Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
ވިޔަފާރި – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Fri, 24 Jan 2020 15:44:28 +0000 dv hourly 1 https://wordpress.org/?v=5.0.8 ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސައިފި http://www.eydhafushitimes.com/live/news/102352/ http://www.eydhafushitimes.com/live/news/102352/#respond Fri, 24 Jan 2020 15:34:35 +0000 http://www.eydhafushitimes.com/live/?p=102352

ބ. ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު މިއަދު ޖައްސައިފި އެވެ. ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު، ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސާފައިވަނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރެވެ. 30،000 ވަނަ ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން “މޯލްޑިވިއަން” ގެ ފްލައިޓެކެވެ. ދަރަވަންދޫ އެއާޕޯޓަށް ބާރު ބޮޑުވަނީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ރިސޯޓް ހުރުމުންނެވެ. ބ އަތޮޅަށް ގައުމީ އެއާލައިން މޯލްޑިވިއަން، ވިލާ އެއާގެ ފްލައިމީ ...

The post ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސައިފި appeared first on Eydhafushi Times.

]]>

ދަރަވަންދޫ އެއާޕޯޓަށް ޖެއްސި 30،000 ވަނަ ފްލައިޓު

ބ. ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު މިއަދު ޖައްސައިފި އެވެ.

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު، ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސާފައިވަނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރެވެ. 30،000 ވަނަ ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން “މޯލްޑިވިއަން” ގެ ފްލައިޓެކެވެ.

ދަރަވަންދޫ އެއާޕޯޓަށް ބާރު ބޮޑުވަނީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ރިސޯޓް ހުރުމުންނެވެ. ބ އަތޮޅަށް ގައުމީ އެއާލައިން މޯލްޑިވިއަން، ވިލާ އެއާގެ ފްލައިމީ އަދި މަންތާ އެއާ އިންވެސް މިހާރު ދަތުރު ކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ފައިދާގައި ހިންގަނީ މަދު އެއާޕޯޓްތަކެކެވެ. ދަރަވަންދޫ އެއާޕޯޓް ހިމެނިފައިވަނީ 2012 ވަނަ އަހަރު އެ އެއާޕޯޓް ހުޅުވީއްސުރެ ފައިދާގައި ހިންގާ އެއާޕޯޓެއްގެ ގޮތުގައެވެ.

ދަރަވަންދޫ އެއާޕޯޓްގެ ހިދުމަތް އަހަރު ލައްކައެއްހާ ދަތުރުވެރިން ހޯދައެވެ.

The post ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/102352/feed/ 0
އުރީދޫގެ ޑިރެކްޓަރަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި http://www.eydhafushitimes.com/live/news/98494/ http://www.eydhafushitimes.com/live/news/98494/#respond Mon, 20 Jan 2020 06:37:39 +0000 http://www.eydhafushitimes.com/live/?p=98494

އުރީދޫގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދިން މުއްދަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ. އުރީދޫން ބުނި ގޮތުގައި މި މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން 25 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޑިރެކްޓަރަކަށް ވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ އެވެ. މި ފޯމު ހުށަހަޅަން ޖެހޭނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު “ޑިރެކްޓަރުގެ އެޕްލިކޭޝަން” ޖެހުމަށް ފަހު އެވެ. މިދިޔަ ޑިސެމްބަރު މަހު މި ފުރުސަތު ...

The post އުރީދޫގެ ޑިރެކްޓަރަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި appeared first on Eydhafushi Times.

]]>

އުރީދޫގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދިން މުއްދަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި މި މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން 25 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޑިރެކްޓަރަކަށް ވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ އެވެ. މި ފޯމު ހުށަހަޅަން ޖެހޭނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު “ޑިރެކްޓަރުގެ އެޕްލިކޭޝަން” ޖެހުމަށް ފަހު އެވެ.

މިދިޔަ ޑިސެމްބަރު މަހު މި ފުރުސަތު ހުޅުވާލީ އެ ކުންފުނީގެ ބޯޑުގައި ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރަކު ހޯދުމަށެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޑިރެކްޓަރަކު ހޮވާނީ މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ހަމައެކަނި އުރީދޫގެ ހިއްސާދާރުންނަށެވެ. އެގޮތުން، މި މަގާމަށް ކުރިމަތިލުމަށް ކުންފުނިތަކުގެ ގަވާއިދުގައި ހިމެނޭ ޝަރުތުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީގެ “ކޯޕަރޭޓް ގަވާނެންސް އެކްޓް” ގެ ޝަރުތުތައް ހަމަވާން ޖެހޭނެ އެވެ. އަދި ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައި ހުރުމާއި 10 އަހަރު ވަންދެން ސީނިއާ މަގާމެއްގެ މަސައްކަތުގެ ތަޖުރިބާ ހުރުމަކީ ވެސް ޝަރުތެކެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ވޯޓަށް ހުށަހަޅާނީ އުރީދޫގެ “ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން” ބޯޑް އޮފް ޑިރެކްޓަރުންނަށް ފޮނުވާ ނަންތަކުގެ ތެރެއިން ޝަރުތު ހަމަވާ ނަންތަކެވެ.

އުރީދޫން ވަނީ މި މަގާމަށް ޝައުގުވެރިވާ ހިއްސާދާރުން ވީހާ ވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިފަ އެވެ.

The post އުރީދޫގެ ޑިރެކްޓަރަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/98494/feed/ 0
އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ http://www.eydhafushitimes.com/live/news/97310/ http://www.eydhafushitimes.com/live/news/97310/#respond Thu, 16 Jan 2020 16:14:57 +0000 http://www.eydhafushitimes.com/live/?p=97310

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ރޯލު އިތުރު ކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ވެބްސައިޓު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ތައްޔާރު ވެއްޖެ އެވެ. “ޖެންގޯ ގާލްސް މާލެ” ގެ ނަމުގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިާ މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 16 އަހަަރުން މަތީގެ އަންހެނުންނަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ “ޖެންގޯ ...

The post އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ appeared first on Eydhafushi Times.

]]>

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ރޯލު އިތުރު ކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ވެބްސައިޓު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

“ޖެންގޯ ގާލްސް މާލެ” ގެ ނަމުގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިާ މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 16 އަހަަރުން މަތީގެ އަންހެނުންނަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ “ޖެންގޯ ގާލްސް”ގެ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގެ ބައިވެރިންނަށް ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ވެބްސައިޓް ހަދާނެ ގޮތް ކިޔައިދޭނެ އެވެ. މި ވެބްސައިޓުތައް ހަދާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނީ ވިމެން އިން ޓެކުން މިދިޔަ އަހަރު ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ‘ގާލްސް ޓު ކޯޑް’ ނަމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެ އެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ މިދިޔަ އަހަރު ފުވައްމުލައް ސިޓީގަ އެވެ.

The post އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/97310/feed/ 0
ދިރާގު ޓީވީއަށް މޭކަޕްއާޓިސްޓް ރުތްބާގެ މޭކަޕް ޝޯ އެއް! http://www.eydhafushitimes.com/live/news/95987/ http://www.eydhafushitimes.com/live/news/95987/#respond Wed, 15 Jan 2020 12:29:12 +0000 http://www.eydhafushitimes.com/live/?p=95987

ދިރާގު ޓީވީއިން ދިވެހި މައްޝޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯވ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ. ރުތްބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕްއާޓިސްޓެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު “ވައިޓް ފަޔަރ” ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައި އެވެ. މީގެ އިތުރުން ރުތުބާވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މޭކަޕް ...

The post ދިރާގު ޓީވީއަށް މޭކަޕްއާޓިސްޓް ރުތްބާގެ މޭކަޕް ޝޯ އެއް! appeared first on Eydhafushi Times.

]]>

ދިރާގު ޓީވީއިން ދިވެހި މައްޝޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯވ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.

ރުތްބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕްއާޓިސްޓެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު “ވައިޓް ފަޔަރ” ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައި އެވެ. މީގެ އިތުރުން ރުތުބާވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މޭކަޕް ކޭމްޕެއްވެސް ބާއްވާފައެވެ. “މޭކަޕް ބައި ރުތްބާ” ވެގެން ވާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށެވެ. މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.

ރުތްބާ ބުނި ގޮތުގައި، “ދިރާގުން މިވަރުގެ ފުރުސަތެއް އަޅުގަނޑަން ދިންކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ދިރާގުޓީވީއިން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް އަޅުގަނޑުމެން ދިވެހި އާރޓިސްޓުން އަބަދުވެސް ބަލައި ގަންނަން. މީ އަޅުގަނޑަށް ލިބިފައިހުރި ހުނަރާއި ތަޖުރިބާ އާންމުންނާއި ދަސްކޮއްދިނުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް.”

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފަންނުވެރިންނަށް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް ގެންގޮސްދިނުމެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74% ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

The post ދިރާގު ޓީވީއަށް މޭކަޕްއާޓިސްޓް ރުތްބާގެ މޭކަޕް ޝޯ އެއް! appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/95987/feed/ 0
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ގާފަރު ސްކޫލުގެ ސެން ކްލާސް ތަރައްގީކޮށްފި http://www.eydhafushitimes.com/live/news/93667/ http://www.eydhafushitimes.com/live/news/93667/#comments Tue, 14 Jan 2020 06:43:59 +0000 http://www.eydhafushitimes.com/live/?p=93667

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެން ކްލާސްރޫމެއް ތަރައްގީކޮށްފިއެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ މި ކްލާސްރޫމަށް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު މި ކްލާސްރޫމް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ...

The post ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ގާފަރު ސްކޫލުގެ ސެން ކްލާސް ތަރައްގީކޮށްފި appeared first on Eydhafushi Times.

]]>

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެން ކްލާސްރޫމެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ މި ކްލާސްރޫމަށް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު މި ކްލާސްރޫމް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި މި ކްލާސްރޫމް ފަރުމާ ކުރެވިފައިވަނީ ސެން ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނާ ފުރިހަމަ ކުރެވިގެން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އަދި މި ކްލާސްރޫމް ވެގެންދާނީ މިކުދިންނަށް ކިޔަވާދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ލިބިގެންދާ ފުރިހަމަ ހައްލަކަށެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި ކްލާސްރޫމު ހުޅުވުމާއެކު ތައުލީމީ އާ އަހަރު ފެށިގެން މިދިޔައީ ގާފަރު ސްކޫލްގެ ސެން ކްލާސް ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ކަމަށެވެ.

“މި ކްލާހުގައި ބޭނުންކުރާ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި އެކުދިންގެ ހުނަރު ތަރައްގީކުރުމަށް ވަރަށް އެކަށޭނެ ވަސީލަތްތަކެއް.  ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި،  މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ހިންގޭ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ.” ސައީދު ވިދާޅުވި އެވެ.

“ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް. ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން އަޅުގަނޑުމެން ދިރާސާ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ. އަޅުގަނޑުމެން [އަބޫބަކުރު އަލީ ފައުންޑޭޝަން] މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއަރުވަން. ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު. އެކަމަކު މިހާރު އަޅުގަނޑުމެން މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ. މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލް ލީ. ބީއެމްއެލްގެ އެހީ އާއި ފައުންޑޭޝަނުގެ ފައިސާ އިން މި ޕްރޮޖެކްޓު މި ނިންމާލެވުނީ. ” އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވި އެވެ.

               އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

The post ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ގާފަރު ސްކޫލުގެ ސެން ކްލާސް ތަރައްގީކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/93667/feed/ 1
ދިރާގުން އީ-ސިމް ތައާރަފުކޮށްފި http://www.eydhafushitimes.com/live/news/91786/ http://www.eydhafushitimes.com/live/news/91786/#respond Mon, 13 Jan 2020 16:46:51 +0000 http://www.eydhafushitimes.com/live/?p=91786

ދިރާގުން “އީ-ސިމް” ގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި އެވެ. ދިރާގުން ބުނީ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުވުމަށް އިތުރު ބާރަކަށްވެ، މޯބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯޓްކުރާ ފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެ އެވެ. މިއީ އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެވޭނެ ލުއި ...

The post ދިރާގުން އީ-ސިމް ތައާރަފުކޮށްފި appeared first on Eydhafushi Times.

]]>

ދިރާގުން “އީ-ސިމް” ގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުވުމަށް އިތުރު ބާރަކަށްވެ، މޯބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯޓްކުރާ ފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެ އެވެ. މިއީ އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެވޭނެ ލުއި ފަސޭހަ ހިދުމަތެކެވެ.

އީ-ސިމްގައި އަށް ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެ އެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތަކެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރުމަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އީ-ސިމްގެ ހިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފޯނުތަކުގައްޔެވެ. އެގޮތުން އީސިމް ސަޕޯޓުކުތާ ސްމާރޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ގެ އިތުރުން ގޫގުލް ޕިކްސެލް 3 އިން ފެށިގެން ފަހުގެ ފޯނުތަކުގައި ދިރާގު އީ-ސިމް ބޭނުން ކުރެވޭނެ އެވެ.

ދިރާގަކީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

The post ދިރާގުން އީ-ސިމް ތައާރަފުކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/91786/feed/ 0
ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި http://www.eydhafushitimes.com/live/news/90700/ http://www.eydhafushitimes.com/live/news/90700/#respond Mon, 13 Jan 2020 08:50:32 +0000 http://www.eydhafushitimes.com/live/?p=90700

އަންނަ މަހު ރާއްޖޭގައި ބާއްވާ ސްކައިޑައިވް މޯލްޑިވްސް ހަރަކާތުގައި ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި އެވެ. މަންތާ އެއާ އިން ބުނިގޮތުގައި ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަންޓާ އެއާ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ މަންޓާ އެއާ އަދި ސްކައިޑައިވް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމުން ކަމަށެވެ. އެގޮތުން މި ...

The post ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި appeared first on Eydhafushi Times.

]]>

އަންނަ މަހު ރާއްޖޭގައި ބާއްވާ ސްކައިޑައިވް މޯލްޑިވްސް ހަރަކާތުގައި ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި އެވެ.

މަންތާ އެއާ އިން ބުނިގޮތުގައި ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަންޓާ އެއާ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ މަންޓާ އެއާ އަދި ސްކައިޑައިވް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމުން ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަނަށް ހާއްސަ ޕޯސްޓްގައި، ސްކައިޑައިވް ކުރަންދާއިރު އެ މީހަކު ގެންދަން ބޭނުންވާ ފަރާތެއްގެ ނަން ޓެގް ކުރަން ޖެހެއެވެ. އަދި

މަންތާ އެއާ އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރި އެކަކު ހޮވައި އެ މީހަކަށް ދެ ފަހަރު “ޓެންޑަމް ސްކައިޑިވް” ކުރުމުގެ ފުރުސަތުގެ އިތުރުން، މަންޓާ އެއާ އިން ދެކޮޅު ޓިކެޓް ވެސް ދޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

“ޓެންޑަމް ސްކައިޑައިވް” އަކީ އަލަށް ސްކައިޑިވް ކުރާ ފަރާތްތަކަށް މި ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބޭނުންކުރާ ސްކައިޑިވް ކުރުމުގެ ވައްތަރެކެވެ. އެގޮތުން، ޓެންޑަމް ސްކައިޑިވް ކުރާއިރު ފުންމާލާނީ ތަޖުރިބާކާރު އިންސްޓްރަކްޓަރަކާ އެކު، ދެ މީހުންނަށް އެއްކޮށް ފަރުމާކޮށްފައިވާ ހާއްސަ ވައިކުޑައެއްގަ އެވެ.

ސްކައިޑިވް މޯލްޑިވްސް ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 އިން 24 ގެ ނިޔަލަށް ގއ. ކޫއްޑޫގަ އެވެ. މި ހަރަކާތުގައި، ދުނިޔޭގެ 20 ގައުމަކުން 300 އަށް ވުރެ ގިނަ ލައިސަންސްޑް ސްކައިޑައިވަރުން ބައިވެރިވާނެ އެވެ.

ކޫއްޑޫ އަކީ މަންޓާ އެއާ އިން އެންމެ ފަހުން އުދުހެން ފެށި މަންޒިލެވެ. އެގޮތުން ކޫއްޑޫ އަށް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން މިހާރު ދަތުރުތައް ކުރަނީ ދ.  ކުޑަހުވަދޫ އާއި ބ. ދަރަވަންދޫގެ އިތުރުން ގއ. ކޫއްޑު އަށެވެ.

މަންޓާ އެއާ ތިން ވަނަ މަންޒިލަކަށް ދަތުރުތައް ފަށާފައިވާ އިރު އެއާލައިނުން ވަނީ މިހާރު ސީ ޕްލޭންގެ ދަތުރުތައް ވެސް ފަށައިފަ އެވެ.

The post ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/90700/feed/ 0
ބީއެމްއެލް އިން އާ ޗީފް ރިސްކް އޮފިސަރ އާއި ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި http://www.eydhafushitimes.com/live/news/90664/ http://www.eydhafushitimes.com/live/news/90664/#respond Sun, 12 Jan 2020 07:12:46 +0000 http://www.eydhafushitimes.com/live/?p=90664

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް މރ. ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މިސް ސުރީ ހާނިމް މުޙައްމަދު ހަމަޖައްސައިފި އެވެ. ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިންގ އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ...

The post ބީއެމްއެލް އިން އާ ޗީފް ރިސްކް އޮފިސަރ އާއި ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި appeared first on Eydhafushi Times.

]]>

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް މރ. ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މިސް ސުރީ ހާނިމް މުޙައްމަދު ހަމަޖައްސައިފި އެވެ.

ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިންގ އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.

ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމްތަކެއް ފުރުއްވައި 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ. ސުރީވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކަމާއި އެގްޒެކްޓިވް ޑިރެކްޓަރ ގެ މަގާމްވެސް ފުރުއްވާފައެވެ.

“ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީވެސް  އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަޤްވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގ ޚިދުމަތް އިތުރު ހަރުފަތަކަށް ދިޔުން. ގެރީ އާއި ސުރީގެ އަށް ކާމިޔާބީއަށް އެދެން.” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

 ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

The post ބީއެމްއެލް އިން އާ ޗީފް ރިސްކް އޮފިސަރ އާއި ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/90664/feed/ 0
ޔޫސުފް ސްޕީޑުގެ ދަތުރުތަކަށް އާ ލޯންޗެއް http://www.eydhafushitimes.com/live/news/79931/ http://www.eydhafushitimes.com/live/news/79931/#respond Wed, 01 Jan 2020 07:46:45 +0000 http://www.eydhafushitimes.com/live/?p=79931

ބ. އަތޮޅުގައި ފެރީ ލޯންޗުގެ ޚިދުމަތްދޭ ޔޫސުފް ސްޕީޑުން މާލެ އާއި އޭދަފުއްޓާ ދެމެދުކުރާ ފެރީ ދަތުރުތަކަށް އިތުރު ލޯންޗެއް ގެނެސް ދަތުރުތައްފަށަން ތައްޔާރުވެއްޖެ އެވެ. ޔޫސުފް އެކްސްޕްރެސް އިން އަލަށް ގެނައި ލޯންޗަށް ކިޔަނީ “ޔޫސުފް އެމްޕެރަރ” އެވެ. 2017 އަހަރު ފެރީގެ ހިދުމަތްދޭން ފެށި ޔޫސުފް ސްޕީޑުން އާ އަހަރާ ދިމާކޮށް މާދަމާ ދަތުރުތައް ފަށާ މި ލޯންޗަކީ މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރުމަށް ހާއްސަކުރާ ލޯންޗެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު އެ ...

The post ޔޫސުފް ސްޕީޑުގެ ދަތުރުތަކަށް އާ ލޯންޗެއް appeared first on Eydhafushi Times.

]]>

ޔޫސުފް ސްޕީޑުގެ ދަތުރުތަކަށް ގެނައި އާ ލޯންޗު

ބ. އަތޮޅުގައި ފެރީ ލޯންޗުގެ ޚިދުމަތްދޭ ޔޫސުފް ސްޕީޑުން މާލެ އާއި އޭދަފުއްޓާ ދެމެދުކުރާ ފެރީ ދަތުރުތަކަށް އިތުރު ލޯންޗެއް ގެނެސް ދަތުރުތައްފަށަން ތައްޔާރުވެއްޖެ އެވެ.

ޔޫސުފް އެކްސްޕްރެސް އިން އަލަށް ގެނައި ލޯންޗަށް ކިޔަނީ “ޔޫސުފް އެމްޕެރަރ” އެވެ.

2017 އަހަރު ފެރީގެ ހިދުމަތްދޭން ފެށި ޔޫސުފް ސްޕީޑުން އާ އަހަރާ ދިމާކޮށް މާދަމާ ދަތުރުތައް ފަށާ މި ލޯންޗަކީ މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރުމަށް ހާއްސަކުރާ ލޯންޗެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު އެ ކުންފުނިން ބޭނުންކުރަނީ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

60 މީހުންގެ ޖާގައިގެ މި ލޯންޗުގެ ސީޓުތަކަކީ ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ދަތުރު ކުރެވޭނެ ހެން ތައްޔާރުކޮށްފައިވާ ސީޓުތަކެކެވެ.

ޔޫސުފް ސްޕީޑުން ވާހަކަދެއްކި އަހްމަދު ޔޫސުފް އީޓީ އާ ވާހަކަދައްކަމުން ބުނީ އަލަށް ދަތުރުތައް ފަށާ ލޯންޗުގައި ބޮޑެތި ބަދަލުތަކެއް ހުންނާނެކަމަށާއި، ކަސްޓަމަރުން ހިތްހަމަޖެހޭ ރަގަޅު ހިދުމަތްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

“މި ލޯންޗުގައި ދަތުރުކުރާ ހުރިހާ ޕަސެންޖަރުންވެސް ވާނީ އިންޝުއާ ކުރެވިފައި، ޝީޓްތައް ބޮޑެތިވެފައި ތަނަވަސް ވާނެ، އަދި ރިފްރެޝްމެންޓާއެކު ޝޯޓްއީޓް ވެސް ލިބޭނެ، އަދި ފްރީ ވައިފައި ވެސް ހުންނާނެ،”

ޔޫސުފް ސްޕީޑުން ބުނީ ޖާގައިގެ ގޮތުން ތަނަވަސް ލޯންޗެއްގެ ހިދުމަތް ފެށީ އެއްފަހަރާ ގިނަ ބަޔަކަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، ޔޫސުފް ސްޕީޑުގެ ހިދުމަށް ވީހާވެސް ފުޅާކޮށް އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޔޫސުފް ސްޕީޑުގެ ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

The post ޔޫސުފް ސްޕީޑުގެ ދަތުރުތަކަށް އާ ލޯންޗެއް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/79931/feed/ 0
އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް! http://www.eydhafushitimes.com/live/news/77028/ http://www.eydhafushitimes.com/live/news/77028/#respond Tue, 31 Dec 2019 03:27:11 +0000 http://www.eydhafushitimes.com/live/?p=77028

“މިއީ ވަރަށް ހުނަރުވެރި ކުދިންތަކެއް. މިކުދިންގެ ތަފާތަކީ މިކަންކުރަން ހުރި ޝައުގުވެރިކަން. ފުޓްބޯޅަ އަށް އެހާ ކުޑައިރު ވެސް ހުންނަ ފޯކަސް. އަސްލު ކުޅެން ބޭނުންވެފައި ހުރި މިންވަރު. މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިކުދިންގެ ހުނަރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްވެފައި. މިކުދިންގެ ހުނަރު އަދިވެސް އިތުރަށް ތަރައްގީކޮށް މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،” ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިޒޯޓުގައި ބޭއްވި ފުޓްބޯޅަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އިނގިރޭސިވިލާތުގެ ...

The post އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް! appeared first on Eydhafushi Times.

]]>

“މިއީ ވަރަށް ހުނަރުވެރި ކުދިންތަކެއް. މިކުދިންގެ ތަފާތަކީ މިކަންކުރަން ހުރި ޝައުގުވެރިކަން. ފުޓްބޯޅަ އަށް އެހާ ކުޑައިރު ވެސް ހުންނަ ފޯކަސް. އަސްލު ކުޅެން ބޭނުންވެފައި ހުރި މިންވަރު. މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިކުދިންގެ ހުނަރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްވެފައި. މިކުދިންގެ ހުނަރު އަދިވެސް އިތުރަށް ތަރައްގީކޮށް މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،”

ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިޒޯޓުގައި ބޭއްވި ފުޓްބޯޅަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އިނގިރޭސިވިލާތުގެ އެވަޓަންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކޭހިލް ފުރަމަވެސް ދެއްކީ އުއްމީދީ ވާހަކަތަކެކެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އާދީއްތަ ދުވަހު ނިމުނުއިރު، ދުވާލަކު 1 ގަޑިއިރާއި ބައި ތަމްރީންދެ އެވެ.

މި ޓްރެއިނިން ކޭމްޕްގައި އަމިއްލަފުށި ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނާއެކު ޖުމްލަ ސާޅީހަކަށް ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންނެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ. މީގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓްސް ކޯޗުންވެސް މިކޭޕްގައި އެހީތެރިވެދިނެވެ.

މިއީ މި ޓްރެއިނިން ކޭމްޕުން އޭދަފުށީ ސްކޫލު ކުދިންގެ ހުނަރު ފެނިގެންދިޔަ ތިންވަނަ ފަހަރު ކަމަށާއި އެ ކުޅުންތެރިންގެ ހުނަރު ތަރައްގީވެ ކުރިއަރާފައިހުރި ވަރު ކޭހިލްގެ ޓީމުން ފާހަގަކުރި އެވެ.

“މި ކޭމްޕުން މިދިޔަ އަހަރެއްހާ ދުވަހު މި ކުދިންގެ ހުނަރު ތަރައްގީވި ވަރު ފެނިއްޖެ. ހުނަރަކީ އުނގަންނައިދީގެން ތަރައްގީ ކުރެވޭ އެއްޗެއް. ބޭނުންވަނީ މި ފަދަ ޕްރޮގްރާމްތައް ގިނައިން ގެންދިއުން. ފުޓްބޯޅައިގައި ވެސް ދަސްކުރުން ހުއްޓާލައިގެން ނުވާނެ،” ކޭހިލް ބުންޏެވެ.

މިއީ ކޭހިލްގެ ޓީމު ފުޓްބޯޅަ ކޭމްޕް ހިންގަން އެ ރިސޯޓަށް އައި ހަތަރުވަނަ ފަހަރެވެ. އޭނާ ބުނީ ރާއްޖޭގެ ރީތި ބީޗްތަކުން އުފާ ލިބިގަތުމަށް ވުރެ އޭނާގެ ތަޖުރިބާގެ އަލީގައި ދަސްވެފައި ހުރި އެއްޗެއް ކުދިންނަށް ބުނެދިނުމުން ލިބޭ އުފާ މާބޮޑުކަމަށެވެ.

މި ޓްރެއިނިން ކޭމްޕުގައި ބައިވެރިވި އޭދަފުށީ ކުއްޖަކު ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޕްރޮފެޝަނަލް އެކަޑަމީގެ ކޯޗުންގެ ފަރާތުން މި ޓްރޭނިން ލިބޭތީ އެވެ.

“މިކަހަލަ ޕްރޮފެޝަނަލް ޓްރެއިނިންގައި ބައިވެރިވެވޭތީ ވަރަށް ހިތްހަމަޖެހޭ. މިފަހަރު ވެސް މި ކޯޗުން އެކި ކަންތައްތައް ކިޔައިދިން،”

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ބްރެންޑާ ހޯރާ ވިދާޅުވި ބޭނުމަކީ މި ފަދަ ޓްރެއިނިންތައް ކުރިއަށް ގެންގޮސް އަމިއްލަފުށީގެ ފަރާތުން ގިނަ ކުދިންނަށް މި ފަދަ ފުރުސަތުތައް ފަހިވެގެންދިޔުން ކަމަށެވެ. އެގޮތުން ކޭހިލްގެ އެކަޑަމީއާއު މި ކޭމްޕް ކުރިއަށްގެންދަން ފެށުމުން ރިސޯޓަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ރިސޯޓް ވަރަށް ބޮޑަށް އިސްތިހާރުވެއްޖެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ކޭޕްގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓްސް ކޯޗު ފަޒްލޫން މުހައްމަދު ބުނި ގޮތުގައި މިފަހަރުގެ ކޭމްޕުން ކޭހިލްގެ ޓީމުން އެންމެބޮޑަށް ފާހަގަކުރި އެއް ކަމަކީ ކުދިންނަށް އައިސްފައިވާ ކުރިއެރުމެވެ.

“ކޯޗުން ވަރަށް ބޮޑަށް ފާހަކުރި ކުދިންގެ ހުނަރު އިމްޕްރޫވްވެފައި ހުރިވަރު. ހާއްސަކޮށް ގްރާސްރޫޓްސް ކުދިންގެ ހުނަރު ފެނިފައި އެމީހުން ހައިރާންވި،”

ފަޒްލޫން ބުނި ގޮތުގައި ސްކޫލު ކިޔެވުން ފެށުމާއެކު ގްރާސްރޫޓްސް އެކަޑަމީގެ ކުޅުންތެރިންނަށް ހަމައެކަނި ޓްރެއިނިން ނުދީ ވާދަވެރި މެޗުތަކެއް ކުޅޭނެ ފުރުސަތުތަކެއް ވެސް ފަހިކޮށްދެވޭތޯ ބަލާނެއެވެ.

އޭދަފުށްޓަކީ ރާއްޖޭގެ އެއް ރަށަކަށް ބަލާއިރު އެންމެ ގިނަ ކުޅުންތެރިން މި ވަގުތު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 2018 އަހަރު އެ ސްކޫލުގައި ގްރާސްރޫޓްސް ވެސް ފަށައިފަ އެވެ. އަދި މިދިޔަ އަހަރު ވަނީ އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ޕްރޮގްރާމް ވެސް ފަށައިފަ އެވެ.

The post އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް! appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/77028/feed/ 0