އެޗް ޑީ އެފް ސީން ފަންސާސް މިލިއަން ރުފިޔާގެ އިސްލާމިކް ޝެއާ ވިއްކަން ނިންމައިފ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ސަން އޮންލައިން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ސަން އޮންލައިން

 

ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އިސްލާމިކް ވިންގް އަމްނާގެ ފަރާތުން ފަންސާސް މިލިއަން ރުފިޔާގެ އިސްލާމިކް ޝެއާރ ވިއްކަން ނިންމައިފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޗްޑީއެފްސީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްރާހިމް ދީދީ ވިދާޅުވީ އެކުންފުނިން ފަންސާސް މިލިއަން ރުފިޔާގެ ޝެއާރ ވިއްކުމަށް ނިންމާ އެކަމުގެ ހުއްދައަށް ސީއެމްޑީއޭއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އިސްލާމިކް ޝެއާރ (ސުކޫކް)ގެ މޫނުމަތީ އަގަކީ ފަސްސަތޭކަ ރުފިޔާ ކަމަށާއި ސުކޫކު ވިއްކުމަށް ނިންމާފައިވަނީ އަންނަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން ކަމުގައި އޭނާ ވިދާޅުވިއެވެ. ” ކޮންމެ މީހަކަށްވެސް ކިތަންމެ ގިނައިންވެސް ސުކޫކު ‘ ގަނެވިދާނެ ކަމުގައިވެސް އިބްރާހިމް ދީދީ މިއަދު ވިދާޅުވިއެވެ. މިކަމަށް އިންވެސްޓް ކުރާ ފަރާތްތަކަށް ފައިދާ ލިބޭނީ ހަތް އަހަރު ފަހުން ނެވެ. އަދި ސުޚުކަށް އިންވެސްޓްކުރާ ފައިސާ ޚަރަދު ކުރެވޭނީ އިސްލާމިކް ފައިނޭންސްގެ ދަށުން އިންވެސްޓް ކުރުމަށެވެ. މިއަދުގެ ބައްދަލުވުމުގައި އެޗްޑީއެފްސީގެ ޝަރީޢާ ކޮމެޓީގެ ޗެއާރމަން ޑރ. ޒަކަރިއްޔާ މޫސާ ވިދާޅުވީ އެކޮމެޓީން މަސައްކަތް ކުރަމުންދަނީ އެޗްޑީއެފްސީ އަމްނާގެ ފަރާތުންދޭ ޚިދުމަތަކީ އިސްލާމީ ޝަރީޢަތާއި ދީން ހުއްދަ ކުރާ ގޮތަށް ދޭ ޚިދުމަތަކަށް ހެދުމަށް ކަމަށެވެ. އެޗްޑީއެފްސީން ވަނީ މިހާތަނަށް ގެދޮރު ހޯދައިދިނުުގެ ޕްރޮޖެކްޓްގެ ދަށުން ސައުވީސް ފަރާތަކަށް ފުލެޓް ހޯދައިދިނުމަށް ތެތްތިރީސް މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ވަނީ ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.