Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
މުނިފޫހި – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Fri, 24 Jan 2020 15:44:28 +0000 dv hourly 1 https://wordpress.org/?v=5.0.8 ވާހަކަ: މަންމަން ގޮއްޔެ http://www.eydhafushitimes.com/live/entertainment/98429/ http://www.eydhafushitimes.com/live/entertainment/98429/#respond Fri, 17 Jan 2020 04:18:44 +0000 http://www.eydhafushitimes.com/live/?p=98429

އަހަރެންނަކީ ފަސްގަނޑު ކަޅު، ގަސްކަރަ ފެހި އަދި ފެންމީރު ފުރަމާލެއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ޢުމުރަކީ ހަމަ އެންމެ ގަރުނެކެވެ. ބަލާބެލުމަށް އަހަރެންނަކީ އިސްކޮޅުން ދިގު އޮޅަލި މީހެކެވެ. އަންހެން ކުދިން ދޯޅަ ވާހަކަލަ ފަޚްލަވާނެކެވެ. ގައިގެ ހަން ރޫޖެހި އަޑު މުސްކުޅިއެއްކަމަކު އެއްވެސް އުނދަގުލަކާއި ނުލާ ވާހަކަދައްކާލުމަކީ އަހަރެންނަށް އަދި އެހާ އުނދަގޫކަމެއް ނޫނެވެ. އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިވިފައިވީނަމަވެސް އަހަރެން ދަތްހުރި ދުވަހު ކާށި ކެވޭތޯ ކުރިމަސައްކަތް އޭގެ އެންމެ ...

The post ވާހަކަ: މަންމަން ގޮއްޔެ appeared first on Eydhafushi Times.

]]>

އަހަރެންނަކީ ފަސްގަނޑު ކަޅު، ގަސްކަރަ ފެހި އަދި ފެންމީރު ފުރަމާލެއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ޢުމުރަކީ ހަމަ އެންމެ ގަރުނެކެވެ. ބަލާބެލުމަށް އަހަރެންނަކީ އިސްކޮޅުން ދިގު އޮޅަލި މީހެކެވެ. އަންހެން ކުދިން ދޯޅަ ވާހަކަލަ ފަޚްލަވާނެކެވެ. ގައިގެ ހަން ރޫޖެހި އަޑު މުސްކުޅިއެއްކަމަކު އެއްވެސް އުނދަގުލަކާއި ނުލާ ވާހަކަދައްކާލުމަކީ އަހަރެންނަށް އަދި އެހާ އުނދަގޫކަމެއް ނޫނެވެ. އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިވިފައިވީނަމަވެސް އަހަރެން ދަތްހުރި ދުވަހު ކާށި ކެވޭތޯ ކުރިމަސައްކަތް އޭގެ އެންމެ ޅަފަތުގެ ދުވަސްވަރުހެން ކަންފަތުގައި އަބަދުހެން އާވެއާވެ ހުރެއެވެ. އަހަރެން މިހާރު މި ވޭތުކުރަމުން މިދަނީ ރޫޚާނީ ހަޔާތެކެވެ.

Ooredoo

ލަތީފް އެވެ. އަޑުއަހާށެވެ. މިއީ އަހަރެންގެ ގަލަމުން ލިޔެލާ ހިޔާލީ ފޮލާއެކެވެ. ޒުވާންކަމުގެ ފޮނުން ބޯ ހުދުވެފައި ހުރި މުސްކުޅި ފުރައިގެ މޫސަބެ އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ކިޔައިދޭން ފެށިއެވެ. އަދި އޭނަ މުޅި އުމުރުގައިވެސް މީހަކާ އިންނަން ބޭނުންނުވި ސަބަބް އެނާގެ އަމިއްލަ އަތުން ލިޔެ ހާމަކުރަން ފެށިއެވެ.

އެއީ ރަންގު ލޯބީގެ ދުވަސްވަރެވެ. އަހަރެންވެސް އަހަރެންގެ ޒުވާން ދުވަސްވަރު ނަޔާ ޗާލް މަލެއްފަދަ ގޮއްޔެއެއް ދުށީމެވެ. އެ ގޮއްޔެ މިއަދު ކިތަންމެ ދުރުގައި ވީނަމަވެސް އަދިވެސް އެ އެގޮއްޔެއަށްޓަކައި އަހަރެން އިންތިޒާރު ކުރަމެވެ. ކަނުލާ އަޑު އަހާށެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެކަމަކު އަހަރެންނަށް އެއީ ވަރަށް ބޮޑު އެއްޗެކެވެ.

އެއްދުވަހަކު ފަތިހު ގޮވާހާލާއެކު އަހަރެން ތެވުދެ ބޮޑު ގިފިލި ކުރުމަށްޓަކައި އަތިރިއަށް ދިޔައީމެވެ. އެވަގުތު އަހަރެންނަށް ބުނަން ނޭގޭފަދަ ގޮއްޔެއެއް އަތިރިން އަރައިގެން އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ހިތާހިތުން ކިޔުނެވެ. އަހަރެންނަށް މިގޮއްޔެ ލިބޭނަމައެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމަ ހަނދެކެވެ. އިރުކޮޅަކު އެގޮއްޔެ އާއި ދިމާލަށް ބަލަން ހުރެފައި އަހަރެން އަތިރިއަށް ދިއުމަށް އަވަސްވެ ގަތީމެވެ. އެދުވަސްވަރު މާލެ އަކީ މިހާރު މިފެންނަ ގޮތަށް އާގުބޯޓެއް ނޫނެވެ. އަދި ތޮއްޖެހިފައިވާ ކޮތަރު ކޮށްޓެއްވެސް ނޫނެވެ. ރުއްގަހުން ބިމުގެ މުއްސަނދިކަން ލިބިގެންވާ ވެށި ފަހި މާލެއެވެ. ގިނަ އަދަދެއްގެ ގޯތި ގެދޮރު ބިނާކޮށްފައި ހުންނަނީ ދިވެހި ރުކުގެ ބާވަތްތަކުންނެވެ. ފެންވަރާ އުޅެނީ ވަޅު ގިފިލިންނެވެ. އޭރު މާލޭގައި އެކަކު އަނެކަށް ދެނެގަތުމަކީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

އެހެންކަމުން އަހަރެން އެގޮއްޔެ ހޯދުމުގެ މަސައްކަތް ފެށީމެވެ. ދުވަހަކީ ބޮޑު އީދުގެ ހިތްގައިމު ހަވީރުގެ ވަގުތެކެވެ. މިގޮތުން އަހަރެން އަހަރެންގެ ރައްޓެއްސަކާއެކު ގުޅަ ކުޅޭތަން ބެލުމަށްޓަކައި ގުޅަކުޅޭ ފަސްގަނޑަށް ދިއުމަށްޓަކައި މިޝްރާބް ޖެހީމެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން އެއްކަލަ ގޮއްޔެ އަހަރެންނަށް ފެނުނެވެ. ޒުވާން ފުރައިގެ ޖިންސްލަތީފުންނާއެކު ރަށުގެ ބޮޑު މަގުގައި ފަން ކުޅެން ހުއްޓައެވެ. އަހަރެންނަށް އެގޮއްޔެ ފެނުމާއެކު އެގޮއްޔެ ހުރި ދިމާލަށް މިޝްރާބް ބަދަލުކޮށްލެވުނެވެ. އެވަގުތު ފަހަތުން އައި ޒުވާން އަންހެން ކުއްޖެއް އަހަރެންގެ ބޮލަށް ގޮންޖެއްސެވެ. ގޮންޖެހުމާއެކު ހުރިހާ އަންހެން ކުދިންތައް އެއްފަހަރާ ހޭންފެށިއެވެ. އެގޮއްޔެވެސް ހެމުން ދިޔައެވެ. އެގޮއްޔެ ހީލާގޮތުން އަހަރެންގެ ހިތް ބާރަށް ތެޅެން ފަށައެވެ. އެވަގުތު އަހަރެންގެ ރަހްމަތްތެރިޔާ ބުންޏެވެ. ” ދެންވެސް ބަލަން ނުހުރެ އެގޮއްޔެ މޫދަށްލާ” މިހެން ބުނުމާއެކު އަހަރެން ދުވެފައިގޮސް އެގޮއްޔެގެ އަތުގައި ހިފީމެވެ. އެވަގުތު އެެހެން ގޮއްޔެއެއް ބުންޏެވެ. ތީ ނުބައެކެވެ. ކަލޭގެ ބޮލުގައި ގޮންޖެހީ މިހިރަ ގޮއްޔެއެވެ. އަހަރެން ވަރަށް ލަދުގަތެވެ. އަދި ސޮރީ އޭ ބުނެ އަހަރެން ހިގައި ގަތީމެވެ. އެވަގުތު ގޮއްޔެ އެއްކޮލުން ހީލިއެވެ. ހީލުމާއެކު އަހަރެން ވީ އަމަށަކު އުފަލެއް ނޫނެވެ. އަދި ވަރަށް ކެރިގެން އެނބުރި ގޮއްޔެގެ ގާތަށް ގޮސް ބައްދަލުކުރަން އެދުނީމެވެ. އެވަގުތު އެގޮއްޔެ ވަރަށް ރަކިގޮތަކަށް ބޯޖަހާލިއެވެ. އަދި މިރޭ 9 ޖަހާއިރު މިތަނުން ބައްދަލުކޮށްދިނުމަށް އެދި ގަޑި ބުނުމުންވެސް އެގޮއްޔެ އަގައިން އެއްޗެކޭ ނުބުނެ ހީލައި ބޯޖަހާލުމުން އަހަރެން ހީކުރީ އެގޮއްޔެ ލަދުން ވާހަކަ ދައްކަން ނުކެރެނީ ކަމަށެވެ. މިލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން އަހަރެން ހިފަން ބޭނުން ވިއެވެ. އަދި އަހަރެންގެ މިލޯބި ހާޞިލް ކުރުމަށް އަޒުމް ކަނަޑައެޅީމެވެ.

ދުވަހުގެ އިރު އޮއްސި ރަތްވިލާ އޮބައިފިއެވެ. އަހަރެން ވަރަށް ރީތި މުންޑެއް އަދެލީމެވެ. އަދި ގައިގައި އަތަރު ސެންޓްގެ މީރުވަސް ދުއްވާލުމަށްފަހު އެގޮއްޔެއާއި ބައްދަލުކުރުމަށް ދިޔައީމެވެ. އޭރު އަހަރެންނަކީ ހެދިހުރި ނޫކަށި ފުރައިގެ ޒުވާނެކެވެ. އަދި އެގޮއްޔެ އަކީވެސް ފަސްމީރު ކުރިރުކެއްފަދަ ޒުވާން ޖިންސްލަތީފެކެވެ. މުޅި މާލޭގައި އަތްފުނާ އަޅައިގެންވެސް އަހަރެންނަކަށް އެވަރުގެ ރީތި އަންހެނަކު ނުފެނުނެވެ. އަހަރެން އެގޮއްޔެ އާއި ބައްދަލުކުރަން ދިޔައިރު އެގޮއްޔެ އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެން ދިއުމާއެކު ގޮއްޔެ ހީލިއެވެ. އަހަރެން ހައިރާންކަމާއެކު ގޮއްޔެއަށް ބަލަން ހުރީމެވެ. ހިތަށް އެރިއެވެ. ހާދަ ބުރުސޫރަ ރީއްޗެވެ. ކުލަ އައްޔެވެ. ގޮއްޔެގެ ބުރަސޫރަ ރިވެތި މޫނާއި، ކުލަފަތިކަން ފެނި ހީލާ ގޮތުން ހީވަނީ ގަހެއްގައި ފޮޅިލާފައި އިން ރަތް ފިނިފެން މަލެއް ހެނެއެވެ. އެހާމެ ހިތްގައިމެވެ.

އަހަރެން ގޮއްޔެގެ އަތުގައި ހިފާލީމެވެ. އެވަގުތު ގޮއްޔެ އަހަރެންނާއި ގާތްވެލިއެވެ. އަދި ވަރަށް އަސަރުން ފުރިފައިވާ ރާގަކަށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. ގޮއްޔެ ދެކެ ލޯބިވާ ވާހަކަ އާއި ގޮއްޔެގެ ލޯބީގައި މުޅި އުމުރު ހޭދަކުރަން ޖެހުނަސް ހެޔޮކަމަށް ބުނީމެވެ. ނަމަވެސް އަހަރެން ދައްކާ ވާހަކައަކަށް ގޮއްޔެ މުޅިންވެސް ޖަހަނީ ބޮލެވެ. ވާހަކައެއް ނުދައްކައެވެ. އަހަރެން ލޯބިން ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް ގޮއްޔެ ވަރަށް ލޯބިން އަހަރެންގެ ގައިގައި ބައްދާލައެވެ. ނަމަވެސް ގޮއްޔެ ވާހަކަ ނުދައްކާ ހުންނާތީ އަހަރެން ވަރަށް ހައިރާންވިއެވެ. އަދި ލަދުން ނުހުރެ ވާހަކަ ދައްކަބަލާށޭ އަހަރެން ބުނީމެވެ. އެވަގުތު ގޮއްޔެ ވަރަށް ދެރަވިއެވެ. އަދި ހިތްދަތި ގޮތަކަށް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު މާދަމާ ރޭ ބައްދަލުކުރުމަށް އަތުގެ އިޝާރާތުން ބުނުމަށްފަހު ގޮއްޔެ ހިގައްޖެއެވެ.

ގޮއްޔެ ދިއުމުން އަހަރެންވެސް އަވަސް އަވަހަށް ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އެރޭ ވީއުފަލެއްގެ ބޮޑުކަމުން އަހަރެންނަކަށް ލޮލުފިޔައެއްވެސް ޖަހައެއް ނުލެވެއެވެ. އަދި ހިތަށް އަރައެވެ. ގޮއްޔެ އަހަރެންނާއި އަގައިން ބުނާނީ ކޮން އިރަކުން ބާވައެވެ. އިރާދަކުރެއްވިއްޔާ މާދަންރޭ ގޮއްޔެ އަހަރެންނާއި ވާހަކަދައްކާތޯ ވަރަށް މަސައްކަތް ކުރާނަމެވެ. އަދި ގޮއްޔެގެ އުމުރަށް އިތުރުވި ކޮންމެ އަހަރަކާއެކު އަހަރެން ގޮއްޔެ އާއި ވަކިނުވުމަށް ކަނޑައެޅީމެވެ.

ހިތްގައިމު ހަނދުވަރީ ރެއެކެވެ. ހަނދެއްފަދަ އެގޮއްޔެގެ ހަނދުވަރު ދުށުމަށްޓަކައި އަހަރެން ލޯބީގެ މަންޒިލަށް ދިޔައީމެވެ. ނަމަވެސް އޭރު އަދި ގޮއްޔެ އެމަންޒިލަކަށް ވާޞިލެއް ނުވެއެވެ. އަހަރެން ގޮއްޔެގެ އިންތިޒާރުގައި ހުރީމެވެ. އިސާހިތަކު ރަތްބޯވަޅު ކަސަބު އެޅި ލިބާހެއްގައި އެއްފަރާތަށް ހުޅިޖަހާލައިގެން އެހެރަގެން އަންނަނީ އަހަރެންގެ ހިތުގެ މަލަކާ ގޮއްޔެއެވެ. އަހަރެން ކަޅި ޖަހާނުލާ ގޮއްޔެއަށް ބަލަހައްޓައިގެން ހުރީމެވެ. ގޮއްޔެ އައިސް އަހަރެންނާ އަރާ ހަމަވުމަށްފަހު ދިއްކޮށްލީ ކުރު ފަންވަތެކެވެ. އޭގައިވަނީ ގޮއްޔެގެ ގޭގެ ނަމާއި އެޑްރެހެވެ. އަދި އެގެއަށް ދިއުމަށް އެދިފައިވެއެވެ. އެހެންކަމުން އަހަރެން ގޮއްޔެއާއި އެކު ގޮއްޔެގެ ގެއަށް ހިގައްޖެއީމެވެ. ހައިރާންވާ ކަމަކީ ގޮއްޔެ އަހަރެންނާއި ވާހަކަ ދައްކަނީ އިޝާރާތުން ކަމަށް ވުމެވެ. ނަމަވެސް އަހަރެންގެ ތަބީއަތުގައި ވާގޮތުން އަހަރެންނަށް ގޮއްޔެ ގެ ކޮންމެ އިޝާރާތަކުން ވާހަކަ ދެއްކި ނަމަވެސް އެކަމެއް ވަރަށް ފަސޭހައިން ދޭހަވެއެވެ.

އެރޭ އަހަރެން ގޮއްޔެއާއި އެކު ގޮއްޔެގެ ގެއަށް ދިޔައިމެވެ. އަދި ގޮއްޔެގެ އިޝާރާތުން ގޭގެ ބޮޑުއަށި އަމީތައި އިށީނުމަށް ބުންޏެވެ. އަދި އެބަ އަންނަމޭ ބުނެ އަތުން އިޝާރާތް ކުރުމަށްފަހު އެތެރެގެ ތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅަކުން ފަލަ ވަރެއްގެ ފިރިހެނެއް އައިސް މީ ގޮއްޔެގެ ބައްޕަ ކަމަށް ބުނެ ވާހަކަ ދައްކަން ފެށިއެވެ. އަދި ތިޔައީ ކޮން ކުއްޖެތޯ އަހަރެންނާއި ގޮއްޔެގެ ބައްޕަ ސުވާލުކުރިއެވެ. އެވަގުތު އަހަރެން ވަރަށް ބިރުގަތެވެ. ނަމަވެސް ގޮއްޔެ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެން އަމިއްލައަށް ތަޢާރްފްވެލީމެވެ. ” އަހަރެންނަށް ކިޔަނީ މޫސަ… އަހަރެންގެ ބައްޕަ އާއި މަންމަ ވަނީ އަހަރެން ވަރަށް ކުޑަިއރު ވަނީ ނިޔާވެފަ.. އަހަރެން ކައިބޮއެ ހަދަނީ ރައްޓެއްސެއްގެ ގެއިން…

އަހަރެން މިހެން ބުނުމުން ގޮއްޔެގެ ބައްޕަ ބުންޏެވެ. ގޮއްޔެ އަކީ ކޮންކަހަލަ ކުއްޖެއްކަން އެގޭ ހެއްޔެވެ. އޭރު ގޮއްޔެ އެތެރެގެތެރެއިން ބައްޕަ އެދައްކާ ވާހަކަތައް ކަނޑުލާ އަހަން ހުއްޓެވެ. ބައްޕަ މިހެން ބުނުމުން އަހަރެން ވަރަށް ހައިރާންވެހުރެ ބުނީމެވެ. ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އަދި އަހަރެން ވަރަށް ލޯބިވާ ކުއްޖެކެވެ. މިހެން ބުނުމާއެކު ބައްޕަ ވަރަށް ދެރަވެ އިނދެ ވާހަކަ ދައްކަން ފެށިއެވެ.

ބައްޕަ ބުންޏެވެ. ”ގޮއްޔެ އަށް އަޑުއިވުނެއްކަމަކު ގޮއްޔެއަކީ ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއް” މިހެން ބުނުމާއެކު އަހަރެންގެ މެއަށް ހީވީ ފެންބަނޑިޔަލެއް އޮއްސާލި ހެންނެވެ. ގަތްލަދުންނާއި ވީދެރައިން އިސްތަށަށް ޖަހާލެވުނެވެ. އެވަގުތު ގޮއްޔެ ފެންކަޅިވެ އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އަހަންނަށް ގޮއްޔެގެ މޫނުމަތިން ދެރަވެފައި ހުރި މަންޒަރުތައް ސިފަވެގެން ދިޔައެވެ. އަދި ގޮއްޔެ ގެ ގެއަށް އަހަރެން ގެނައީ ގޮއްޔެއަށް މިވާހަކަތައް ބުނާނެގޮތެއް ނޭގިގެންކަންވެސް އަހަރެންނަށް އެގުނެވެ. މިކަމާ އަހަރެން ވިސްނަން އިންދައި ބައްޕަގެ ވާހަކަތައް އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. ގޮއްޔެގެ ބައްޕަ ބުނަމުންދިޔައެވެ. ”ގޮއްޔެ އަކީ މަންމަނެއް ކަމަކު ހިސާބު ގަނޑުގެ ކުދިން ގޮއްޔެ އެއީ މަންމަނެއް ކަމަކަށް ނުބަލަ. އަދި އެކަމެއް އެހެން މީހުންނަކަށްވެސް ނާންގަ. ގޮއްޔެއަށް އެކަން އިހްސާސްވެ ނުކުރެވޭނެ” ބައްޕަ ގޮއްޔެއާއި ބެހޭގޮތުން މިގޮތަށް ވާހަކަަތަށް ދެއްކުމަށްފަހު އެނބުރި ބޭރަށް ދިޔައެވެ.

ގޮއްޔެގެ ބައްޕަ އެނބުރި ދިއުމުން އަހަރެން ގޮއްޔެގެ ގޭގެ އޮޅިގަނޑުން ބޭރަށް ނިކުތީމެވެ. އެވަގުތު ގޮއްޔެ ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ނަމަވެސް އަހަރެންނަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ވެފައި ހުރި ދެރައިން އަތް ފޮޅާލުމަށްފަހު އެނބުރި ގެއަށް ދިޔައީމެވެ.

އަހަރެން އެނބުރި ދިއުމުން ގޮއްޔެ ގިސްލަ ގިސްލާފައި ރޮނީއެވެ. އަދި ގޮއްޔެއަކީ ނުކުޅެދޭ މީހެއްކަން ގޮއްޔެއަށް މިރޭ އިހްސާސް ކުރުވިއެވެ. ބައްޕަ ދެއްކި ވާހަކައިންނެވެ. އަދި އަހަރެން ބަހެއް ނުބުނެ އެނބުރި ދިއުމުންނެވެ.

އަހަރެން ގެއަށް ދިއުމަށްފަހު ކޮޓަރިއަށްވަދެ އޮށޯވެލީމެވެ. އަދި ވެދިޔަ ކަންތަކާއި ހިތުގައި ސުވާލު ކުރަން ފެށުނެވެ. ”މަންމަ ނެއް. އެކަމަކު އަހަރެންނަށް ގޮއްޔެ ދެކެ ހަޤީޤީ ލޯބި ވެވިއްޖެ. އެއީ ހަމަ އަހަރެންގެ ގޮއްޔެ. އަހަރެން އެ ގޮއްޔެ ދުލެއް ނުކުރާނަން. އެ މަންމަން ލޯބި އެއީ އަހަރެންގެ ދިރިހުރުން” މިފަދަ ހާސްކަމެއްގެ ތެރޭގައި އެފުށް މިފުށަށް ޖެހި އޮވެ ނިދިއްޖެއެވެ.

އަރައިގެން އައި އިރާއެކު އަހަރެންނަށް ހޭލެވިއްޖެ އެވެ. އަދި އަވަސް އަވަހަށް މޫނު ދޮވެލައިގެން ގޮއްޔެގެ ހާލު ބެލުމަށްޓަކައި އެގޭދޮށަށް ދިއުމަށް ހިނގައި ގަނެވުނެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން އަހަރެންގެ ރައްޓެހި އީސަ އާއި އަހަރެންނާ ދިމާވިއެވެ. އަދި މިވާހަކަތައް އީސަޔަށް ކިޔައިދިނުމުން އީސަ ކުރީ މަލާމާތެވެ. ނަމަވެސް އަހަރެންނަކަށް ގޮއްޔެ އެއް ދުލެއް ނުކުރެވޭނެއެވެ. އެ ލޯބި ބީކޮށެއް ނުލެވޭނެއެވެ. އީސަ މަލާމާތުގެ ބަސްތަކެއް އަމުނާލުމަށްފަހު އެނބުރި ދިއުމުން އަހަރެން އަނެއްކާވެސް ގޮއްޔެގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އިރުކޮޅެއްނުވެ މިސްކިތް މަގުން ފެންބަނޑިޔަލެއް ބޮލަށް ލައިގެން ގޮއްޔެ އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ދުވަފައިގޮސް ގޮއްޔެގެ އަތުގައި ހިފީމެވެ. އެވަގުތު ބަނޑިޔާ ތިިރިކޮށްލާ އަހަރެންގެ އަނގަޔަށް ފެން އަތްގޮށްޓެއް އަޅާލިއެވެ. އަދި ވަރަށް ބާރަށް ގެއަށް ދިއުމަށް ގޮއްޔެ ހިގައިގަތެވެ. އަހަރެން ގޮއްޔެގެ ފަހަތުން ގޮސް އެގެއަށް ވަނީމެވެ. އެވަގުތު ގޮއްޔެގެ މަންމަ ނިކުމެ ތިޔައީ ކޮންކުއްޖެއްހޭ ކިޔައި އަހަރެންނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. ގޮއްޔެގެ މަންމައަކީ ވަރަށް ޒީލަ ގަދަ އަންހެނެކެވެ. އަދި ގޮއްޔެގެ ފަހަތު ފިރިހެނަކު އަވަލައިފިނމަަ ގޮއްޔެގެ މަންމަ ހުންނަނީ ނަރުގަނޑަށް އަރާފައެވެ. މަންމަގެ ހަޅޭކުގެ އަޑު އިވުމާއެކު ގޮއްޔެ ފެންބަނޑިޔާ ބެހެއްޓުމަށްފަހު ވަރަށް ބާރަށް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެވަގުތު މަންމަ ވަރަށް ހައިރާންވެ ބަލަން ހުއްޓެވެ. އަދި ރުޅި އައިސް ގޮއްޔެގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ކޮޓަރީގެ ތެރެއަށް ވެެއްދިއެވެ. މަންމަ މިގޮތަށް ކަންތައް ކުރުމުން ގޮއްޔެގެ ހިތުގައި ޖެހުނެވެ. އަދި ގިސްލަގިސްލާފައި ރޯން ފެށިއެވެ. ގޮއްޔެއަކީ ހިތްބަލި ކުއްޖެކެވެ. އެކަން ގޮއްޔެގެ މަންމައަށްވެސް އެނގެއެވެ. ނަމަވެސް މިއަދު ގޮއްޔެއަށް މަންމަ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެޅިހާ ބަތަކަށް ރިހަ ކިޔައިގެން އިންނަން މަޖުބޫރެވެ.

ގޮއްޔެ އެތެރެގޭތެރޭގައި އިނދެގެން ރޯއަޑު އަހަރެންނަށް އިވެއެވެ. ގޮއްޔެގެ ރުއިމުގެ އަޑު އަހަރެންނަށް އިވުނު ނަމަވެސް މިއަދަކު މައިން ބަފައިންނާއި ދެކޮޅެއް ނުހެދޭނެއެވެ. އަހަރެން މަޑުމަޑުން އެގެއިން ނިކުމެ ހިގައިގަތީމެވެ. އަދި ގޮއްޔެ ފަދަ ނުކުޅެދޭ ކުއްޖަކާއިމެދު ފުންކޮށް ވިސްނާލެވުނެވެ. އަދި ހިތާހިތުން ކިޔާލެވުނެވެ. ”ގޮއްޔެގެ މަންމަ ގޮއްޔެ ފިރިހެނަކާ ވާހަކަ ދެއްކުމުން ރުޅި އަންނަނީ ކީއްވެބާ. އެއީ މަންމަން ކުއްޖެއް. އެހާމެ ރީތި. އެގޮއްޔެ އަށްވެސް ހަޔާތުގެ ބައިވެރިޔަކު ބޭނުން ވާނެ. އަހަރެން ގޮއްޔެ ބޭނުން. މަންމަމެންނާ ދެކޮޅަށް ނަމަވެސް މިފަހަރު ހަޔާތުގެ ބައިވެރިޔަކަށް ގޮއްޔެ ހަދާނަން. މިއީ އަހަރެންގެ ޝަރުތެއް. ގޮއްޔެ ނޫން މީހެއް މިއަދު އަހަރެންނަކަށް ނުވޭ. ގޮއްޔެ ދެކެ އިންތިހާއަށް ލޯބިވަން. އަދި ގޮއްޔެވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން އަހަރެންނަށް އެގޭ” އެހެންކަމުން އަހަރެން ގަސްތުކުރީ ކޮންމެވެސް ގޮތަކުން ނަމަވެސް ގޮއްޔެއާއި ބައްދަލުކޮށް މި ލޯބި ދެމެހެއްޓުމަށެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. ވަގަށް ނަމަވެސް އަހަރެން ގޮއްޔެއާއި ބައްދަލުކޮށް ހަދަމެވެ. މިގޮތުން އެއްރެއެއްގެ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެއްގައި އަހަރެން ބޭރަށް ނިކުމެ ގޮއްޔެގެ ގެޔާއި ދިމާލަށް މިޝްރާބު ޖެހީމެވެ. އެރެއަކީ ކަޅުފޮއެ އަދިރި ރެއަކަށް ވުމާއެކު ރަށުތެރެއަށް ވެރިވެފައިވަނީ އަދިރިކަމުގެ ބިރުވެރިކަމެވެ. މަދުން ނަމަވެސް މަގުމަތިން މީހުން ފެނެއެވެ. އަހަރެން ގޮއްޔެގެ ގޭދޮށުގައި ކުރަކާލި ކަނޑަން ފަށައިފީމެވެ. ގޮއްޔެ ފެނޭތޯއެވެ. އެގޭ ފުޅަށް ބުޑުގައި ގޮއްޔެގެ އިންތިޒާރުގެ ގަޑިތައް ގުނަމުން ގެންދިޔައީމެވެ. އަހަރެން ގޮއްޔެގެ ގޭގެ ފުޅައްބުޑުގައި އޮއްވާ ކުއްލިއަކަށް ފުރާޅުމަތިން ކަޅު ބުޅަލެއް އަހަރެންގެ ގަޔާއި ދިމާލަށް ފުންމާލިއެވެ. އަހަރެން ބިރުން ހުރެ ހަޅޭއް ލަވައިގަތީމެވެ. މިއަޑު ގޮއްޔެގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް ގޮއްޔެގެ މަންމަ މެންނަށް މިއަޑު ނީވުމަކީ ގޮއްޔެގެ ނަޝީބުކަމަށްވެސް ްވެދާނެއެވެ. ގޮއްޔެއަށް އަހަރެންގެ އަޑު ކަންފަތުގައި ޖެހުމާއެކު ގޮއްޔެ އަށް އަހަރެން ބޭރުގައި ހުރިކަން އެނގުނެވެ. އަދި ގޮއްޔެއަށް އަހަރެންގެ އަޑު ދުވަހަކުވެސް ނޯޅޭނެކަން އަހަރެންނަށް އެނގުނެވެ. މިވީ ކުޑަދުވަސްކޮޅުގެތެރޭގައިވެސް އަހަރެންގެ އިހްސާސްތައް ގޮއްޔެ ދަނެއެވެ. އެހެންކަމުން ގޮއްޔެ މަސައްކަތްކުރަމުންދިޔައީ މަންމަމެންނާ ވަގަށް ބޭރަށް ނިކުތުމަށެވެ. އަހަރެންނާއި ބައްދަލުކުރުމަށެވެ. ބިރުން ހުރެ ނަމަވެސް އަހަރެން ދުށުމަކީ ގޮއްޔެ ހިތުގައި އަހަރެންނާއި ދޭތެރޭ އޮންނަ ފުންލޯބިކަން އަހަރެންނަށް އެނގެއެވެ. މަންމަނަކަށް ލޯބިވުމަކީ ކުށެއްބާވައެވެ. މިއީ ގޮއްޔެ މީހަކު ދެކެ ލޯބިވީ ފުރަތަމަ ފަހަރެވެ. ނަމަވެސް އަހަރެންނާއި ރައްޓެހިވިފަހުން ގޮއްޔެގެ މަންމައާއި ބައްޕަ އޮންނަނީ ރޭގަނޑު ގޮއްޔެ ގެއިން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ގޮއްޔެ ބަލަމުން ދިޔައީ މަންމައާއި ބައްޕަ ނިދާނެ ގަޑިޔަކަށެވެ.

އޭގެ ގަޑިއެއް ހައިއިރު ފަހެވެ. ގޮއްޔެ މަޑުމަޑުން ދެކޮޅު ހޯދާ ބަލާލުމަށްފަހު ގެއިން ނިކުތެވެ. އެވަގުތު އަހަރެންނަށް ގޮއްޔެ ފެނުނެވެ. އަދި ދުވެފައި ގޮސް ގޮއްޖެގެ ގައިގައި ވަރަށް ލޯބިން ބައްދާލެވުނެވެ. ގޮއްޔެއަށް އަހަރެން ފެނުމުން ގޮއްޔެ އުފަލުން ގޮސް ރޮވުނެވެ. އަހަރެންވެސް ހަމަ މިފަދައެވެ. އަދި އިޝާރާތުން ގޮއްޔެ އަހަރެންދެކެ އިންތިހާއަށް ލޯބިވާ ވާހަކައާއި އަަހަރެން ނޫން މީހަކު ދުވަހަކުވެސް ގޮއްޔެ ބޭނުން ނުވާކަމަށް ގޮއްޔެ ބުނަމުން ދިޔައެވެ. އަހަރެންވެސް ގޮއްޔެއަށް ހިތްވަރުދެމުން ދިޔައީމެވެ. ދުވަހަކުވެސް އަހަރެން ގޮއްޔެ ދޫކޮށް ނުލާނެކަމަށް ހުވާ ކުރަމުންނެވެ. ކަށްވަޅަށްދާންދެންވެސް އިންތިޒާރު ކުރާނެކަމަށް ބުނަމުންނެވެ. ނަމަވެސް އެރެއިން ފެށިގެން އަހަރެންނަށް ގޮއްޔެގެ މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަން އިންތިހާއަށް ގޮސްފައިވާކަން އިހްސާސް ކުރެވުނެވެ. އަދި އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަތުގެ އިޝާރާތުން ގޮއްޔެ އަހަރެންނަށް ހާމަކުރަމުން ދިޔައެވެ. އެހެންކަމުން އަހަރެން ނިންމީ ވީހާވެސް އަވަހަކަށް ގޮއްޔެއާއި ކައިވެނި ކުރާށެވެ. އަދި މި ޔަޤީންކަން ގޮއްޔެއަށް ދިނުމަށްފަހު އަހަރެން ފަސް އެނބުރި ގެއަށް ދިޔައީމެވެ.

ހަފްތާއެއްފަހެވެ. ގޮއްޔެގެ ކައިވެންޏަށް ވަލީ ހޯދުމަށް އަހަރެން ގޮއްޔެގެ ބައްޕަގެ ކައިރިއަށް ދެ ހެކިވެރިން ފޮނުވީމެވެ. ގޮއްޔެގެ ބައްޕަގެ ކައިރިއަށް ދެހެކިވެރިން ދިޔައިރު ގޮއްޔެ އުޅެނީ ބަދިގެތެރޭގައެވެ. އަދި ގެއަށް ބަޔަކު އައިސް އުޅޭކަން ކޮންމެވެސް ގޮތަކުން ގޮއްޔެއަށް އެގުމުން އެމީހުން ބައްޕަ ކައިރީ އެދައްކާ ވާހަކަތައް ސިއްރުން އަޑުއަހަން ފިލާ އިނެވެ. މިދެމީހުން ގޮއްޔެގެ ބައްޕަގެ ކައިރިއަށް އައިސް ގޮއްޔެއާއި އަހަރެންގެ ކައިވެނީގެ ވަލީއަށް އެދުނެވެ. އެވަގުތު ބައްޕަ ރުޅިއައިސްގެން ހަޅޭއް ފަޅޭއް ޖަހާލިއެވެ. އަދި ބުންޏެވެ.

”ކަލޭމެންނަކަށް ނޭގޭތަ އެއީ މަންމަން ކުއްޖެއްކަމެއް.. އަދި ހިތް ބަލި ކުއްޖެއްކަމެއް… މީހަކާ އިނދެގެން އޭނަގެ ފިރިމީހާ އޭނާގެ ހިތުގައި ޖެއްސުމަކީ މި ބައްޕަ ކުރާނެކަމެއް ނޫން.. ވަލީ އެއް ނުދެވޭނެ.. އަހަރެން ބޭނުމެއް ނޫން އަދި އޭނަ މީހަކަ ދެވާކަށް.. ކަލޭމެން ތިއައިތާކަށް ދޭ… އަދި ތިޔަ ބުނާ މޫސަ އަކީ އަހަރެންގެ ގޮއްޔެ އާއި އެކަށޭނަ ޤާބިލްކަން ހުރި މީހެއްވެސް ނޫން… މޫސަ ކައިރީ ބުނޭ ކަލޭ އެހެން މީހަކު ހޯދައިގެން އިންނާށޭ… ދުވަހަކުވެސް ތިކަމެއް ނުވާނެޔޭ…”

މިހެން ބުނުމާއެކު އެދެ ހެކިވެރިން ބިރުން ގެއިން ނިކުމެގެން ހިގައްޖެއެވެ. އެވަގުތު ގޮއްޔެގެ ހިތް ހުއްޓުނު ކަހަލައެވެ. ވީގޮތެެއް ނޭގި ކުއްލިއަކަށް އަނބުރައިގަނެގެން ބަދިގެ ތެރެއަށް ވެއްޓުނެވެ. މިއަޑަށް ގޮއްޔެގެ މަންމަ ދުވެފައި ބަދިގެއަށް އައިއިރު ގޮއްޔެގެ ހެޔެއް ނެތެވެ. އަދި ގޮއްޔެގެ ބައްޕައަށް ގޮވުމަށްފަހު ގޮއްޔެ ނަގައިގަނެގެން ގެނެސް ބޮޑުއަށި މަތީގައި ބޭއްވިއެވެ. ގޮއްޔެ ހޭއެރުވޭތޯ ގޮއްޔެގެ މަންމައާއި ބައްޕަ މަސައްކަތް ކުރަމުން ދެއެވެ. އަދި މިހަބަރު ލިބިގެން ގޮއްޔެގެ ރައްޓެހިންވެސް އެގެއަށް އައިސް ހޭއެރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. (އެދުވަސް ވަރަކީ މާ ބޮޑެތި ޑޮކްޓަރީ ހަސްފަތާލުތައް ހުންނަ ދުވަސްވަރެއް ނޫންކަމުން ކަމެއް ދިމާވެއްޖެނަމަ ގިނަ ފަހަރަށް ގޭގައި ބާއްވައިގެން ކިޔަވައިގެންވެސް ނުވަތަ ދިވެހި ބޭސްވެރިކަންކޮށްގެންވެސް ފަރުވާ ދެމުން ގެންދެއެވެ.) ނަމަވެސް ކުރާނެކަމެއް ނެތެއެވެ. ގޮއްޔެ މިދުނިޔެ ދޫކޮށްފިއެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން…

މިހަބަރު އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން އަހަރެންނަށް ލިބުމާއެކު ގޮއްޔެމެން ގެއަށް ދިއުމަށްޓަކައި ގައިގައި ހުރި ބާރެއްލާފައި އަޅާ ދުއްވައިގަތީމެވެ. އެގެއަށް ދިޔައިރު އެގެ ކައިރީގައި ފުދޭވަރެއްގެ ގިނަ މީހުން ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާ މަންޒަރާއި މީހުންގެ ރުއިމުގެ އަޑުފައްގަނޑު އިވެމުން ދިޔައެވެ. ރޯ މީހުން ރޮނީއެވެ. ގިސްލާ މީހުން ގިސްލަނީއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. މިވީ ކީއްބާވައެވެ. އަހަރެން މަޑުމަޑުން އެެ ގޭތެރެއަށް ބޯދިއްކޮށްލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ގޮއްޔެގެ ފުރާނައެއްނެތް މަސްގަނޑު ކަފުންކޮށްފައި ބޮޑުއަށި މަތީ ބާއްވާފައި އޮތް މަންޒަރެވެ.

އަހަރެންގެ ގޮއްޔެ އަބަދުގެ އަބަދަށް އަހަރެންނާއި ވަކިވީއެވެ. އަހަރެންގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ކުއްލިއަކަށް އަހަރެންގެ މެޔަށް ގޮތެއްވެ ހޭނެތިގެން ގޮއްޔެގެ ގޭގެ އޮޅިގަނޑު މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހޭވެރިކަން ވީ ގޮއްޔެމެން ގޭގެ ކުޑަ އެނދު މަތީގައި އަހަރެން ބާއްވާފައި އޮއްވައެވެ. އޭރު އަހަރެންގެ ވަށައިގެން މީހުން ތިއްބެއެވެ. އަހަރެން ހޭވެރިކަން ވުމާއެކު ގޮއްޔެގެ ފުރާނަ ނެތް މަސްގަނޑާއި ދިމާލަށް ބަލާލެވުނެވެ. އަދި ހިތާމަވެރި އަޑަކުން ރޮއިފައިވާ ރާގަކަށް ބުނެލެވުނެވެ. ”މީ އަހަރެންގެ ލޯބި. މިލޯބި ދެން ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ.” މިހެން ބުނުމާއެކު ގޮއްޔެގެ މަންމަ އާއި ބައްޕަ ރޮއިގަތްފައި އަހަރެންގެ ގައިގައި ބައްދާލައި މަޢާފަށް އެދުނެވެ. އަދި ބުންޏެވެ. ލޯބިން ގުޅޭ ދެހިތެއް ސަފުން ދުރުކުރުވަން މަސައްކަތް ކުރުމަކީ މަރުވުން ފަދަ ކަމެކެވެ. މިހެން ކިޔައި ގޮއްޔެގެ މަންމަ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އެވަގުތު އަހަރެން ކެތްތެރިވެ އެމަންމައަށް ހިތްވަރުދެމުން ގެންދިޔައީމެވެ. އަދި އަހަރެންގެ ހިތުގައި ގޮއްޔެގެ މަންމައަށްޓަކައި އެއްވެސް ބުރަކަމެއް ނުބާއްވާނެކަމަށް އަސަރާއެކު ބުނަމުން ދިޔައީމެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެ މީހަކީވެސް މަރުވާނެމީހެކެވެ. ދެން އޮތީ ކެތްތެރިވެ ދުޢާކުރުމެވެ.

ގޮއްޔެގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ގޮއްޔެ ވަޅުލައިފިއެވެ. ވަޅުލައި ނިމުމުން އަހަރެން އެނބުރި ގެއަށް ދިޔައިމެވެ. އަދި ވަރަށް މާޔޫސްކަމާއެކު ގެއަށްވަދެ އޮށޯވެލައިފީމެވެ. ވެފައި ހުރި ވަރުބަލިކަމާއި ލިބިފައިވާ ފުން ހިތާބައެއްގެ ސަބަބުން އެދުގައި ދެފުށްދެފުށަށް އެނބުރި އެނބުރި އޮއްވާ ނިދިޖެހިއްޖެއެވެ. ނިދި ޖެހުމާއެކު އަހަރެންގެ އަތުގައި މީހަކު ހިފާލި ހެން އަހަރެންނަށް ހީވިއެވެ. ދެލޯ ބޮޑުކޮށް ބަލައި ލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންގެނެވެ. ހުދު ހެދުމެއްގައި އަހަރެންގެ އަތުގައި ހިފައިގެން އެހުރީ އަހަރެންގެ ލޯބިވާ ގޮއްޔެގެ ރޫކެވެ. އެވަގުތު އެެ ރޫހް ބުނަމުން ދިޔައެވެ. އަހަރެން ހަށިގަނޑު ފަނާވެދިޔަޔަސް އަހަރެންގެ ލޯބި ވަނީ މޫސަ އާއި އެކުގައެވެ. މީ ގޮއްޔެގެ ރޫހެވެ. އެވަގުތު މޫސަ ބުންޏެވެ. ގޮއްޔެއެވެ. އަހަރެން ގޮއްޔެ ނޫން އެހެން މީހަކު މިދުނިޔެ މަތިން ދުށުމަކަށް ބޭނުމެއް ނުވެއެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ކުޑައިރު ވަނީ މިދުނިޔެ އާއި ވަކިވެފައެވެ. މިގޭގައި އުޅެމުންދަނީ އަހަރެން އެކަންޏެވެ. އެގޮއްޔެގެ ރޫޚް ބުންޏެވެ. މިއަދަށްފަހު މޫސަގެ މަރުދުވަހާ ޖެހެންދެންވެސް މިގޮއްޔެ އުޅެމުންދާނީ މިގޭގައެވެ. މޫސައާ އެކުގައެވެ. އަހަރެން ބުނީމެވެ. އަހަރެން މަރުވެދާނީވެސް ހަމަ ގޮއްޔެގެ ހަނދާނުގައެވެ.

އެރެއަށްފަހު އަހަރެން އުޅެމުންދިޔައީ ގޮއްޔެގެ ރޫޚް އާއި އެކުއެވެ. ތާއަބަދު ވޭތުކުރަމުން ދަނީ ރޫޚާނީ ގޮއްޔެ އާއި އެކުގައެވެ. އަހަރެންގެ ޢުމުރުން މިހާރު ގަރުނެއް ވީއެވެ. އަދިވެސް އަހަރެންގެ ހަޔާތުގެ ބައިވެރިޔަކީ އެ ލޯބި ލޯބި މަލެއްފަދަ މަންމަން ގޮއްޔެއެވެ.

The post ވާހަކަ: މަންމަން ގޮއްޔެ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/98429/feed/ 0
ކަބީރް ޚާންގެ ޗުއްޓީ އާއިލާއާ އެކު ސޮނެވާފުށީގައި http://www.eydhafushitimes.com/live/news/64066/ http://www.eydhafushitimes.com/live/news/64066/#respond Thu, 19 Dec 2019 06:35:11 +0000 http://www.eydhafushitimes.com/live/?p=64066

ފިލްމު އުފެއްދުމުގެ މަސައްކަތްކުރި ކުޅަދާނަ ޑައިރެކްޓަރު ކަބީރް ޚާން އޭނާގެ އާއިލާއާއެކު މިހާރު ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ކަބީރް ޚާންގެ އަންހެނުން މިނީ މާތުރްގެ އިންސްޓަގްރާމުގައި އަޕްލޯޑް ކޮށްފައިވާ ފޮޓޮއެއްގައި އޭނާ ބުނެފައިވަނީ، ސިޓީގެ ދިރިއުޅުމުން ބޭރުވެ އަރާމުކޮށްލަން ކޮންމެ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށާއި މި ފަހަރުގެ ދަތުރުގައި ނިންމީ ސޮނެވާ ފުށި ކަމަށެވެ. ކަބީރް ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ދާދިފަހުން އޭނާ ވަނީ ”83” ފިލްމުގެ ...

The post ކަބީރް ޚާންގެ ޗުއްޓީ އާއިލާއާ އެކު ސޮނެވާފުށީގައި appeared first on Eydhafushi Times.

]]>

ފިލްމު އުފެއްދުމުގެ މަސައްކަތްކުރި ކުޅަދާނަ ޑައިރެކްޓަރު ކަބީރް ޚާން އޭނާގެ އާއިލާއާއެކު މިހާރު ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ކަބީރް ޚާންގެ އަންހެނުން މިނީ މާތުރްގެ އިންސްޓަގްރާމުގައި އަޕްލޯޑް ކޮށްފައިވާ ފޮޓޮއެއްގައި އޭނާ ބުނެފައިވަނީ، ސިޓީގެ ދިރިއުޅުމުން ބޭރުވެ އަރާމުކޮށްލަން ކޮންމެ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށާއި މި ފަހަރުގެ ދަތުރުގައި ނިންމީ ސޮނެވާ ފުށި ކަމަށެވެ.

ކަބީރް ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ދާދިފަހުން އޭނާ ވަނީ ”83” ފިލްމުގެ ޝޫޓިން ނިންމާލާފައެވެ. އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ކަޕީލް ދޭވްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި ރަންބީރު ކަޕޫރާއި، ދިޕިކާ ޕަދުކޯން ފެނިގެންދާނެއެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

އޭގެ އިތުރުންވެސް މިނީ ވަނީ އޭނާގެ ދެ ދަރިންނާއެކު އެ ރިސޯޓުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމް ކޮށްފައެވެ.

The post ކަބީރް ޚާންގެ ޗުއްޓީ އާއިލާއާ އެކު ސޮނެވާފުށީގައި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/64066/feed/ 0
ހަޤީޤީ ހާދިސާ: ރީލޯޑް http://www.eydhafushitimes.com/live/entertainment/48618/ http://www.eydhafushitimes.com/live/entertainment/48618/#respond Fri, 06 Sep 2019 05:23:04 +0000 http://www.eydhafushitimes.com/live/?p=48618

މިހާރަކަށް އައިސް މީހުންނަށް ފޯނުކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން ބޮޑެތި އަގުގައި ރީލޯޑާއި ރާސްޓަސް ހޯދަމުންދާ މީހުން މި މުޖުތަމަޢުގައި އުޅެމުންދޭ. މިކަމަށް ސަމާލުވެލައްވާ! އަހަރެންނަކީ ޢުމުރުން 50ގެ އަހަރުތައް ގުނަމުންދާ  ރާއްޖެތެރޭގައި ދިރިއުޅޭ މީހެކެވެ.  ދިރިއުޅެނީ އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ އަކުން ފުއްދާ ލައިގެންނެވެ. މީހަކު ކަމަކު އެދިއްޖެނަމަ އެކަމެއް ކޮށްލައިދިނުމަކީ އަހަރެންގެ އާދައެކެވެ. މިގޮތުން އަހަރެން ދިރިއުޅެމުންދާ ރަށަކީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން މަސައްކަތްކުރަނީ ...

The post ހަޤީޤީ ހާދިސާ: ރީލޯޑް appeared first on Eydhafushi Times.

]]>

މިހާރަކަށް އައިސް މީހުންނަށް ފޯނުކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން ބޮޑެތި އަގުގައި ރީލޯޑާއި ރާސްޓަސް ހޯދަމުންދާ މީހުން މި މުޖުތަމަޢުގައި އުޅެމުންދޭ. މިކަމަށް ސަމާލުވެލައްވާ!

އަހަރެންނަކީ ޢުމުރުން 50ގެ އަހަރުތައް ގުނަމުންދާ  ރާއްޖެތެރޭގައި ދިރިއުޅޭ މީހެކެވެ.  ދިރިއުޅެނީ އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ އަކުން ފުއްދާ ލައިގެންނެވެ. މީހަކު ކަމަކު އެދިއްޖެނަމަ އެކަމެއް ކޮށްލައިދިނުމަކީ އަހަރެންގެ އާދައެކެވެ. މިގޮތުން އަހަރެން ދިރިއުޅެމުންދާ ރަށަކީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން މަސައްކަތްކުރަނީ ރިސޯޓްތަކުގައެވެ. އަދި މިރަށަކީ މަސްވެރިކަންކުރާ ރަށެއް ނޫންކަމުން ކައިރި ރަށްރަށުންނާއި ކައިރި އަތޮޅުތަކުގެ މަސްދޯނި ފަހަރު މިރަށަށް މަސްވިއްކަން އާދެއެވެ. އަދި އެމީހުންނާއި ރަށުގެ މީހުންނައި ދެމެދު އެކުވެރިކަން ބަދަހިވެއެވެ.

މިގޮތުން އެއްރެއަކު އަހަރެން ގޭގައި އުޅެނިކޮށް ނުދަންނަ ނަންބަރަކުން އަހަރެންނަށް ގުޅިއެވެ. އަދި މިއީ އިއްސެ (އަސްލު ނަމެއް ނޫން) ކިޔާ މީހެއްކަމަށާއި، އަހަރެންގެ ކޮއްކޮގެ ރައްޓެއްސެކޭ ބުންޏެވެ. އަދި އިއްސެއަކީ މިރަށަށް މަސްވިއްކަން އަންނަ ދޯންޏެއްގައި އުޅޭ މީހެއްކަމަށާއި މިރޭ މިިރަށަށް މަސްވިއްކަން ދާނަމޭ އޭނާ ބުންޏެވެ. އަދި މިހާރުވެސް މިއުޅެނީ ކަނޑުމަތީގައި ކަމަށާއި، މިރޭ މިރަށުގައި މަޑުކުރަންޖެހޭތީ މިރަށު ރައްޓެއްސައްކަށް ގުޅުމުން އޭނާ އިއްސެއަށް އަހަރެންގެ ނަންބަރު ދިނީކަމަށް ބުންޏެވެ. އެއީ އަހަރެންގެ ކޮއްކޮގެ ރައްޓެއްސެއްކަމުން އަހަރެން މާބޮޑަކަށް އެކަމަކާ ނުވިސްނަމެވެ. ނަމަވެސް އޭނާ އަހަރެންނަށް ގުޅައިގެން އެކިވާހަކަތައް ދެއްކުމަށްފަހު މިއުޅެނީ ކަނޑުމަތީގައި ކަމަށާއި، ފޯނުން ލާރި ހުސްވަނީކަމަށް ބުންޏެވެ. އަދި 300 ރުފިޔާގެ ރީލޯޑެއް ކޮށްދިނުމަށް އަހަރެންގާތު އާދޭސް ކުރަން ފެށިއެވެ. އިއްސެގެ ވާހަކަތައް މިހެން ހުރުމުން އަހަރެން އޭނައާއި ދިމާލަށް ތިޔައީ މަކަރުން އުޅޭ މީހެއްކަމަށާއި، ތިހާބޮޑު ފައިސާއެއްގެ ރީލޯޑެއް މިހާރު އަޅައެއް ނުދެވޭނެކަމަށް އަހަރެން ބުނަމުން ދިޔައީމެވެ. އެހެންނަމަވެސް މިރޭ ތިރަށަށްގޮސް އަނބުރާ އެފައިސާ ދޭނެކަމަށާއި، މަކަރެއް ނުހަދާނެކަމަށް އިއްސެ އަހަރެންގެ ކައިރީ ބުނަމުންދިޔައެވެ. އޭރު އަހަރެންގެ އަތުގައިވެސް އޮތީ ހަމައެކަނި 500 ރުފިޔާއެވެ. އެއީ އަނބިދަރިންނަށް ޚަރަދުކުރުމަށް ހަމައެކަނި އޮތް ފައިސާކޮޅެވެ. ނަމަވެސް އިއްސެ ކުރި އެ އާދޭހަށް އަހަރެން 300 ރުފިޔާގެ ރީލޯޑް އިއްސެގެ ފޯނަށް އަޅައިދިނީމެވެ.

އެއަށްފަހު އަހަރެންގެ ކޮއްކޮއަށް އެކަން އެންގުމަށް ކޮއްކޮއަށް ގުޅައި މިވާހަތައް ކިޔައިދިނީމެވެ. ކޮއްކޮގާތު މިވާހަކަތައް ބުނުމާއެކު އޭނާ ރުޅި އައިސްގެން އިއްސެއަށް ގުޅިއެވެ. ނަމަވެސް އިއްސެ ފޯނެއް ނުނަގައެވެ. ދެން ކޮއްކޮ އަހަރެންނަށްގުޅައި މީހަކު ބުންޏަސް އެފަދަކަމެއް ކޮށްދީގެން ނުވާނެކަމަށް ބުންޏެވެ. އަދި އިއްސެ ފޯނު ނުނަގާކަމަށް ބުންޏެވެ. ކޮއްކޮ މިހެން ބުނުމުން އަހަރެން އިއްސެގެ ފޯނަށް އެތައް ފަހަރަކު ގުޅުމުންވެސް އިއްސެ ފޯނެއް ނުނަގައެވެ. މިވާހަކަތައް ރަށުގެ މީހުންނަށް އެނގުމުން އިއްސެ ކިޔާ އެމީހާ ރަށުގެ ބައެއް މީހުންނަށްވެސް މިފަދަ އޮޅުވާލުންތައް އޮޅުވާލައި ބޮޑެތި ރީލޯޑްތައް އޭނާގެ ފޯނަށް އަޅާފައިވާކަން އެނގުނެވެ. އަދި އެއީ އޮޅުވާލައިގެން މީހުންގެ އަތުން ފޭރޭ މީހެއްކަމާއި  މަކަރުވެރި ހީލަތްތެރިއެއްކަންވެސް އެނގުނެވެ.  ރަށުގެ އެންމެންވެސް މިކަމަށް މިއަދު ސަމާލުކަން ދީފިއެވެ.  ދެނެއް އެފަދަ މީހަކަށ މިރަށަކުން ޖާގައެއް ނެތެވެ.

މުޖުތަމައުގައި ހިނގާ މިފަދަ ކުށްތަކަށްބަލާއިރު، މިހާރަކަށް އައިސް މަކަރާއި ހީލަތުން މީހުންނަށް ފޯނުކޮށް އަޮޅުވާލައިގެން 500 އަށްވުރެ ގިނަ ރުފިޔާގެ ފޯނުކާޑް ނުވަތަ ރީލޯޑް / ރާސްޓަސް އަތުލާފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ގިނައީ މުސްކުޅި ފުރައިގެ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލަތަކެވެ. މީގެއިތުރުން ބެންކުން ލާރި ނަގާނެގޮތް ނޭގިގެން އޭޓީއެމް ތަކަށްގޮސް ތިބޭ ބިދޭސީންނާއި މުސްކުޅިންނަށް ފައިސާ ނަގާދޭނަމޭކިޔާ އޮޅުވާލައިގެން މަކަރާއި ހީލަތުން އެމީހުންގެ ފައިސާކޮޅު ފޭރިގަނެގެންދާ މީހުންވެސް މިއަދު މިވަނީ އިތުރުވެފައެވެ. އެހެންކަމުން ތިޔައިން ހަމަ ކޮންމެ މީހަކުވެސް މިފަދަ ކަންކަމަށް މިއަދު ސަމާލުވާން ވެއްޖެއެވެ.

                                    ……………………     

The post ހަޤީޤީ ހާދިސާ: ރީލޯޑް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/48618/feed/ 0
ހަޤީޤީ ވާހަކަ: އެދުވަސް ފޮހެލެވޭނެނަމަ… http://www.eydhafushitimes.com/live/entertainment/48615/ http://www.eydhafushitimes.com/live/entertainment/48615/#respond Fri, 30 Aug 2019 01:54:44 +0000 http://www.eydhafushitimes.com/live/?p=48615

ޝިފާ. ޝިފާ. ދަރިފުޅާ އަދިވެސް ހޭލާކަށް ނުވޭތަ؟ މިހާރު ގަޑިން އެހެރަ 7 ޖެހީ. އަދިވެސް ތިއޮތީ ނިދާފަ. އަދި މިއީ ދަރިފުޅުގެ ފަހު އަހަރު. މިފަހަރު ދަރިފުޅު ވާނެ ބަރާބަރަށް ސްކޫލަށްދާން. އަދި ޓިއުޝަނަށްވެސް ދާން. މަންމަ އަންނާނަން ދަރިފުޅު ފެންވަރަން ވާއިރަށް ސައި ހަދާފަ. އަވަސް ކުރާތި. ފަރީދާ މިހެން ބުނެފައި ބަދިގެ ފަރާތަށް ގޮސް ސައިތައްޔާރު ކުރަން ފެށިއެވެ. ޝިފާ  އަވަސް އަވަހަށް ތެދުވެ ގަޑި ބަލާލިއެވެ. އަސްތާ! މިހާރު އެ އޮތް ...

The post ހަޤީޤީ ވާހަކަ: އެދުވަސް ފޮހެލެވޭނެނަމަ… appeared first on Eydhafushi Times.

]]>

ޝިފާ. ޝިފާ. ދަރިފުޅާ އަދިވެސް ހޭލާކަށް ނުވޭތަ؟ މިހާރު ގަޑިން އެހެރަ 7 ޖެހީ. އަދިވެސް ތިއޮތީ ނިދާފަ. އަދި މިއީ ދަރިފުޅުގެ ފަހު އަހަރު. މިފަހަރު ދަރިފުޅު ވާނެ ބަރާބަރަށް ސްކޫލަށްދާން. އަދި ޓިއުޝަނަށްވެސް ދާން. މަންމަ އަންނާނަން ދަރިފުޅު ފެންވަރަން ވާއިރަށް ސައި ހަދާފަ. އަވަސް ކުރާތި. ފަރީދާ މިހެން ބުނެފައި ބަދިގެ ފަރާތަށް ގޮސް ސައިތައްޔާރު ކުރަން ފެށިއެވެ. ޝިފާ  އަވަސް އަވަހަށް ތެދުވެ ގަޑި ބަލާލިއެވެ. އަސްތާ! މިހާރު އެ އޮތް ސްކޫލަށްދާ ގަޑި ކައިރިވަނީ. މިހެން ހިތަށް އަރާ ތެދުވެ ފެންވަރާލައިގެން ޔުނީފޯރމް އަޅާލިއެވެ. އަދި ފޮތްތައް ހިފައިގެން ގެއިން ނިކުންނަން ފެށުމުން ފަރީދާ އެހިއެވެ.

ފަރީދާ: ދަރިފުޅާ! މިއަދު ސައި ނުބޮއެ ސްކޫލަށްދާ ދުވަހަކީތަ؟

ޝިފާ: މަންމާ! މިހާރު މާ ލަސްވެއްޖެ އެއްނު. އިންޓަވަލް ގަޑީގަ ގެއަށް އައިސް ސައިބޯނީ.

މިހެން ބުނެ ޝިފާ ބޭރަށް ނިކުތުމުން އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ފަރީދާ ޝިފާ ގޮވައިގެން ސްކޫލާއި ދިމާލަށް ހިނގައިގަތެވެ.

އެވަގުތު ޝިފާ ބުންޏެވެ.

ޝިފާ: މަންމާ. ކޮންމެ ދުވަހަކު މަންމަ ތިޔަ ބުރަ އުފުލާކަށް ނުވާނެ. އަޅުގަނޑަކީ މިހާރު ކުޑަ ކުއްޖެއް ނޫން. އަޅުގަނޑަށް އެކަނި ސްކޫލަށް ދާން އެެގޭނެ!

ފަރީދާ: އެންމެ ރަނގަޅު. އެހެންވިއްޔާ މަންމަ މިދަނީ ގެއަށް. ….. ދަރިފުޅާ! ބަލައިގެން ދައްޗޭ.

މިހެން ބުނެފައި ފަރީދާ ގެއާއި ދިމާލަށް މިސްރާބް ޖެހިއެވެ. އަދި ގެއަށް ވަތް ތަނުން ނަސީރު ބުންޏެވެ.

ނަސީރު: ކޮބާ އެމަންޖެ. މިއަދު ސްކޫލުދޮށަށް ނުދާ ދުވަހެއްތަ؟

ފަރީދާ: ޝިފާ ބުނީ މަންމަ މިހާރު ސްކޫލް ދޮށަށް ދާނެކަމެއް ނެތޯ؟ އެހެން ނޫނަސް އެމަންޖެ މިހާރު އެހެރީ ބޮޑުވެފަ. އެކަނި އުޅެންވެސް ދަސް ކުރަންވާނެ. އެހެން ނޫންތަ ނަސީރު.

 ނަސީރު: (ފަރީދާ މިހެން ބުނުމުން ނަސީރު ބޯ ޖަހާލާފައި ބުންޏެވެ.) އެމަންޖެ އެދޭގޮތަކަށް ކަންތައް ކޮށްދީ! އެކަމު އެކަނި އުޅޭއިރު ސަމާލުވާން ވާނެ. ފަރީދާވެސް ޖެހޭނެ އޭނަ އުޅޭ ނޫޅޭގޮތް ބަލަން. އަދި ޝިހާންވެސް މިފަހަރު އެދިޔައީ ޔޫކޭޖީއަށް. އެސޮރަށްވެސް ވަރަށް ރަނގަޅަށް ފަރުވާތެރި ވާންވާނެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. ސްކޫލްގެ ފަހު އިމްތިހާން ކައިރިވަނީއެވެ. ކިޔެވުމުގައި ޝިފާގެ ކުލާސް ކުދިންނާއެކު މަސްޣޫލުވެ އުޅެއެވެ. ޝިފާގެ މުޅި ދުވަސް ހޭދަކުރަމުން ދަނީ ކުލާހަށް ދިއުމުގައާއި ޓިއުޝަނަށް ދިއުމުގައެވެ. އަދި އިތުރު ވަގުތު ތަކުގައި ކުލާސްކުދިންނާއެކު އެކުދިންގެ ގޭގެއަށްގޮސް ގްރޫޕް ސްޓަޑީ ހެދުމަކީ ޝިފާގެ އާދައެކެވެ. އަދި ޝިފާ އަކީ ކިޔެވުމަށް މޮޅު ކުއްޖަކަށްވެފައި، ޢުމުރުން 16 އަހަރުގައި އޭނާގެ ސެކަންޑްރީ ސްޓޭޖް ފުރިހަމަ ކުރުން އެއީ ޝިފާގެ މައިންބަފައިން މިއަދު އުފާކުރާ އެއްކަމެވެ. އަދި ކިޔެވުމުގައި ގިނަވަގުތު ހޭދަކުރަމުންދާތީ ފަރީދާ އަބަދުވެސް ހުންނަނީ އުފަލުންނެވެ. އަދި ސްކޫލް ނިމިގެން ގެއަށް އަންނަ ގަޑިއާއި އެހެނިހެން ގަޑިތަކުގައިވެސް ޝިފާ އުޅޭ ނޫޅޭގޮތް އޭނާގެ މަންމަ އަންނަނީ ބަލަމުންނެވެ. ޝިފާވެސް ތަނަކަށް ދާނަމަ މަންމަގެ ކައިރިން ހުއްދަ ހޯދުމަކީ ޝިފާގެ އާދައެކެވެ.

ނިޝްވާ އަކީ ޝިފާގެ ކުލާހުގައި ވަރަށް ގާތް ރަށްޓެހި ކުއްޖެކެވެ. ޝިފާ އަށް ކޮންމެ ކަމެއް ދިމާވިޔަސް ނިޝްވާ އާއި އެވާހަކަތައް ހިއްސާކުރެއެވެ. އެގޮތުން ފިލާވަޅުތައް ހެދުމުގައި ވެސް އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ މިދެކުދިންގެ އާދައެކެވެ. އާދައިގެ މަތިން ރޭގަނޑުގެ އިރާކޮޅުގެ ވަގުތު ތަކުގައި ޝިފާ ނިޝްވާ ކިޔަވަން ހުންނަ ގެއަށްގޮސް ދެމީހުން އެކުގައި ފިލާވަޅުތައް ހެދުމުގައި އުޅެއެވެ. މިހެން އުޅުމުގައި ނިޝްވާ މެންގެ ގޭގައި އުޅޭ ފިރިހެން ކުއްޖަކާއި ޝިފާ ވަރަށް ގިނައިން ވާހަކަ ދައްކާ ހަދައެވެ. ޝިފާ ދެކޭގޮތުގައި ނިޝްވާ އުޅެނީ ފަލާހުމެން ގޭގައި ކަމުން ފަލާހް އާއި ވާހަކަ ނުދައްކައިފިނަމަ ނިޝްވާ ދެރަވެދާނެއެވެ. އަދި ޝިފާއަކީ މަޑުމައިތިރި ބުރުސޫރަ ރީތި ، ހިމަތޮޅި ހެދިބޮޑުވަމުން އަންނަ ލޫޅާފަތި ކުއްޖަކަށްވުމުން ސްކޫލުން ނިމިގެން ގެއަށް އަންނަ ގަޑިތަކުގައާއި ޓިއުޝަނަށްދާ ގަޑިތަކުގައި ވަރަށްގިނަ ފިރިހެން ކުދިން ޝިފާ އާއި ދިމާލަށް ތުބުން ފުމެ ހެދި ނަމަވެސް އެކަންކަމާ، ޝިފާ މާބޮޑަކަށް އަޅައެއް ނުލައެވެ. އަދި އެމީހުންނާއި ވާހަކަ ދައްކައެއް ނުހަދައެވެ.

ދުވަސްތައް މާޒީވެގެން ދެއެވެ. ނަމަަވެސް ޝިފާގެ ކިޔެވުމަކަށް ބަދަލެއް ނާދެއެވެ. އާދައިގެ މަތިން ކޮންމެ ރެއަކުވެސް ޝިފާ ނިޝްވާ މެންގެ ގެއަށް ގްރޫޕް ސްޓަޑީ ހަދަން ދެއެވެ. އަދި ޝިފާ އެގެއަށްގޮސް ހަދާގަޑިތަކަށް ފަލާހް ފާރަލަމުން ދެއެވެ. ގިނަގިނައިން ޝިފާ އާއި ވާހަކަ ދެއްކުމަކީ ފަލާހްގެ އާދައަކަށް ވަނީ ވެފައެވެ. މިގޮތުން އެއްރެއަކު ޝިފާ ޓިއުޝަން ނިމިގެން ގެއަށް ދާން ނިކުތްތަނުން ފަލާހް އަހާލިއެވެ.

ފަލާހް: ޝިފާ އެކަނިތަ ގެއަށް ދަނީ!

ޝިފާ: އާނ. މިހާރަކަށް އައިސް އަހަރެން އެކަނި ދަނީ

ފަލާހް: ބިރެއް ނުގަނޭތަ. އެކަނި ދާކަށް!

ޝިފާ: ކޮން ކަމަކާ ބިރު ގަންނަންވީ. އެވަރުގެ ކަމެއް އަދި އަހަރެންނަކަށް ދިމަލެއް ނުވޭ.

ފަލާހް: އަަހަރެން ބިރުގަނޭ. ސަބަބަކީ ޝިފާ ގެއްލި ދާނެތީ!

     ފަލާހް މަލާމާތުގެ ރާގަކަށް ޝިފާ އާއި ދިމާލަށް ބުނެލިއެވެ. އަދި ބުންޏެވެ. މިރޭ އަހަރެން ގޮސްދާނަން ޝިފާ ގެއަށްލާދޭން.

ޝިފާ: ނޫން. އެކަނި ގޮސްދާނަމޭ.

މިހެން ބުނެ ޝިފާ ގެއަށްދާން ހިނގައިގަތުމުން ފަލާހް އަނެއްކާވެސް ޝިފާ މަޑުކުރުވިއެވެ.

އަދި ވަރަށް ލަދުވެތި ރާގަކަށް ބުންޏެވެ.

ފަލާހް: ޝިފާ އަހަރެންނާ ރައްޓެހިވެދާނަންތަ.

މިހެން ބުނުމުން ޝިފާ ގެ ގާތަށް ވަރަށް ރުޅި އައެވެ. އަދި އެއްވެސް ޖަވާބެއް ނުދީ ހިނގައިގަތެވެ.

އެވަގުތު ފަލާހްގެ ހިތަށް އެރިއެވެ. ކޮންމެ ރެއަކުވެސް ޝިފާ މިގެއަށް އަންނާނެއެވެ. އަންނަ ކަމުގައި ވަނީނަމަ ޖެހޭނީ ރައްޓެހިވާށެވެ. ނުވެއްޖެ ނަމަ ކުޅި ދައްކާލާނަމެވެ. މިހެންހިތާ ޝިފާ އެގެއަށް ކިޔަވަން އަންނަ ކޮންމެ ރެއަކުހެން ފަލާހްގެ އުނދަގޫ ޝިފާއަށް ކުރަމުން ދިޔައެވެ. ގޮތްގޮތުން ރަށްޓެހިވޭތޯ އަހަމުން ދިޔައެވެ. ނަމަވެސް ޝިފާ އޭގެ ޖަވާބްގައި ދެމުން ދިޔައީ ބީރު ކަންފަތެކެވެ. އަދި މިވާހަކަ ޝިފާ އެއްވެސް މީހަކަށް ނާންގައެވެ. އޭނާގެ ބޭނުމަކީ ކިޔަވައިގެން މޮޅު ކުއްޖަކަށްވުމެވެ.

އޭގެ 14 ވަރަކަށް ދުވަސް ފަހެވެ. ވަގުތަކީ ހަވީރުގެ ވަގުތެކެވެ. ޝިފާ އާދައިގެ މަތިން ސްކޫލް ޕްރޮޖެކްޓެއް ހަދަން ނިޝްވާ މެންގެ ގެއަށް ދިޔައެވެ. އޭރު އެގޭގައި ފަލާހްވެސް އުޅެއެވެ. ނަމަވެސް ފަލާހް މާބޮޑަކަށް އެވަގުތަކު ޝިފާ އާއި ވާހަކަ ދައްކާކަށް ނޫޅެއެވެ.  ޝިފާ އާއި ނިޝްވާ ޕްރޮޖެކްޓް ހެދުމުގައި ގާތްގަނޑަކަށް 3 ގަޑި އިރެއްހާއިރު ހޭދަކުރިއެވެ. އަދި ރޭގަނޑު 8 ޖެހުމުން ޕްރޮޖެކްޓާއި ބެހޭ ފޮޓޯތަކެއްގެ ފޮޓޯ ކޮޕީ ނަގަން ޖެހޭ ވާހަކަ ނިޝްވާ ގާތު ޝިފާ ބުންޏެވެ. އަދި ފޮޓޯ ކޮޕީ ނަގަން ދިއުމާ މެދު ދެމީހުން ވާހަކަ ދައްކަން ތިއްބައި ފަލާހް އެތަނަށް އައިސް ބުންޏެވެ.

ފަލާހް: ކޮންކަމެއްތަ ނުވެގެން ތިއުޅެނީ.

ނިޝްވާ: މިއުޅެނީ ޝިފާގެ ޕްރޮޖެކްޓަށް ބޭނުންވާ ފޮޓޯތަކެއްގެ ކޮޕީ ނުނެގިގެން. އަހަރެން ހުންނާނެ އަހަރެންގެ ޕްރޮޖެކްޓްގެ ފޮޓޯ ތަކުގެ ކޮޕީ ނަގާފަ. އެކަމު ޝިފާ ބުނީ އަންނަމުން ފޮޓޯ ކޮޕީ ނަގަން ހަނދާން ނެތުނީޔޯ.

ނިޝްވާ މިހެން ބުނުމުން ފަލާހް ހީލާފައި ބުންޏެވެ.

ފަލާހް: ތީ އެއްވެސް ކަމެއް ނޫން. މަ ތިކަން ކޮށްދީފާނަން.

ފަލާހް މިހެން ބުނުމުން ޝިފާ އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ. ނަމަވެސް ނިޝްވާ ބުނި ބުނުމަށް ފޮޓޯތަކުގެ ކޮޕީ ނަގަން ފަލާހް އާއިއެކު ބޭރަށް ނިކުތެވެ. އަދި ފަލާހް އާއިއެކު ސައިކަލްގައި ދިޔައެވެ. ގޮސް މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްކަމަށްވާ” ގްރީންވިއު” ރެސްޓޯރެންޓް ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. އެތަނަށް މަޑުކުރުމަށްފަހު ފަލާހް ބުންޏެވެ.

ފަލާހް: މި ސައިކަލް މަތީގަ ޝިފާ މަޑުކުރޭ. އަހަރެން އެބަ އަންނަން.

މިހެން ބުނެފައި ޝިފާ އެ ރެސްޓޯރެންޓް ކައިރީ ސައިކަލް މަތީގައި މަޑުކުރުމަށް ބުނެފައި އެތާ ކައިރީ ހުރި އޮފީހެއް ކަހަލަ ތަނަކަށް ފަލާހް ވަނެއެވެ. އޭރު އެއީ ކޮންތަނެއްކަމެއްވެސް ޝިފާ އަކަށް ހުދު ނޭގެއެވެ. ސަބަބަކީ ޝިފާ އަކީ އެއް އިރެއްގައިވެސް މާލެތެރެއަށް އެގޮތަށް ނިކުމެ ހަދާ ކުއްޖަކަށް ނުވުމެވެ.

އޭގެ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހެވެ. ފަލާހް އެތަނުން ނިކުމެގެން ޝިފާ ކައިރިއަށް އައެވެ. އަދި ބުންޏެވެ.

ފަލާހް: ޝިފާ. އަދި ކުޑައިރުކޮޅެއް ނަގާނެ. މިތާ މަޑުކޮށްލާ

ޝިފާ: އެކަމު ހާދަ ގިނައިރެކޭ.

ފަލާހް: ނުވާނެ ދެން މާގިނައިރެއް.  އެނިމެނީ.

މިހެން ބުނެފައި އަނެއްކާވެސް ފަލާހް އެތަނަށް ގޮސް ވަނެވެ. ފަލާހް އެތަނަށް ވަނުމުން ޝިފާ ފަލާހް އެވަތް ތަނުގެ ކައިރިއަށްގޮސް ދޮރު މަތީގައި މަޑުކޮށްލިއެވެ. އެވަގުތު ޝިފާއަށް އެތަނުގެ ނަން ބޯޑަށް ބަލާލެވުނެވެ. ” މާނިއު ގެސްޓް ހައުސް” އަދި ހިތަށް އެރިއެވެ. މިތަނަށް ފަލާހް އެއައީ ކީއްކުރަން ހެއްޔެވެ. މީ ފޮޓޯ ކޮޕީ ނަގާތަނެއްވެސް ނޫން ވިއްޔާއެވެ. އޭރު އެގެސްޓް ހައުސް ކުރިމަތީ 06 ވަރަކަށް ފިރިހެން ކުދިން މަޑުކޮށްލައިގެން ތިއްބެވެ. އަދި އެމީހުން ޝިފާ އާއި ދިމާލަށް ބަލާކަން ކޮންމެވެސް ވަރަކަށް ޝިފާއަށް ހީވިއެވެ. ނަމަވެސް އެއިން މީހަކާއި ޝިފާ ވާހަކައެއް ނުދައްކައެވެ. އަދި ފަލާހްވެސް އެމީހުންނާއި ތަންކޮޅެއް ދުރުގައި ގެސްޓް ހައުސް ތެރޭގައި ހުއްޓެވެ. ފަލާހްވެސް އެމީހުންނާއި ވާހަކަ ނުދެއްކުމުން ޝިފާގެ ހިތަށް މާބޮޑު އެއްޗެހިތަކެއް ނާރައެވެ.

ކުއްލިއަކަށް ޝިފާގެ ފުރަގަހުން މީހަކު އައިސް އަތުގައި ހިފިއެވެ. އެވަގުތު ޝިފާއަށް ހަޅޭއްލަވައި ގަނެވުނެވެ.

ޝިފާ: ދޫކޮށްލާ! ތީކާކު. ދޫކޮށްލާ!

ޝިފާ ހަޅޭއްލެވި ނަމަވެސް އެމީހުން ފިޔަވައި އިތުރު މީހަކު އެހިސާބަކުން ފެންނާކަށްްނެތެވެ. އަދި އެމީހާ ގަދަކަމުން ކަހަލަ ގޮތަކަށް އެގެސްޓް ހައުސްގެ ރިސެޕްޝަން ތެރެއަށް ޝިފާ ވެއްދިއެވެ. އޭރު ރިސެޕްޝަން ކައިރީގައި 11 ވަރަކަށް ފިރިހެން ކުދިން ތިއްބެވެ. އަދި ޝިފާ ހަޅޭއްލަވާ ގަދަހަދަން ފެށުމުން ރިސެޕްޝަން ތެރޭގައި ތިބި  މީހުން ޝިފާ އާއި ދިމާކޮށް މަލާމާތުގެ ރާގަކަށް ހޭން ފެށިއެވެ. އަދި ޝިފާ ވަރަށް ބާރަށް ރޯން ފެށުމުން އެމީހާ ޝިފާގެ އަތުގައި ހިފާ އެގެސްޓް ހައުސްގެ 3 ވަނަ ފޮލޯގައި ހުންނަ 12 ނަމްބަރ ކޮޓަރި ތެރެއަށް ގަދަކަމުން ވެއްދިއެވެ. އޭރު ފަހަތުން ފަލާހް އާއިއެކު އިތުރު ބަޔަކު އަންނަތަންވެސް ޝިފާއަށް ފެނުނެވެ. ކޮޓަރިތެރެއަށް ވެއްދިއިރު އެކޮޓަރިތެރޭގައި ހުސްގަޔާ ފިރިހެން ކުއްޖަކު އޮށޯވެލައިގެން އޮތް މަންޒަރު ޝިފާޔަށް ފެނުނެވެ. އެވަގުތު އެމީހާ ކޮޓަރިތެރެއަށްވަދެ ކޮޓަރިތަޅުލައި ތަންޑު އެޅުވިއެވެ. އަދި އޭނާ ގަދަކަމުން ޝިފާ ބަރަހަނާކުރަން އުޅުނެވެ.

އެވަގުތު ޝިފާ ރޮމުން ބުންޏެވެ.

ޝިފާ: ކީއްކުރަން. ގައިގަ އތްނުލާ! ދޫކޮށްލާ!. ދޫ ކުރާށޭނު މިބުނީ.

 މިހެން ބުނެ ޝިފާ އަޑުން އަޑު ނަގާ ވަރަށް ބާރަށް ރޯން ފެށިއެވެ.

ޝިފާ ރޯން ފެށުމުން އެމީހާގެ ގާތަށް ވަރަށް ރުޅިއައެވެ. އަދި ވަރަށް ހަޑިހުތުރުބަހުން ޝިފާ އާއި މުހާތަބުކުރަން ފެށިއެވެ. އެވަގުތު އެދުމަތީގައި އޮތް ކުއްޖާ، ފުންމައިގެން އައިސް ފުރަގަހުން ޝިފާގެ ގައިގައި ހިފައިގަތެވެ. އަދި އެކުއްޖާ ޝިފާގެ ނާޒުކު ގުނަވަންތަކާއި ގަދަކަމުން ބެހި ހަދަމުން ގެންދަން ފެށިއެވެ. އެކުއްޖާ މިހެން ކަންތައް ކުރަން ފެށުމުން ޝިފާ ވަރަށް ރުޅިއައިސްގެން ގަދަހަދަން ފެށިއެވެ. އޭރު އެކުއްޖާގެ ގައިގައި އޮތީ ހަމަ އެކަނި ލައިގެން ހުރި ޖިންސް އެކަންޏެވެ. ނަމަވެސް ޝިފާގެ ރުޅި އިހުނަށްވުރެ ވަރުގަދަވެ ހަޅޭއްލަވަން ފެށުމުން ”ތިޔަލަވާ ހަޅޭއްކެއްގެ އަޑު އަހާނެ މީހަކު ނުހުންނާނެޔޭ” ޝިފާ އެކޮޓަރި ތެރެއަށްވެއްދި މީހާ ބުންޏެވެ. އަދި ބުންޏެވެ. ”މީ ކިހާ ސަޅި ކަމެއް ހެއްޔެވެ. މީ ތިމަންނަގެ ފްރެންޑުންނޭ އެމީހުން އޯކޭ ވާނެޔޭ” ބުންޏެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. އަދި އެމީހާ ކޮޓަރި ދޮރުހުޅުވަން ދާންފެށުމުން ތިހެން ނުހަދާށޭ ކިޔާ އެމީހާގެ ފައިގައި ޝިފާ ހިފިއެވެ. ހަމަ ހިފުމާއެކު އެމީހާ ފައިފޮޅާލުމަށްފަހު ގޮސް ދޮރު ހުޅުވިއެވެ. އޭރު ކޮޓަރީގައި ކުރިންވެސް އޮތް ކުއްޖާ ޝިފާގެ ގައިގައި ގަދަކަމުން ބައްދައިގެން އޮތެވެ. އެމީހާގޮސް ދޮރުހުޅުވުމުން ކުއްލިއަކަށް 07 ވަރަކަށް މީހުން އެކޮޓަރީގެ ތެރެއަށް ދެމިގަތެވެ. ނަމަވެސް ފަލާހް އެއް ނެތެވެ. އަދި ޝިފާ ކޮޓަރީގެތެރެއަށް ވެއްދި މީހާ އެމީހުންނާއި ކޮންމެވެސް ވާހަކަ ތަކެއް ދެއްކުމަށްފަހު ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.

ޝިފާގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަނެވެ. އަދި މުޅި މީހާ ހާސްވެ ދާހިތްލަން ފެށިއެވެ. ކުރާނެކަމެއް ނެތެވެ. އެތަށް ބައެއްގެ ޝިކާރައަކަށް މިއަދު ޝިފާގެ ހަށިގަނޑު ވެއްޖެއެވެ. ކޮޓަރީގެތެރެއަށް ވަތް މީހުން ގަދަކަމުން ޝިފާ ގެންގޮސް އެދުމަތީގައި ބޭއްވިއެވެ. އަދި އެމީހުން ގަދަކަމުން ޝިފާއާއިމެދު ބަދުއަހްލާޤީ އަމަލު ހިންގަމުން ގެންދިޔައެވެ. މިއީ ތަޤްދީރެވެ. މިއީ އިންސާނިއްޔަތު ކަމެއް ނޫނެވެ. ޝިފާ ފަދަ މަޢުސޫމް ކުއްޖެއްގެ ދިރިއުޅުން މިއަދު މިވަނީ ވެއްޔާ މޮޑެވިފައެވެ. ހަޔާތް ބަރުބާދު ވެއްޖެއެވެ.

އެރޭގެ ކަޅު އަދިރިކަން އިންތިހާޔަށް ދިޔައީ ބޮޑުވަމުންނެވެ. ހަޔާތުގައި އެންމެ ފަހަރަކު އައި ކަޅު ވިލާގަނޑެއްގެ ސަބަބުން ދިރިއުޅުން މުޅިން އަދިރިކޮށްލިއެވެ. ބަނަކޮށްލިއެވެ. ދެން އައީ އެހެން ތޫފާނެކެވެ. އެމީހުން އެމީހުން ބޭނުންވާ މަޤުސަދު ހާސިލްވުމުން ޝިފާއަށް އިތުރަށް ބިރު ދައްކަން ފެށިއެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހަން ފެށިއެވެ. އަދި އެމީހުންގެ ތެރެއިން މީހަކު ދޮރުހުޅުވާލުމުން ފަލާހް އެކޮޓަރީގައި ތިބި މީހުންގެ އަތަށް ދެ ފޯނު ދިއްކޮށްލުމަށްފަހު ފޮޓޯ ނެގުމަށް ބުންޏެވެ. އަދި އެމީހުން ފޮޓޯނަގަން އުޅުމުން ޝިފާ އެއްޗެހިލުމަށް އަވަސްވެގަތެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. ޝިފާ އެއްޗެހިލުމަށް އެމީހުން ހުރަސް އެޅިއެވެ. ބަރަހަނާ ހާލަތުގައި ގަދަކަމުން އެނދުމަތީގައި ބޭންދުމަށްފަހު އެކިގޮތްގޮތަށް ޝިފާގެ ފޮޓޯ އެމީހުން ނަގަމުން ދިޔައެވެ. ފޮޓޯ ނެގުމަށްފަހު އެއްޗެހިލާށޭ ބުނުމުން ޝިފާ އަވަސް އަވަހަށް ހެދުން ލިއެވެ.

ޝިފާ ހެދުން ލުމުން ފަލާހް އާއި އިތުރު މީހަކު ކޮޓަރީގައި މަޑުކުރުމަށްފަހު އެހެން އެންމެން ކޮޓަރި ތަޅުލުމަށްފަހު ނުކުމެގެން ބޭރަށް ދިޔައެވެ. އެވަގުތު ޝިފާ ބިރު ގެންނެވުމުގެ ގޮތުން ފަލާހް ބުންޏެވެ.

ފަލާހް: (ޝިފާއަށް ފޯނުގައި ހުރި ފޮޓޯތައް ދެއްކުމަށްފަހު ބުންޏެވެ) މިވާހަކަ އެއްވެސް މީހަކުގާތު ބުނެފިނަމަ ފޮޓޯތައް ލީކުކޮށްލާނަން.

ޝިފާ: ފަލާ. ތިހެން ނުހަދާ އަހަރެން ދޫކޮށްލާ!

ޝިފާ މިހެން ބުނުމުން ވަރަށް ހަޑިހުތުރުބަހުން ޝިފާ އާއި ދިމާލަށް ބުނެލިއެވެ.

ފަލާހް: މިވާހަކަ ޝިފާގެ ފަރާތުން މީހަކަށް އެގިއްޖެނަމަ ޝިފާ މަގުމަތިން ފެނުނަސް ކުޅި ދައްކާލާނަން.

ފަލާހް މިހެން ބުނުމުން ޝިފާ އަގައިންވެސް ނުބުނެ ބަސް ހުއްޓިފައި އިނެވެ. އޭރު ޝިފާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާއި މަޑުމޮޅިކަމެވެ. މޫނުގެ ކުލަ ވަނީ ބަދަލުވެފައެވެ. ފެންނަނީ ހިތާމައެވެ. އަދި ވަރަށް ދެރަވެފައި ފަލާހް އާއި ދިމާލަށް ބުންޏެވެ.

ޝިފާ: ކީއްވެ އަހަންނަށް ތިހެން ތިހެދީ. އަހަންނަށް ކުރެވުނު ކުށަކީ ކޮބާ! އާދޭސްކޮށްފަ މިބުނީ.

ފަލާހް: އަހަރެމެންނަށް މީ އާކަމެއް ނޫން. ތިޔައީ މިހެން ހެދި ފުރަތަމަ ކުއްޖާއެއް ނޫން. ކިތަންމެ ކުއްޖަކަށްވެސް ހުންނާނެ މިހެން ހަދާފަ. ސޮރީ. ޝިފާ.

މިހެން ބުނެފައި ފަލާހްގެ ފަޓްލޫނުގެ ޖީބުން ލައިފް ފެން ހުސްކުރި ކުޑަފުޅިއެއް ނަގާ ދައްކާލަމުން ޝިފާ އާއި ދިމާލަށް ބުންޏެވެ.

ފަލާހް: އަހަރެން މިހުރީ މި ބޮއެގެން. އެހެންވެ މީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން. ހިނގާ ގެއަށްދާން.

ފަލާހް މިހެން ބުނުމުން ޝިފާ ވަރަށް ރުޅިއައިސްފައި ބުނި.

ޝިފާ؛ އަހަރެން އެކަނި ގޮސްދާނަން. އިތުރު މީހަކާ އެކު ދެން ދާކަށް ބޭނުމެއް ނޫން. ކަލޭމެންނަށް ކަލޭމެންގެ އެދުން ފުރިހަމަ ވެއްޖެ އެއް ނޫން. އަހަރެން ދެން ދޫކޮށްލާ! ޕްލީސް

ފަލާހް: ތިހެނެއް އެކަނި ގެއަކަށް ނުދެވޭނެ.

މިހެން ބުނެ ފަލާހް ގަދަ ހަދަން ފެށުމުން ޝިފާ ބިރުންހުރެ ފަލާހްގެ ސައިކަލުގެ ފަހަތަށް އެރިއެވެ. އަދި ފަލާހް އާއި އެކު ނިޝްވާމެންގެ ގެއަށް ޝިފާ ދިޔައެވެ. ޝިފާ އެގެއަށް ބޭލުމަށްފަހު ފަލާހް ވަރަށް ބާރަށް ސައިކަލްގައި ނައްޓާލިއެވެ.

ޝިފާ ގޮސް ނިޝްވާމެންގެ ގެއަށް ވަނުމާއެކު ޝިފާ ހާސްވެ ދެރަވެފައި ހުރިތަން ނިޝްވާއަށް ފެނުނެވެ. އަދި ޝިފާގެ ކައިރިއަށްގޮސް ނިޝްވާ ސުވާލުކުރަން ފެށިއެވެ. އެވަގުތު ޝިފާ ވަރަށް ބާރަށް ރޮއެގަތްފައި ނިޝްވާގެ ގައިގައި ބައްދާލިއެވެ. އަދި ޝިފާ ރޯން ފެށުމުން ނިޝްވާ ބުންޏެވެ.

ނިޝްވާ: ޝިފާ ކީއްވެތަ ތި ރޮނީ. ހާދަ ލަހަކުން ތިޔައީ. ކޮބާ ނަގަންދިޔަ ފޮޓޯތަކުގެ ކޮޕީ. ނުރޮއެ ކިޔާދީބަލަ. ކިޔައިދިނީމަ ނޫން އެނގޭނި. އެއްވެސްކަމެއް ސިއްރުކުރާކަށް ނުވާނެ.

ނިޝްވާ މިހެން ބުނުމުން ޝިފާ ރޮވުން ހުއްޓާލާފައި ، ވަރަށް ހިތާމަވެރި ރާގަކަށް މިވާހަކަތައް ނިޝްވާއަށް ކިޔައިދޭން ފެށިއެވެ. އަދި އެރޭ ކަންތައްވީގޮތް ނިޝްވާއަށް ވަރަށް ތަފްސީލްކޮށް ކިޔައިދިނުމަށްފަހު އެމީހުން ޝިފާއާއި އެރޭ ގަދަކަމުން ބަދުއަހްލާޤީ އަމަލު ހިންގާފައިވާކަމަށާއި، އޭނާއަށް އަނިޔާކޮށްފައިވާ ވާހަކަވެސް ބުންޏެވެ. އަދި އެމީހުން ކޮށްފައިވާ ބައެއް އަނިޔާތަށް ނިޝްވާއަށް ޝިފާ ދެއްކިއެވެ. ޝިފާގެ މިއަސަރުގަދަ ވާހަކަ ނިޝްވާއަށް އަޑު އިވުމުން ނިޝްވާވެސް ބޭނުންވީ ހަމަ އެވަގުތުން ފެށިގެން ފަލާހްމެންގެ ގެއިން ނިކުމެގެން ދާށެވެ. އެކަމަކު ނިޝްވާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ.

 ނިޝްވާ: މިގެއަކު އަހަރެންނެވެސް ދެނެއް ނުހުންނާނަން

ނިޝްވާ މިހެން ބުނުމުން ޝިފާ ބުންޏެވެ.

 ޝިފާ:  ރޮމުން ރޮމުން ބުންޏެވެ. ”ދެން ވަކި ކޮންތާކަށްތަ ނިޝް ދާން ތިއުޅެނީ!”

ނިޝްވާ: ވަކިތަނެއް ނެތް. އެކަމަކު ދެނެއް އަހަރެންނެތް މިގެއަކު ނޫޅޭނަން. މިނޫންގޮތެއް ނެތިއްޔާ ރަށަށް ގުޅާ އަހަރެންގެ މަންމައަށް ޝިފާ އަށް ދިމާވި ތި ކަންތައް ކިޔާދޭނީ. އޭރުން މަންމަމެންވެސް ނުރުހުންވާނެ މިގޭގަ ހުންނަން.

ނިޝްވާ މިހެން ބުނުމުން ޝިފާ ނިޝްވާގެ އަތުގައި ހިފާފައި ބުންޏެވެ.

ޝިފާ: މީގެ ފަހުން ނިޝްވާ ހުންނާނީ ޝިފާ މެންގެ ގޭގަ. ހިނގާ ދާން.

މިހެން ބުނެ ނިޝްވާގެ ހެދުންތައް ފޮއްޓަށް އެޅުމަށްފަހު ގެއިން ނިކުމެގެން ކާރެއްގައި ޝިފާ އާއި އެކު ޝިފާ މެންގެ ގެއަށް ދިއައެވެ. ދިޔަ މަގުމަތީގައި ނިޝްވާގެ މަންމަ އަށް ފޯނުން ގުޅައި މިވާހަކަ ކުރުކޮށް ކިޔައިދިނުމުން ނިޝްވާގެ މަންމަ މައްސަލައެއް ނެތްކަމަށާއި ނިޝްވާއަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެކަމަށާއި، އަދި ނިޝްވާވެސް ބަލައިގެން އުޅުމަށް ބުނެ ފޯނު ބޭއްވިއެވެ.

ކާރު ގޮސް ޝިފާމެންގެ ގޭދޮށަށް މަޑުކުރުމާއެކު ނިޝްވާ ފޮށި ހިފައިގެން ޝިފާއާއި އެކު ޝިފާމެންގެ ގެއަށް ވަނެވެ. އޭރު ޝިފާގެ މަންމަ ފަރީދާ އިނީ ގޭގެ ސިޓިންގ ރޫމްގައި ފިލުމެއް ބަލާށެވެ. ޝިފާއަށް މަންމަ ފެނުމާއެކު ވަރަށް ބާރަށް ރޮއެ ގަނެވުނެވެ. އަދި ދުވެފައިގޮސް ފަރީދާގެ ގައިގައި ޝިފާ އޮޅުލައިގަތެވެ.

ފަރީދާ ކުއްލިއަކަށް ހައިރާންވިއެވެ. ޝިފާއަކީ އެއް އިރެއްގައިވެސް އެގޮތަށް ރޮއެއުޅުނު ކުއްޖެއް ނޫންކަމުން ކޮންމެވެސް ކަމެއް ހިނގައިފިކަން ފަރީދާއަށް އެނގުނެވެ. އަދި ނިޝްވާ ފޮށި ހިފައިގެން ހުރިތަން ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ފަރީދާ ޝިފާއަށް ހިތްވަރުދީފައި ރޮވުން ހުއްޓާލާ، ވެގެން އުޅެގޮތެއް ކިޔައިދިނުމަށް އެދުނެވެ. ނަމަވެސް ޝިފާއަކަށް އެވާހަކަތައް މަންމައަކަށް ކިޔައިދޭނެހާ ހިތްވަރެއް ނުލިބުނެވެ. އަދި އެވަގުތަކީ ނަސީރު ގޭގައި ނޫޅޭ ވަގުތެއްކަމުން ނަސީރަށް ފޯނުކޮށް އަވަހަށް ގެއަށް އައިސް ދިނުމަށް ފަރީދާ އެދުނެވެ. އެވަގުތު ނިޝްވާ ވެގެން އުޅޭގޮތް ފަރީދާއަށް ކިޔައިދޭން ފެށިއެވެ. އަދި ނިޝްވާ ގެއިން ނިކުމެގެން އައިވާހަކަވެސް ނިޝްވާ ފަރީދާއަށް ކިޔައިދިނެވެ.

މިވާހަކަތައް ފަރީދާ އަޑުއަހާފައި ވަރަށް ބާރަށް ރޮއެގަތެވެ. އެވަގުތު ޝިފާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. ނިޝްވާވެސް ގިސްލަ ގިސްލާފައި ރޮނީއެވެ. މިއަޑަށް ނިދާފައި އޮތް ކުޑަކުޑަ ޝިހާން ހޭލައިގެން ރޮމުން ރޮމުން އައިސް ފަރީދާގެ ގައިގައި ބައްދާލިއެވެ. ފަރީދާއަށްް ގޮތް ހުސްވިއެވެ.

ކުއްލިއަކަށް ނަސީރު އައިސް ގެއަށް ވަދެއްޖެއެވެ. އޭރުވެސް ޝިފާ އޮތީ ހޭނެތިފައެވެ. ފަރީދާއާއި ނިޝްވާ އަޑުން އަޑުނަގާފައި ރޮނީއެވެ. ނަސީރު ގެއަށް ވަނުމުން ފަރީދާ ރޮމުން ރޮމުން ބުންޏެވެ.

ފަރީދާ: ނަސީރު. އެމަންޖެ ސަލާމަތްކޮށްދީ. ސަލާމަތްކޮށްދީ. މިހެން ބުނުމުން ނަސީރުއަށް ކަމެއް ގޯސްވެގެން އުޅޭކަން އެނގުނެވެ. ނަމަވެސް މާގިނަ ވާކަހަތަކެއް ނުދައްކާ ވަގުތުން އެމްބިއުލާންސް އަށް ގުޅާ ޝިފާ އައި.ޖީ.އެމް އެޗަށް ގެންދެވުނެވެ. އޭރުވެސް ޝިފާ ހެއެއް ނާރައެވެ. ޝިފާ އޮތީ އެމެޖެންސީގައެވެ. އެތަންފެނިފައި ފަރީދާ ހޭނެތިގެން ވެއްޓިއްޖެއެވެ. އަދި ނަސީރު ފަރީދާ ނަގައިގަނެގެން ގޮސް ޖެހިގެން ހުރި އެނދު މަތީގައި ބޭއްވިއެވެ. އެވަގުތު ޑޮކްޓަރުންނާއި ނަރުހުން ފަރީދާ ހޭއެރުވޭތޯ މަަސައްކަތް ކުރަމުން ގެންދެއެވެ. އެހެނަސް މާގިނައިރުތަކެއް ނުވަނީސް ފަރީދާއަށް ހޭވެރިކަން ވެއްޖެއެވެ. ފަރީދާ ހޭއެރުމުން މިހާދިސާ ހިނގައި ދިޔަގޮތް ފަރީދާ ޑޮކްޓަރުންނަށް ކިޔައިދިނެވެ. މިކަވާހަކަތައް ޑޮކްޓަރަށް ކިޔައިދިނުމުން ހޮސްޕިޓަލުން މިކަން ފުލުހުންނަށް ރިޕޯރޓްކުރިއެވެ.  އަދި ޝިފާގެ ކައިރީ އޭނާ ހޭއެރުވޭތޯ ވަރަށް އަވަދިނެތި ޑޮކްޓަރުން މަސައްކަތް ކުރަމުން ގެންދެއެވެ.

ނިޝްވާ ޝިހާން އުރާލައިގެން އައި.ޖީ.އެމް.އެޗްގެ އެމެޖެންސީ ރޫމްގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭރުވެސް ނިޝްވާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ވިސްނެނީ ޝިފާގެ ހާލާއި ދޭތެރޭގައެވެ. އަދި ހިތަށް އެރިއެވެ. ”ފަލާހް އެއީ އިންސާނެއްބާއެވެ. އުނހު.. އެއީ އިންސާނެއްގެ ސިފައިގައިހުރި ޖަނަވާރެކެވެ. ހަމަ ޖަނަވާރެކެވެ. މިހެން ނިޝްވާގެ ހިތުން ތަސްބީހައެއްހެން ކިޔާލަ ކިޔާލާ ހުއްޓެވެ.”

ފުލުހުންގެ ތަހްޤީޤް ޓީމެއް އެތަނަށް އަތުވެއްޖެއެެވެ. އަދި ޑޮކްޓަރުންގެ މަސައްކަތުން ޝިފާ ހޭއަރައިފިއެވެ. އޭރު ޝިފާގެ ހަށިގަނޑުން ހުރީ ވަރަށް ގަދަޔަށް ދާހިއްލާފައެވެ.  ފުލުހުން އައިސް ކަން ހިނގާދިޔަ ގޮތާއި ބެހޭގޮތުން ސުވާލުކުރުން ޝިފާ ކަން ހިނގާދިޔަގޮތް ކުރުގޮތަކަށް ކިޔައިދިނެވެ. އަދި ޑޮކްޓަރުގެ ރިޕޯރޓް ފުލުހުންނަށް ލިބުމުން ޝިފާ ގެއަށް ދޫކޮށްލުމުން މިމައްސަލަގައި ބަޔާން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓަށް ދިއުމަށް ޝިފާގެ މައިން ބަފައިންގެ ގާތު ފުލުހުން އެދުމަށްފަހު ފުލުހުން އެނބުރި ހިނގައްޖެއެވެ. އެވަގުތު ޝިފާއަށް އޭނާގެ ބައްޕަ އާއި، މަންމަ ފެނުމުން ރޮވިއްޖެއެވެ. ނަމަވެސް ފަރީދާ ޝިފާއަށް ހިތްވަރު ދިނެވެ. އަދި ފަރީދާ ނަސީރު ގޮވައިގެން އެމެޖެންސީ ރޫމުން ބޭރަށް ނިކުމެ، ޝިފާ އަށް ދިމާވި މިހާދިސާ ތަފްސީލްކޮށް ކިޔައިދިނެވެ.

ފުލުހުން ދިއުމުން ފަރީދާ ބުންޏެވެ.

ފަރީދާ: ދަރިފުޅާ!  މިކަމުގައި ދަރިފުޅުގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ދޭންވާނެ.

 ފަރީދާ މިހެން ބުނުމުން ޝިފާ މިހުރިހާ ވާހަކަތަކެއް ވަރަށް ތަފްސީލްކޮށް ފަރީދާއަށް ކިޔައިދިނެވެ. އަދި މިވާހަކަތައް މީހަކަށް ކިޔައިދީފިނަމަ ހޭއަރުވާލާނެކަމަށް އެމީހުން ބުނެފައިވާކަމަށްވެސް ޝިފާ ބުންޏެވެ. ނަސީރު ވަރަށް ރުޅިއައެވެ. އަދި ހިތާމަކުރިއެވެ. ހުރި ހަމަ އެންމެ އަންހެން ދަރިއަކަށް ބަޔަކު މިފަދަ އިހާނެތިކޮށް ކަންތައް ކޮށް އިންސާނީ ހައްޤުތަކަށް އަރައިގަތީމައެވެ.  ޝިފާގެ ކުށަކީ ކޮބާ ހެއްޔެވެ.

ޖެހިގެން އައި ދުވަހު ޝިފާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެވެ. ގެއަށްދިއުމަށްފަހު ފެންވަރާލައި ގެން ޝިފާގެ މަންމަ އާއި ބައްޕަ އާއިއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓަށް ދިޔައެވެ. އަދި ފުލުހުން އެދުނު ފަދައިން ކަންތައް ހިނގާދިޔަގޮތް ވަރަށް ތަފްސީލްކޮށް ޝިފާ ފުލުހުންނަށް ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު ފަލާހް ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނެވެ. މިމައްސަލަ ބަލަައި ކާމިޔާބްކަމާއެކު ފުލުހުންގެ ތަހްޤީޤް ނިންމަލީ މިމަައްސަލާގައި ހިމެނޭ އެންމެން ފުލުހުން ހައްޔަރުކުރުމަށްފަހު އެވެ.

އޭގެ އެއްމަސް ފަހެވެ. އަބަދުވެސް ބަނޑެއްގައި ރިއްސާތީ ޝިފާ އުޅޭތަން ފެނެއެވެ. ނަމަވެސް އެކަމަކަށް ހައްލެއް ނައެވެ. މިކަމާއި ގުޅިގެން ޝިފާގެ މަންމަގެ އެދުމުގެ މަތިން ޝިފާ ޑޮކްޓަރަށް ދެއްކުމުން ޝިފާ ބަލިވެ އިންކަމަށް ޑޮކްޓަރުގެ ރިޕޯރޓްތަކުން ދެއްކިއެވެ. މިކަމާ ޝިފާ ހުންނަނީ ވަރަށް ލަދުންނެވެ. މީހުންގެ ތެރޭގައި ޝިފާ ފަލީހަތްވެދާނެތީއެވެ. ނަމަވެސް ޝިފާގެ މައިން ބަފައިން ޝިފާއަށް ހިތްވަރުދެމުން ގެންދެއެވެ.

ފަރީދާ: ކެތްކުރޭ ދަރިފުޅާ! މިއީ މިއަދު ދަރިފުޅު ކެތްކުރަންވީ ވަގުތު. މަންމަވެސް ދެރަވޭ ދަރިފުޅަށް ތިހެން ވުމުން. އެކަމު ހުރިހާކަމެއްވެސް ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. ދުޢާކުރޭ ދަރިފުޅާ.

މިހެން ތަކުރާރުކޮށް ޝިފާ ގާތު އޭނާގެ މަންމަ ފަރީދާ ބުނަމުން ދެއެވެ. ނަމަވެސް މިހާދިސާއާއި ގުޅިގެން ޝިފާ މިހާރުވަނީ ސްކޫލުންވެސް ވަކިކޮށްފައެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މަޢުސޫމް ކުށެއްނެތް ކުއްޖަކަށް ޖެހުނު މިފަދަ އިންސާނިއްޔަތުކަމެއްނެތް ހަޑިމުޑުދާރު ކަޅު އަދިރިގަނޑެއްގެ ސަބަބުންނެވެ. ނަަމަވެސް މިއަދު މިވަނީ ކެތް ކުރަން މަޖުބޫރުވެފައެވެ.

ޝިފާގެ ބަނޑަށް ދެ މަސް ވެއްޖެއެވެ. ބަނޑަށް ތަދުވާވަރުން ކެތް ނުކުރެވޭ ވަރަށް ޝިފާއަށް ވޭން އަޅައެވެ. އަބަދުވެސް ފެންނަނީ މާޔޫސްކަމާއި މަޑުމޮޅިކަމެވެ. ހަމައެކަނި އެކުވެރިއަކީ ނަޝްވާ އެވެ. މަގުމައްޗަށް ނިކުމެ އުޅޭކަށް ނުކެރެއެވެ. ބައެއްގެ މަލާމާތް ރައްދުވެދާނެތީއެވެ. ނަމަވެސް މީ ޝިފާގެ ކުށެއް ނޫނެވެ. މިކަން މަދު ބަޔަކަށްމެ ނޫނީ ނޭގޭނެއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެކެވެ. އޭރު އަދި ބަނޑަށް ދެ މަހެވެ. ކުއްލިއަކަށް ބަނޑުގައި ރިއްސާފައި ހޮޑުލަނީއެވެ. މުޅި މީހާ ތެޅި ފޮޅެނީއެވެ. ކޮޓަރިތެރޭގައި ކައިރީގައި ޖެހިގެން ހުރި އެނދުގައި ނިޝްވާ ނިދާފައި އޮތެވެ. މިއަޑަށް ނިޝްވާއަށް ހޭލެވިއްޖެއެވެ. އަދި ޝިފާގެ މަންމައަށާއި ބައްޕައަށް ގޮވުމަށްފަހު ޝިފާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރ ޓެސްޓްތަކެއް ހަދާ ބެއްލެވުމަށްފަހު ޝިފާގެ ބަނޑުގައި ވާ ކުއްޖާ މަރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ބަނޑު ސާފްކުރުމަށްވެސް ވިދާޅުވިއެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކައި އެދެމަފިރިން ޝިފާ ގޮވައިގެން އިންޑިޔާއަށް ދިޔައެވެ. އިންޑިޔާއިން ދެއްކި ޑޮކްޓަރ ބެއްލެވުމަށްފަހު ޝިފާގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ދެން ދުވަހަކުވެސް ކުއްޖަކު ނުލިބޭނެކަމަށް ވިދާޅުވިއެވެ. މިކަމާ ޝިފާގެ މައިން ބަފައިން ވަރަށް ދެރަވިއެވެ. އެހެންނަމަވެސް އެދެމަފިރިން މެދުކެނޑުމެއް ނެތި ޝިފާ އަށް ހިތްވަރު ދެމުން ދިޔައެވެ.

އޭގެ ދެ ހަފްތާފަހުން ޝިފާ ގޮވައިގެން މާލެ އަތުވެއްޖެއެވެ. ނަމަވެސް ޝިފާ ގެ އެއްވެސް ދިރުމެއް ނުވާކަހަލައެވެ. މީހަކާ ވަހަކައެއް ނުދައްކައެވެ. މީހަކު ވާހަކަ ދައްކަން އުޅުނަސް ރޮވެއެވެ. ފިރިހެނުން ދެކެ އިންތިހާއަށް ބިރު ގަނެއެވެ. ކޮޓަރިތެރޭގައި ގަބުއަރާފައި އިންނަ މީހެއް ފަދައިން ރޮއެލަ ރޮއެލާ އިންނަނީ އެވެ. މުޅި މީހާ ހިކި އަނަރޫފަ ވެއްޖެއެވެ. ފަރީދާ ޝިފާއަށް ވިސްނާ ދެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ކިތަންމެ ލޯބިން ކުއްޖަކު ގެންގުޅުނަސް އަދި ކިތަންމެ ބަލައިގެން އުޅުނަސް ތަޤްދީރަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މުޖުތަމަޢުގައި އުޅޭ ފާހިޝް އަމަލުތައް ކުރާ އިންސާނިއްޔަތުކަމެއްނެތް މިފަދަ މީހުންގެ ހަޑިމުޑުދާރު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރަމާ ހިނގާށެވެ. މިއަދު އަހަރެންގެ ދަރިފުޅު ޝިފާގެ ހަޔާތަށް އެޅުނު ހަމަ އެންމެ ކަޅު ހިޔަންޏެއްގެ ސަބަބުން ދިރިއުޅުމުގެ މަތިން މިވަނީ ފޫހިގެފައެވެ. ދަރިފުޅުގެ ދިރިއުޅުން މިވަނީ ނެގި ކަޅު އަދިރިގަނޑެއްގެ ތެރެއަށް ވަދެ ގެއްލިފައެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ލިބުނު އަނިޔާ ތަކެއްގެ ސަބަބުން މުޅި ހަޔާތް މިއަދު މިވަނީ ބަނަވެފައެވެ. އެދުވަސް ފޮހެލެވޭނެ ހެއްޔެވެ؟ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ވިޔާނުދާ ހަޑިމުޑުދާ އަމަލުކުރާ މީހުންގެ ކިބައިން މިފަދަ މަޢުސޫމް ކުދިން ސަލާމަތް ކުރައްވާށިއެވެ.(އާމީން)

(މުޖުތަމަޢުގައި ދިރިއުޅޭ ވިޔާނުދާ މީހުންގެ ހަޑިމުޑުދާރު ނުބައި އަމަލުތަކުގެ ސަބަބުން މިފަދަ އެތައް މައުސޫމް ދަރިންތަކެއްގެ މުސްތަޤުބަލް ބަރުބާދުވެގެންދާކަމީ ހިތާމަހުރިކަމެކެވެ.)

  (ނިމުނީ)

The post ހަޤީޤީ ވާހަކަ: އެދުވަސް ފޮހެލެވޭނެނަމަ… appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/48615/feed/ 0
އޭދަފުށީ އީދު ޝޯ މިރޭ، ފޯރިގަދަ ވާނެ http://www.eydhafushitimes.com/live/news/48398/ http://www.eydhafushitimes.com/live/news/48398/#respond Mon, 12 Aug 2019 12:35:07 +0000 http://www.eydhafushitimes.com/live/?p=48398

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޭދަފުށީގައި މިފަހަރު އީދު ފާހަގަކުރާއިރު، މިރަށަށް އެންމެ ހާއްސަވާނީ މިރޭ މިރޭ ފަށާ މިއުޒިކް ޝޯ އެވެ. މަޝްހޫރު ނެށުންތެރިން ބައިވެރިކޮށްގެން ޝޯ ފަށާނީ 9:00 ގަ އެވެ. އޭދަފުށީ ކައުންސިލާއި ކްލަބް ޖަމިއްޔާތައް ގުޅިގެން އީދު ފޯރި ގަދަކޮށްލުމުގެ ގޮތުން ބާއްވާ މި ޝޯގައި މަޝްހޫރު އެތައް ނެށުންތެރިންނެއް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އައްޒަ، ޖާދޫ، ދޮންއަލީ އަދި ޓިކްޓޮކުން މަޝްހޫރުވި އާޝާ އާއި ޝެރާ ހިމެނެ އެވެ. އީދު ...

The post އޭދަފުށީ އީދު ޝޯ މިރޭ، ފޯރިގަދަ ވާނެ appeared first on Eydhafushi Times.

]]>

މިރޭގެ ޝޯ ގައި ޕާފޯމްކުރާ ފަންނާނުން އޭދަފުށީގައި- އީޓީ ފޮޓޯ | ނައުޝަލް

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޭދަފުށީގައި މިފަހަރު އީދު ފާހަގަކުރާއިރު، މިރަށަށް އެންމެ ހާއްސަވާނީ މިރޭ މިރޭ ފަށާ މިއުޒިކް ޝޯ އެވެ. މަޝްހޫރު ނެށުންތެރިން ބައިވެރިކޮށްގެން ޝޯ ފަށާނީ 9:00 ގަ އެވެ.

އޭދަފުށީ ކައުންސިލާއި ކްލަބް ޖަމިއްޔާތައް ގުޅިގެން އީދު ފޯރި ގަދަކޮށްލުމުގެ ގޮތުން ބާއްވާ މި ޝޯގައި މަޝްހޫރު އެތައް ނެށުންތެރިންނެއް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އައްޒަ، ޖާދޫ، ދޮންއަލީ އަދި ޓިކްޓޮކުން މަޝްހޫރުވި އާޝާ އާއި ޝެރާ ހިމެނެ އެވެ.

އީދު ޝޯ ތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ ދަ ބިގިނާސް އިން ބުނީ ޝޯއަށް މިހާރު ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. އަދި މިއީ މިފަހަކަށް އައިސް އީދުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ޝޯއަށް ވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“ޝޯއަށް މިވަނީ އެއްކޮށް ތައްޔާރުވެފައި. ފަންނާނުންނަށް ވެސް ވަނީ މިރަށުން ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައި، އަދި އިތުރު ދެ ޝޯ 14، 15 ވަނަ ދުވަހުގެ ރޭ ވެސް އޮންނާނެ، އެ ޝޯ ތަކުން ވެސް މަޝްހޫރު ފަންނާނުން ފެންނާނެ،” ދަ ބިގިނާސް އިން ވާހަކަދެއްކި އޮފިޝަލު ބުންޏެވެ.  

The post އޭދަފުށީ އީދު ޝޯ މިރޭ، ފޯރިގަދަ ވާނެ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/48398/feed/ 0
ބުރާސްފަތި ދުވަހުގެ ރޭ “ލީނާ” އޭދަފުއްޓަށް އަންނަނީ http://www.eydhafushitimes.com/live/news/48184/ http://www.eydhafushitimes.com/live/news/48184/#respond Mon, 05 Aug 2019 17:12:18 +0000 http://www.eydhafushitimes.com/live/?p=48184

އެކްޓަރު އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު “ލީނާ” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ދައްކަން ތައްޔާރުވެއްޖެ އެވެ. ފިލްމު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ މަލްޓިޕާޕަސް ހޯލުގައި “ލީނާ” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. ފިލްމުގެ ޓިކެޓް ވިއްކާނީ -/100ރ އަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ. ...

The post ބުރާސްފަތި ދުވަހުގެ ރޭ “ލީނާ” އޭދަފުއްޓަށް އަންނަނީ appeared first on Eydhafushi Times.

]]>

އެކްޓަރު އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު “ލީނާ” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ދައްކަން ތައްޔާރުވެއްޖެ އެވެ.

ފިލްމު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ މަލްޓިޕާޕަސް ހޯލުގައި “ލީނާ” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ.

ފިލްމުގެ ޓިކެޓް ވިއްކާނީ -/100ރ އަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.

މައުސޫމު އަންހެން ކުއްޖެއްގެ މަރުގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި މުއާ، އަލީ (ދޮން އައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް، ޒީނަތު އައްބާސް، އަހުމަދު ނިމާލް، އަހުމަދު ސައީދު އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ.

“ލީނާ” އަކީ ރާއްޖޭގައި ކުރިން ހިނގާފައިވާ މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އއ. އުކުޅަހުގަ އެވެ

The post ބުރާސްފަތި ދުވަހުގެ ރޭ “ލީނާ” އޭދަފުއްޓަށް އަންނަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/48184/feed/ 0
ވާހަކަ: މުށުންދޫވި ގުމްރީ http://www.eydhafushitimes.com/live/entertainment/48133/ http://www.eydhafushitimes.com/live/entertainment/48133/#respond Fri, 02 Aug 2019 04:50:01 +0000 http://www.eydhafushitimes.com/live/?p=48133

މިއީ ހިޔާލީ ވާހަކައެކެެވެ.  ”ފެންމީރުވި ރީތިރަށޭމީ ރޫހުވަނީ ތިނަދޫގައޭ” މިލަވަ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކޮންމެ ފަހަރަކު ގުމްރީ ނެތުމުން ކުރެވޭ ފުން އިހްސާސްތައް އަހަރެންނަށް ކުރުވައެވެ. އެއީ އަހަރެންގެ މަލެއްފަދަ އެ ގުމްރީއަށް އެންމެ ރީތި ލަވައެވެ. އަހަރެންނަކީ ފެންމީރުވި އެ ހިތްގައިމު ތިނަދުއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ގުމްރީ އަކީވެސް ތިނަދޫ އަށް އުފަން ފެންމީރު ކުރި ރުކެކެވެ. ގެވެށި އަންހެނެކެވެ. މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް މިއަދު އެ އެ ...

The post ވާހަކަ: މުށުންދޫވި ގުމްރީ appeared first on Eydhafushi Times.

]]>

މިއީ ހިޔާލީ ވާހަކައެކެެވެ.

 ”ފެންމީރުވި ރީތިރަށޭމީ ރޫހުވަނީ ތިނަދޫގައޭ” މިލަވަ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކޮންމެ ފަހަރަކު ގުމްރީ ނެތުމުން ކުރެވޭ ފުން އިހްސާސްތައް އަހަރެންނަށް ކުރުވައެވެ. އެއީ އަހަރެންގެ މަލެއްފަދަ އެ ގުމްރީއަށް އެންމެ ރީތި ލަވައެވެ. އަހަރެންނަކީ ފެންމީރުވި އެ ހިތްގައިމު ތިނަދުއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ގުމްރީ އަކީވެސް ތިނަދޫ އަށް އުފަން ފެންމީރު ކުރި ރުކެކެވެ. ގެވެށި އަންހެނެކެވެ. މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް މިއަދު އެ އެ ގުމްރީ ވަނީ އަހަރެންގެ އަތުން ބީވެފައެވެ. އެއީ އަހަރެންނަށް އެޅުނު ޅަ އެއްޗެކެވެ. އަހަރެންގެ ހިތަށް ވެރިވި ރުޅިވެރިކަމާއި ވަސްވާސްތަކަކުންނެވެ. ދިރިއުޅުމުގައި ގުމްރީ އަކީ ހަމަ ރަން މުތެކެވެ. ނަމަވެސް އެރަން މުތް އަހަރެންގެ އަތުން މިއަދު މިވަނީ ފަސްއަޅާ ފޮރުވާލާފައެވެ. އަހަރެމެން ދެމަފިރިންނަށް ލިބިފައިވާ އެތުއްތު މަޢުޞޫމް ދަރިފުޅު މިއަދު މިވަނީ މަންމަ އެއްގެ ލޯބިން މަޙްރޫމް ވެފައެވެ. އެއީވެސް އަހަރެންގެ ކުށެވެ.

އެކުވެރިންނެވެ. އަހަރެން މިކިޔައިދެނީ އަހަރެން ދިރިއުޅުމުގެ ވާހަކައެވެ. ދިރިއުޅުމަކީ ކިހާ މުހިންމު އެއްޗެއްކަން މިއަދު މިވަނީ އަހަރެންނަށް ވިސްނިފައެވެ. މަޔަކު ދަރިއަކަށްޓަކައި އުފުލާ ވޭނާއި ތަކްލީފްތައް މިއަދު މިވަނީ އަހަރެންނަށް އުގެނި ދަސްވެފައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. މިދުވަސް އައިއިރު ގުމްރީ މިއަދު އެވަނީ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ކަފުންކޮށް ވަޅުލެވިފައެވެ. އެފަކީރުގެ ހިތަށް ކެތް ނުކުރެވިގެންނެވެ. އަހަރެން މިއީ ކިހާ ނުލަފާ މީހެއް ހެއްޔެވެ.  އަހަރެންގެ މާޒީގެ ޞޮފްހާތަށް އަހަރެންގެ އަމިއްލަ ދުލުން މިއަދު ތިޔަ އެކުވެރިންނާ  މި ހިއްޞާކޮށްލަނީ މަރުވެފައިވާ ހިތަކައިގެންނެވެ.

 އެއީ މީލާދީން 1995 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވީ ހޮނިހިރު ދުވަހެވެ. އޭރު އަހަރެންނަކީވެސް އަންހެން ކުދިންގެ ހިތްކަތިލާފަދަ ނިކަން ދޯޅަ ފަހުލަވާނެކެވެ. ޅަނދޮޅު ފިރިހެން ކުއްޖެއްގެ ގައިގައި ހުންނަ ހުރިހާ ސިފަތަކެއް އަހަރެންނަށް ލިބިގެން ވިއެވެ. އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިއްވާލެވުނީވެސް ހުދު އަހަރެންގެ ދެއަތުންނެވެ.

އެއީ ރަންގު ލޯބީގެ ދުވަސްވަރެވެ. ރަށުގެ ޒުވާންފުރައިގެ ހުރިހާ އަންހެން ކުދިންވެސް މަށަށް މަށަށް ކިޔާލަ ކިޔާލަ އެތިބެނީ އަހަރެންގެ ސުމާޓްކަމާއި ފިރިހެންވަންތަ ކަމުންކަން އަހަރެންނަށް ޤަބޫލުކުރެވެއެވެ. އަހަރެންގެ އާއިލާއަކީ މުޅި ތިނަދުއަށްވެސް މަޝްހޫރު އާއިލާއެކެވެ. ރަށުގެ މުއްސަނދި ގަދަރުވެރި އާއިލާއެކެވެ. އަހަރެންގެ މައިންބަފައިންވެސް ބޭނުންވަނީ އަހަރެމެންގެ އާއިލާފަދަ ގަދަރުވެރި އާއއިލާއެއްގެ ކުއްޖަކާއިއެކު އަހަރެންގެ ދިރިއުޅުން އާރާސްތުކުރުމަށެވެ. ނަމަވެސް ރަށުގައި އުޅޭ ގިނަ މުއްސަނދިންގެ ކުދިންނަކީ ދިރިއުޅުމުގެ ރިވެތި ވައްޓަފާޅި ހުންނަ ކުދިންނެއް ނޫނެވެ. ފުށާއި އޭތި މީތި އުނގުޅައި މޭކަޕް ކޮށް ގައިގެ ކުލަ ދޮންވެފައި ހުއްޓަސް އެކުދިންނެކޭ ޅޮހެކޭ އެއްފަދައެވެ. ދިރިއުޅުމުގެ އެއްވެސް ތަޖްރިބާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކުދިން ކިތަންމެ ވަރަކަށްވެސް އަހަރެންނާއި ރައްޓެހިވާން ބޭނުންވެއެވެ. އެކަމަކު އަހަރެން އަބަދުވެސް ލޯބި ކުރަނީ ގެވެށި ދިރިއުޅުމަށެވެ. މުރާލިކަމާއި ހިތްހެޔޮ ކަމަށެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ މިފަދަ ކުއްޖަކު އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނެ ދުވަހަކަށެވެ. އަހަރެންގެ ބަސް ޤަބޫލުކުރާ ސާދާ ދިރިއުޅުމެއް އުޅެމުންދާ ޒުވާން އަންހެން ކުއްޖަކަށެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫންކަން އޭރުވެސް އަހަރެން އައީ ޤަބޫލުކުރަމުންނެވެ. ނަމަވެސް އެއިން ކުއްޖަކާއި އަނގައިން ބުނެ ހީލާ ވާހަކަ ދެއްކިޔަސް އެއިން އެއްވެސް ކުއްޖެއްގެ ހިތުގެ ބައިވެރިއަކަށް ވާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކުދިންނަށް އަހަރެންގެ މިޒާޖު އެނގެއެވެ. އަހަރެންނަކީ މާސަކަ މިޒާޖެއްގެ މީހެއް ނޫނެވެ. ފެންނަ ކޮންމެ އެއްޗަކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ނަމަވެސް ކުރަން ބޭނުން ކަމެއް ނުކުރެވިއްޖެނަމަ އަހަރެންނަށް އިންތިހާއަށް ރުޅި އާދެވެއެވެ. އަހަރެންނަކީ ކޫސަނި ރުޅި އަންނަ މީހެއްކަން އަހަރެންގެ ގިނަ ރައްޓެހިން  ބުނެއެވެ. ނަމަވެސް އެކަން އަހަރެންނަކަށް ނުހުއްޓުނެވެ. އެއީ އަހަރެންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ.

މިގޮތުގައި އިރުއަރާ އޮއްސި ދުވަސްތައް މާޒީވަމުން ދެއެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން ރަށުތެރޭގައި ބުރެއް ޖަހާލަން ސައިކަލުގައި ނިކުތީމެވެ. ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން އެވަގުތަކީ އާއްމުކޮށް އަހަރެން ބޭރަށް ނިކުމެ އުޅޭ ވަގުތެއްވެސް ނޫނެވެ. އަދި އަހަރެންނަކީ ރަށު އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ސަރުކާރު ބަންދު ދުވަސްދުވަހު ހެނދުނު ނިދާފައި އޮތުމަކީ އަހަރެންގެ އާދައެއް ނޫނެވެ. ހޭލައިގެން ކޮންމެވެސް ކަހަލަ ކޮމްޕިއުޓަރ ގޭމް އެއް ކުޅުމަކީ އަހަރެންގެ އާދައެކެވެ. ނަމަވެސް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ހެނދުނު ބޭރަށް ނުކުމެލާ ބުރެއް ޖަހާލުމަށް އަހަރެންގެ ހިތް އެދެމުންދިޔައީއެވެ. އެހެންކަމުން ސައިކަލްގައި ބުރުޖަހަން ނިކުމެ އުޅުމުގެ ތެރޭގައި ރަށުގެ އަތިރިމައްޗަށް ނިކުމެ ޖެހޭ ފިނިވައިރޯޅީގެ ހިތްގައިމުކަމާއެކު ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ހޮޅުއަށްޓެއްގައި އަހަރެން އިށީނީމެވެ. އޭރު މިރަށަކީވެސް ތަރައްޤީވެ ތަހްޒީބުވެފައި އޮތް ރަށެއް ނޫނެވެ. ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ރަށްފުށުގެ ގިނަ އަންހެން ވެރިން ހެނދުނު ގަޑީގައި ގޮނޑުދޮށުގައި ތެލިދޮންނަން އުޅޭ މަންޒަރަކީ އަހަރެން ގަޔާވާ އަދި ވަރަށް ބަލާ ހިތްވާ ހިތްގައިމު މަންޒަރަކަށް ވުމާއެކު ރަށުގެ ގޮނޑުދޮށުގައި ތެލި ދޮންނަން އިން ރީތި ޒުވާން އަންހެން ކުއްޖަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އަދި އޭނާގެ ހަރަކާތްތަކަށް ބަލަން އިނދެވުނީ ކިހާއިރަކުކަމެއްވެސް ހުދު އަހަރެންނަކަށް ނޭގުނެވެ. އެއަންހެން ކުއްޖާ ތެލި ދޮވެ ނިމިގެން އެއްގަމަށް އަރައި ރަށުތެރެއަށް ހިނގައި ގަތުމާއެކު އަހަރެންގެ ހިތް އޭނާގެ ފަހަތުން ދިއުމަށް ގޮވަން ފެށިއެވެ. އެހެންކަމުން އަހަރެން ހޮޅުއަށިން ތެދުވެގެން ސައިކަލުގައި ދުއްވާފައި ގޮސް އޭނާއާއި އަރާހަމަ ކުރީމެވެ. އަދި ގޮވާލިން.. ކަނބުލޮ ހާލު ކިހިނެއްތަ؟… އަހަރެން އޭނާގެ ހާލު އަހާލުމުން ހިނިތުންވުމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނާ ވަރަށް ރަކިވެފައި އަހަރެންނާއި ދިމާލަށް ބަލާލިގޮތުން އަހަރެންގެ ހިތް ފުރި ބަންޑުންވި ކަހަލައެވެ. ނަމަވެސް އަހަރެން މަޑުކުރުމުންވެސް އޭނާ މަޑުނުކޮށް ހިނގައިގަތެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.  ވަންނަ ގެއެއް ބަލަންވީއެވެ. މިހެން ހިތާ އޭނާ ގެއަށް ވަންނަންދެން އަހަރެން ސައިކަލްގައި ފަސްފަހަތުން ބުރުޖަހަމުން ގެންދިއީމެވެ. އެއީ އަހަރެމެންގެ ގެއާއި ވަރަށް ދުރު ހިސާބެއްގައި ހުންނަ ގެއެކެވެ. އޭނައަކީ ކުރިން މިރަށުން އަހަރެން ދެކޭ ކުއްޖެއް ނޫނެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. ހިމަތޮޅި އޮޅަލި ކުއްޖެކެވެ. އެހާމެ ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެކެވެ. އޭނާ ގެއަށްވަނުމާއެކު އަހަރެން އެގެއާއި ދިމާލަށް ބަލާލުމަށްފަހު އެނބުރި އަހަރެންގެ ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. މުޅި ދުވަހުގެ ކަމަކީ އެއަންހެން ކުއްޖާއާއި ބައްދަލުކުރާނެ ގޮތެއް ރޭވުމެވެ. އަހަރެންނަށް އެރޭ ނިދުނީ އޭނާގެ ހަނދާނުގައި އެދުނމަތީގައި ދެއަތަށް  ފުރޮޅި ފުރޮޅި އޮއްވައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. މިއަދު އަހަރެން މިސްރާބުޖެހީ އެ އަންހެން ކުއްޖާގެ ގެއާއި ދިމާލަށެވެ. އެގެއަކީ އާދައިގެ ގޮތަކަށް ރާނާއި އުވަޖަހާފައި ހުންނަ ގެއެކެވެ. ގޯތީގެ އިންފާރު ވަކިކުރަން ފުޅަށް ގަނޑެއް ޖަހާފައި ހުއްޓެވެ. އަހަރެން ސައިކަލުގައި ގޮސް އެގޭދޮށަށް މަޑުކޮށްލީމެވެ. އޭރު އޭނާ އިނީ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ހަނޑޫ ހޮވާށެވެ. އޭރު އޭނާ އަށް އަހަރެންނެއް ނުފެނެއެވެ. ހީވާގޮތުން އޭނާ އިނީ ފުން ޚިިޔާލެއްގައެވެ. ގޭތެރެއިން ނިކުމެގެން އައި މެދު އުމުރެއްގެ އަންހެނަކު އޭނާގެ ކައިރިއަށް އައިސް ގޮވާލިއެވެ.“ސާބަސް ގުމްރީއަށް!. ކޮން ދުނިޔެއެއްގަ…އަދިވެސް ޚިޔާލީ ފޮލާ ކައްކަނީތަ؟” ގުމްރީ އިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން މަރީ ބުނެލިއެވެ. “މަރީ ދައްތައަށް އެނގެއެއްނު މަ ވިސްނާނީ ކޮން ކަމަކާ ކަން. ތީ ހުރިހާ ކަމެއްވެސް އެނގޭ މީހަކީ” ގުމްރީގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. “ހޫނ!…އޭ އިނގޭތަ ދައްތަ މާދަން މިއުޅެނީ ބޭބެމެން ރަށަށް ވިލިނގިއްޔަށް ދާންވެގެން. ވަރަށް ދެރަވޭ ގުމްރީ އެކަނި ބައިންދާފަ ދާންވެސް” އެވަގުތު މަރީގެ މޫނުމަތީގެ މަޖާ ކުލަވަރުވެސް ފޫހިކަމަށް ބަދަލުވެގެން ދިޔައެވެ. ގުމްރީ އުނގުމަތީ ހޮވަން އިން ހަނޑޫ ދޮލަނގު ކައިރީގައި ހުރި ގޮނޑިމަތީގައި ބަހައްޓަމުން ވަރަށް ދެރަވެފައި މަރީއަށް ބަލާލިއެވެ. އެހެންތަ؟ އޭރުން ހާދަ އެކަނި ވާނެޔޭ. ގުމްރީ މާޔޫސްވެފައިވާ ރާގެއްގައި ބުނެލިއެވެ. “ ދެރަނުވޭ ގުމް. މާދަން އަންނާނަމޭ.. އެހެން ނޫނަސް ގުމްއަށް އެނގޭނެ ނު ނިހާދުބެ އުޅެނީ އެރަށު ވަޒީފާގަ ކަން. ބޭބެއަށް މިރަށަށް އާދެވެނީ ވަރަށް މަދުން… ދައްތަވެސް އެރަށަށް ބަދަލުވާނީ ގުމް މީހަކާއި އިނދެ ދިރިއުޅުމެއް ފެށީމަ… ދައްތަ އަކަށް ނުކެރޭނެ ކޮއްކޮ އެކަނި ކޮށްފަ ދާކަށްވެސް. އެހެންވެ މާދަން އަންނަން މިދަނީ..  އެހެން ނޫނަސް ނިހާދުބެއަށްވެސް ބަންދު ދުވަހެއްވެސް ލިބެނީ ވަރަށް މަދުން… އާނ ދެން ދައްތަ ނެތިއްޔާ މަފަކީރު ވަރަށް އެކަނިވާނެ… މިގޭގަވެސް އުޅެނީ އަހަރެން އެކަނި.. ގުމްރީ ދެރަވެލަފައި ބުންޏެވެ… ދެރަނުވޭ ކޮއްކޯ.. ކޮއްކޮ އެކަނިވިޔަކަ ދައްތަ ނުދޭނަން.. ބޮޑުބެ ކައިރީ ބުނެފަ ދާނީ… ދައްތަ އަންނަން ދެން ބޮޑުބެ ދައްތަ މިގެއަށް ނިދަން ފޮނުވަދޭށޭ.

މިވާހަކަތައް އަޑުއަހަން އެގޭގެ ފުޅަށް ބުޑުގައި އަހަރެން އޮތީމެވެ. އެމީހުންނަކަށް އަހަރެންނެއް ނުފެންނާނެއެވެ. އަދި މަރިޔަމް ދައްތަ އާއި ގުމްރީ ގޭތެރެއަށް ވަނުމުން އަހަރެން ސައިކަލުގައި ގޮސް އަތިރިމަތީގައި ހުރި އެއްކަލަ ހޮޅުއަށީގައި ޖައްސާލީމެވެ. އަދި ހިތާތިހާ ސުވާލުކޮށްލީމެވެ. ނަމަކީ ގުމްރީ.. ދެން އުޅެނީ ދައްތަ މަރިޔަބު. އެގޭގަ އިތުރު މީހަކު ނޫޅެނީބާ! ވެއްޖެ ގުމްރީއާއި ބައްދަލުވޭތޯ ބަލަން… މާދަން ހަވީރު އެގޭދޮށަށް ޖައްސާލާނީ.. ފަހަރުގައި ވާހަކަ ދައްކާލެވިދާނެ ކަންނޭގެ.. މި ފަދަ ފުން ޚިޔާލެއްގައި ހޮޅުވަށީގައި އޮވެވުނީ ކިތައް ގަޑިއިރުކަންވެސް އަހަރެންނަކަށް ނޭގުނެވެ. ކުއްލިއަކަށް އިވުނީ މެންދުރު ނަމާދަށް ބަންގި ގޮވާ އަޑެވެ. އަހަރެން އަވަސް އަވަހަށް ސައިކަލުގައި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ހެނދުނު ސައިނުބޮއެ ހުރިކަންވެސް އިހްސާސް ކުރެވުނީ ދެނެވެ.

ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. އުނޑުމަތީގައިވާ ނޫ ވިލާތައް ފިލާގޮސް އުނޑުމަތި ރަތްވަމުން ދިޔައެވެ. ރަށުގެ މަގުތައް ފެންނަނީ ވަރަށް އަމާންކޮށެވެ. އަހަރެން ގުމްރީ އާއި ބައްދަލުކުރުމަށް ގުމްރީ އުޅޭ ގޭގައި މުގޯލި އަޅަން ފެށީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ފެންބަނޑިޔަލެއް ކިހިލި ޖަހާލައިގެން ގުމްރީ ގެއާއި ދިމާލަށް އަންނަ މަންޒަރެވެ. އެ ހިތްގައިމު ހިނގުމުގައި ގުމްރީ ގެއާ އަރާ ހަމަވުމުން ” ގުމްރީ ގެނަމުން މުހާތަބުކޮށް އަހަރެން ގޮވާލީމެވެ. އެވަގުތު ގުމްރީ ހައިރާންވެހުރެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ގުމްރީ މަޑުނުކޮށް ގެއަށް ވަންނަން އުޅުމުން އަހަރެން ގުމްރީގެ އަތުގައި ހިފީމެވެ. އެވަގުތުު ގުމްރީ ލަދުވެތިކަމާއެކު އަތުން ދޫކޮށްލުމަށް އެދުނެވެ.  އެ ލޫޅާފަތި އަތުން ދޫކޮށްލުމަށްފަހު ”ޕްލީސް އަހަރެން ބޭނުން ބައްދަލުކޮށްލަން” މިހެން އަހަރެން ބުނުމާއެކު ގުމްރީ އަތުގެ އިޝާާރާތުން ޖޯލިފަތީގައި މަޑުކޮށްލުމަށް އެދުނެވެ.  އަދިި ފެންބަނޑިޔާ ހިފައިގެން ގޭތެރެއަށް ވަނެވެ. އަހަރެން ގުމްރީގެ އިންތިޒާރުގައި އެ ޖޯލިފަތީގައި އިނީ މިފަދަ ފުރުސަަތެއް ލިބުމުން ވަރަށް އުފާވެފައެވެ. ގުމްރީ ގޭތެރެއިން ނިކުމެގެން އައިސް އަހަރެންގެ ކައިރީ ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަދި ވަރަށް ލަދުން ހުރެ ބުންޏެވެ. ކޮންކަމަކާތަ ތިއައީ.. އަހަރެން މިއައީ ހަމަ ފޫހިވެގެން ގުމްރީ އާއި ވާހަކަ ދައްކާލާ ހިތުން” އަހަރެން ބުނީމެވެ. މިގޭގައި އުޅެނީ ގުމްރީ އެކަނިތަ؟ އާނ މަންމައާއި ބައްޕަ ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފަ.. އަހަރެންނާއި އެކު މިގޭގައި އުޅެނީ އަހަރެންގެ ދެބެންގެ ދެދަރި ދައްތައެއް.. މަރީ ތައްދަ… އަހަރެން ކުރި ސުވާލުތަކަށް އެއްވެސް ޖެހިލުމެއްނެތި ގުމްރީ ޖަވާބު ދެމުން ގެންދިޔައެވެ. ކޮންނަމެއްތަ ކިޔަނީ.. އަހަރެންނަށް ކިޔަނީ އަރީޝް އަހަރެން ގެ ނަން އަހަރެން ބުނެލީމެވެ. ދެން ކިހިނެއް އަހަރެންގެ ނަން ހޯދީ.. ގުމްރީ އަހާލިއެވެ. މިރަށުގައި އުޅެންޏާމު ނަންވެސް ހޯދޭނެތާ! އަހަރެން ބުނީމެވެ. އަހަރެންނަށް އަރީޝް އިނގޭ…އަދި އަރީޝްގެ އާއިލާވެސް އެނގޭ.. އަރީޝް އަށް އަސްލު އަހަރެން ނޭގުނީ އަރީޝް ކިޔަވަން އުޅުނީ މާލޭގަ ނު. ގުމްރީ އަށް އަހަރެން ވަރަށް ރަނގަޅަށް އިނގޭކަމަށް ބުނުމާއެކު އަހަރެން ހައިރާންވިއެވެ. ނަމަވެސް އަހަރެން ކުރިއަކުން ގުމްރީއެއް ނުދަންނަމެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ގުމްރީއަށް ނޭގި ގުމްރީއާއި ބެހޭ މަޢުލޫމާތު ރަށުގެ ރައްޓެހި ކުދިން ކުރެން އަހާ އޮޅުން ފިލުވުމަށެވެ. އެދުވަހު އަހަރެން ގުމްރީއާއި ވަކިވީ އަލުން ބައްދަލުވާނެ ކަމުގެ ޢުންމީދުގައެވެ. އެދުވަހުގެ ފަހުން ދެމީހުންނަކީ ދެމިތުރުން ކަމުގައި ބުނެފައެވެ. ގުމްރީއާއި އެކު މިވީ ކުޑަ ވަގުތު ކޮޅުގެތެރޭގައި އަހަރެންނަށް ގުމްރީގެ ފަރާތުން ނެގޭ އެތައް ކަމެއް އެނގުނެވެ. އަދި ގާތް ދެ މިތުރުންނަށް ބަދަލުވެގެން ދިޔައެވެ.  ގެއަށްދިޔަ މަގުމަތީގައި އެކުވެރިއެއްގެ ފަރާތުން ގުމްރީއާއި ބެހޭގޮތުން މަޢުލޫމަތުތައް އަހަރެން ހޯދީމެވެ. ގުމްރީއަކީ އަޚްްލާޤް ރަނގަޅު ކުއްޖެކެވެ، ސާދާ ދިރިއުޅުމެއް އުޅެމުންދާ މުރާލި ކުއްޖެކެވެ. އެކަނިވެރިކަމާއި ފަޅުކަން އިހްސާސް ކުރަމުންދާ އެކަނި ވެރިއެކެވެ. ރަށުގެ އެހެން ކުދިންނާއި ޚިލާފަށް ވަފާތެރި ބައިވެރިއަކަށް ބޭނުންވެފައިވާ ކުއްޖެއްކަން އަހަރެންނަށް ރަޙުުމަތްތެރިޔާގެ ފަރާތުން އެނގުނެވެ. އަހަރެންނަކީވެސް އެފަދަ މީހެކެވެ. ގުމްރީ ފަދަ ގެވެށި ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ބޭނުންވެފައިވާ މީހެކެވެ.

ގުމްރީއަކީ ނިކަމެތި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ގުމްރީގެ ވަރަށް ކުޑައިރު ގުމްރީގެ މަންމައާއި ބައްޕަ ނިޔާވުމުން ގުމްރީގެ އެންމެހާ ޚަރަދުތައް ބަލަހައްޓަމުން ދަނީ ގުމްރީގެ ބޮޑުބޭބެ އިބްރާހިމެވެ. ގުމްރީ އުޅެމުންދަނީ ގުމްރީގެ މައިން ބަފައިންގެ ގޭގައެވެ. މި އެގޭގައި ގުމްރީއާއިއި އެކު ހަމައެކަނި ދިރިއުޅެމުންދަނީ ގުމްރީގެ މަންމައާއި އެއްބަފާ ދައްތަ މަރިޔަމް އެވެ. ކުޑައިރުއްސުރެ ފެށިގެން ގުމްރީއަށް އަމިއްލައަށް ކަންކަން ކުރަން ވަނީ ދަސްވެފައެވެ. ކެއްކުމާއި ގޭތެރޭގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދަނީ ހުދު ގުމްރީއެވެ. ގުމްރީގެ ދައްތަ މަރިޔަމް ގުމްރީ ދެކެ ނިހާޔަތަށް ލޯބިވެއެވެ. އަމިއްލަ ދަރިއަކު ފަދައިންނެވެ. ގުމްރީވެސް މަރިޔަމް ދެކެ ނުލާހިކު ލޯބިވެއެވެ.

މިއާއި ޚިލާފަށް އަހަރެންގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. މިކަން ގުމްރީއަށްވެސް އެނގެއެވެ. ގުމްރީ ފަދަ ނިކަމެއްޗަކަށް މިފަދަ ތަނަވަސް އާއިލާއެއްގެ ހަމައެކަނި ހުރި ފިރިހެން ދަރިއާއި ކައިވެނިކުރަން އެއާއިލާއިން ރުހޭނެ ބާއެވެ. މިއީ ގުމްރީގެ ހިތުގައި އުފެދޭ ސުވާލެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންނާއި ގުމްރީގެ އެކުވެރިކަން ލޯތްބަށް ބަދަލުވެއްޖެއެވެ. އަހަރެން ގުމްރީ ދެކެ އިންތިހާއަށް ލޯބި ވެއެވެ. އަދި ގުމްރީވެސް އަހަރެންދެކެ އިންތިހާއަށް ލޯބި ވެއްޖެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ މާގިނަ ދުވަހު އިންތިޒާރު ނުކޮށް މިކައިވެނި ކުރެވޭތޯއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަރެން ފެންވަރާލައިގެން ކޮޓަރިން ނިކުތް އިރު މަންމައާއި ބައްޕަ އޮލަވާހަކަ އެއްގައި ތިއްބެވެ. އަހަރެން ގެއިން ނިކުންނަން ފެށުމުން މަންމަ ގޮވާލިއެވެ. ދަރިފުޅާ! އައިސްބަލަ މިތަނަށް.. މަންމަ ގޮވާލުމުން އިޖާބަދީ އަހަރެން މަންމައާއި ބައްޕަގެ ކައިރީގައި އިށީނީމެވެ. މަންމާ ކިހިނެއްވީ! ދަރިފުޅާ ބައްޕަ އެއުޅެނީ އަންނަ ހަފްތާގަ މާލެ ދާންވެގެން.. ދަރިފުޅުވެސް ބައްޕަ އާއި އެކު ފިހާރައަށް މުދާ ބަލާ މިފަހަރު ދާންވާނެ..  ދަރިފުޅު ތިއުޅެނީ ޗުއްޓީވެސް ނަގާކަށް ނުދޯ… ލައްބަ! އެކަމަކު ބައްޕާ އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.. އެއީ އަނެއްކާ ކޮން ވާހަކައެއްތަ ދަރިފުޅާ! ބައްޕަ މިހެން ބުނުމާއިކު އަހަރެން މިއުޅެނީ މީހަކާ އިންނަން ކަމަށް ބުނީމެވެ. އެއީ ގުމްރީ ކަމަށް ބުނުމުން ބައްޕަ އާއި މަންމަ މިކަމާއި ނުރުހި އިންކާރު ކުރިއެވެ. ސަބަބަކީ ގުމްރީ އަކީ ނިކަމެތި ކުއްޖެއްކަން އަހަރެންގެ މައިން ބަފައިންނަށް އެނގޭތީއެވެ. އަދި އެ އާއިލާ އަކީ އަހަރެންގެ މައިންބަފައިންނަށް އެނގޭ އާއިލާއަކަށް ވުމެވެ. ނަމަވެސް އަހަރެންނަކީ ގޮތް ދޫކުރާ މީހެއް ނޫންކަން މަންމައަށާއި ބައްޕައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އަހަރެންގެ މައިންބަފައިންނާއި ދެކޮޅަށް ގުމްރީ އާއި ކައިވެނި ކުރާށެވެ.

މިއަދަކީ އެތައް ދުވަހަކުންސުރެ ކުރަމުން އައި އިންތިޒާރުގެ ނިމުމެވެ. އަހަރެންގެ މައިން ބަފައިންގެ ނުރުހުމުގައި އަހަރެން ގުމްރީ އާއި ކައިވެނި ކުރި ދުވަހެވެ. ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން ގުމްރީގެ ގެއަށް ބަދަލުކުރީމެވެ. އަހަރެން ގުމްރީގެ ގެއަށް ބަދަލުވުމާއެކު ގުމްރީގެ ދައްތަ މަރީ އޭނާގެ ފިރިމީހާގެ ރަށަށް ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެންކަމުން ގުމްރީގެ ގޭގައި ދިރިއުޅެނީ ހަމަ އެކަނި އަހަރެންނާއި ގުމްރީ އެވެ. ގުމްރީއަކީ ނަމާދުކުރުމާއި އަޅުކަމަށް ލޯބިކުރާ ކުއްޖެކެވެ. އަހަރެންނަކީ ވަރަށް މަދުން ނޫނީ މިސްކިތަށް އަރާ ނަމާދެއް ކޮށްލާ މީހެއް ނޫނެވެ. ނަމަވެސް ގުމްރީ އާއިއެކު ދިރިއުޅެން ފެށިފަހުން ގުމްރީގެ ރިވެތި އާދަތައް އަހަރެންގެ ގައިގައިވެސް ވަކި ހިއްޕަން ފެށިއެވެ. އަންބެއްގެ ފަރާތުން ދޭންޖެހޭ ފުރިހަމަ ލޯތްބާއި އަޅާލުން އަބަދުވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަރެންނަށް ލިބެމުންދިޔައެވެ. އަހަރެން ގުމްރީގެ ހަޔާތަށް އައުމުން ގުމްރީގެ މާޔޫސްކަމާއި މޮޅިވެރިކަން އެއްކޮށް ފިލާ ދިޔަ ކަހަލައެވެ. ދުވަހަކަށްވުރެ ދުވަހެއް އަހަރެންގެ އަތްމަތި ދިޔައީ ތަނަވަސް ވަމުންނެވެ. އޯގާތެރި ވަފާތެރި އަންބަކު ލިބުމުން އަހަރެންގެ މުޅި ދިރިއުޅުމަށް މިއަދު މިވަނީ ބަހާރު މޫސުން އައިސްފައެވެ. އެހެންކަމުން އަހަރެމެން ޤަސްތުކުރީ މާލަސްނުކޮށް މި އައި ބަހާރު މޫސުމާއެކު އަހަރެމެންގެ ދެމަފިރިންގެ ހަޔާތަށް އިތުރު މަލެއް ފޮޅުވުމަށެވެ. ގެ ފަޅުފިލުވާލާނެ ތުއްތު ތުއްތު ކުއްޖަކު ހޯދުމަށެވެ.

ކައިވެންޏަށް އަހަރެއްވީތާ މާގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ އަލަތު ދަރިފުޅަށް ގުމްރީ ބަލިވެ އިނދެ ލޯބި ލޯބި  އަންހެން ކުއްޖަކު ލިބިއްޖެއެވެ. އެއީ އަހަރެންގެ ދެ ލޮލުގެ ނޫރުފަދަ ދަރިފުޅު މަލްހާ އެވެ. ﷲ އަހަރަމެންނަށް ދެއްވި މި އަގުހުރި ހަދިޔާ އަހަރެމެން ބަލައިގަތީ ނުހަނު ލޯތްބާއި ކުލުނާއި އެކުގައެވެ. އެލޯބި ލޯބި ދަރިފުޅަށް ބައްޕައާއި މަންމަގެ ފުރިހަމަ ލޯބި ދިނުމުގެ ނިޔަތުގައެވެ. އަދި ދުވަހަކުވެސް މި ދިރިއުޅުމަށް ހަރީފު މޫސުމް އައުމަކީ އަހަރެން އެދޭކަމެއް ނޫނެވެ. ގުމްރީ ގެ އެދުމަކީ ދުވަހަކުވެސް އޭނާ ދޫކޮށްފަ އަހަރެން ނުދިއުމެވެ. ގުމްރީ އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންވެސް ގުމްރީ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެން ނެތް ދުވަހަކުން ގުމްރީއަަށް އެކަނިި ދިރިއުޅުމަކީ އުދަނގޫކަމަކަށް ވާނެކަން ގުމްރީ އަބަދުވެސް އަހަރެންނަށް ހަނދާންކޮށްދެއެވެ.. އަހަރެންނަށްވެސް ގުމްރީ ނުލާ ދިރިއުޅުމަކީ މިހާރު ވަރަށް އުދަގޫކަމެކެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަހަކީ އަހަރެންގެ އަލަތު ދަރިފުޅަށް 01 އަހަރު ފުރުނު ދުވަހެވެ. ނަމަވެސް ކަންތައްތައް ވީ އަހަރެން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އެދުވަސް ވީ ހިތާމަވެރި ދުވަހަކަށެވެ. ދަރިފުޅުގެ އުފަން ދުވަސް އައުމުގެ ދެދުވަސް ކުރީން އަހަރެންނާއި މަލެއްފަދަ ގުމްރީއާއި  ދެމެދު ފުރަތަމަ ފަހަރަށް މައްސަލައެއް ޖެހުނެވެ. ނަތީޖާ އަކަށް ވީ ދަރިފުޅުގެ އުފަންދުވަހުގެ އުފާވެރި ކަމުގެ އަސަރު އަހަރެންގެ ކުޑަކުޑަ އާއިލާއިން ނުފެނުމެވެ. އެދުވަހު ލިބޭނޭ ކަމަށް އުއްމީދުކުރި އުފަލުގެ ބަދަލުގައި ލިބުނީ ހާސްކަމާ ނުތަނަސް ކަމެވެ. އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. އަހަރެންނަށް މިވީ ކިހިނެއްބާވައެވެ؟ މިވީ ދުވަސްތަކުގައި އަހަރެންނަށް ނާންނަ ބަދަލެއް މިއަދު މިއައީ ކީއްވެ ބާވައެވެ. ކޫސަނި ކަމަކާއިހުރެ ގުމްރީ ދެކެ އިންތިހާއަށް ރުޅި އާދެވުނީ ކީއްވެބާވައެވެ. މިހުރިހާ ދުވަހަކު ގުމްރީ ދެކެ ނާންނަ ރުޅިއެއް މިއަދު މިއައީ ކީއްވެގެންބާއެވެ. ގުމްރީ ދައުވަތު ދިން މީހުންނަކީވެސް ހަމަ އަހަރެމެން ދެމީހުންގެވެސް ރައްޓެހިންނެވެ. އެހެންވީއިރު ސާފިއު އަށް ގުމްރީ ދައުވަތު ދިނީ އަހަރެން އެދިގެން ބާވައެވެ. ސާފިއު އަކީ އަހަރެންގެ ރައްޓެއްސެކެވެ. މިފަދަ ޚިޔާލެއްގައި ހުއްޓާ މަޢްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. އަހަރެން ނަމާދަށް ދިއުމަށް ގެއިން ނިކުތީމެވެ، ނަމަވެސް އެއްވެސް ކަމަކާއި ނުލާ ކުށްހީކުރެވި ރުޅި އާދެވުނީތީ ކަންބޮޑުވެ ދެރަވެގެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި އަހަރެން ޖައްސާލީމެވެ.

ކުއްލިއަކަށް އަހަރެންނަށް ފެނުނީ އަހަރެންގެ ލޯބިވާ މަލެއްފަދަ ގުމްރީ އަހަރެންގެ އެކުވެރި ސާފިއުއާއި އެކު ގޮނޑުދޮށުން އަރައިގެންދާ މަންޒަރެވެ. މިއީ އަހަރެން ދުވަހަކުވެސް ދެކިފައިނުވާ މަންޒަރެކެވެ. އަހަރެންގެ ގުމްރީ އެހެން ފިރިހެނަކާއެކު އެއްވެސް ތާކުން އަދި މިވީހާ ދުވަހު ފެނިފައެއް ނުވެއެވެ. ސާފިއުއަކީ އަންހެނުން ހިތި މީހެކެވެ. އެހެންކަމުން އަހަރެންނަށް ރުޅި އާދެވެން ފެށިއެވެ. މުޅި މީހާ ތުރުތުރު ލާން ފެށިއެވެ. ނަމަވެސް ގުމްރީ އާއި ސާފިއު އެދާތަނެއް ބަލަން އަހަރެން މިއަދު ބޭނުމެވެ. އަހަރެންގެ ހިތާއި ނަފްސާމެދު އިތުރަށް ސުވާލުކުރެވުނެވެ. އަނެއްކާ މިފެންނަނީ ހަމަ ގުމްރީ ބާވައެވެ. މިގަޑީގައި ގުމްރީ މިތަނަށް އައީ ކިހިނެއް ހެއްޔެވެ.

މިފަދަ ސުވާލުތަކަކާއި ވަސްވާސްތަކެއް ހިތުގައި އުތުރި އަރަން ފެށުމާއިއެކު އަހަރެންނަށް ކެތް ނުކުރެވިގެން ގެއަށް ދިޔައީމެވެ. އޭރު ގުމްރީ ދަރިފުޅަށް ކާންދޭން ވެގެން ގޭގައި އުޅެއެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. އެކަމަކު އަހަރެންނަށް މިރޭ މިފެނުނީވެސް ހަމަ މިގުމްރީއެވެ. ނަމަވެސް އަހަރެން މިއިން އެއްވެސް ވާހަކައެއް ގުމްރީ އާއި ހިއްސާއެއް ނުކުރަމެވެ. ގުމްރީ ދެރަ ކޮށް ރޮއްވާލަން ބޭނުންނުވާތީއެވެ.  

ނަމަވެސް އޭގެ ފަހުން ދުވަހެއް ދުވަހަކަށް އަހަރެން ގުމްރީ މަތިން ފޫހިވާން ފެށިއެވެ. މިކަމާ ގުމްރީ ސުވާލުކޮށް ހަދައެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދިނުމުން މާގިނަ ވާހަކައެއް ގުމްރީ އެއް ނުދައްކާނެއެވެ. މިއީ ގުމްރީގެ އާދައެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުންދެއެވެ. އަހަރެން ނަމާދުކުރުމާއި އަޅުކަން މަޑުމަޑުން ދުރުވާން ފެށިއެވެ. ނަމާދަށޭ ކިޔާފައި ގުމްރީއަށް ދޮގުހަދައި އޮޅުވާލައިގެން އިރުއޮއްސޭ ދަޅަމައްޗަށް އަތިރި މައްޗަށް ދިއުމަކީވެސް އަހަރެންގެ އާދައަކަށްވިއެވެ. މިކަން ގުމްރީއަށް އެނގެއެވެ. އަދި މިކަމާއި ދެރަވެ ރޮއެ ގުމްރީ ކުރާ އާދޭސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ހިތަކީ ހަރުހިލަ ހިތެކެވެ. އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް  ގުމްރީ އަހަރެން ދޫކޮށްފަ ނުދާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އޭނަގެވެސް އޮންނަނީ ހިތެކެވެ. އެހިތަށް އަބަދު ތަދުކުރުމަކީ އޭނައަށްވެސް އަދި ދަރިފުޅަށްވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ނަމަވެސް ގުމްރީގެ އެ ނުފެންނަ ފަރާތް އެރޭ އަހަރެންނަށް ފެނުނު ފަހުން އަހަރެންނަށް މިގޮތަށް އުޅުމަށް މަޖުބޫރުވިއެވެ. ގުމްރީއާއި ދިމާލަށް ސީދާ ނުބުނި ކަމުގައި ވިޔަސް އަހަރެންގެ ހިތުން ގުމްރީއަށް އެކަން އެނގޭނެއެވެ.

މިގޮތުން އެއްރެއަކު އަހަރެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުއްޓާ އަހަރެންގެ ފަހަތުން މީހަކު ގޮވާލިހެން ހީވެގެން ފަހަތް ބަލާލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ ރީތީ ޕަރީ ޒާދެއްފަދަ އަންހެން ކުއްޖެކެވެ. އެހާމެ ރީއްޗެވެ. އަހަރެން އޭނަޔާއި ދިމާލަށް ބަލާލުމުން އަހަރެންގެ ގާތަށް އައެވެ. އަދި ހީލިއެވެ. އަހަރެން ނަން އަހާލީމެވެ. ނަމަކީ ނަޝާ.. އަހަރެންނަކީ މިރަށު ކުއްޖެއް. މާލޭގަ އުޅެނީ.. މަންމަ މެންނާއިއެކު ޗުއްޓީއަކަށް މިރަށަށް މިއައީ.. އޭނަ އަމިއްލައަށް އަހަރެންނަށް ތަޢާރަފްވިއެވެ. އަހަރެން ހައިރާންވިއެވެ. އަހަރެން ހީކުރީ ގުމްރީ ފަދަ ރީތި ދެވަނަ ކުއްޖަކު މިރަށުގައި ނޫޅޭ ކަމަށެވެ. ނަމަވެސް މިވީގޮތުން ނަޝާއަށް އަހަރެން ހިތް ލަންބުވާލިއެވެ. އިތުރަށް ގުމްރީ މަތިން ފޫހިވިއެވެ. މިގޮތުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަހަރެން މިތަނަށް އައިސް ނަޝާ އާއި ބައްދަލުކޮށް ވާހަކަ ދައްކާ ހަދަމެވެ. އަދި މިވާހަކަތައް އޮންނަނީ އަހަރެން ސިއްރުކޮށްފައެވެ.

އޭގެ ދެ ހަފްތާ ފަހެވެ. އެއްރެއަކު އަހަރެން ނިދާފައި އޮވެފައި ސިއްސައިގެން ހޭލެވުނީ ނަޝާ އަހަރެންނަށް ގޮވާލުމުންނެވެ. އެވަގުތު އަހަރެން ވަރަށް ބާރަށް ނަޝާއޭ ކިޔާ ގޮވާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމަ އެކަނި އޮތީ އަހަރެންގެ ދަރިފުޅާއި އަންހެނުންނެވެ. އަހަރެން ސިއްސައިގެން ދިޔައީ ގުމްރީ ތެދުވެ އަހަރެންނާއި ދިމާލަށް ބަލަން އިނުމުންނެވެ.  އަހަރެން އެކައްޗެކޭވެސް ނުބުނެ އަނެއްކާވެސް އަރާ އޮށޯއޮތީމެވެ. އިސާހިތަކު ނިދިއްޖެއެވެ. އަހަރެން ހީކުރީ ހެނދުނު ތެދުވެ ގުމްރީ އެކަމާއި ބެހޭގޮތުން ސުވާލު ކުރާނެކަމަށެވެ. ނަމަވެސް ގުމްރީގެ ފަރާތުން އެފަދަ އެއްވެސް ސުވާލެއް ނުކުރެއެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންގެ މިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެންގެ އުޅުމާއި ބެހޭގޮތުން ގުމްރީ ސުވާލެއް ކުރިއަސް އަހަރެންނަށް ރުޅި އާދެވެއެވެ. އެކަމަކު ގުމްރީއަކަށް އަނިޔާއެއް ނުކުރަމެވެ. ނަމަވެސް މިކަމާ ގުމްރީ ރޮއެ ހިތަމަ ކުރާކަން އަހަރެންނަށް އެނގެއެވެ. ކެއުމާއި ދުރުވެ މާޔޫސްވެއެވެ. ގުމްރީ އެ ހިތާމަތައް ފޮރުވަން ކިތަންމެ ވަރަކަށް އުޅުނަސް ގުމްރީގެ ލޮލުން އެކަން އަހަރެންނަށް އެނގެއެވެ. އެކަމާވެސް އަހަރެން އަންނަނީ ރުޅިއެވެ. އަދި ގުމްރީ މިގޮތަށް ހިތާމަކުރާތަން ފެނުމުން ފަހަކަށް އައިސް އަހަރެންނަށް ސާފިއު އޭ ކިޔައިގެންް ގުމްރީ އާއި އަޅުވާވެސް ކިޔެއެވެ. މިކަމާ ގުމްރީ ވަރަށް ދެރަވެއެވެ. އަދި އެކަހަލަ ގުޅުމެއް ނޯންނާނެކަމަށް ބުނަމުން ދެއެވެ.  މިއީ އަހަރެންގެ ދިރިއުޅުމެވެ.

މިގޮތުގައި ދުވަސްތައްް ގުނަމުން ދެއެވެ. އަހަރެންނާއި ނަޝާގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު ހައިރާންވާ ކަމަކީ ނަޝާއާއި ދުވާލު ބައްދަލުކުރަން އެދުނަސް އެކަމާ ނަޝާ ދެކޮޅު ހަދާ ކަމެވެ. ރޭގަނޑުގެ ކަޅު އަދިރީގައި ނޫނީ ބައްދަލެއް ނުވެއެވެ. އެހެންކަމުން އަހަރެންނަށް ނަޝާ ދެކެ އިންތިހާއަށް ރުޅި އަންނަން ފެށުނެވެ. އަދި ރައްޓެހިވެގެން މިގޮތަށް އުޅެން ބޭނުން ނުވާކަމަށް ބުނުމުން އަހަރެންނާއި ދުވަހަކުވެސް ވަކި ނުވެވޭނެކަމަށާއި، ވަކި ވެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލާނެކަމަށްބުނެ ނަޝާ އަހަރެންނަށް އިންޒާރު ދިނެވެ. އަދި އަހަރެންދެކެ ނަޝާ ވަރަށް ލޯބިވާކަމަށާއި، ތިނޫން މީހަކާއެކު ނޫޅެވޭނެކަމަށް ބުނަންފެށިއެވެ. ނަމަވެސް އެރޭގެ ފަހުން އަހަރެން އަތިރި މައްޗަށް ދިއުން އެއްކޮށް ހުއްޓާލީމެވެ. އެއީ ނަޝާ ދެކެ އަންނަ ރުޅީގައެވެ. އެހެންނަމަވެސް ދެން ވާންފެށީ އެހެންކަމެކެވެ. އިރުއޮއްސޭ ދަޅަމައްޗަށް އަހަރެންގެ އަތްފައި ފިނިވެ ހެޔަށް ގޮތް ވަނީއެވެ. އަދި ހަމަޔަކަށް އެޅޭ ކޮންމެ ފަހަރަކު ގުމްރީ އާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ހިތުގައި ޖެއްސެނީއެވެ. އަހަރެންނަކީ މޮޔައެއް ފަދައެވެ. އަހަރެން ބައެއް ރޭރޭ ބުއްދި ގޯސްވެގެން ހަޅޭއް ލަވަން ފެށުމުން ދަރިފުޅު ބިރުން ރޯން ފަށައެވެ. މިކަމާ ގުމްރީ ހުންނަނީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ނަމަވެސް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ ގުމްރީގެ ދުވަސް ދުއްވާލާނެ ވާހަކަ ނަޝާ ވަނީ އަހަރެންގެ ގާތު ބުނެފައެވެ. އެހެންކަމުން އަހަރެންނަށް މިވާގޮތް އެއްވެސް މީހެއްގެ ގާތު ނުބުނުމަށް ގުމްރީއަށް އިންޒާރު ދިނީމެވެ. މިއީ ޖިންނިއެއްގެ ކަންތައް ގަނޑުކަން ހުދު ގުމްރީއަށް ވެސް އެނގެއެވެ. ނަމަވެސް މިގޮތުގައި ގުމްރީއަކަށް މާގިނަ ދުވަހަކު ކެތެއް ނުކުރެވުނެވެ. އެންމެފަހުން ގުމްރީ އަހަރެންނަށް ސިއްރުން މިކަން ގުމްރީގެ ބޮޑުބެ މެންނަށް އެންގިއެވެ.

މިގޮތުން އެއްދުވަހަކު އިރުއޮއްސޭ ދަޅަ މައްޗަށް ރަށުގައި ފަންޑިތަ ހަދާ މީހަކު ގޮވައިގެން ބޮޑުބެ ގެއަށް އައެވެ. އޭރު އަހަރެންގެ އަތްފައި އޮތީ ވާން ވެފައެވެ. ދެލޯ އޮތީ ބޮޑުވެފައެވެ. ކައރީގައި އަހަރެންގެ ދަރިފުޅު އުނގުމައްޗައްލައިގެން ގުމްރީ ގިސްލަ ގިސްލާފައި ރޯން އިނެވެ. އަހަރެންނަށް ގުމްރީގެ ރުއިމުގެ އަޑުއިވެއެވެ. ނަމަވެސް އަހަރެންނަކަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. ވާހަކައެއް ނުދެއްކެއެވެ. އެހެންކަމުން ބޮޑުބެމެން ގެނައި ފަންޑިތަ ހަދާމީހާ އަހަރެންގެ ނިއްކުރީގައި ހިފަހައްޓައިގެންހުރެ ފެންތައްޓެއް ކިޔެވުމަށްފަހު އަހަރެންގެ ގައިގައި އުގުޅުމުން އަހަރެންނަށް ހޭވެރިކަން ވިއެވެ. އަދި އަވަހަށް ކޮޅަށްތެދުވީމެވެ. އޭރު އަހަރެންގެ ގައިގައި ކުރިން ހިފާފައި ހުރި ބާރު ގަނޑު ވަނީ ފިލައި ގޮއްސައެވެ.  

އަހަރެންނަށް ހޭވެރިކަން ވުމުން ފަންޑިތަހަދާ މީހާ ބުންޏެވެ. މާދަންރޭ އަންނާނަމެވެ. ތިހުރީ ޖިންނިއެއް އަވަލާފައެވެ. އަންހެން ޖިންނިއެކެވެ. މިހެން ބުނެ ބޮޑުބެމެން ގެއިން ނިކުމެގެން ހިނގައްޖެއެވެ. އަހަރެންނަށް ދިމާވި މިކަންތައްގަނޑު ގުމްރީއަށް އެނގުމުން ވަރަށް ރޮއެ ހިތާމަކުރިއެވެ. އަދި ނަމާދުކުރުމަށާއި ދުއާކުރުމަށް އަހަރެންގާތު ބުނަމުން ދިޔައެވެ. ނަމަވެސް އޭރުވެސް ގުމްރީ އެ ދައްކަ އެއްވެސް ވާހަކަ އަކަށް އަހަރެންނަކަށް އިޖާބައެއް ނުދެވުނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ އަހަރެންގެ ދަރިފުޅު ރޯ އަޑަށެވެ. އޭރުވެސް ގުމްރީ ނިދާފައި އޮތެވެ. އަހަރެންގެ ހިތަށް އެރިއެވެ. ގުމްރީއަށް މިއަޑު ނީވެނީ ބާވައެވެ. އެހެން ނޫނީ ގުމްރީ ކޮންމެ ދުވަހަކު ހެނދުނު ތެދުވެގެން ގޭދޮށް ކުނިކަހަން އުޅޭނެއެވެ. އެހެންކަމުން އަހަރެން ގުމްރީއަށް ގޮވާލީމެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް ގުމްރީގެ ހަބަރެއް ނުވުމުން އަހަރެން ގުމްރީ އަތުގައި ހިފާލީމެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ގުމްރީ ނަގާ ކޮޅަށް ޖެހޭތޯ ބެލީމެވެ. ނަމަވެސް ގުމްރީ އޮތީ މަރުވެ ހަރުވެފައެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ދަރިފުޅު ގޮވައިގެން ދުވެފައި ގޮސް ބޮޑުބެ މެންނަށް މިކަން އެންގީމެވެ. ތަންގަނޑު އެންމެން ގޭދޮށަށް އެއްވެއްޖެއެވެ. އަހަރެންގެ ގުމްރީ މިދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅު އެކަނި ކޮށްފައެވެ. ކުރާނެކަމެއް ނެތެވެ. ދެންއޮތީ އަހަރެންނަށް ދިމާވެފައި އޮތް މުސީބާތުން ސަލާމަތްވުމެވެ.

    ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ދުވަހުގެ މެންދުރު ނަމާދުން ފައިބައިގެން ގުމްރީ ރަށުގެ ސަހަރާގައި ވަޅުލެވިއްޖެއެވެ. އަހަރެންގެ މައިންބަފައިންނާއި ރައްޓެހިން އަހަރެންނަށް ހިތްވަރު ދެމުން ދިޔައެވެ. ނަމަވެސް މިއަދު ގުމްރީ ނެތުމުން އަހަރެންގެ މިދަރިފުޅަށް ކުރާނީ ކޮންފަދަ އިހްސާސެއް ހެއްޔެވެ. ނަމަވެސް އަހަރެން އުޅެން ބޭނުންވަނީ ހަމަ ގުމްރީގެ ގޭގައެވެ.

     ގުމްރީ ނިޔާވިތާ ތިން ވަނައަށް ވީ ދުވަހެވެ. ފަންޑިތަހަދާ މީހާ އައިސް ތިން ރޭ ވަންދެން ކިޔެވުމަށްފަހު އެ ޖިންނި ޝައިތާނާގެ ކިބައިން އަހަރެން ސަލާމަތްކޮށްފިއެވެ. އަދި ނަމާދުކުރުމާއި އަޅުކަމުގައި އުޅުމަށް ނަސޭހަތްތެރިވިއެވެ. އަދި އެ ނަޝާއަކީ އަވަލައިގެން އުޅޭ ޖިންނި އެއްކަމަށްވެސް ބުންޏެވެ. އަދި އޭގެ ކުރިން ގުމްރީގެ ސޫރައިގައި ފެނުނީވެސް އެ ނަޝާ ކަމަށް ބުންޏެވެ. އެހެންކަމުން އަހަރެން ސާފިއު ކައިރިއަށްގޮސް އެދުވަހު އެގަޑީގައި ގުމްރީ އާއިއެކު އަތިރިމައްޗަށް ދިއައިންތޯ އާއި އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރީމެވެ. ސާފިއު ހައިރާންވިއެވެ. އަދި ބުންޏެވެ. ދުވަހަކުވެސް ތިފަދަ ކަމެއް ނުކުރަމެވެ. އަދި ގުމްރީއަކީ މާތް އަންހެނެކެވެ. އަހަރެން ދުވަހަކުވެސް ތިކަހަލަ އެއްވެސް ގުޅުމެއް ގުމްރީ އާއި މެދު ބާއްވަފައި ނުވާނެއެވެ. އެދުވަހު ތިގެއަށްދިޔައީވެސް ސާފިއު އަކީ އަހަރެންގެ ރައްޓެއްސަކަށްވާތީ ގުމްރީ ދިން ދަޢުވަތަކަށެވެ. އަދި އެއީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެއް ކަމަށް ސާފިއު ބުނުމުން އަހަރެން ފެންކަޅިވިއެވެ. އަދި ދެރަވެ މާޔޫސްވިއެވެ. ކުރާނެކަމެއް ނެތެވެ. އަހަރެންގެ ގުމްރީ މީގެ ތިން ދުވަސް ކުރިން އަހަރެންގެ ދެއަތުން މިއައީ ކަފުންކޮށް ވަޅުލާފައެވެ. މިއީ އަހަރެންގެ ކުށެވެ. އަހަރެން މިއަދު އެ ކުށަށް ތައުބާވަމެވެ. ގުމްރީ ފަދައިން ސާލިހް އަޅަކަށް ވުމަށް އެދި އިބަ ﷲގެ ހަޞްރަތުގައި ދުއާ ކުރަމެވެ. އެފުރާއަނަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި. އާމީން.

އަހަރެން ފަދައިން ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި ވަރަށްބޮޑު އުއްމީދެއްކުރެއެވެ. ހަޔާތުގެ ބައިވެރިޔާ އާއި މެދުއެވެ. ދިރިއުޅުމާއި މެދުއެވެ. އަހަރެންވެސް އުއްމީދުތަކެއް ކުރީމެވެ. އަހަރެންގެ ހަޔާތަށް އެތަޢް ކަނޑެއް ހުރަސްކުރުމަށްފަހު ލޯބިވެރިއަކުއައެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ގުމްރީއެކެވެ.  އަހަރެންވެސް ލޯބިވީމެވެ. އެޒުވާނާގެ އަސަރުގަދަ ލޮލުގެ އަޑިއަށް ހިތްފީނައިގަތެވެ. ނަމަވެސް އެލޯބި ގަދަވަޔާ ވިއްސާރައިގެ ތެރޭގައި މަންޒިލެއްނެތި އަހަރެންގެ އަތުން މުޅި ދިރިއުޅުން ކަފުންކޮށް ވަޅުލެވިއްޖެއެވެ. އަހަރެންނަކީ އަމިއްލަ އުސޫލަށް ތަބާވާ މީހެކެވެ. އެކަމު ހިތް އޮތީ ރޯލަރޯލައެވެ. ހިތުގެ މައްޗަށް އެއްވެސް ފަރާތަކަށް ބާރެއްނުހިނގިއެވެ. ނަމަވެސް އެކަން އަހަރެންނަށް ވިސްނުނީ މާފަހުންނެވެ. އޭރު މާލަސްވެއްޖެއެވެ. ދެލޯނޭދި އެދުނު ލޯބިވެރިޔާ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.


އަހަރެން ސިއްރުސިއްރުން ކަރުނައޮހޮރީމެވެ. ނަމަވެސް ކަރުނަ ހަޔާތުގައި ގެއްލި ދިޔަ އަހަރުތައް ހޯދައެއް ނުދިނެވެ. އެހެންކަމުން މާޔޫސްކަމާއެކު ދިރިއުޅުން ކުރިއަށް ދިޔައެވެ. އަހަރެން ހުރީ ނާއުއްމީދުވެފައެވެ. ދިރިއުޅުން ދެކެ ފޫހިވެފައެވެ. ނަމަވެސް އުއްމީދުގެ އަލިކަމެއް ނުވާގޮތަކަށް ހަޔާތުގެ ދޮރުތައް ބަންދެއްނުވެއެވެ. އެހެންކަމުން ހިތްވަރާއެކު ދިރިއުޅެން ނިންމީމެވެ.
އަހަރެންގެ މަލެއް ފަދަ އެ ލޯބި ލޯބި ދަރިފުޅުގެ ހައްޤުގައެވެ. ނަމަވެސް ކަންތައް ދިމާވީ އެހެންގޮތަކަށެވެ. އަހަރެންގެ ދެވަނަ ބައިވެރިޔާވީ އަހަރެން އުއްމީދު ކުރިފަދަ ސަހުސިއްޔަތަކަށް ނޫނެވެ. އެއީ އަހަރެންގެ ގުމްރީ ފަދަ މަލެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ ބާރަކަށް އޭނާ ވުމުގެ ބަދަލުގައި އޭނާވީ އަހަރެންގެ ދިރިއުޅުމުގެ ބަލިފަޔަށެވެ. އަހަރެންގެ ކުށް ހޯދައިގެން އަހަރެންގެ ހިތަށް އޭނާ ތަދުކުރިއެވެ. އަހަރެންނާއި ވަގަށް އެހެން ފިރިހެނުންނާއި އެކު ސިއްރު ގުޅުންތައްވެސް ބާއްވައެވެ. އަދި އަހަރެން ގޭގައި ނޫޅޭ ގަޑިތަކުގައި އަހަރެން އެ ތުއްތު ތުއްތު ދަރިފުޅަށް އަނިޔާކުރާކަން އެދަރިފުޅުގެ ގައިގެ ގުނަވަންތަކުން ހެކިދިނެވެ. އަދި ބައެއް ދުވަސްދުވަހު އަހަރެން ގެއަށް އަންނައިރު ކޮންމެވެސް ފިރިހެނަކު އަހަރެންގެ ގެއިން ނިކުމެގެންދާތަން ފެނެއެވެ. މިގޮތުން އެއްދުވަހަކު އަހަރެން ގެއަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އަހަރެންގެ ހަޔާތުގެ ދެވަނަ ބައިވެރިޔާ އެހެން މީހަކާއެކު ގައިގޯޅިވެ އުޅޭމަންޒަރު ފެނުމުން އަހަރެން ހިތަށް ތަދުވިއެވެ. އަދި ވަގުތުން އަހަރެންނަށް ހަޅޭއް ލަވައިގަނެވުނެވެ. ނަތީޖާއަކަށްވީ އެވަގުތުން ފެށިގެން އުއްމީދުގެ އެންމެފަހު ހުޅުކޮޅު ހަޔާތުން ނިވިގެން ދިޔުމެވެ. އެދުވަހު އަހަރެންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބުނެވެ. ދިރިއުޅުމަކަށްޓަކައި ލޯތްބާ އިތުބާރުގެ މުހިއްމުކަން ވިސްނުނެވެ. ނަމަވެސް އޭރުވަނީ މާލަސްވެފައެވެ.


ގެވެށި އަންބަކު ލިބުނެވެ. ދަރިފުޅަކު ލިބުނެވެ. އެކަމު ޅަދުވަހު ދުށް އެއްވެސް ހުވަފެނެއް ހަގީގަތަކަށް ނުވިއެވެ. އެކަމު ޝުކުރުވެރިވީމެވެ. ގެބެމުންދާ އިންސާނަކަށް ފިލާގަޑެއްވެސްވާނީ އަގުހުރި މުދަލަކަށެވެ. އަހަރެންގެ ދަރިފުޅުވީ އަހަރެންގެ ޖަވާޒީހަޔާތް ދެމެހެއްޓުމަށް މަޖުބޫރުވި އުޒުރަކަށެވެ. ދިރިހުރުމުގެ ބާރަކަށެވެ. ނަމަވެސް ދިރިހުރީ މައްޔިތަކު ފަދައިންނެވެ. އޭރު އަހަރެންގެ ހިތުގެ އުއްމީދުތައް ވަނީ މަރުވެފައެވެ. އުފާތައް ވަނީ ކަފުންކޮށްފައެވެ. ކުރިއަށް ހިނގާހާ ހިތްވަރެއްނެތެވެ. މަންޒިލް މާދުރަށްގޮސް ވަނީ އޮބާލާފައެވެ.


ނަމަވެސް ކެތްކުރީމެވެ. ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އަހަރެންގެވެސް ކެތްތެރިކަން ކޮޅުންލިއެވެ. އަހަރެންގެ ހަޔާތަށް މިއަދު ދެން އިތުރު މީހަކު ބޭނުމެއް ނުވެއެވެ.  އަހަރެންނަށް ކުރެވުނު ކުށަށް ދެރަވެ މިއަދު ހިތާމަ ކުރަމެވެ. ގުމްރީގެ ހަނދާނުގައި މިއަދު މިދަރިފުޅުގެ މުސްތަޤްބަލަށްޓަކައި އަހަރެން ދިރިހުންނަން ބޭނުމެވެ. އަހަރެންނަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަނބިމީހާ ވަކިވެދިޔުން ދަރިފުޅަށް ލިބޭ ނިކަމެތިކަމަކަން މިއަދު މާބޮޑެވެ. ގުމްރީއަކީވެސް ޔަތީމު ކުއްޖެއްގެ ގޮތުގައި ބޮޑުވެގެން އައި މާތް އަހުލާގެއްގެ ވެރިއެކެވެ. އެހެން ނަމަވެސް މިއަދު މިދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންވާނެއެވެ. އިރާދަ ކުރެއްވިއްޔާ އަހަރެން ގެ ގުމްރީ ފަދައިން މިދަރިފުޅަށްޓަކައި މުޅި ޢުމުރަށްވެސް ޤުރުބާން ވާނެމެވެ. މިއީ އަހަރެމެންގެ ލޯބީގެ ނިޝާނެވެ. ރަމްޒެވެ. ނަމަވެސް އަހަރެންނަކަށް އަލުން ދެނެއް އެ ގުމްރީއެއް ނުލިބޭނެއެވެ. އެ ގުމްރީ މިއަދު މިވަނީ އަހަރެންގެ މުށުތެރެއިން ދޫވެ އަހަރެންގެ ބާރު ނުފޯރާ ހިސާބަށް ގޮސްފައެވެ.

މުށުންދޫވި ގުމްރީވިފަދަ އަލިޤަމަރް         ދުށުންއެދެމެ އަދި ސާފުކޮށް އެއްފަހަރު

ކުށެއް ވެވުނު ކުށްތައް ކުރައްވައި މަޢާފު     ފުށުންއަޅުގެ ނުދަނިސް ފަނާވެވި ޢުމުރު

………………………..

The post ވާހަކަ: މުށުންދޫވި ގުމްރީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/48133/feed/ 0
ވާހަކަ: ގަސްފީނި http://www.eydhafushitimes.com/live/entertainment/47713/ http://www.eydhafushitimes.com/live/entertainment/47713/#respond Fri, 19 Jul 2019 03:55:30 +0000 http://www.eydhafushitimes.com/live/?p=47713

އެކުވެރިކަމާއި އެއްބައިވަންތަކަން ނެތިއްޖެނަމަ މިފަދަ ގޮތެއްވެސްވުން އެކަށީގެންވެއެވެ. އެކުވެރިކަމަކީ ގަދަ ފަދަ ބާރެކެވެ. ވަކިވެ ގަތުމަކީ ނިކަމެތިކަމެއްކަން މިވާހަކައިން ދޭހަކޮށްދޭނެއެވެ. އަދި ބިރުވެރިކަމެއް ދިމާވާ ހިނދު ﷲ އަށް ބިރުވެތިވެ، ހަމްދުކުރުން ހުއްޓެވެ. މިއީ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީވެސް އަސްލެއް ނޫނެވެ. ތުވަރު ފުއްޓަކީ، ނާމާން ފަޅު ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ މީހުންގެ ތުންތުންމަތިން ދެކެވެމުން އަންނަ ރަށެކެވެ. ނަމަވެސް މިރަށާއި ބެހޭ މާބޮޑު ހަނޤީޤަތެއް ގިނަ މީހުންނަކަށް ނޭގެއެވެ. ގިނަ ފަހަރަށް ...

The post ވާހަކަ: ގަސްފީނި appeared first on Eydhafushi Times.

]]>

އެކުވެރިކަމާއި އެއްބައިވަންތަކަން ނެތިއްޖެނަމަ މިފަދަ ގޮތެއްވެސްވުން އެކަށީގެންވެއެވެ. އެކުވެރިކަމަކީ ގަދަ ފަދަ ބާރެކެވެ. ވަކިވެ ގަތުމަކީ ނިކަމެތިކަމެއްކަން މިވާހަކައިން ދޭހަކޮށްދޭނެއެވެ. އަދި ބިރުވެރިކަމެއް ދިމާވާ ހިނދު ﷲ އަށް ބިރުވެތިވެ، ހަމްދުކުރުން ހުއްޓެވެ.

މިއީ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީވެސް އަސްލެއް ނޫނެވެ.

ތުވަރު ފުއްޓަކީ، ނާމާން ފަޅު ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ މީހުންގެ ތުންތުންމަތިން ދެކެވެމުން އަންނަ ރަށެކެވެ. ނަމަވެސް މިރަށާއި ބެހޭ މާބޮޑު ހަނޤީޤަތެއް ގިނަ މީހުންނަކަށް ނޭގެއެވެ. ގިނަ ފަހަރަށް ބިރުވެރި ހާދިޝާތައް ހިނގާފައިވަނީ ފަޅުރަށަކަށް ބަޔަކުގޮސް އުޅޭ އުޅުމުގައި އެބައެއްގެ ތެރޭގައި ޖެހޭ މައްސަލަ ގަނޑަކުން ޓީމް ބައިބައިވެ، ޖިންނި ސައިތާނުންގެ ވަސްވާސް ބައެއްގެ ބޮލުތެރެއަށް ވަންނަ ހިސާބުންނެވެ. 

އެއްދުވަހަކު ސިފައިންގެ އިސްވެރިންގެ މަޝްވަރާއަކަށްފަހު ތުވަރުފުއްޓަށް ސިފައިންގެ ތަމްރީނުތަކަށް ޒަމާނީފެންވަރަކަށް ތައްޔާރުކުރުމަށް ނިންމިއެވެ. އެގޮތުން އެރަށް ސާފުކޮށް ބެލެހެއްޓުމަށް 5 މީހުންގެ ޓީމެއް ސިފައިންގެއިން އެކުލަވާލިއެވެ. އެޓީމްގެ ކޮމާންޑަރެއްގެ ގޮތުގައި ސަރޖަންޓް އަލީ ރަޝީދު ހަމަޖެއްސިއެވެ. ޓީމްގެ މެމްބަރުންގެ ގޮތުގައި ކޯޕްރަލް ފާއިޒު މުހައްމަދު، ޕްރައިވެޓް އަޙްމަދު ފިރާޒު، ޕްރައިވެޓް އިބްރާހިމް ފަޔާޒް، އަދި ޕްރައިވެޓް ޝިނާން އަލީ ހަމަޖެއްސިއެވެ. އެގޮތުން ޖެހިގެން އައި ދުވަހު ސިފައިންގެ ކޮމާންޑަރ މިޓީމާ ބައްދަލުކޮށް ކަންތައްތައް ކުރަންވީގޮތް ކިޔައިދިނެވެ. އަދި ރަށުތެރެ ސާފުކޮށް 02 މަސްދުވަހުގެތެރޭގައި ނިންމަން ޖެހޭނެކަމަށް އެންގައި ފުރަން ތައްޔާރުވެގެން ޕެކް ހިފައިގެން މާދަމާ ހެނދުނު ތައްޔާރުވެގެން އަންނަން މި ޓީމަށް އެންގިއެވެ.

ޖެހިގެން އައި ދުވަހެވެ. މިޓީމް އެރަށަށް ފުރައިގެން ދިޔައެވެ. ޓީމް އެރަށަށް ފޭބުމުން ލޯންޗް އެނބުރި ދިޔައެވެ. އަދި މިޓީމްގެ ކޮމާންޑަރ ސަރޖަންޓް އަލީ ރަޝީދު އާއިއެކު ރަށުތެރެއަށް ދިއުމަށްފަހު އިރުއޮއްސެންވާއިރަށް ޓެންޓްއެޅުމުގެ މަސައްކަތްފެށިއެވެ. އޭރު މިމީހުންގެ އަތުގައި ކޮންމެވެސް ވަރަކަށް ކާބޯތަކެއްޗާއި ބޯފެން ހުއްޓެވެ. އެހެންކަމުން ވަލުތެރެއިން ޓެންޓްއެޅުމަށްޓަކައި ވަކަ އާއި ދަނޑި ކެނޑުމަށްފަހު ޓެންޓް އެޅުމުގައި އެންމެން ހަރަކާތްތެރިވާންފެށިއެވެ.

އިރުއޮއްސެންވާއިރަށް ޓެންޓް އަޅާ ނިމި،  އަރާމުކުރުމަށްޓަކައި ހުރިހާ އެންމެން ޓެންޓްތެރޭގައި ޖައްސާލިއެވެ. އަދި މިރަށް ސާފުކުރަން މާދަމާ ހެނދުނު ފަށަންވާނެކަމަށް ކޮމާންޑަރ ރަޝީދު އެންގުމުން ކޯޕްރަލް ފާއިޒް މިކަމާ ކޮންމެވެސް ވަރަކަށް ދެކޮޅު ހެދިއެވެ. އޭނާ ބޭނުންވަނީ މާދަމާ ރެސްޓްކޮށްލާފަ ޖެހިގެން އަންނަ ދުވަހު މަސައްކަތް ފެށުމަށެވެ. ފާއިޒު މިހެން ބުނުމުން ލަސްނުކޮށް މަސައްކަތްފަށަން ވީކަމަށް ޝިނާން ބުންޏެވެ. އަދި މިރަށަކީ ޖަންގަލި ބޯ ރަށަކަށްވެފައި މިރަށުގެ ކަންތައްތައް އެހާ ރަނގަޅަށް ނޭގޭކަމަށް ހިތާދެކޮޅަށް ނަމަވެސް ޝިނާން ބުންޏެވެ. ކަންމިހެންހުރިނަމަވެސް ކޮމާންޑަރުގެ އެންގުމަށް މާދަމާ މަސައްކަތްފެށުމަށް އަޒުމް ކަނޑަޅަައަޅައި ހުރިހާ އެންމެން ނިދައިފިއެވެ.

ކުއްލިއަކަށް ވަރަށް ބާރަށް ކުއްޖަކު ރޯއަޑު ޝިނާން އަށް އިވުނެވެ. އަދި ސިއްސައިގެންގޮސް ހޭލެވުނެވެ. ކޮޅުކޮޅު މަތި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށެއް ނެތެވެ. އެހެންކަމުން މީ ކުންހީއެއްކަމަށް ހީކޮށް އެއްވެސް މީހަކަށް ނާންގައި އަރާމު ނިދުމުގެތެރެއަށް ޝިނާން ގެނބިގަތެވެ.

ޝިނާން.ޝިނާން. އަނެއްކާވެސް ޝިނާނަށް މިއަޑު ތަކުރާރުކޮށް އިވިއްޖެއެވެ. މިފަހަރު ގޮވީ ޝިނާންގެ ނަމުންނެވެ. ކުއްލިއަކަށް ޝިނާންއަށް ހޭލެވުނުނެވެ. އަދި ދެލޯ ބޮޑުކޮށްލާފަ ފަރާތްފަރާތަށް ނަޒަރު ހިންގާލިއެވެ.

ކާކު.ކާކު.. ރައްދުގައި ޝިނާން މިހެން ބުނިނަމަވެސް ޖަވާބެއް ނުލިބުނެވެ. އޭރު އެހެން އެންމެން ތިބީ ގަދަ ނިދީގައެވެ. މިއީ ޝިނާނަށް ހީވިގޮތެއްކަމަށް ޝިނާން ހިތާހިތާ ކިޔާލެވުނެވެ. އަދި މިވާހަކަ އެހެން މީހަކަށް ނާންގައި ސިއްރުކުރަން ޝިނާން ނިންމިއެވެ. ސަބަބަކީ އެހެން މީހަކަށް އެނގިއްޖެނަމަ އެމީހުންގެ ތެރޭގައި އިތުރު ބިރުވެރިކަމެއް އުފެދި މަސައްކަތަށް ބުރޫ އަރާފާނެތީއެވެ. ކޮމާންޑަރ އަލީ ރަޝީދަކީ މިކަހަލަ އެއްވެސްކަމަކަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހަކަށްވެފައި ކޯޕްރަލް ފާއިޒުގެ އެހުންނަ ރުޅިވެރިކަމާ ހަސަދަވެރިކަމަކީ ދަށުގައި ތިބޭ އެހެން ކުދިންނަށް ވޭނަކަށް ވެދާނެކަމަށް ހީކޮށްފައެވެ. މިހެން ހީކޮށް އަނެއްކާވެސް ޝިނާން ނިދަން އޮށޯތެވެ.

ފަތިހުގެ އިރު ފަޅުވެއްޖެއެވެ. އެންމެ ފުރަތަމަވެސް ހޭލެވުނީ ޝިނާން އަށެވެ. ހޭލެވުމާއެކު ހުރިހާ އެންމެނަށް ގޮވައި ސައިބޮއެގެން މަސައްކަތްފެށުމަށް ތެދުވުމަށް ބުންޏެވެ. ހެނދުނުގެ ނާސްތާ ނިމުމާއެކު ގްރޫޕް ލީޑަރ އަލީ ރަޝީދުގެ އޯޑަރަށް ރަށުގެ އިރުމަތިކޮޅުން މަސައްކަތް ފެށުމަށް ނިންމިއެވެ. އެއީ ރަށުގެ ހުޅަނގުފަރާތާއި ހިލާފަށް އިރުމަތި ފަރާތަކީ މިރަށުގެ އެންމެ ގަސްބޯ ހިސާބަށް ވުމާއެކު މަސައްފަށާއިރު މިސަރަހައްދު ފުރަތަމަ ސާފް ކުރެވިއްޖެނަމަ މަސައްކަތަށް އަވަސް ވެދާނެކަމަށް ހީކޮށެވެ. މިގޮތުން މި ފަސް މީހުން އެކުގައި ވަލުތެރެއަށްވަދެ ގަސްތައް ކަނޑަށް ފެށިއެވެ. މިގޮތުގައި މިދުވަސް އެއްކޮށް ވޭތުކުރުމަށްފަހު އިރުއޮއްސުމުން އެނބުރި ޓެންޓަށް ދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. ކުރިން ދުވަހެކޭ އެއްގޮތަށް މަސައްކަތަށް ނިކުތެވެ. ނަމަވެސް މިއަދު ކޮމާންޑަރ އަލީ ރަޝީދު މާބޮޑަށް މަސައްކަތް ކުރުމުގައި ގަޔާވެގެނެއް ނޫޅެއެވެ. މިކަމާ ކޯޕްރަލް ފާއިޒް ވަރަށް ރުޅި ގަދަވެއްޖެއެވެ. ކޮމާންޑަރެއްކަމުވިޔަސް އެންމެން އެކީ މަސައްކަތްކޮށްގެން ނޫނީ މިކަން ނުނިންމޭނެކަމަށް ބުނަމުން ދިޔައެވެ. އަދި ކޮމާންޑަރ މަސައްކަތް ނުކުރާނަމަ އޭނާވެސް ކެރަވަޅު ޖައްސާނެކަމަށް ބުންޏެވެ. މިޝަކުވާތަކާއެކުގަވެސް މިމީހުންގެ ދަށުގައި މަސައްކަތްކުރާ 3 ޕްރައިވެޓުން ގެތެރެއިން ޝިނާން ފިޔަވައި ދެންތިބި ދެ ޕްރައިވެޓުންވެސް ޤަޔާނުވެ މަސައްކަތްކުރާތަން ފެނިގެން ދިޔައެވެ. އޭރު ކޮމާންޑަރ އަލީ ރަޝީދު ދުރުގައި އޮޝޯވެލައިގެން ފޯނަކަށް ގެއްލިފައިއޮތެވެ. މިކަމާ ކޯޕްރަލް ފާއިޒް އިހުނަށްވުރެ ރުޅިގަދަވެ ޓީމް ބައިބައިވެއްޖެއެވެ. 3 ޕްރައިވެޓުންވެސް ރެސްޓްގައި މަޑުޖެހިލައިގެން ތިއްބެވެ. ނަމަވެސް ރުޅިގަދަވެފައިހުރި ފާއިޒް ވަލުގެ ޖަންގަލިބޯ ސަރަހައްދަށް މަޑުމަޑުން ހިނގައިގަތެވެ.

ކުއްލިއަކަށް ފާއިޒުއަށް ފެނުނީ ވަރަށް ރީތިކޮށް ހެދިފައިހުރި ދިގު ގަސްތަކެކެވެ. ރަށުގެ މަލަމަތިންވެސް ފެންނަން ހުންނަނީ މިގަސްތަކެވެ. އެހެންކަމުން ފާއިޒް ބޭނުންވީ މިއިން އެއްގަސް ކަނޑާލާށެވެ. މިހެން ހިތާ ގަހުގައި ފުރޯއިން ޖެހުމަށްފަހު ގަސް ބިންމައްޗަށް ވައްޓާލިއެވެ. އެހިނދު ފާއިޒުގެ މޭގައި ހީވީ މީހަކު ވަރަށް ބާރަށް އެއްޗަކުން ޖެހި ހެނެވެ. މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. ކުއްލިއަކަށް ފާއިޒުގެ ކުރިމަތިން ފެނިގެން ދިޔައީ ކަޅު ބިޔަ މީހެކެވެ. ރަނގަޅަށް ސިފަ ވަކުކުރަން ނޭގުނަސް އެމީހާގެ ލޯ ރަތެވެ. އެމީހާ ވަރަށް ހުތުރުގޮތަކަށް ފާއިޒުއާއި ދިމާލަށް ބަލާލުމަށްފަހު ގެއްލުނެވެ. އެވަގުތު ފާއިޒު ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. މިއަޑު މުޅި ރަށުތެރެއަށް ގުގުމާލި ކަހަލައެވެ. މިއަޑު އިވުމާއެކު އެއީ މީހެއްގެ ހަޅޭކުގެ އަޑުކަން ޝިނާން އަށް ހީވިއެވެ. އަދި ކަމެއް ގޯސްވެއްޖެކަމާއި، ފާއިޒު ފެންނަން ނެއްކަން އިނގުނެވެ. އަދި ކޮމާންޑަރު ކައިރީ ފާއިޒު ކޮބައިތޯ ސުވާލުކުރުމުން އޭނައަށް ނޭގޭކަމަށް ބުނެ ޝިނާން އާއި ދިމާލަށް އެނާ ހޯދަން ދާށޭ ބުންޏެވެ. މިހެން ބުނުމާއެކު ޝިނާން އާއި އަނެއް ދެ ޕްރައިވެޓުން ފާއިޒް ހޯދުމަށް އަވަސްވެގަތެވެ. އަދި އެއްކަލަ ގަސްތަކާއި ދިމާލަށް ދިޔަތަނުން ޝިނާން ބިންމައްޗަށް ވެއްޓިފައިވާތަން ކުއްލިއަކަށް ޝިނާންއަށް ފެނުނެވެ. އަދި ދުވެފައިގޮސް ޝިނާން ނަގައިގަނެގެން ގެނެސް ބޮލަށް ފެންއަޅާ އޭނާ ހޭއަރުވަން މަސައްކަތް ފެށިއެވެ. ނަމަވެސް ފާއިޒު ވަނީ ހަބަރު ހުސްވެފައެވެ. މިތަން ފެނުމުން ކޮމާންޑަރ އަލީ ރަޝީދު ޝިނާން އަށް އޭނާ ޓެންޓަށް ގެންދިއުމަށް އެންގިއެވެ. އަދި އެއީ އޭނާ މާރުޅިގަދަކަމުން ވާކަމެއްކަމަށް ކޮމާންޑަރ ބުންޏެވެ. ނަމަވެސް މިކަމާ ޝިނާން އާއި އަނެއް ދެ ޕްރައިވެޓުން އިންކާރު ކުރިއެވެ. އަދި ބުންޏެވެ. މިއީ ކޮމާންޑަރުގެ ކަންނެތްކަމުން ވާކަންތައްތަކެވެ.

ފާއިޒު ނަގައިގަނެގެން ޓެންޓަށް ގެންދިޔައެވެ. ޓެންޓްގައި ބޭއްވުމަށްފަހު އޭނާ ހޭއަރުވަން މަސައްކަތްކުރަމުން ދިޔައެވެ. އިރުކޮޅެއްނުވެ ފާއިޒުގެ ހަށިގަނޑަށް ބާރު އަރަން ފެށިއެވެ. އަތްފައި ފިނިވެ، އަނގައިން ފޮނު އަންނަން ފެށިއެވެ. ފާއިޒުގަޔަށް ބާރު އަރަމުން ދިޔަވަރަކަށް ފާއިޒުގެ އަތްފައި ބުޅިވާން ފެށިއެވެ. މިހެންކަންތައްތައް ވާންފެށުމުންވެސް ފާއިޒު އެޖައްސަނީ މަސައްކަތް ނުކުރާންވެގެން ފޭކެއްކަމަށް ކޮމާންޑަރު ބުނަމުންދިޔައެވެ. ޝިނާން އާއި އަނެއް ދެ ޕްރައިވެޓުން ފާއިޒުގައި ގައި ހިފަހައްޓައިގެން ތިބި އިރު މިމީހުންނަށްވެސް ފާއިޒު ކޮންޓްރޯލް ކުރެވެނީ ކިރިޔަ ކިރިޔާއެވެ.

މިގޮތުގައި 20 ވަރަކަށް މިނެޓް ވުމަށްފަހު ފާއިޒު ހޭވެރިކަން ވެއްޖެއެވެ. ވެދިޔަ ކަންތަކާއި ބެހޭގޮތުން ޝިނާން ފާއިޒުއާއި ސުވާލުކުރިއެވެ. ގްރޫޕްތެރޭގައި އިތުރު ބިރުވެރިކަމެއް ހިނގާފާނެކަމަށްބަލާ ފާއިޒު ވާހަކަ ބަދަލުކޮށްލިއެވެ. އަދި ފާޑަކަށްހުރެ އެއީ އަހަރެން ޖެއްސި ގޭމެކޭ ބުންޏެވެ. މިކަމާ ޝިނާން ވަރަށް ރުޅިއައެވެ. އަދި ފާއިޒުއާއި ދިމާލަށް ވަރަށް އެއްޗެހި ކިއެވެ. ދެން ފާއިޒުއަށް ތިޔަކަހަލަ ކަމެއް ވެއްޖެނަމަ އަހަރެމެން އަޅާވެސް ނުލާނަމޭ ޓީމްގެ އެހެން މެމްބަރުން ބުނަމުންދިޔައެވެ. އޭރު އިރުއޮއްސުމަށް ކުޑަތަން ވަނީ އެވެ. އެހެންކަމުން މިޓީމް ބޭނުންވީ މޫދަށް އެރިލާ ފެންވަރާލައިގެން އަރާމުކޮށްލާށެވެ. (ނުނިމޭ)

The post ވާހަކަ: ގަސްފީނި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/47713/feed/ 0
“މާމުއި” ޖުލައި 13ގައި އޭދަފުއްޓަށް http://www.eydhafushitimes.com/live/entertainment/47608/ http://www.eydhafushitimes.com/live/entertainment/47608/#respond Mon, 08 Jul 2019 03:49:25 +0000 http://www.eydhafushitimes.com/live/?p=47608

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމު “މާމުއި” ޖޫން 13ވަނަ ދުވަހުގެރޭ އޭދަފުށީގައި އަޅުވަން ނިންމައިފި އެވެ. މި ފިލްމަކީ އަލީ (ޗިއްޕެ) ޝިފާއުގެ ޑައިރެކްޝަނެކެވެ. ކޮމެޑީ ފިލްމު “މާމުއި” އަކީ މިދިޔަ އަހަރު ގެނެސް ދިން “ވަކިން ލޯބިން” އަށް ފަހު ޗިއްޕެ ގެނެސްދޭ ފުރަތަމަ ފިލްމެވެ. މީގެ މުހިއްމު ކާސްޓުންނަކީ ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އިސްމާއީލް (ޖުމާ) ޖުމައިހް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަބްދުﷲ (ފުބޫ) ޝާފިއު، މަރިޔަމް (މަޖޫ) މަޖުދާ، ...

The post “މާމުއި” ޖުލައި 13ގައި އޭދަފުއްޓަށް appeared first on Eydhafushi Times.

]]>

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމު “މާމުއި” ޖޫން 13ވަނަ ދުވަހުގެރޭ އޭދަފުށީގައި އަޅުވަން ނިންމައިފި އެވެ.

މި ފިލްމަކީ އަލީ (ޗިއްޕެ) ޝިފާއުގެ ޑައިރެކްޝަނެކެވެ. ކޮމެޑީ ފިލްމު “މާމުއި” އަކީ މިދިޔަ އަހަރު ގެނެސް ދިން “ވަކިން ލޯބިން” އަށް ފަހު ޗިއްޕެ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މީގެ މުހިއްމު ކާސްޓުންނަކީ ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އިސްމާއީލް (ޖުމާ) ޖުމައިހް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަބްދުﷲ (ފުބޫ) ޝާފިއު، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް އަދި އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރެވެ.

އަންނަ ހޮނިހިރު ދުވަހު ފިލްމު އޭދަފުށީގައި އަޅުވަން ނިންމި އިރު، ފިލްމުގެ ޓިކެޓް ދަ ބިގިނާސް އިން މިހާރު އަންނަނީ ބުކްކޮށް ދެމުންނެވެ. ހޮޓްލައިނަކީ 7904426 އެވެ.

The post “މާމުއި” ޖުލައި 13ގައި އޭދަފުއްޓަށް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/47608/feed/ 0
ދޮންބައްޕަގެ ޖިންސީ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު މަރާލުމަށްފަހު ގިފިލި ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު ވާހަކަ http://www.eydhafushitimes.com/live/entertainment/47551/ http://www.eydhafushitimes.com/live/entertainment/47551/#respond Fri, 05 Jul 2019 09:00:54 +0000 http://www.eydhafushitimes.com/live/?p=47551

މިއީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކިޔުންތެރިން މިފަދަ ހާދިޘާތަކުން އިބްރަތެއް ހާޞިލްކުރުމުގެ ހެޔޮ ނިޔަތުގައި ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. އެންމެންގެ މަސްލަހަތަށްޓަކައި މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަން ވާނީ ސިއްރު ކުރެވިފައެވެ.  އަޅުގަނޑަކީ މާލޭގައި ވަރަށް ވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަޅުގަނޑުގެ މަންމަގެ 07 ދަރިން ތިބެއެވެ. އަޅުގަނޑަކީ މަންމަގެ އެންމެ ދޮށީ އަންހެން ދަރިއެވެ. ކައިވެނިން ބޭރުން ...

The post ދޮންބައްޕަގެ ޖިންސީ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު މަރާލުމަށްފަހު ގިފިލި ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު ވާހަކަ appeared first on Eydhafushi Times.

]]>

މިއީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކިޔުންތެރިން މިފަދަ ހާދިޘާތަކުން އިބްރަތެއް ހާޞިލްކުރުމުގެ ހެޔޮ ނިޔަތުގައި ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. އެންމެންގެ މަސްލަހަތަށްޓަކައި މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަން ވާނީ ސިއްރު ކުރެވިފައެވެ. 

އަޅުގަނޑަކީ މާލޭގައި ވަރަށް ވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަޅުގަނޑުގެ މަންމަގެ 07 ދަރިން ތިބެއެވެ. އަޅުގަނޑަކީ މަންމަގެ އެންމެ ދޮށީ އަންހެން ދަރިއެވެ. ކައިވެނިން ބޭރުން ލިބުނު ކުއްޖާއެވެ. އަޅުގަނޑުގެ އުމުރުން 13 ގައި މަންމަ ދިރިއުޅެނީ އަޅުގަނޑާއެކު އަޅުގަނޑުގެ ހަގަށްތިބި 04 ކުދިން ގޮވައިގެން އެންމެ ކޮޓަރި އެއްގެ ތެރޭގައި ވަރަށް ވެސް ދަތިހާލުގައެވެ. 07 ކުދިން ތެރެއިން ދޮށީ ދެ ފިރިހެން ކުދިން އުޅެނީ މަންމައާ ދުރުގައެވެ. އަޅުގަނޑާއެކު 05 ކުދިން ބަލަމުން އަންނަނީ މަންމަގެ ފިރިމީހާ އަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށްގެންނެވެ. މަންމަ މިހާރު ކައިވެނިކޮށްގެން އުޅޭ އަލީ ( ދޮންބައްޕަ) އާއި ކައިވެނި ކުުރުމުގެ ކުރިން ތިންވަނަ ކައިވެންޏަށް ލިބިފައިވާ 02 ކުދިންނަށް އެކުދިންގެ ބައްޕަ ޙަރަދެއް ނުކުރެއެވެ. ޚަރަދު ނުުކުރުމުން އެކުދިންގެ ބައްޕަ އާއި އެކުދިން ހަވާލުކުރިއެވެ. ހަވާލުކުރުމުން ވެސް ބައްޕަ އެކުދިން ނުބަލާ އެހެން ބަޔަކާއި ހަވާލުކުރިއެވެ. މިހެންވުމުން މަންމަ ވަނީ އެ 02 ކުދިން ލޯ އެންޑް ޖެންޑާ އަށް ހަވާލުކޮށްފައެވެ.  އޭގެ ފަހުން މަންމަ ދޮންބައްޕަ އާއި ކައިވެނި  ކުރުމަށްފަހު 2005 ވަނަ އަހަރުގެ މެދުތެރޭގައި މަންމަ ވަނީ ލޯ އެންޑް ޖެންޑާ އާއި ގުޅިގެން އެކުދިން އަބުރާ މަންމަގެ ކައިރިއަށް ބަދަލުކޮށްފައެވެ. މަންމަ ޤަބޫލުކުރާގޮތުގައި ދޮންބައްޕައަކީ ސިކުނޑީގެ އުނިކަމެއް ހުންނަމީހެކެވެ.

ދޮންބައްޕަ އަކީ ޓެކްސީ ޑްރައިވަރެއްކަމުން މިނޫން އިތުރު އާމްދަނީއެއް މަންމައަކަށް ނުލިބެއެވެ. މަންމަގެ ހާލަތު ހުރިގޮތުން މަންމަގެ ކުރީގެ ފިރިމީހާ ކޮންމެ ދުވަހަކު 100 ރުފިޔާ ގޭގެ ކަންކަންކުރުމަށް ދީހަދައެވެ. އަދި މިއާދައިގެ ދިރިއުޅެމުން ވެސް އެންމެ ހަގު ކުއްޖާ ފިޔަވާ ހުރިހާ ކުދިން ސްކޫލަށް ބަރާބަރަށް ގެންގޮސްހަދައެވެ. މިހުރިހާ ކުދިން ވެސް ސްކޫލަށް ގެންގޮސް ހަދަނީ މަންމައެވެ. ގޭގެ ފެންބިލް ނުދެއްކި އުޅޭތާ މަސް ދުވަސް ވެގެން ދާއިރުވެސް ދެއްކޭނެހާ މާލީ ދަނަވަސްކަމެއް މަންމަގެ ކިބައިގައި ނެތެވެ. ގިނަ ފަހަރަށް ލާރިއެއް ދިއްކޮށްލަނީވެސް މަންމަގެ ގާތް ރައްޓެއްސެކެވެ. އަޅުގަނޑުމެން ގެއަށް ބޭނުންވާ ފެން ގެން ގޮސް ހަދަނީ ގޭކައިރިގަ ހުންނަ މިސްކިތުންނެވެ. މަންމަ ބަލިވެއްޖިއްޔާ ގޭތެރެ ސާފުތާހިރުކޮށް ބަލަހައްޓާނެ އިތުރު މީހަކު ގޭގައި ނުހުރެއެވެ. މި މަސައްކަތްވެސް ކުރަނީ ގިނަ ފަހަރަށް އަޅުގަނޑެވެ. މިކަންމިހެން އޮތްއިރު ވެސް ފަހަކަށްއައިސް ދޮންބައްޕަ އެއްވެސް ވަޒީފާ އަކަށް ނުދެއވެ. ޓެކްސީ ކުރުންވެސް ހުއްޓާލިއެވެ.

މިގޮތުގައި ދުވަސްތެކެއް ފާއިތުވަމުން ގޮސް 2012 ވަނަ އަހަރު މާރިޗް މަހަށް ފެށިއްޖެއެވެ.   އެއްދުވަހަކު ދޮންބައްޕަ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެއްދިޔައެވެ. އެކަމަކު ދޮންބައްޕަ އަކީ ދުވަަހަކުވެސް އެކަހަލަ ކަމެއްކުރި މީހެއްކަމަކަށް މަންމަ ޤަބޫލެއްނުކުރެއެވެ. އަނެއްކާވެސް އިތުރު ވާހަކަ އެއް މަންމަގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއީ ދޮންބައްޕަގެ އެއްބަޑު އެއްބަފާ ބޭޭބެ ދައްކަމުން ދިޔަ ވާހަކައެވެ. އޭރު ދޮންބައްޕަ އަޅުގަނޑަށް ޖިންސީ ފުރައްސާރަ ކުރަމުންދެއވެ. މަންމައަށް އިވުުނު ވާހަކައަކީ ދޮންބައްޕަ އަޅުގަނޑާ ބެހޭ ވާހަކައެވެ. އަދި މަންމަ އަޅުގަނޑުގާތު މިވާހަކަތައް އެހުމުން އަޅުގަނޑު ވަރަށް ދެރަވެފައި ދޮންބައްޕަ ޖިންސީ ގޯނާ ކުރާވާހަކަ ބުނީމެވެ. އެކަމަކު ދޮންބައްޕަ އެއީ ދުވަހަކުވެސް އެފަދަ ކަމެއް ކޮށްފާނެ މީހެއް ކަމަކަށް މަންމަ ޤަބޫލެއް ނުކުރިއެވެ. އަދި އެވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުދެއްކުމަށް މަންމަ އެދުނެވެ.  މަންމަ މިކަން ޤަބޫލު ނުކުރުމުން ދޮންބައްޕައަށް އެދުވަހު ލިބުނީ އިތުރު ހިތްވަރެކެވެ. އެދުވަހުން ފެށިގެން ދޮންބައްޕަގެ އަނިޔާތައް އިތުރަށް ބޮޑުވިއެވެ. މަންމަ ގޭގައި ނޫޅޭ ވަގުތުތައް ބަލާފައި އަޅުގަނޑާމެދު ގަދަކަމުން ޖިންސީ ގޯނާތައް ކުރަމުންދިޔައެވެ. އަދި ޖިސްމާނީ ވަރަށް ގިނަ އަނިޔާތަށްވެސް ކުރަމުން ދިޔައެވެ.  

ދުވަސްތައް މާޒީވެ ދެއެވެ. އެއްދުވަހަކު، ދޮންބައްޕަ އަޅުގަނޑާ ގަދަކަމުން ބަދުއަޙްލާޤީ އަމަލު ހިންގަމުންދާކަމުގެ ވާހަކަ ދޮންބައްޕަގެ އާއިލާ މީހެއްގެ ފަރާތުން މަންމައަށް އެނގުނެވެ. ނަމަވެސް މަންމަ ދިޔައީ ދޮންބައްޕަގެ ދިފާއުގައި މިކަން ދޮގުކުރަމުންނެވެ. މަންމަ ބުނަމުން ދިޔައީ ދޮންބައްޕަގެ އާއިލާއިން މަންމަ ދޮންބައްޕައާއި އިނދެގެން ދޮންބައްޕަގެ ގޭގައި އުޅޭތީ އެކަމާ ހިންހަމަނުޖެހިގެން އެމީހުން ހަދައިގެން ދައްކާ ވާހަކަ އެއްކަމުގައެވެ. އަދި ދޮންބައްޕައަކީ ސިކުނޑީގެ މައްސަލަ އުޅޭ މީހެއްކަމަށް މަންމަ ބުންޏެވެ. މަންމަ އަބަދުވެސް ދިޔައީ ދޮންބައްޕަގެ ވާހަކަތައް ޤަބޫލުކުރަމުންނެވެ. މިހުރިހާ ކަމެއް ވެގެން ދާއިރު ވެސް މަންމަ ޤަބޫލުކުރާ ގޮތުގައި މަންމަގެ އެއްވެސް އިހުމާލެއް ނެތެވެ.

އޭގެ ދެ އަހަރު ފަހެވެ. އަޅުގަނޑުގެ ދޮންބައްޕަގެ ފަރާތުން އަޅުގަނޑަށް ޖިންސީ އަނިޔާ ލިބެމުންދާކަން މަންމައަށް މިފަހަރު ޤަބޫލުކުރެވިއްޖެއެވެ. އެއީ އަޅުގަނޑު ދޮންބައްޕަގެ ދަރިއަކަށް ބަލިވެ އިންކަން އެނގުމުންނެވެ. ނަމަވެސް މީހުންނަށް މިކަން އެނގިދާނެތީ އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް މިކަން އެނގުނަ ދީގެން ނުވާނެކަމަށް ބުނެ މަންމަ އަޅުގަނޑަށް އިންޒާރު ދިނެވެ. އަދި ހާލަތު ހުރިގޮތުން ލާރި ނެތުމުން ދަރިފުޅު ވައްޓާ ނުލެވޭނެކަމަށް ބުންޏެވެ. މިވާހަކަތައް ދޮންބައްޕައަށް މަންމަ ކިޔައިދިނެވެ.  ދޮންބައްޕައަށް މި ހަބަރު ލިބުމާއެކު މާލަސްތަކެއް ނުވެ،  ގެއިން ބޭރަށް ނިކުމެ އުޅުން ދޮންބަޕަ އަޅުގަނޑަށް އެއްކޮށް މަނާކުރިއެވެ. އަދި އަނިޔާކުރަން ފެށިއެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. އަޅުގަނޑު ބަނޑުގައި ރިއްސާވަރުން ކެތް ނުކުރެވިގެން ކޮޓަރީގައި އޮވެ މަންމައަށް ގޮވީމެވެ. އެވަގުތު ދޮންބައްޕަ ކޮޓަރި ދޮރުމަތީގައި ހުރިތަން ފެނުނެވެ. ދެން ވީގޮތެއް އަޅުގަނޑަކަށް ނޭގެއެވެ. އަޅުގަނޑަށް ހޭވެރިކަން ވީއިރު އަޅުގަނޑު އޮތީ ވިހައިގެންނެވެ. ކައިރީގައި ހުރި އެދެއްގައި ވިހޭ ދަރިފުޅު ލެއާއެކު ބާއްވާފައި އޮތެވެ. ރޯއަޑު އިވެއެވެ. އެވަގުތު މަންމަ އަޅުގަނޑުގެ އަތުގައި ހިފައި ނަގައިގެން ގޮސް ފާހާނާތެރެއަށް ވެއްދިއެވެ. އަދި ބަނޑުގައި އޮތް މަސް ބޭރުކޮށްލުމަށްފަހު އަޅުގަނޑު ތާހިރުކޮށްގެ ކޮޓަރިއަށް ވެއްދިއެވެ. އެވަގުތު އަޅުގަނޑު އެދާ ދިމާލަށް ބަލާލީމެވެ. އޭރު އަޅުގަނޑު ވިހޭ ދަރިފުޅުގެ ނިޝާންވެސް ކޮޓަރި ތެރެއިން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ދަރިފުޅާ ބެހޭގޮތުން މަންމަ އާއި ދޮންބައްޕަ އާއި އެއްވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަޅުގަނޑުގެ ގަޔަކުނެތެވެ. ފާހާނާއިން ނިކުމެ ކޮޓަރިއަށް ވަތްއިރު ، ކޮޓަރި ތަރުފާލު މަތީގަ އާއި އަޅުގަނޑު އޮށޯވެގެން އޮތް ގޮދަނޑީގައި ވަރަށް ބޮޑަށް ލޭހޭކިފައި ހުރިތަން ފެނުނެވެ. އަޅުގަނޑަށް އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރެވުނީ ވެފައި ހުރި ވަރުބަލިކަމުންނެވެ. އަދި ކޮޓަރިތެރެއަށްވަދެ އޮށޯއޮތުމާއެކު އަޅުގަނޑަށް ނިދިއްޖެއެވެ. ހޭލެވުނީ ކުއްލިޔަކަށް ބަޔަކު މީހުން ގެއަށްވަދެ ވާހަކަ ދައްކާ އަޑަށެވެ. އެވަގުތު އެއީ ފުލުހުންކަން އެނގުނެވެ. އެމީހުން އަޅުގަނޑު ގޮވައިގެން ދިޔައީ ރަށުގެ ސިއްހީ މަރުކަޒަށެވެ. އޭރު އެތަނަށް ވަނީ ރަށުގެ މީހުން އެއްވެފައެވެ. އެތަނުގައި އެއްވެފައިތިބި ރަށު މީހުން ދައްކާ ވާހަކަތައް ސާފުކޮށް އަޅުގަނޑަށް އިވެއެވެ. މި ވާހަކަތަކުގެތެރެއިން ފުރޭނިގެން އައި އަޑެއް އަޅުގަނޑުގެ ކަންފަތުގައި ޖެހުނެވެ. އަޅުގަނޑު ވިހޭ ދަރިފުޅު މަރާލުމަށްފަހު ގޭގެ ގިފިލިތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެކަމަށް މީހަކު ބުނި އަޑެވެ.  އެހެންނަމަވެސް އަޅުގަނޑަށް އަޅުގަނޑު ވިހޭ ދަރިފުޅަށް ހެދީ ކިހިނެއްކަމެއްވެސް ނޭގެއެވެ. އަދި އެ ދަރިފުޅު ގިފިލިތެރޭގައި ވަޅުލީ ކާކުކަމެއްވެސް ނޭގެއެވެ. އެދުވަހު އަޅުގަނޑަށް ލިބުނު އެދަރިފުޅަކީ އަޅުގަނޑުގެ ދޮންބައްޕަގެ ދަރިއެކެވެ. އެ ދަރިފުޅަކީ އަޅުގަނޑުގެ ދޮންބައްޕަގެ ދަރިއެއްކަން އަޅުގަނޑަށް ޤަބުލުކުރެވެނީ، އަޅުގަނޑު ބަލިވެއިންކަން އެނގުނީ އަޅުގަނޑާމެދު ދޮންބައްޕަ ބަދުއަހްލާޤީ އަމަލުު ހިންގާފައިވާތީ އެވެ. އެއީ އަޅުގަނޑުގެ ހަނދާނުން ދުވަހަކުވެސް ފޮހެލެވޭނެ ދުވަސްތަކެއް ނޫނެވެ. އެ ދުވަސް ހަނދާނުން ނުފިލިއެވެ. ނުވެސް ފިލާނެއެވެ. އެއީ ހިތި މާޒީއެކެވެ.

މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނާ ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެމްބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނިކަކޮށް މުޖުތަމަޢު އިން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލެވެ. އެކުދިންގެ މުސްތަޤްބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤްބަލް ވެއްޔާލާ މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ  ބަފައިން މިފަދަ ޢަމަލުތައް ދަރިންނާއި މެދު ނުހިންގުމަށް އަޅުގަނޑުމެން ނަޞޭހަތްތެރިވަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނެމަ އެކަން ސިއްރު ނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މީހުން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ހަރުއަޑުން ގޮވާލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނިކައެކެވެ. ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. މިކަމުގެ ސަބަބުން މިދުނިޔެއިން ނިމިގެންދަނީ ކިތައް ކިތައް މަޢުސޫމް ކުދިންބާވައެވެ.

………………………………………

The post ދޮންބައްޕަގެ ޖިންސީ ޝިކާރައަކަށްވެ ލިބުނު ދަރިފުޅު މަރާލުމަށްފަހު ގިފިލި ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު ވާހަކަ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/entertainment/47551/feed/ 0