ފެރީ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

އުތުރު ޕްރޮވިންސްގެ އަތޮޅަކަށް ފެރީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން ސަރުކާރުން އިއްޔެ ބާތިލްކޮށްފި އެވެ.

އުތުރު ޕްރޮވިންސް ގެ ހަތަރު އަތޮޅު ނ. ރ. ބ. އަދި ޅ. އަށް ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަހުދީ އިމާދު ވަނީ މީޑިއާއަށް ށަވަރުކޮށްދެއްވައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ، ގއ. އަދި ގދ. އަތޮޅަށް ފެރީގެ ޚިދުމަތް ދެމުން ގެންދިޔަ ދިބާޖާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓްރައިނަސް މޯލްޑިވްސްގެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

މަހުދީ ވިދާޅުވީ އެ އެއްބަސްވުން ބާތިލް ކުރަން ޖެހުނީ އެގްރީމެންޓާ އެއްގޮތަށް އެ ކުންފުނިން ފެރީގެ ޚިދުމަތް ނުދޭކަމަށް ބުނެ އަތޮޅު ކައުންސިލްތަކުގެ ފަރާތުން ޝަކުވާ ލިބެމުން ދިޔުމުން އެ ކުންފުންޏާއި އަތޮޅު ކައުންސިލްތަކުގެ ބޭފުޅުންނާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އެގްރީމެންޓާ އެއްގޮތަށް އަމަލު ކުރުމަށް އެ ކުންފުންޏަށް އެންގި ނަމަވެސް ފަހުން ވެސް އެގްރީމެންޓާ އެއްގޮތަށް ފެރީގެ ޚިދުމަތް ދެމުން ނުގެންދާތީ ގާނޫނީ ބޭފުޅުންގެ ލަފާގެމަތިން މިއަދު އެގްރީމެންޓް ބާތިލް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
.
ފެރީގެ ޚިދުމަތްދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް ފަހު ރަނގަޅު ބަޔަކާއި ވާހަކަދައްކައިގެން ފެރީގެ ޚިދުމަތް ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ނ. ރ. ބ. އަދި ޅ. އަތޮޅު ކައުންސިލްގެ އިދާރާ އަށް މިއަދު ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގއ. އަދި ގދ. އަތޮޅަށް ފޭރީގެ ޚިދުމަތް ދިނުމަށް ކުއްޑޫ ފިޝަރީޒް މޯލްޑިވްސްއާއި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެކަމަށް އަލިމަގެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    މުހަމެޑު

    ރަނގަޅު ބަޔަކީ ޕާޓީ މީހުންނެއްނު ދޯ؟ ތިމާމެންގެ ޕާޓީގެ ކޮންމެސް އެކްޓިވިސްޓަކަށް ހަވާލުކޮށްލާ އަވަހަށް! އޭރުން ހަތަރެސްފައި ހަމަވީ! ބިޑު ކުރާނެކަމެއް ނެތް! —- ތިމާގެ ކޮންމެސް މީހަކާ ހަވާލުކޮށްލާ އޯކޭވާނެ….ކެކެކެ. އޭރުން ކޮރަޕްޝަން ފްރީވާނެނު ދޯ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.