ދިރާގުގެ ބްރޭންޑް އެމްބަސިޑަރަކަށް ސާއިދު

އެތުލީޓް ސާއިދު (ވ) އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަމުގެ ޓީޝާޓު އެ ކުންފުނީގެ ސީއީއޯ އިސްމާއީލް  ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ދިރާ
އެތުލީޓް ސާއިދު (ވ) އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަމުގެ ޓީޝާޓު އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ހަވާލުކޮށްދެއްވަނީ.–ފޮޓޯ: ދިރާ

ދިރާގުގެ ބްރޭންޑް އެމްބަސިޑަރަކަށް ރާއްޖޭގެ އެންމެބާރު ދުވުންތެރިޔާ ހަސަން ސާއިދު ދިގާރުން ހަމަޖައްސައިފި އެވެ.

އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގެ 100 މީޓަރުގެ ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައިވާ ސާއިދަށް ދިރާގުގެ ބްރޭންޑް އެމްބަސެޑަރުކަން ހަމަޖެއްސިކަން އިއުލާނުކުރީ މިއަދު އެ ކުންފުނީގެ މައި އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ސާއިދަކީ ދިވެހި ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމަށާއި ދިރާގުގެ ބްރޭންޑް އެމްބަސިޑަރަކަށް ސާއިދު ވެގެން ދިޔުމަކީ އެކުންފުންޏަށް ވެސް ލިބޭ ވަރަށް ބޮޑު ފަޙުރެއް ކަމަށެވެ.

“ދިރާގުން އަބަދުވެސް ބޭނުންވަނީ ގައުމުގެ ހަރުދަނާ ޒުވާނުން ފާހަގަކޮށް މި ކުންފުންނިން އެޒުވާނުން ކުރާ މަސައްކަތުގައި ބައިވެރިވުން. ސާއިދަކީ އަޅުގަނޑު ގަބޫލް ކުރާގޮތުގައި މުޅި ރާއްޖެއަށް ހުރި ނަމޫނާއެއް. ގައުމަށް ރީތި ނަން ހޯދައި ދިނުމުގެ އިތުރުން ސިފައިންގޭގައި ވެސް ނަމޫނާ ދައްކާފައިވާ ހުނަރުވެރި ޒުވާނެއް. އުންމީދަކީ ސާއިދު ފަދަ އެތައް ޒުވާނުންތަކެއް ގައުމުގައި އުފެދިގެން ދިއުން.” ކުންފުނީގެ ޕީއާރް އެސިސްޓެންޓް މެނޭޖަރ އިމަޖާދް ވިދާޅުވިއެވެ.

ސާއިދު (ވ2) އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަމުގެ ޓީޝާޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.--ފޮޓޯ: ދިރާގު
ސާއިދު (ވ2) އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަމުގެ ޓީޝާޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.–ފޮޓޯ: ދިރާގު

ރަސްމިއްޔާތުގައި ސާއިދް ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު މުއާސަލާތީ ކުންފުންނީގެ ބްރޭންޑް އެމްބަސިޑަރުކަމުގެ މަޤާމް ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ދިރާގުން އަބަދުވެސް މިފަދަ ހުނަރުތައް ފާހަގަކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާތީ އުފާ ކުރާ ކަމަށެވެ.

“އަޅުގަނޑަށް މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިޔުނިކޭޝަން ކުންފުނީގެ ބްރޭންޑް އެމްބަސިޑަރުކަމުގެ މަޤާމް ދެއްވީތީ ދިރާގުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ދިރާގުން މިވަނީ އަޅުގަނޑު ކުރި މަސައްކަތުގެ އަގު ވަޒަން ކޮށްފަ. އަޅުގަނޑުގެ އަޒުމަކީ އަބަދުވެސް ޤައުމަށް ރީތި ނަން ހޯދައިދިނުން. އަދި އެގޮތުގައި އިރާދަކުރެއްވިއްޔާ ދެމިހުންނާނަން.” ރާއްޖޭގެ އެންމެ ބާރު ދުވުނެތެރިޔާ ސާއިދު ވިދާޅުވިއެވެ.

ދިރާގުން ހާމަކުރާ ގޮތުގައި އެކުންފުނީގެ ބްރޭންޑް އެމްބަސިޑަރުކަން ގައުމުން ފާހަގަކޮށްލެވެ މިފަދަ ޒުވާނުންނަށް އަރުވަމުން ގެންދާނެ ކަމަށެވެ. ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަކި ދާއިރާއަކަށް ބެލުމެއް ނެތި ކޮންމެ ދާއިރާއަކުންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރާ ޒުވާނެއް ނަމަ އެކަން ފާހަގަ ކުރުމަށް އެކުންފުނިން ތައްޔާރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.