ދިރާގު ސްމާޓް ފޯނު ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިން

ދިރާގު "ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް ސްމާޓް ފޯން ދިނުން. އަވަސް ފޮޓޯ: އިބްރާހިމް ޝާބިލް
ދިރާގު “ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ” ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް ސްމާޓް ފޯން ދިނުން. އަވަސް ފޮޓޯ: އިބްރާހިމް ޝާބިލް

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ސްމާރޓްފޯން ލިބޭ ޕްރޮމޯޝަން “ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭ”ގެ ހަތަރު ވަނަ ހަފްތާގެ 7 ނަސީބުވެރިންނަށް ފޯނު ހަވާލުކޮށްފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހުން މި މަހުގެ ނިޔަލަށް ކުރިޔަށް ދާ މި ޕްރޮމޯޝަނުގެ ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އައިފޯން ސިކްސް އެސް، އައިފޯން ސިކްސް އެސް ޕްލަސް، ސެމްސަންގް ގެލެކްސީ ސިކްސް އެޖް އަދި ސެމްސަންގް ގެލެކްސީ ސިކްސް އެޖް ޕްލަސް ތެރެއިން ފޯނެއް ލިބިގެން ދާނެ އެވެ.

މި ޕްރޮމޯޝަނުގައި މިހާރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން އަލަަށް ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަގާ ފަރާތްތަކަށް އެއްވެސް މަސައްކަތެއް ކުރުމަކާނުލައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން:

  އަސްމާ އިބްރާހިމް، ގ. ބަނޑޭރިކޮށި 162. ކ. މާލެ
  އަހުމަދު ވަހީދު، ގުލްދަސްތާގެ. ހދ. ނޮޅިވަރަން
  ހިޝާމް އަހުމަދު، ހ. ސްވޯޑް، ކ. މާލެ
  އަހުމަދު ސަމީއު، ސާހިލް، ސ. ހުޅުދޫ
  މުހައްމަދު މުސްތާގު ސައީދު، މަންޒިލް، ސ. ފޭދޫ
  އަހުމަދު ރަޝީދު . ގ. ބްލޫވޭވެ، ކ. މާލެ
  މަދީހާ އަހުމަދު، ދެތަނޑިމާގެ، ބ. ހިތާދޫ

މި ޕްރޮމޯޝަނަކީ ދިރާގުން އައު އަހަރާއި ގުޅުވައިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވާއިރު މިފަދަ އެހެނިހެން ހަރަކާތްތައް، ދިރާގުގެ އެހެން ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.