ދިރާގުގެ ވެބް ޕޯޓަލް އަށް އިތުރު ހިދުމަތްތަކެއް

ވެބް ޕޯޓަލް އަށް އަމާޒުކޮށްގެން  ދިރާގުން އާ ހިދުމަތްތައް ތައާރަފްކުރަނީ: ދިރާގުން ވަނީ ވެބްސައިޓްގެ މޯބައިލް ވާޝަންއެއް ވެސް ތައާރަފްކޮށްފައި. --ހަވީރު ފޮޓޯ
ވެބް ޕޯޓަލް އަށް އަމާޒުކޮށްގެން ދިރާގުން އާ ހިދުމަތްތައް ތައާރަފްކުރަނީ: ދިރާގުން ވަނީ ވެބްސައިޓްގެ މޯބައިލް ވާޝަންއެއް ވެސް ތައާރަފްކޮށްފައި. –ހަވީރު ފޮޓޯ

ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އިތުރު ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ހޯމަ ދުވަހު އޮތް ނިއުސް ކޮންފަރެންސްގައި އަލަށް ތައާރަފްކޮށްފައި ވަނީ ވެބްސައިޓް މެދުވެރިކޮށް “ފްރެންޑްސް އެންޑް ފެމިލީ”ގެ ނަންބަރުތައް ބަދަލުކުރުމުގެ ހިދުމަތެވެ. މި ހިދުމަތުގެ ދަށުން ވެބްސައިޓް މެދުވެރިކޮށް ހިލޭ ގުޅޭ ނަންބަރުތަކާއި ޑިސްކައުންޓް ލިބޭ ނަންބަރުތައް ބަދަލުކުރުން ފަދަ ކަންކަން ކުރެވެ އެވެ.

މީގެ އިތުރުން އިންޓަނެޓާއި މޯބައިލާ ގުޅޭ ތަފާތު މައްސަލަތައް ރިޕޯޓްކުރުމުގައި ވެސް ވެބްސައިޓް މެދުވެރިކޮށް ފަސޭހަ ގޮތްތަކެއް ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ. އަދި މި ހިދުމަތްތައް ފަސޭހައިން ބޭނުންކުރުމަށް ދިރާގު ވެބްސައިޓްގެ މޯބައިލް ވާޝަންއެއް ވެސް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ.

ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގު ވެބްސައިޓްގެ މޯބައިލް ވާޝަން ތައާރަފްކުރުމުން މޯބައިލް މެދުވެރިކޮށް ރަޖިސްޓަކޮށް ބިލް ދެއްކުމާއި ވެބްސައިޓް މެދުވެރިކޮށް ލިބޭ ހުރިހާ ހިދުމަތްތަކެއް ފަސޭހަކަމާ އެކު މޯބައިލް ފޯނުން ވެސް ލިބޭނެ ކަމަށެވެ.

ސޮބާހު ވިދާޅުވީ ކުރިން މޯބައިލް ފޯން މެދުވެރިކޮށް ދިރާގު ވެބްސައިޓަށް ވަނުމުގައި ހުރި ދަތިތައް ނުވަތަ ލަސްވުން މޯބައިލް ވާޝަންގެ ސަބަބުން ހައްލުވެ ވަރަށް ފަސޭހަކަމާ އެކު އިނގިރޭސި އަދި ދިވެހި ބަހުން ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

ދިރާގުން ބުނީ ޕޯސްޓް ޕެއިޑް ހިދުމަތް ހޯދާ ފަރާތްތަކަށް ވެބްސައިޓް މެދުވެރިކޮށް ލިބޭ ބައެއް ހިދުމަތްތައް ޕްރީ ޕެއިޑް ކަސްޓަމަރުންނަށް ވެސް ތައާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.