ދިރާގުން އައްޑު އަށް 4ޖީގެ ހިދުމަތް ތައާރަފު ކޮށްފި

ދިރާގުން 4ޖީގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ރޭ ބޭއްވި ރަސްމިއްޔާތު – ފޮޓޯ / ދިރާގު
ދިރާގުން 4ޖީގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ރޭ ބޭއްވި ރަސްމިއްޔާތު – ފޮޓޯ / ދިރާގު

 

ރާއްޖޭގައި މުވާސަލަތީ ހިދުމަތް ދޭ މައި ކުންފުނި ދިރާގުން އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އަށް 4ޖީގެ ހިދުމަތް ރޭ ތައާރަފުކޮށްފި އެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އައްޑު އަށް ރަސްމީކޮށް ތައާރަފުކޮށް ދެއްވީ ދިރާގުގެ ސީއީއޯ އިސްމާއީލް ވަހީދެވެ. އަދި އެ ހިދުމަތް އައްޑު އަށް ދޭން ފެށިކަން ފާހަަގަކޮށް ދިރާގުން ވަނީ އައްޑޫ ސިޓީ ކައުންސިލަށް ހަނދާނީ ލިޔުމެއް ވެސް ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާޢީލް ރަޝީދު ވިދާޅުވީ ދިރާގުން މުޅިރާއްޖެއަށް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މުޅި ރާއްޖޭގަ މޮބައިލް އިންޓަނެޓްގެ ސްޕީޑް މަތިކުރެވި މިހާރު 4ޖީގެ ޚިދުމަތްވެސް މާލެއާ އާބަދީ ބޮޑެތި ސަރަހައްދުތަކުގެ އިތުރުން އައްޑޫސިޓީއަށް މިހާރު ދިރާގުގެ ފޯޖީ ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްޑު އަކީ ދިރާގުން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް މާލެއެކޭ އެއްގޮތަށް ދެމުން އަންނަ ސަރަހައްދެއްކަން ފާހަގަ ކުރައްވަމުން، އިސްމާއިލް ރަޝީދު ވިދާޅުވީ، އައްޑޫ ސިޓީއަށް ދިރާގުގެ ފޯޖީ ޚިދުމަތް ތައާރަފުކުރެވުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު އުފަލަކާ ޝަރަފެއްކަމަށެވެ.

ދިރާގުން 4ޖީގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ރޭ ބޭއްވި ރަސްމިއްޔާތު – ފޮޓޯ / ދިރާގު
ދިރާގުން 4ޖީގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ރޭ ބޭއްވި ރަސްމިއްޔާތު – ފޮޓޯ / ދިރާގު

 

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޑިރެކްޓަރ މާރކެޓިން އަޙްމަދު މަޢުމޫން، ފޯޖީ ޚިދުމަތާބެހޭގޮތުން އިތުރު ތަފްސީލު ދެއްވާ، ދިރާގުގެ ފޯޖީ ޚިދުމަތް ބޭނުންކުރުމަށް ތައާރަފުކުރެވުނު ޑިވައިސްތަކުގެ އިތުރުން ދިރާގުން ތްރީޖީ އަދި ފޯޖީ އަށް ފަރުމާކޮށްފައިވާ ބޮޑެތި ޑޭޓާ ޕްލޭން ގެ މައުލޫމާތުތައްވެސް ވަނީ ހިއްސާކުރައްވާފަ އެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެދަށުން މިހާރު ވަނީ ގއ. ވިލިނގިލި، ގދ ތިނަދޫ، ހދ. ކުޅުދުއްފުށީ ޅ. ނައިފަރު ޏ، ފުވައްމުލަކު އަދި އައްޑޫ ސިޓީއަށް މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފަ އެވެ. މިއާއެކު މިހާރު ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ އިތުރަށް އެލްޓީއީ 4ޖީ ޚިދުމަތް ދެވިފައިވާއިރު، ދިރާގުގެ 4ޖީ ނެޓްވޯކަކީ މިހާރު ރާއްޖޭގެ އެންމެބޮޑު އަދި އެންމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯކް ކަމަށް ދިރާގުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.