ބީއެމްއެލް އިން އަލަށް ކްރެޑިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް ހަދިޔާ

ބީއެމްއެލް ކާޑު ބޭނުންކޮށްގެން ފައިސާ ދައްކަނީ– ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިންގ ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު ވެސް ބީއެމްއެލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމާއި، 100،000 ރުފިޔާއާ ހަމައަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިކޮށް ދިނުން ހިމެނެއެވެ.

ބީއެމްއެލް އިން ވަނީ ދާދި ފަހުން އެ ބޭންކުގެ ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރިވާޑް ލޯޔަލްޓީ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. މި ޕްރޮގްރާމުގައި، ކްރެޑިޓް ކާޑު ބޭނުންކުރާ ކޮންމެ ފަހަރަކު ލިބޭ ރިވާޑް ޕޮއިޓުތައް ބޭނުން ކޮށްގެން އެތައް އެއާލައިނަކުން ޓިކެޓް ނެގުމާއި ހޮޓެލް ބުކިން ހެއްދުމާއި ގިފްޓް ކާޑު ގަތުމާއި ކާރު ކުއްޔަށް ނެގުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.