ދިރާގު އާ ޕްރީޕެއިޑް – މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާއި އެކު އިތުރު ފުރިހަމަކަމެއް

ދިވެހިރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން އެ ކުންފުނީގެ ޕްރީޕެއިޑް ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

މިއަދު ދިރާގުން އަލަށް ތައާރަފްކުރި ދިރާގު ޕްރީޕެއިޑްގައި އެންމެ ކަމުދާ އެއްކަމަކީ މި ޕްރީޕެއިޑްގައި ހިމެނެނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ހަމައެކަނި އެންމެ ޕްލޭނެކެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ގިނަ ޑޭޓާ، ވޮއިސް އަދި އެސް އެމް އެސް އެޑްއޮންތައް ބައްލަވައިގަނެވޭނެ އެވެ.

ދިރާގު ޕްރީޕެއިޑްގައި ހިމެނޭ އާ ޑޭޓާ އޮޑްއޮންތައް ބައްލަވައިގަތުމުން، ޑޭޓާ އެޑް އޮން ގެ އެލަވަންސް ގެ އިތުރުން ހިލޭ ފޭސްބުކް، ވަޓްސްއަޕް އަދި ވައިބަރ ބޭނުން ކުރުމަށް ސޯޝަލް މީޑިޔާ ޑޭޓާ ވެސް ލިބޭނެއެވެ. މިއިން ކޮންމެ ޑޭޓާ އެޑް އޮންއެއް ބައްލަވައިގަތުމުންވެސް މި ތިން ސޯޝަލް މީޑިއާ އެޕް ހިލޭ ބޭނުންކުރުމަށް ޑޭޓާ ލިބޭނެއެވެ. މިއީ ރާއްޖޭގައި އަލަށް ޕްރީޕެއިޑް ޕްލޭން އަކުން މި ފަދަ ހިދުމަމަތެއް ލިބޭ ހަމައެކަނި ޕްލޭނެވެ.

މީގެ އިތުރުން ދިރާގު އާ ޕްރީޕެއިޑް ގައި އެސްއެމްއެސް އެޑްއޮން ގެ އިތުރުން ގިނަ ޓޯކްޓައިމް ލިބޭ އެޑްއޮންތައް ވެސް ވަނީ ހިމަނާފަ އެވެ.

ދިރާގުން އަލަށް ތައާރަފްކުރި ޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އެގޮތުން ޑޭޓާ ހުސްވާން ކައިރިވުމުން އެސް އެމް އެސް އަކުން އެކަން ކަސްޓަމަރުންނަށް އަންގައިދެވޭނެ އެވެ. އަދި ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އެޑް އޮންތައް ބައްލަވައިގަނެ، ރިލޯޑް ކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިމަށެވެ. އެގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް ދިރާގުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.