އުރީދޫ ސުޕަނެޓްގެ ހިދުމަތް ހިމަންދޫ އަށް ތައާރަފުކޮށްފި

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް “އުރީދޫ ސުޕަނެޓް” އއ. ހިމަންދޫ އަށް ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެކެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ހިމަންދޫ އަށް މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން، އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ އެވެ.

މިހާރު ކުރިއަށް ގެންދާ ޔޫރޯ 2020އާ ގުޅިގެން އުރީދޫން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލައިލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް ކޮންޓެންޓަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ވެސް ހިލޭ ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އިންޓަނެޓް ބޭނުންކުރަންޖެހޭވަރު އިތުރުވެ އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާ މިދަނޑިވަޅުގައި މަސައްކަތްކުރަމުން ދަނީ ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފޮރުކޮށްދެވޭތޯ ކަމަށެވެ.

“އެގޮތުން ޕެންޑެމިކްއާއެކު އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަހަރުތެރޭގައި އާ 7 ރަށަކަށް ސުޕަރނެޓްގެ ޙިދުމަތް ފޯރުކޮށްދެވިފައިވާކަމީ އަޅުގަނޑުމެން އުފާކުރާކަމެއް. ހަމަ އެހެންންމެ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް އއ. ހިމަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން.” ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.