މޯލްޑިވްސް ބިޒްނަސް ސްކޫލުން މާސްޓާސް ޑިގްރީގެ މުޅިން އާ ޕްރޮމޯޝަނެއް!

މޯލްޑިވްސް ބިޒްނަސް ސްކޫލުން މާސްޓަރސް ޑިގްރީގެ ޑިސްކައުންޓް އޮފަރ ޕްރޮމޯޝަނެއް ޖެނުއަރީ އިންޓޭކަށް ހާއްސަކޮށްގެން ކުރިޔަށް އެބަ ގެންދެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑިސެމްބަރ 5ގެ ކުރިން މާސްޓަރސް ޑިގްރީ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ.

މޯލްޑިވްސް ބިޒްނަސް ސްކޫލްގެ މާސްޓަރސް ޑިގްރީ ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް، އޮންލައިންކޮށް ކުރިއަށް ގެންދާ ކޯހެކެވެ. މާސްޓަރސް ޑިގްރީ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި މާސްޓަރ އޮފް ހިޔުމަން ރިސޯސަސް މެނޭޖްމަންޓެވެ. ކްލާސްތައް ކުރިޔަށް ގެންދަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި އިތުރު މައުލޫމާތު މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ހޮޓްލައިން 7616054 މެދުވެރިކޮށް ލިބޭނެއެވެ.

ޖެނުއަރީ އިންޓޭކްގައި މާސްޓާސް ޑިގްރީ ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7ވަނަ ދުވަހު އެވެ. އެހެނިހެން ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2ވަނަ ދުވަހުއެވެ. މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 4 އިން ފެށިގެން ބެޗެލަރސް ޑިގްރީއާއި ހަމައަށް އެކި ސްޕެޝަލައިޒޭޝަންގެ ކޯސްތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.