލިއްޔަތުން ކުރާ ހަރަދު މިފަހަރު ކުޑަވާނެ appeared first on Eydhafushi Times.
]]>އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިފްޒްކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި މުސްތަފާ މުޙައްމަދު މަހަކަށްވުރެ ގިނަ ދުވަހު އޭދަފުށީގައި މަޑުކުރުމަށްފަހު ފުރަން ތައްޔާރުވެއްޖެ އެވެ. އިންޑިޔާގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފުރިހަމަކުރި މުސްތަފާ އެނބުރި އަލުން އެ ގައުމަށް ދިއުމަށްޓަކައި އޭދަފުށިން ފުރާގޮތަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރު އެވެ. ނިމިގެންދިޔަ ރޯދަމަހު މިރަށު ހުކުރު މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމުގެ އިތުރުން މުސްތަފާ ވަނީ މިއަތޮޅުގެ ...
The post އޭދަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ: މުސްތަފާ appeared first on Eydhafushi Times.
]]>މުސްޠަފާ. އޭނާގެ މަސައްކަތަކަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައި. އީޓީ ފޮޓޯ/ރާއިފް ޔޫސުފް
އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިފްޒްކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި މުސްތަފާ މުޙައްމަދު މަހަކަށްވުރެ ގިނަ ދުވަހު އޭދަފުށީގައި މަޑުކުރުމަށްފަހު ފުރަން ތައްޔާރުވެއްޖެ އެވެ.
އިންޑިޔާގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފުރިހަމަކުރި މުސްތަފާ އެނބުރި އަލުން އެ ގައުމަށް ދިއުމަށްޓަކައި އޭދަފުށިން ފުރާގޮތަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރު އެވެ.
މުސްތަފާ(ވ) އޭނާގެ ބައްޕައާއެކު
ނިމިގެންދިޔަ ރޯދަމަހު މިރަށު ހުކުރު މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމުގެ އިތުރުން މުސްތަފާ ވަނީ މިއަތޮޅުގެ ބައެއް ރަށްރަށާއި، ރ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް މި ރޯދަމަހު އިމާމްވެ ތަރާވީޙް ނަމާދުކޮށްފައެވެ. މުސްތަފާ އިމާމްވެ ތަރާވީހް ނަމާދުކުރިއިރު ގުރުއާން ކިޔަވަމުންގެންދިޔަލެއް ފަރިތަކަމާއި، ވަރަށް މަދު ރެއަކު ނޫނީ ކުށެއް ނުޖެހި ކިޔެވުން ފުރިހަމަ ކޮށްފައިވުމަކީ ގިނަ ބަޔަކަށް ހައިރާންކަންގެނުވި ކަމެކެވެ.
މުސްތަފާ އޭދަފުށީ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރަނީ
“އީޓީ” އާ ވާހަކަ ދައްކަމުން މިރޭ މުސްތަފާ ބުނީ އޭދަފުށީގެ ރައްޔިތުންގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބިފައިވާކަމަށާއި، އެކަމަށްޓަކައި އޭދަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ކުޑަކުއްޖެއްގެ ފަހަތުގައި އިމާމްވެ ނަމާދުކުރުމާމެދު ބައެއް ކަހަލަ ހިޔާލު ތަފާތުވުންތައް ހުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް އެކަމާ އެހާ ކަންބޮޑު ނުވާކަމަށާއި، އެކަމާގުޅިގެން އެއްވެސް މީހަކާމެދު ހިތްބުރަ ކަމެއް ނެތްކަމަށް މުސްތަފާ ބުންޏެވެ.
The post އޭދަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ: މުސްތަފާ appeared first on Eydhafushi Times.
]]>އޭދަފުށްޓަކީ ނިސްބަތުން ކްލަބް ޖަމިއްޔާތައް ގިނަ ރަށެކޭ ބުނެވިދާނެއެވެ. ޖަމިއްޔާތަކުގެ ހަރަކާތްތައްވެސް މަދެއް ނޫނެވެ. ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުންނެވެ. ކޮންމެވެސް މޮޅު ކަމެއް ކޮށްލެވޭތޯ ކޮންމެ ބަޔަކުވެސް ތިބެނީ ވިސްނައެވެ. ހުރިހާ ފައިދާއެއް ރަށަށެވެ. ރައްޔިތުންނަށެވެ. މިހުރިހާ ކަމަކަށްވުރެ އަޅުގަނޑަށް ހިތްގައިމު އެހެންކަމެއް އެބައޮތެވެ. ވަރަށް ޒުވާންކުދިން އެކަންކަމުގައި ދައްކަމުން އަންނަ ނަމޫނާއެވެ. ރޭ އޭދަފުށީގައި ނިމިގެންދިޔަ ފުޓްސެލް މުބާރާތަކީ މީގެ އެއް މިސާލެވެ ރަށުގެ ވަރަށް ޒުވާން ކުދިންކޮޅެއް އެކުވެގެން އުފައްދާފައިވާ ބަނަފްސާ ކަންމަތި (ބީކޭ) ...
The post ބީކޭ އާއި ޑައުންޓައުން: ހެޔޮ ފާލަކަށް ނުވާނެތަ؟ appeared first on Eydhafushi Times.
]]>އޭދަފުށްޓަކީ ނިސްބަތުން ކްލަބް ޖަމިއްޔާތައް ގިނަ ރަށެކޭ ބުނެވިދާނެއެވެ. ޖަމިއްޔާތަކުގެ ހަރަކާތްތައްވެސް މަދެއް ނޫނެވެ. ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުންނެވެ. ކޮންމެވެސް މޮޅު ކަމެއް ކޮށްލެވޭތޯ ކޮންމެ ބަޔަކުވެސް ތިބެނީ ވިސްނައެވެ. ހުރިހާ ފައިދާއެއް ރަށަށެވެ. ރައްޔިތުންނަށެވެ. މިހުރިހާ ކަމަކަށްވުރެ އަޅުގަނޑަށް ހިތްގައިމު އެހެންކަމެއް އެބައޮތެވެ. ވަރަށް ޒުވާންކުދިން އެކަންކަމުގައި ދައްކަމުން އަންނަ ނަމޫނާއެވެ.
ރޭ އޭދަފުށީގައި ނިމިގެންދިޔަ ފުޓްސެލް މުބާރާތަކީ މީގެ އެއް މިސާލެވެ ރަށުގެ ވަރަށް ޒުވާން ކުދިންކޮޅެއް އެކުވެގެން އުފައްދާފައިވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕްގެ ފަރާތުން މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ބޭއްވި 21 އަހަރުން ދަށުގެ ފުޓްސެލް މުބާރާތަކީ ކާމިޔާބު ހަރަކާތެކޭ ނުބުނާނެ މީހަކު މަދުވާނެ އެވެ. މުބާރާތަކުން ފެންނަން ޖެހޭ ހުރިހާ ސިފައެއް ފެނުނީ ފުރިހަމަކޮށެވެ. ގުރުއަތުލުމާއި ހަމައިން ފެށިގެންގޮސް ނިންމުމުގެ ރަސްމިއްޔާތާއި ހަމައަށް ހުރިހާ އިންތިޒާމްތަކެއްވެސް ދިޔަލެއް ޗާލެވެ. އާއްނުކޮށް އެކަހަލަކަމެއް ކޮށް ނޫޅޭ ބަޔެކޭ ހީވެސް ނުވެއެވެ.
މުބާރާތް އެކާވީސް އަހަރުން ދަށަށް ހާއްސަކޮށްފައި އޮތުންވެސް އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވުމުގެ އަޒުމުގައިތިބި ޒުވާން އެތައް ކުދިންނެއްގެ ހުނަރު ދައްކާލަން މި މުބާރާތުގައި ފުރުސަތު ލިބުނެވެ. ދަނޑުމަތީގަޔާއި، ދަނޑުން ބޭރުގައި ލީޑަޝިޕް ނަގަން ޒުވާންކުދިން ދަސްކުރިއެވެ.
އެކާވީސް އަހަރުން ދަށުގެ ފުޓްސެލް މުބާރާތަކީ ބީކޭ އިން މިއަހަރު ހިންގި ހަމައެކަނި ހަރަކާތެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު މިގްރޫޕުންވަނީ އޭދަފުށީގެ އުތުރުފަރާތުގެ ފަޅު ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ. އެކުދިންގެ މިސްރާބު ހަމައެކަނި ހުރީ ކުޅިވަރަށް ނޫންކަން މިކަމުން އެގެއެވެ.އަމިއްލަ ރަށާމެދު ވިސްނާކަން އެބަ އެގެއެވެ. އެއީވެސް އުފަލެކެވެ.
ކްލަބް ޑައުންޓައުންގެ ފަރާތުންވެސް ވަނީ ތަފާތު ވިސްނުން ގެންގުޅޭ ކަމުގެ ކުލަތައް ފެނިފައެވެ. މިދިޔަ އަހަރުގެ އަޟްޙާ ޢީދުގައި އެ ގްރޫޕްގެ ފަރާތުން ބޭއްވި އަންހެނުންގެ ފުޓްސެލް މުބާރާތަކީ އޭގެ އެއް ހެއްކެވެ. ފުޓްބޯޅަ ކުޅޭހިތުން ތިބި އަންހެންކުދިންވެސް މިރަށުގައި ތިބިކަން ޒުވާންކުދިންކޮޅެއް ދެނެގަތްކަންވީ އަޅުގަނޑަށް ވަރަށް ޝައުގުވެރިކުރުވި ކަމަކަށެވެ. ގޮންޖެހުންތަކާއެކުވެސް އެ މުބާރާތް ޑައުންޓައުންއިން ނިންމާލީ ކާމިޔާބު ހަރަކާތެއްގެ ގޮތުގައެވެ.
ކުޅިވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓަސް ޑައުންޓައުންގައި ތިބި ޒުވާންކުދިންގެ ހިތުގައިވެސް ރަށަށް ލޯބި އިންތިހާއަށް އެބަހުއްޓެވެ. މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ މެޗްތައް އޮޅުވެލިފުށީގައި ކުޅުނުއިރު ޓީމަށް އެންމެ ބޮޑު ހިތްވަރެއް ގެނެސްދިން އެއް ކަމަކީ ޑައުންޓައުންގެ ބޮޑުބެރެވެ. ފައިނަލް މެޗް ބަލަން އޮޅުވެލިފުއްޓަށް ގިނަ ބަޔަކު އޭދަފުށިން ގޮސްތިބިކަން ކުޅުންތެރިންނަށް އިހްސާސްވާވަރުގެ ސަޕޯޓެއް އެމީހުން ނެތްނަމަ ނުނެރެވުނީހެވެ.
ބީކޭ ގްރޫޕްގެ ކުދިންތަކެއް ފޮޓޯއަކަށް ހުއްޓިގެން: މިފަދަ ގްރޫޕްތަކުން އަންނަނީ ރަށަށް ފައިދާހުރި ކަންކަމުގައި އިސްނަގަމުން: ފޮޓޯ/ބީކޭ
އެހިސާބުންއަދި ޑައުންޓައުންގެ ވާހަކަ ނިންމާލާ ހިތެއް ނުވެއެވެ. ޑައުންޓައުންގެ ފަރާތުން މިހާތަނަށް ބޭއްވި ކުޑަކުދިންގެ ހަވީރު ތަކާއި، މިރަށުގެ ކެންސަރ ޕޭޝަންޓަކަށް އެކުދިން ވެދިން ފައިސާގެ އެހީތެރިކަމުގެ ވާހަކަ ހަނދާން އެބަހުއްޓެވެ. އިޖްތިމާއީ މަސައްކަތްތަކުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަން އެކުދިންނަށްވެސް އެބަ ދަނެއެވެ.
ހަމައެކަނި ޑައުންޓައުންއާއި، ބީކޭގެ ވާހަކަ މިގެނައީ އެހެން ކްލަބް ޖަމިއްޔާތަކާއި، ގްރޫޕްތަކުން ކުރާ މަސައްކަތް ކަމުނުދާތީއެއް ނޫނެވެ. އެ މަސައްކަތްތަކުގެ މުހިއްމުކަން ކުޑަވެގެންނެއްވެސް ނޫނެވެ. ހަގީގަތަކީ މި ދެ ގްރޫޕުން ކޮށްފައިވާ މަސައްކަތަށްވުރެ މާ ގިނަ މަސައްކަތް އެހެން ގިނަ ކްލަބް ޖަމިއްޔާތަކުން ކޮށްފައިވުމެވެ. މާ އަގުހުރި މަސައްކަތްތަކެއްކޮށްފައިހުރިތަން ފެންނަންވެސް އެބަހުއްޓެވެ.
އެކަމަކު މިފަހަރު ފާހަގަކުރަން ބޭނުންވީ މިރަށުގައި ބޮޑެތި ވަމުންއަންނަ ގިނަ ކުދިންގެ ވިސްނުމުގައި ރަށަށް ފައިދާހުރި ކަންކަން ކުރުމުގެ ވިސްނުން އެބަހުރިކަމެވެ. އެކަންކުރާނެ ގޮތުގެ ވައްޓަފާޅިވެސް އެކުދިންނަށް އެގޭކަން މިދަނީ ހާމަވަމުންނެވެ. ދޮށްޓަށް ތިބި މީހުންގެ މަސައްކަތަކަށް ހަދަންވީ އެކުދިންނަށް ހިތްވަރު ދިނުމެވެ. އެފަދަ ވީހާވެސް ގިނަކަންކަމުގައި ޝާމިލްވެއުޅުމުގެ ފުރުސަތު މިކުދިންނަށް ފަހިކޮށްދިނުމެވެ. މިއީ ނުރަނގަޅު އާދަތަކާއި ޒުވާންކުދިން ދުރުކުރުވުމަށް އޮތް އެންމެ ރަގަޅު އެއް މަގެވެ. މިހާ ޅަކުދިން ރަށަށް ފައިދާހުރި ކަންކަމުގައި އިސްނެގުމަކީ ހެޔޮ ފާލެކެވެ. ފުރުސަތުގެ ބޭނުން ހިފަމާ ހިގާށެވެ.
The post ބީކޭ އާއި ޑައުންޓައުން: ހެޔޮ ފާލަކަށް ނުވާނެތަ؟ appeared first on Eydhafushi Times.
]]>މިއީ އެހެން ގިނަ ޒުވާނުންނާ ތަފާތު މީހެކެވެ. ތަފާތުވާ ސަބަބުތައް ބައިވަރެވެ. އޭނާއަކީ ފިސާރި މުރާލި މީހެކެވެ. ކުރަން ލަދުގަންނަ މަސައްކަތެއްނެތެވެ. ކިތަންމެ އަވަހަށް މަސައްކަތަށް ނުކުންނަންޖެހުނަސް އޭނާއަށް މައްސަލައަކަށް ނުވެއެވެ. އަރާމެއްނެތި މުޅި ދުވަސް ދުއްވާލަން ޖެހުމަކުން އޭނާ ކަންބޮޑެއްނުވެއެވެ. އޭދަފުށްޓަށް އުފަން އުމުރުން 31 އަހަރުގެ ލިރުޣާމް ވަޙީދު ނަމޫނާ ޒުވާނަކަށްވަނީ އެހެންވެއެވެ. އާމްދަނީ ހޯދުމަށްޓަކައި މީގެ ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރުކުރިން ލިރުޣާމް ފެށި މަސައްކަތްވެސް ތަފާތެވެ. ދިރިއުޅުން އާރާސްތުކުރުމަށްޓަކައި އޭރު ވިހި ...
The post ލިރުޣާމް: މިއީ އަސްލު ވަރުބަލިނުވާ މީހަކީ appeared first on Eydhafushi Times.
]]>މިއީ އެހެން ގިނަ ޒުވާނުންނާ ތަފާތު މީހެކެވެ. ތަފާތުވާ ސަބަބުތައް ބައިވަރެވެ. އޭނާއަކީ ފިސާރި މުރާލި މީހެކެވެ. ކުރަން ލަދުގަންނަ މަސައްކަތެއްނެތެވެ. ކިތަންމެ އަވަހަށް މަސައްކަތަށް ނުކުންނަންޖެހުނަސް އޭނާއަށް މައްސަލައަކަށް ނުވެއެވެ. އަރާމެއްނެތި މުޅި ދުވަސް ދުއްވާލަން ޖެހުމަކުން އޭނާ ކަންބޮޑެއްނުވެއެވެ. އޭދަފުށްޓަށް އުފަން އުމުރުން 31 އަހަރުގެ ލިރުޣާމް ވަޙީދު ނަމޫނާ ޒުވާނަކަށްވަނީ އެހެންވެއެވެ.
އާމްދަނީ ހޯދުމަށްޓަކައި މީގެ ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރުކުރިން ލިރުޣާމް ފެށި މަސައްކަތްވެސް ތަފާތެވެ. ދިރިއުޅުން އާރާސްތުކުރުމަށްޓަކައި އޭރު ވިހި އަހަރުވެސް ނުވާ މި ޒުވާނާ އިޚްތިޔާރުކުރީ އެންމެ އާންމު ބަހުންނަމަ ވެއްޔަށް ދިއުމެވެ. ހައްޓަށް ނުލާހިކު ބުރަ އެ މަސައްކަތް އޭނާ ފެށީވެސް ބޮޑު ބުރައެއް ކޮނޑުއަޅައިގެންނެވެ. ވެއްޔަށް ދިއުމަށްޓަކައި ކުޑަ ދޯންޏެއް ލިރުޣާމް ހޯދީ ލައްކައަކާ ގާތްކުރާވަރުގެ ލޯނެއް ނަގައިގެންނެވެ. ނަތީޖާއާ ދޭތެރޭ އޭރުވެސް އޭނާއަށް އިތުބާރު އޮތެވެ. އެކަމަކު އެކަން އޭނާގެ އެންމެ ގާތް މީހުންނަށްވެސް ހަޖަމްކުރަން އޭރު ފަސޭހަކަމަކަށް ނުވިއެވެ.
“ބައްޕަވެސް ވަރަށް ރުޅިއައި ދޯނީ ގަނެގެން. ވިއްކާނުލައިގެންވެސް ވަރަށް ހަޅޭލި އަދިވެސް ހަނދާން ހުރޭ އެކަން،” ލިރުޣާމް ކިޔައިދިނެވެ.
އެކަމާ ލިރުޣާމްގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބައްޕަ ހުރީ މިއަދު މާ ބޮޑަށްވެސް ހިތްހަމަޖެހިފައެވެ. ވެލީގެ މަސައްކަތުން ފުރަތަމަ އަހަރު ހޯދި އާމްދަނީން ލޯން އަދާކުރިއެވެ. މިހާރު ލިރުޣާމްގެ އަތުގައި ޑިންގީއަކާއި، ލޯންޗަކާއި، ޕިކަޕެއް އެބައޮތެވެ. އެކަމަކު މިހުރިހާ އެއްޗެއް ލިރުޣާމް ހޯދީ މަންމައާ ބައްޕަ ހައްޖައް ފޮނުވުމަށްފަހުއެވެ. މިއީ ހައްތާވެސް ވެލީގެ މަސައްކަތުން އޭނާ ހޯދި ކުރިއެރުންތަކުގެ ނަތީޖާއެވެ.
ގިނަ މީހުން އިތުރު މަސައްކަތެއް ފަށަނީ ހަމައެކަނި އާމްދަނީއަށް ވިސްނައިގެންނެވެ. އެކަމަކު ލިރުޣާމް ދެވަނަ މަސައްކަތެއް ފެށީ ވެލީގެ މަސައްކަތަށްފަހު ދުވަހުގެ އެއްބައި ހުސްކޮށް އޮންނާތީއެވެ.
“މިހާރު ވާގޮތަކީ ވެލި ގެނެސްފިއްޔާ ދުވާލުގެ އެއްކޮޅު ނިމެނީ، ދެން މެންދުރު ފަހު ކުރާނެ މަސައްކަތެއް ނޯވޭ، ދެން އެވަގުތުކޮޅުވެސް ކޮށްލެވޭ ވަރުކަމަކަށް ބެލީ، ބެލިއިރު އެންމެ ރަގަޅުކަމަކަށް ފެނުނީ ދަތުރުކޮށްލުން، އެހެންވެ ޑިންގީއެއް ގަތީ.” އެންމެ ފުރަތަމަ އޭދަފުށީގައި އިންޖީނުއެޅި ޑިންގީއެއް ދުއްވަންފެށި ޒުވާނާ ބުންޏެވެ. އެހާހިސާބުންވެސް ލިރުޣާމަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހުސްވަގުތު އެއީ އޭނާ މާގަަޔާވާ އެއްޗަކަށް ނުވިއެވެ. އޭނާގެ އުފަލަކަށް ހެދީ ވީހާވެސް ގިނަ މަސައްކަތްތަކެއްގެ ތެރޭގައި ޝަމިލްވުމެވެ. މިހާރުވެސް އޭނާ ވެއްޔަށް ދެއެވެ. ގާއަޅައެވެ. މަސްވެރިކަމަށް ނުކުމެއެވެ. ޑިންގީ ދުއްވައެވެ. ލޯންޗް އޮޕަރޭޓްކުރެއެވެ. ޕިކަޕް ގައިމުވެސް އޮންނަނީ އަބަދު ޕާކްކޮށްފައެއް ނޫނެވެ. އެކަމަކު މިހުރިހާ ކަމެއް އެއްފަހަރާ ހިނގަނީ މަދުފަހަރަކުއެވެ. އެއީވެސް މުހިއްމު ސަބަބަކާހުރެއެވެ. ކޮންމެ މަސައްކަތެއް ކުރިއަސް މަދު ފަހަރަކު ނޫނީ ލިރުޣާމަކީ ކެޕްޓަނެވެ.
ލިރުޣާމްގެ މަސައްކަތްތަކުން ފާހަގަކުރެވުނު އެހެން ކަމެއްވެސް އަދި އެބައޮތެވެ. އޭނާގެ މަސައްކަތުގައި އަތްގާތްކޮށްދޭން މުޅިންވެސް ގެންގުޅެނީ ދިވެހިންނެވެ. އެކަމަކު އޭނާ ބުނިގޮތުގައި އެއީ ގޮންޖެހުންތަކެއްވެސް ހުރިކަމެކެވެ. “ދިވެހި ކުދިން ލައިގެން މިކަހަލަ މަސައްކަތްތައް މިހާރު ކުރުމަކީ ވަރަށް އުނދަގޫކަމެއް، އެހާ ހިތްވަރު ނުހުންނަނީ، ކުރަން ނުކެރެނީ، ކޮންމެ ކަމެއް ޖެހެނީ ބުނަން، ކޮންމެ ފަހަރަކު ޖެހެނީ ހޯދަން، ދެން މިކަހަލަ މަސައްކަތްތައް ގިނަ ދިވެހިންނަށް ހަޑި މަސައްކަތްތަކަކަށް ވަނީ” ދިވެހި ބައެއްކުދިންގެ މަސައްކަތާ ދޭތެރޭ ލިރުޣާމްގެ ހިތުގައިހުރި ޝަކުވާތައް އޮއްސާލިއެވެ.
ލިރުޣާމްގެ މިބުރަ މަސައްކަތުގައި ދެމިހުރުމަށް އޭނާއަށް އެންމެ ބޮޑު ހިތްވަރަކަށްވަނީ އަނބިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމެވެ.
“އަންހެނުން ހަގީގަތުގައި ވަރަށް ރަގަޅު. ޝަކުވާއެއް ނުކުރޭ، އަންހެނުން ލޯބިލޯބި ދެކުދިން ގޮވައިގެން އެއުޅެނީ، ޝަކުވާތަކެއް ކުރާ ނަމަ މިހެންނެއް ނޫޅެވޭނެއެއްނު” ލިރުޣާމް ބުންޏެވެ.
އެއީ ވަރަށް ބޮޑު ތެދެކެވެ. އެއާއެކުވެސް ލިރުޣާމް ގަބޫލުކުރާގޮތުގައި އޭނާއަށް މިހާރު އާދެވިފައި އެހުރި ހިސާބަށް އާދެވުނީ ވަގުތު ބޭކާރުނުކޮށް އޭނާ ކުރި މަސައްކަތުންނެވެ. ކޮންމެ މަސައްކަތަކީވެސް އަގުހުރި މަސައްކަތެއްކަން އޭނާ އެއަންނަނީ ސާބިތުކޮށްދެމުންނެވެ.
“ކުރާނެ މަސައްކަތް އެބައޮތް ބައިވަރު. ބޭނުންވަނީ ކެރުމާއި ހިތްވަރު،” ޒުވާނުންނަށް ލިރުޣާމް ދޭ މެސެޖަކީ މިއެވެ.
The post ލިރުޣާމް: މިއީ އަސްލު ވަރުބަލިނުވާ މީހަކީ appeared first on Eydhafushi Times.
]]>ކުދިންގާތު ކަމެއް ކުރުމަށް ބުނާނަމަ އެކަމެއް އެކުދިން ކުރަންވީގޮތް ވަރަށް ސާފުކޮށް ކިޔައިދޭންވާނެ އެވެ. މިސާލަކަށް ތިމާބޭނުންވަނީ ތިމާގެ ދަރިފުޅު ކުޅެނިންމުމަށްފަހު ޓީވީ ބަލަން އީށީނުމުގެ ކުރިން އޭނާލައްވާ ކުއްޖާގެންގުޅުނު ކުޅޭ ތަކެތި ތަރުތީބުކޮށް ބަހައްޓަން ކަމަށްވާނަމަ ތިމާ ބޭނުންވާގޮތް އޭނާގާތު ވަރަށް ތަފްސީލުކޮށް ކިޔައިދޭށެވެ. އެކަން ކުރުވަން ބޭނުންވަނީ ޕްރީސްކޫލް އުމުރުގެ ކުއްޖެއްލައްވާ ކަމަށްވާނަމަ އެކަމުގެ މުހިންމުކަން އަދި މާބޮޑުވާނެއެވެ. ކުޅެންގެންގުޅުނު ތަކެތި ތަރުތީބުކޮށްލުމޭ ބުނުމުން އެބުނީ ކީކޭކަން ތިމާއަށް ވަރަށް ރަނގަޅަން އެނގޭނެއެވެ. އެއީ ...
The post ތަރުބަވީ އެހީ: ބުނާގޮތަށް ކުދިން ކަންކަން ނުކުރަނީ ކީއްވެ؟ appeared first on Eydhafushi Times.
]]>ކުދިންގާތު ކަމެއް ކުރުމަށް ބުނާނަމަ އެކަމެއް އެކުދިން ކުރަންވީގޮތް ވަރަށް ސާފުކޮށް ކިޔައިދޭންވާނެ އެވެ. މިސާލަކަށް ތިމާބޭނުންވަނީ ތިމާގެ ދަރިފުޅު ކުޅެނިންމުމަށްފަހު ޓީވީ ބަލަން އީށީނުމުގެ ކުރިން އޭނާލައްވާ ކުއްޖާގެންގުޅުނު ކުޅޭ ތަކެތި ތަރުތީބުކޮށް ބަހައްޓަން ކަމަށްވާނަމަ ތިމާ ބޭނުންވާގޮތް އޭނާގާތު ވަރަށް ތަފްސީލުކޮށް ކިޔައިދޭށެވެ. އެކަން ކުރުވަން ބޭނުންވަނީ ޕްރީސްކޫލް އުމުރުގެ ކުއްޖެއްލައްވާ ކަމަށްވާނަމަ އެކަމުގެ މުހިންމުކަން އަދި މާބޮޑުވާނެއެވެ. ކުޅެންގެންގުޅުނު ތަކެތި ތަރުތީބުކޮށްލުމޭ ބުނުމުން އެބުނީ ކީކޭކަން ތިމާއަށް ވަރަށް ރަނގަޅަން އެނގޭނެއެވެ. އެއީ ތިމާއަށް އެބުނި އެއްޗަކުން ދޭހަވާމާނަ ރަނގަޅަށް އެނގޭތީއެވެ. އަދި ތަރުތީބުކޮށްލީމާ އެތަނެއް އޮންނާނެ ގޮތް ތިމާގެ ހިތައް ތަސައްވުރު ކުރެވޭނެތީއެވެ. އެކަމަކު ކުޑަކުއްޖަކަށް ހާއްސަކޮށް 5 އަހަރު ނުވަތަ 6 އަހަރުގެ ތުއްތު ކުއްޖާއަށް ރީތިކޮށް ތަނެއް ބޭއްވީމާ އޮންނާނެ ގޮތް ސިކުނޑިއަށް ނަގައި ނުގަނެވިދާނެއެވެ. ހާއްސަކޮށް ކުރިން އެކަން އޭނާއަށް ސިފަކޮށްދެވިފައި ނުވާނަމައެވެ. އެހެންކަމުން ކުޅެންގެންގުޅުނު ތަކެތި ރީތިކޮށް ތަރުތީބުކޮށްލީމާ އޮންނާނީ ކޮންގޮތަކަށް ކުއްޖާ ކަންތައްތައް ކުރީމާކަން އަމިއްލައަށް ދެނެގަނެވޭނެ ފަދަ ސާފުއިބާރާތުން ކުއްޖާގާތު ބުނެފިނަމަ އޭނާއަށްވެސް އެކަން ކުރަން ދަސްވާނެއެވެ. ހަމައެކަނި ކުޅޭ އެއްޗެތި ރިތިކޮށް ތަރުތީބުކޮށްލަން ކުއްޖާގާތު ބުނުމުގެ ބަދަލުގައި މިފަދަ އިބާރާތްތަކުން ކުއްޖާގާތު އެވާހަކަ ބުނެވިދާނެއެވެ.
“ދަރިފުޅާ! ކުޅެންގެންގުޅުނު ހުރިހާއެއްޗެއް ތަޅުންގަނޑުމަތިން ނަގާފަ ކުޑަދޮރު ކައިރީގައި އެހެރަ ފޮއްޓަށް އަޅާލާ އިނގޭ. ދެން ދަރިފުޅު ތިގެންގުޅޭ އައިނާއި ތޮފި ޓީވީ ކައިރީގައި އެހެރަ ކަބަޑަށްލާފަ އައިސް ޓީވީ ބަލަން މިތާ ގޮނޑީގައި މަޑުމަޑުން ބަސްއަހއިގެން އިށީނދޭ އިގޭ ” މިގޮތަށް ތަފްސީލްކޮށް ކުއްޖާއަށް ކަންކުރަންވީގޮތް ބުނެދެވިފަވާނަމަ ތިމާގެ ދަރިފުޅު ލައްވާ ތިމާ ކުރުވަން ބޭނުންވާ ކަންތައްތައް ފާސޭހައިން އޭނާއަށް ނަގައިގަނެވި އެކަން ފުރިހަމައަށް ކޮން ނިންމާނެއެވެ. އަދި އޭނާއަށް ޓީވީ ބެލުމުގެ ފުރުސަތު އޮތީ އޭނާގެ މަންމަ ނުވަތަ ބައްޕަ އެބުނާ ކަންތައްތައް ފުރިހަމަކޮށްގެން ކަން އޭނާއަށް ވިސްނޭނެއެވެ. އެކަމަކު ކުރީގެ އާރިކަލްއެއްގައި ދަންނަވާފައިވާނެފަދައިން ދެއަހަރު ނުވަތަ ތިން އަހަރުކުދިންގާތު މިގޮތަށް އަމަލުކޮށް ނަތީޖާއެއް ނުކުތުން ދުރެވެ. އެ އުމުރުގެ ކުދިންނާ ވާހަކަދައްކާއިރު ބޭނުންކުރަންވާނީ ވަރަށް ކުރު އިބާރާތްތަކެވެ.
ކުދިންގާތުގައި ކަމެއްކުރަން ބުނުމުން ބައެއް ފަހަރަށް ބެލެނިވެރިޔާ ބޭނުންވާގޮތަށް ކޮންމެފަހަރަކު ނުކުރަނީ އެކަން އެގޮތައް ކުރަން ބޭނުންނުވާތީ ކަމުގައި ނުވެދާނެއެވެ. އަދި އެހެން އެވި ކުއްޖާއަށް ކުރަންވީ ކޮން ކަމެއްކަން ރަގަޅަށް އެގިފައި ނެތީމަކަމަށްވެސް ވެދާނެއެވެ. އެކަމަކު ބައެއް ފަހަރު ބެލެނިވެރިންނަށް ކުއްޖާއެކަމެއް ނުކުރުމުން ރުޅިއައިސް ކުއްޖާއަށް އެއްޗެހިގޮވޭ ފަހަރުވެސް އެބައާދެއެވެ. މިގޮތުން މިފަދަ އިބާރާތްތަކުން ކުއްޖާއާ ބައެއްފަހަރު މުހާތަބް ކުރާތަން އާދެއެވެ. ” ކިތައްފަހަރު މަރިޔަމްގާތު ބުނެފިން މިހާރު ކުޅެނިންމާފަ މިތަން ރީތިކޮށް ބާއްވާށޭ. މަރިޔަމް ހުންނަނީ ކަންފަތެއް ނޫންތަ؟ ” ތެދެކެވެ. ބެލެނިވެރިޔާ ކުއްޖާގާތު އެތައް ފަހަރަކު އެކަން ކުރަން ބުނެފައި އޮވެދާނެއެވެ. އެކަމަކު ކުއްޖާގާތު އެކަން ކުރާނެގޮތް ތަފްސީލްކޮށް ކިޔައި ނުދެވި އޮތްނަމަ ދެކަންފަތް ހުއްޓަސް ބެލެނިވެރިޔާ ބޭނުންވާގޮތަށް އެކަމެއް ކުރަން ކުއްޖާއަށް ނޭގިދާނެއެވެ.
ކަންތައްތައް ކުރުމުގައި ކުދިންގެ އެއްބާރުލުން ހޯދުމަށްޓަކައި ކުދިންނާ މުޚާތަބު ކުރެވޭ ގޮތް ވަރަށް މުޙިންމެވެ. އެދެވޭ ގޮތަކަށް ކުދިންނާ މުޙާތަބު ކުރެވޭނަމަ އެދެވޭ ނަތީޖާ ފެންނާނެއެވެ. ރުޅި އަތުވެއްޖެނަމަ ތިމާގެ ދަރިފުޅު ދެރަވެދާނެއެވެ. ރުޅިއަންނަކަން އިހްސާސް ކުރެވިއްޖެނަމަ ކުއްޖާއާ ވާހަކަ ދެއްކުމުގެ ކުރިން ހަމަޖެހިލުމަށް ވަގުތުކޮޅެއް ނަގާށެވެ. ފުންކޮށް ނޭވާލުން ނުވަތަ ކުޑަވަގުތުކޮޅަކަށް ދުރަށްޖެހިލުން ރަގަޅުވާނެއެވެ. ޢަމަލު ކުރުމުގެ ކުރިން އޭގެ ނަތީޖާއާމެދު ވިސްނުން ވަރަށް މުހިއްމެވެ..
ކުއްޖާއާ ވާހަކަ ދައްކާއިރު ގާތްވެލުމަށްފަހު އޭނާއާ އެއްވަރަށް ތިރިވެލާ އަދި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އޭނާގެ ނަން ބޭނުންކޮށްގެން ވާހަކަދެއްކުން ވަރަށް މުހިއްމެވެ.މިސާލު: “ޝީޒާ! މިހާރު އެހެރަ މާމަ ގެއަށްދާ ަޑި ޖެހުނީ ކުޅޭ އެއްޗިހިތައް ވަށިގަނޑަށް އަޅަންވީނުދޯ؟ ” މިގޮތަށް ކުއްޖާ ލައްވައި ކަމެއް ކުރުވާނަމަ ކުރަން ހަވާލުކުރި މަސައްކަތް ކުރޭތޯ ބަލަން އިރުކޮޅަކު ކައިރީގައި މަޑުކޮށްލާށެވެ. އަދި ބުނެފައިވާ ގޮތަށް ކަންތައް ކުރަން ފެށުމުން ތައުރީފްކޮށް ހިތްވަރުދޭށެވެ. މިސާލަކަށް: “ހާދަ ރަގަޅޭ. ކުޅޭ އެއްޗިހިތައް ވަށިގަނޑަށް އަޅާ ނިމެނީދޯ.” މިފަދަ އިބާރާތްތަކުން ކުއްޖާއާއި މުހާތަބް ކުރެވިދާނެއެވެ.
The post ތަރުބަވީ އެހީ: ބުނާގޮތަށް ކުދިން ކަންކަން ނުކުރަނީ ކީއްވެ؟ appeared first on Eydhafushi Times.
]]>