އުރީދޫން މިނިވަން ދުވަހާއި އީދާ ގުޅިގެން ހާއްސަ އޮފާތަކެއް

މިނިވަން ދުވަހާއި އަޟްޙާ އީދާ ގުޅިގެން ލިބޭ ޗުއްޓީގައި، އާއިލާ އާއި ރައްޓެހިންނާ ގުޅުމަށްޓަކައި، އުރީދޫ އިން ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

“އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. މި އަހަރުގެ މިނިވަން ދުވަހާއި އަޟްޙާ ޢީދު ގެ މުނާސަބަތުގައި މި ލިބޭ ބޮޑު ޗުއްޓީ ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް ކުޑަ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެން މި ތައާރަފްކުރި އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން.” އުރީދޫގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސާރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ޢީދު ކޮމްބޯ ޕެކް

މިނިވަން ދުވަހާއި އަޟްހާ ޢީދުގެ ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ ޢީދު ކޮމްބޯ ޕެކްގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލް އެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް #1*929* އަށް ގުޅުއްވާ ނުވަތަ ED 35 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރައްވާށެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app  މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ

މަގޭ ޕްލޭން އަށް ޚާއްސަ މި އޮފަރގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 3 ދުވަހުގެ މުއްދަތަށް، 3 ޖީބީ ޑޭޓާ، އެންމެ 75ރ އަށް ބައްލަވައިގަނެވޭނެއެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

  1. އުރީދޫ އެޕް އަށް ލޮގް އިން ކޮށްލައްވާ: ޑައުންލޯޑް ކުރެއްވުމަށް  http://ore.do/app
  2. އެޕްގެ ސެލްފް ކެއަރ ސެކްޝަންއިން ރިކޮމެންޑެޑް ޕެކޭޖަސް އިޚްތިޔާރު ކުރައްވާ
  3. ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިޚްތިޔާރު ކުރައްވާ، ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ޚިޔާރު ކުރައްވާ
  4. Magey Eid Offer ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ
  5. CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފާތައް މިއަދުން ފެށިގެން އަންނަމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.