އުރީދޫ އައްޑޫ ކަލަރަންގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން އައްޑޫގައި ބާއްވާ، ކަލަ ރަންގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލްމެދުވެރިކޮށެވެ. ކަލަ ރަން އޮންނާނީ ޖޫން 28 ގަ އެވެ.

އެ ކުންފުނިން ބުނީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އިވެންޓަކަށްވާނެ ކަމަށެވެ. 

އުރީދޫ ކަލަ ރަން އައްޑޫގައި ބާއްވާއިރު ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ކުލަ ސްޓޭޝަންތަކުން އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހެއް ނޫނެވެ. ހިނގާފަ އާއި ޖޮގްކޮށްފައި އަދި ދުވެފައި ވެސް ރޭސް ފުރިހަމަ ކުރެެވެ އެވެ.

އުރީދޫ ކަލަ ރަން އައްޑޫގެ ކިޓްތައް ލިބެން ހުންނަ ކެޓަގަރީއަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ކަލަ ރަން އައްޑޫ ޓީޝާޓް ހިމެނޭ އިރު އޭގެ އަގަކީ 85 ރުފިޔާ އެވެ. އަދި 150 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ކަލަ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ކަރުދާސް ތޮތްޕަކާއި ފޮތި ދަބަހެއް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.