Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
އަތޮޅުތެރެއިން – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Thu, 12 Dec 2019 14:44:49 +0000 dv hourly 1 https://wordpress.org/?v=5.0.7 ދޮންފަނުން ފަހަތުން އަރައި ޗެމްޕިއަން އޭދަފުށި ހިފަހައްޓައިފި http://www.eydhafushitimes.com/live/atoll/49861/ http://www.eydhafushitimes.com/live/atoll/49861/#respond Sun, 01 Dec 2019 13:39:54 +0000 http://www.eydhafushitimes.com/live/?p=49861

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ލީޑް ނަގާފައި ވަނިކޮށް ދޮންފަނުން ފަހަތުން އަރައި 3-3 އިން މެޗު އެއްވަރުކޮށްފި އެވެ ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ހުޅުވައިދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ. މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ...

The post ދޮންފަނުން ފަހަތުން އަރައި ޗެމްޕިއަން އޭދަފުށި ހިފަހައްޓައިފި appeared first on Eydhafushi Times.

]]>

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ލީޑް ނަގާފައި ވަނިކޮށް ދޮންފަނުން ފަހަތުން އަރައި 3-3 އިން މެޗު އެއްވަރުކޮށްފި އެވެ

ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ހުޅުވައިދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ.

މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މެޗުގެ 25 ވަނަ މިނިޓުގައި އޭދަފުށިން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ކުރިއަށް ކުޅޭ އަލީ ނަސީމު އެވެ. އަދި މެޗުގެ 43 ވަނަ މިނިޓްގައި އޭދަފުއްޓަށް ލީޑް ފުޅާ ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ޝަރީފު އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދޮންފަނު ޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

ދެވަނަ ހާފު ފެށިތަނާ އިބްރާހިމް ޝަރީފު އޭދަފުއްޓަށް އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދިން ނަމަވެސް މެޗުގެ 70 ވަނަ މިނިޓްގައި ދޮންފަނުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

ދޮންފަނުން އެއްވަރުކުރީ 80 ވަނަ މިނެޓުގައި އެޓިމަށް ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އިބްރާހިމް އިރުޝާމް ޖެހި ލަނޑުންނެވެ.

މި މުބާރާތުގައި މާދަމާކުޅޭ މެޗުގައި ކެންދޫއާ ދެކޮޅަށް ނުކުންނާނީ ދަރަވަންދޫ އެވެ.

The post ދޮންފަނުން ފަހަތުން އަރައި ޗެމްޕިއަން އޭދަފުށި ހިފަހައްޓައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49861/feed/ 0
ފެހެންދޫ ސްކޫލު ކުދިންގެ ފެރީ ބަންނަން ހަވާލުކޮށްފި http://www.eydhafushitimes.com/live/atoll/49811/ http://www.eydhafushitimes.com/live/atoll/49811/#respond Thu, 28 Nov 2019 03:10:26 +0000 http://www.eydhafushitimes.com/live/?p=49811

ބ. ފެހެންދޫ ސްކޫލް ކުދިން އެރަށާ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަަށް ދިއުމަށްޓަކައި ހަދާ ފެރީ ބަންނަން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރު ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިއްޔެ ހަވީރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް ...

The post ފެހެންދޫ ސްކޫލު ކުދިންގެ ފެރީ ބަންނަން ހަވާލުކޮށްފި appeared first on Eydhafushi Times.

]]>

ބ. ފެހެންދޫ ސްކޫލް ކުދިން އެރަށާ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަަށް ދިއުމަށްޓަކައި ހަދާ ފެރީ ބަންނަން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އިއްޔެ ހަވީރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާއަށް 100 ދުވަހުން ނިންމާގޮތަށެވެ. އެހެންކަމުން އަންނަ އަހަރު މާޗުމަހު އެ މަސައްކަތް މުޅިން ނިމި އެ ފެރީ މިނިސްޓްރީއަށް ލިބޭވަރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފެހެންދޫގައި އާބާދީ މަދުވެ އެރަށު ސްކޫލް ބަންދުކޮށްފައި ހުންނަތާ އަހަރު ތަކެއް ވެއްޖެއެވެ. އެކަމާ ގުޅިގެން އެރަށުގެ މަދު ދަރިވަރުން މިހާރު ކިޔަވަން ގޮއިދޫއަށް ދަނީ ޑިންގީއެއްގައެވެ. ނަމަވެސް ކަނޑުގަދަ ދުވަސްތަކުގައި އެފަޑަ ޑިންގީތަކުގައި ސްކޫލަށް ދިއުމަަކީ ވަރަށް ބޮޑު ތަކުލީފެކެވެ.

ފެރީ ބަންނަން ހަވާލުކުރިއިރު ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައިވެސް ސަރުކާރުން ވަނީ ހިމަނައިފައެވެ.

The post ފެހެންދޫ ސްކޫލު ކުދިންގެ ފެރީ ބަންނަން ހަވާލުކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49811/feed/ 0
ދޮންފަނު އިންވިޓޭޝަން ކަޕް ހުޅުވައިދޭނީ ދޮންފަން-އޭދަފުށި http://www.eydhafushitimes.com/live/sports/49749/ http://www.eydhafushitimes.com/live/sports/49749/#respond Sat, 23 Nov 2019 05:02:47 +0000 http://www.eydhafushitimes.com/live/?p=49749

ބ. އަތޮޅުގެ 23 އަހަރުންދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ބ. އޭދަފުށްޓާއި ދޮންފަނު ބައްދަލުކުރާ މެޗުން ޑިސެމްބަރު 1 ގައި ފަށާނެ އެވެ. އަންނަ ޑިސެމްބަރުމަހުގެ 1-14 އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އޭދަފުށްޓާއި ދޮންފަނުގެ އިތުރުން ކިހާދޫ، ދަރަވަންދޫ، ގޮއިދޫ، ކެންދޫ އަދި މާޅޮހެވެ. ހަތް ޓީމު ދެ ...

The post ދޮންފަނު އިންވިޓޭޝަން ކަޕް ހުޅުވައިދޭނީ ދޮންފަން-އޭދަފުށި appeared first on Eydhafushi Times.

]]>

ބ. އަތޮޅުގެ 23 އަހަރުންދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ބ. އޭދަފުށްޓާއި ދޮންފަނު ބައްދަލުކުރާ މެޗުން ޑިސެމްބަރު 1 ގައި ފަށާނެ އެވެ.

އަންނަ ޑިސެމްބަރުމަހުގެ 1-14 އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އޭދަފުށްޓާއި ދޮންފަނުގެ އިތުރުން ކިހާދޫ، ދަރަވަންދޫ، ގޮއިދޫ، ކެންދޫ އަދި މާޅޮހެވެ.

ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމެވެ. އަދި ގްރޫޕް ބީގައި ހަތަރު ޓީމެވެ.

މިއީ މިހާރު މިއަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މި މުބާރާތުގެ މެޗުތައް ބެލުމަށް ކައިރި ރަށްރަށުން ވެސް ދޮންފަނަށް މީހުން ދެ އެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ޒުވާން ކުޅުންތެރިން ބިނާކޮށް، ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުން ހިމެނެ އެވެ. އަދި އަތޮޅުގައި ތިބި ޒުވާން އަދި އިހުގެ ފުޓްބޯޅަ ކުޅުންތެރިން އެއް މާހައުލަކުން ބައްދަލުކޮށްލުމާއެކު، އިހުގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުން ހިމެނޭ ކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ބުނެ އެވެ.

ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ މިދިޔަ އަހަރުގެ ފައިނަލް ކިހާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޭދަފުއްޓެވެ.

The post ދޮންފަނު އިންވިޓޭޝަން ކަޕް ހުޅުވައިދޭނީ ދޮންފަން-އޭދަފުށި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/sports/49749/feed/ 0
ފެހެންދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސްފި http://www.eydhafushitimes.com/live/atoll/49624/ http://www.eydhafushitimes.com/live/atoll/49624/#comments Mon, 11 Nov 2019 13:57:03 +0000 http://www.eydhafushitimes.com/live/?p=49624

ލަފާފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ފެހެންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.   މިއީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ފެހެންދޫ ބަނދަރުގެ މަސައްކަތަށް 49.6 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެ މަސައްކަތް 390 ދުވަހުގެ ތެރޭ ނިންމުމަށް ކަނޑައަޅާފައިވާއިރު ބަނދަރު ފުންކޮށް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވެ އެވެ. އަދި ބޭރު ތޮށި ހެދުމުގެ އިތުރުން ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހަދަން ...

The post ފެހެންދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސްފި appeared first on Eydhafushi Times.

]]>

ލަފާފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ފެހެންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.  

މިއީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ފެހެންދޫ ބަނދަރުގެ މަސައްކަތަށް 49.6 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެ މަސައްކަތް 390 ދުވަހުގެ ތެރޭ ނިންމުމަށް ކަނޑައަޅާފައިވާއިރު ބަނދަރު ފުންކޮށް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވެ އެވެ. އަދި ބޭރު ތޮށި ހެދުމުގެ އިތުރުން ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހަދަން ހަމަޖެހިފައިވެ އެވެ.

ފެހެންދޫ ބަނދަރުގެ މަސައްކަތް ފަށަން ބޭނުންވާ ސާމާނު އިއްޔެ އެރަށް ގެނައިއިރު، މިދިޔަ ހަފްތާ ވަނީ އެރަށާ އެއްފަޅެއްގައި އޮންނަ ފުޅަދޫ ބަނދަރުގެ މަސައްކަތް ފަށައިފަ އެވެ.

The post ފެހެންދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49624/feed/ 1
މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި ތިޖޫރީ ވަގަށް ނަގައިފި http://www.eydhafushitimes.com/live/atoll/49620/ http://www.eydhafushitimes.com/live/atoll/49620/#respond Mon, 11 Nov 2019 09:11:58 +0000 http://www.eydhafushitimes.com/live/?p=49620

ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި، އެތަނުގެ ތިޖޫރި ވަގަށްނަގައިފި އެވެ. ފުލުހުން ބުނި ގޮތުގައި މާޅޮހު މެޖިސްޓްރޭޓް ކޯތް ފަޅާލައި އެ ކޯޓުން ލެޕްޓޮޕްއަކާއި ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީގައި ފައިސާ ހުރި އަދަދު ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

The post މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި ތިޖޫރީ ވަގަށް ނަގައިފި appeared first on Eydhafushi Times.

]]>

ބ. މާޅޮަސް. ެރަށޫގައި ސިޓީ ހޮޓާ އަޅެމުގެ އެއްބަސްވުމުގަިއ މިއަދު ވަނީ ސޮއިކޮށްފައި– ފޮޓޯ / މާޅޮސް ކައުންސިލް

ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި، އެތަނުގެ ތިޖޫރި ވަގަށްނަގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މާޅޮހު މެޖިސްޓްރޭޓް ކޯތް ފަޅާލައި އެ ކޯޓުން ލެޕްޓޮޕްއަކާއި ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީގައި ފައިސާ ހުރި އަދަދު ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

The post މާޅޮހު މެޖިސްޓްރޭޓު ކޯޓު ފަޅާލައި ތިޖޫރީ ވަގަށް ނަގައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49620/feed/ 0
ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި http://www.eydhafushitimes.com/live/atoll/49608/ http://www.eydhafushitimes.com/live/atoll/49608/#respond Sun, 10 Nov 2019 11:48:21 +0000 http://www.eydhafushitimes.com/live/?p=49608

ޕްލޭނިން މިނިސްޓްރީންއިން އެމްޓީސީސީއާ ހަވާލުކުރި ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް މޮބަލައިޒް ކޮށްފި އެވެ. ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 48 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި އެއްބަސްވުމުގައި އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. އެމްޓީސީސީއިން މައުލޫމާތު ދޭ ގޮތުގައި، ފުޅަދޫ ބަނދަރު ހެނދުމުގެ މަޝްރޫއުގެ ތެރެއިން، ބަނދަރުގެ ބޭރު ތޮށިލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން ...

The post ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި appeared first on Eydhafushi Times.

]]>

ޕްލޭނިން މިނިސްޓްރީންއިން އެމްޓީސީސީއާ ހަވާލުކުރި ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް މޮބަލައިޒް ކޮށްފި އެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 48 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި އެއްބަސްވުމުގައި އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ.

އެމްޓީސީސީއިން މައުލޫމާތު ދޭ ގޮތުގައި، ފުޅަދޫ ބަނދަރު ހެނދުމުގެ މަޝްރޫއުގެ ތެރެއިން، ބަނދަރުގެ ބޭރު ތޮށިލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން އެތެރެ ތޮށިލުމާއި އަދި މޫރިން ބްލޮކްސްލުމުގެ މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރަށް ހިއްކާނެ އެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްދެއްގަ އެވެ. އެތެރެ ތޮށި ލުމަށް ހަމަޖައްސާފައިވަނީ 223 މީޓަރަށެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތް ވެސް އެމްޓީސީސީންއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީއާ ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

The post ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49608/feed/ 0
ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވަން ތަމްރީން ޕްރޮގްރާމެއް ފަށައިފި http://www.eydhafushitimes.com/live/atoll/49601/ http://www.eydhafushitimes.com/live/atoll/49601/#respond Sat, 09 Nov 2019 16:30:31 +0000 http://www.eydhafushitimes.com/live/?p=49601

ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވުމަށް ” “ވިމެން ލީޑަރޝިޕް ޓްރެއިނިން” ގެ ނަމުގައި ބ. އަތޮޅު ކައުންސިލާ ގުޅިގެން ކޮމިއުނިޓީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވްސް (ކޮޑި) ޖަމިއްޔާއިން އޭދަފުށީގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ. މިއީ އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށާއި ސިޓީ ކައުންސިލުތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާތީ ސިޔާސީ ދާއިރާއަށް އަންހެނުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމުގައި އިންތިހާބަށް ...

The post ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވަން ތަމްރީން ޕްރޮގްރާމެއް ފަށައިފި appeared first on Eydhafushi Times.

]]>

ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވުމަށް ” “ވިމެން ލީޑަރޝިޕް ޓްރެއިނިން” ގެ ނަމުގައި ބ. އަތޮޅު ކައުންސިލާ ގުޅިގެން ކޮމިއުނިޓީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވްސް (ކޮޑި) ޖަމިއްޔާއިން އޭދަފުށީގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއީ އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށާއި ސިޓީ ކައުންސިލުތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާތީ ސިޔާސީ ދާއިރާއަށް އަންހެނުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމުގައި އިންތިހާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި، ކެމްޕެއިނަށް ފައިސާ ހޯދާނެ ގޮތްތަކާއި އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ރަށާއި އަތޮޅު އަދި ގައުމީ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި އަންހެނުން ކަންކަމަށް އިސްނެގުމާއި ލީޑަޝިޕް އިތުރުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ދޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ބ. އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބ. އަތޮޅުގެ އެކިރަށްށަށުން 32 އަންހެންނުން ބައިވެރިވެ އެވެ.

The post ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވަން ތަމްރީން ޕްރޮގްރާމެއް ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49601/feed/ 0
ގޮއިދޫ-ފެހެންދޫ ކޯޒްވޭގެ މަސައްކަތް އަންނަ އަހަރު ފަށަނީ http://www.eydhafushitimes.com/live/atoll/49542/ http://www.eydhafushitimes.com/live/atoll/49542/#respond Mon, 04 Nov 2019 15:43:23 +0000 http://www.eydhafushitimes.com/live/?p=49542

ބ. ގޮއިދު އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 210,000 ރުފިޔާ ހިމަނައިފި އެވެ. އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ގިނަ ޚިދުމަތްތަކުން މަހްރޫމްވެފައި އޮތް ފެހެންދޫ ކޯޒްވޭގެ ވައުދަކީ އަސާސީ ޚިދުމަތްތަކަށް އެ ރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު އުފުލާ ތަކުލީފަށް ލުޔެއް ލިބޭނެ ކަމުގެ އުއްމީދެކެވެ. އެއް ފަޅެއްގެ ތެރޭގައި އޮންނަ ދެ ރަށް ގުޅުވާލުމަކީ ރައްޔިތުންނަށް ފައިދާކުރާނެ އަދި ...

The post ގޮއިދޫ-ފެހެންދޫ ކޯޒްވޭގެ މަސައްކަތް އަންނަ އަހަރު ފަށަނީ appeared first on Eydhafushi Times.

]]>

ރައީސް ފެހެންދު އަށް އަރާވަޑައިގަތުމަށް ޑިންގީގައި: އެ ރަށާއި ގޮއިދޫ ގުޅާލަން އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައި. –ފޮޓޯ/ރައީސް އޮފީސް

ބ. ގޮއިދު އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 210,000 ރުފިޔާ ހިމަނައިފި އެވެ.

އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ގިނަ ޚިދުމަތްތަކުން މަހްރޫމްވެފައި އޮތް ފެހެންދޫ ކޯޒްވޭގެ ވައުދަކީ އަސާސީ ޚިދުމަތްތަކަށް އެ ރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު އުފުލާ ތަކުލީފަށް ލުޔެއް ލިބޭނެ ކަމުގެ އުއްމީދެކެވެ.

އެއް ފަޅެއްގެ ތެރޭގައި އޮންނަ ދެ ރަށް ގުޅުވާލުމަކީ ރައްޔިތުންނަށް ފައިދާކުރާނެ އަދި ސަރުކާރަށް ޚަރަދު ކުޑަވާނެ ކަމެއްކަމަށް އެރަށުގެ ގިނަ ބަޔަކު ދެކެއެވެ. އެގޮތުން އެންމެ ބޮޑު ލުޔެއް ލިބޭނީ ތައުލީމާއި ސިއްހީ ޚިދުމަތްތައް ހޯދުމަށެވެ.

އާބާދީ މަދުކަމުން ފެހެންދޫން ތައުލީމެއް ނުލިބެ އެވެ. އެ ރަށުގެ ދަރިވަރުން ޑިންގީއެއްގައި ކިޔަވަން ދަނީ ގޮއިދު އަށެވެ. ހަމަ މިގޮތަށް، ސިއްޚީ ޚިދުމަތްތަކުގައި ވެސް ބަރޯސާ ވަނީ ގޮއިދު އަށެވެ. ފެހެންދޫގެ ހެލްތު ސެންޓަރެއް ހުރި ނަމަވެސް މާ ބޮޑު ބޭނުމެއް ނުހިފެ އެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް ފަރުވާއެއް ލިބެނީ ގޮއިދޫންނެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓްގައި ފެހެންދޫ-ގޮއިދޫ ކޯޒްވޭ ހަދަން 2021 ވަނަ އަހަރަށް 16،200،000 ރުފިޔާ އަދި 2022 ވަނަ އަހަރަށް 9،915،000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކޯޒްވޭގެ އިތުރުން، ފެހެންދޫ އަދި ގޮއިދޫގެ ފެނާ ނަރުދަމާ ގާއިމުކުރުމާއި، ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމާއި ފެހެންދޫ ބަނދަރު ހަދައި ގޮއިދޫ ބަނދަރު އަޕްގްރޭޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

The post ގޮއިދޫ-ފެހެންދޫ ކޯޒްވޭގެ މަސައްކަތް އަންނަ އަހަރު ފަށަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49542/feed/ 0
ބ. އަތޮޅަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި http://www.eydhafushitimes.com/live/atoll/49471/ http://www.eydhafushitimes.com/live/atoll/49471/#respond Tue, 29 Oct 2019 04:22:36 +0000 http://www.eydhafushitimes.com/live/?p=49471

ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ ހއ އަތޮޅުން ފެށީގެން ވ. އަތޮޅާ ހަމައަށް މިއަދު ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާތީ ކަމަށާއި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ އާއްމުގޮތެއްގައި މަޑުން ކަމަށެވެ. އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ...

The post ބ. އަތޮޅަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި appeared first on Eydhafushi Times.

]]>

ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ހއ އަތޮޅުން ފެށީގެން ވ. އަތޮޅާ ހަމައަށް މިއަދު ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާތީ ކަމަށާއި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ އާއްމުގޮތެއްގައި މަޑުން ކަމަށެވެ. އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާ އިރު ވިލާގަނޑުގައި ވައި ބާރުވާނެ ކަމަށް ލަފާކުރަނީ ގަޑިއަކު 35 މޭލަށެވެ.

މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 11:00 އާ ހަމައަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި މިއަދާއި މިރޭ ވެސް ދިިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދޭން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

The post ބ. އަތޮޅަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49471/feed/ 0
ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު ނިންމާލައިފި http://www.eydhafushitimes.com/live/atoll/49443/ http://www.eydhafushitimes.com/live/atoll/49443/#respond Sat, 26 Oct 2019 15:10:35 +0000 http://www.eydhafushitimes.com/live/?p=49443

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ. ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވި ...

The post ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު ނިންމާލައިފި appeared first on Eydhafushi Times.

]]>

އޭދަފުށީގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.

އޭދަފުށީގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން

ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވި އެވެ.

ހުޅުމާލޭގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން– ފޮޓޯ/ބީއެމްއެލް

ބީއެމްއެލް އިން ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

އޭދަފުށީގައި ބޭއްވި “ޕިންކް ރިބަން ރަން ވޯކް” ގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

The post ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު ނިންމާލައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/atoll/49443/feed/ 0