Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
ޚަބަރު – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Sat, 18 Jan 2020 06:22:29 +0000 dv hourly 1 https://wordpress.org/?v=5.0.8 އޯލެވެލް ނަތީޖާ: ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަނެއްކާވެސް ރެކޯޑް އަހަރެއް http://www.eydhafushitimes.com/live/news/98459/ http://www.eydhafushitimes.com/live/news/98459/#respond Sat, 18 Jan 2020 06:12:45 +0000 http://www.eydhafushitimes.com/live/?p=98459

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުން މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ. ފެށުނީއްސުރެ އޯލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލަށް މިއަހަރަކީ ވެސް އޯލެވެލް ނަތީޖާގައި ރެކޯޑް އަހަރެކެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން 2018 ...

The post އޯލެވެލް ނަތީޖާ: ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަނެއްކާވެސް ރެކޯޑް އަހަރެއް appeared first on Eydhafushi Times.

]]>

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުން މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

ފެށުނީއްސުރެ އޯލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލަށް މިއަހަރަކީ ވެސް އޯލެވެލް ނަތީޖާގައި ރެކޯޑް އަހަރެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން 2018 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައިވަނީ 4 ކުދިންނެވެ. އެކަމަކު މިދިޔަ އަހަރުގެ ވަގުތީ ނަތީޖާ އަށް ބަލާއިރު އެއަށްވުރެ ގިނަ ކުދިން ގަދަ ދިހައެއްގައި ހިމެނޭނެ ކަމަށް އެ ސްކޫލުން މައުލޫމާތުދެ އެވެ. އޭގެ ތެރެއިން އަށް މާއްދާ އިން އޭ ސްޓާ ހޯދައިގެން އެ ސްކޫލުގެ ދަރިވަރަކު ގަދަ ދިހައެއްގެ އެއް ވަނައިގައި ވެސް ހިމެނެ އެވެ. މިއީ އޯ ލެވެލްގެ ގަދަ 10 ހޮވަމުން މިހާރު އަންނަ އާ އުސޫލުގެ ތެރެއިން އެ ސްކޫލުގެ ކުއްޖަކު ހުރިހާ މާއްދާއިން އޭ ސްޓާ ހޯދި ފުރަތަމަ ފަހަރެވެ.

ބ. އަތޮޅު ސްކޫލުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ދަރިވަރުންނާ ބެލެނިވެރިން ހެޔޮހިތުން ބަލައިގަތުމެވެ. އަދި ޓީޗަރުންނަށް މިނިވަންކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށްވެސް އެ ސްކޫލުން ބުނެ އެވެ.

އޯލެވެލް އަށް ތައްޔާރުވުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮންމެ އަހަރަކުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

The post އޯލެވެލް ނަތީޖާ: ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަނެއްކާވެސް ރެކޯޑް އަހަރެއް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/98459/feed/ 0
ނަސްރުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް http://www.eydhafushitimes.com/live/news/98439/ http://www.eydhafushitimes.com/live/news/98439/#respond Fri, 17 Jan 2020 16:12:53 +0000 http://www.eydhafushitimes.com/live/?p=98439

ބ. އަނގަފަރު ކައިރީގައި ލޯންޗަކާއި ޑިންގީއެއްޖެހި މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ. ނަސްރުﷲ 41، ގެއްލުނުތާ މިއަދަށް 15 ދުވަސް ވީއިރު އޭނާ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެގޮތުން ކަނޑުގެ ސާފޭސް އަދިވެސް ބަލަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ. ނަސްރުﷲ ...

The post ނަސްރުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް appeared first on Eydhafushi Times.

]]>

އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ބ. އޭދަފުށީ މުސްތަރީގޭ ނަސްރުﷲ.

ބ. އަނގަފަރު ކައިރީގައި ލޯންޗަކާއި ޑިންގީއެއްޖެހި މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ.

ނަސްރުﷲ 41، ގެއްލުނުތާ މިއަދަށް 15 ދުވަސް ވީއިރު އޭނާ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެގޮތުން ކަނޑުގެ ސާފޭސް އަދިވެސް ބަލަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.

ނަސްރުﷲ ގެއްލުނު އެކްސިޑެންޓް ހިނގީ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި މުހައްމަދު ނަޒީފުއާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިމަހުގެ ދެވަނަ ދުވަހުގެ 7:10 ހާއިރު އެވެ. ނަޒީފަކީ ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ.

އެ ދެ މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމްވީ ނަޒީފަށެވެ. އޭނާގެ އަނގައިގެ މަތީ ދެ ދަތް ބިންދައިގެން ދިއުމުގެ އިތުރުން ތިރީ ތުންފަތް ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވެ އެވެ. އަދި ކަނާތު ފައި ވަރަށް ބޮޑަށް ޒަޚަމް ވެ، ކަނާތު ލޯ މަތިން ފުދޭވަރަކަށް ދުޅަވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފައި ވެ އެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ

ނަސްރުﷲ ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ފެނިފައި ވަނީ ޑިންގީއާއި އޭގެ އިންޖީނުގެ ކަވަރުފަޅިއެއް އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް ސާމާނެވެ.

ޑިންގީ ނެގީ ބ. ދޮންފަނުގެ ހުޅަނގުން ބައި މޭލު ބޭރުން ކަނޑުގެ 46 މީޓަރު އަޑިންނެވެ. ޑިންގީގެ ބައިތައް ސިފައިން ހޯދި ނަމަވެސް ނަސްރުﷲ އަދި ވެސް ނުފެނެ އެވެ.

ކުޑަ ދެ އަންހެން ކުދިންގެ ބައްޕަ ނަސްރުﷲ އުޅެނީ ދަރަވަންދޫ މީހަކާ އިނދެގެންނެވެ. މާލޭގެ ބްރައިޓް ބްރަދާސްގައި ވަޒީފާ އަދާކުރާ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ފަހަރުގެ ބޮޑު ޗުއްޓީ އަށެވެ.

The post ނަސްރުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/98439/feed/ 0
ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން http://www.eydhafushitimes.com/live/news/98433/ http://www.eydhafushitimes.com/live/news/98433/#respond Fri, 17 Jan 2020 09:09:24 +0000 http://www.eydhafushitimes.com/live/?p=98433

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ހިންގާ ގްރާސްރޫޓްސް އެކަޑަމީއަށް މިއަހަރު އެފްއޭއެމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން ބުނެފި އެވެ. ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މި ޕްރޮގްރާމު މިއަހަރު ހިންގާނީ އެފްއޭއެމްގެ ވެސް އެހީތެރިކަމާއެކު ސްކޫލާ ގުޅިގެން ވަކި ކަރިކިއުލަމެއްގެ ދަށުންނެވެ. “އޭގެ މާނައަކީ އެކުދިންނަށް ވަކި ސިސްޓަމެއްގެ ދަށުން މިފަހަރު ...

The post ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން appeared first on Eydhafushi Times.

]]>

ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ހިންގާ ގްރާސްރޫޓްސް އެކަޑަމީއަށް މިއަހަރު އެފްއޭއެމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން ބުނެފި އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މި ޕްރޮގްރާމު މިއަހަރު ހިންގާނީ އެފްއޭއެމްގެ ވެސް އެހީތެރިކަމާއެކު ސްކޫލާ ގުޅިގެން ވަކި ކަރިކިއުލަމެއްގެ ދަށުންނެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ)

“އޭގެ މާނައަކީ އެކުދިންނަށް ވަކި ސިސްޓަމެއްގެ ދަށުން މިފަހަރު ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ. ދެން ކޮންމެ މަހަކު ވެސް ޕޭރަންޓުންގެ ފީޑްބެކް ބަލާނަން އަދި ދަރިވަރުގެ ބައެއް ކަންތައްތައް ވެސް ބަލާން،” ބައްޓޭ ބުންޏެވެ.

މީގެ އިތުރުން މިއަހަރުގެ ގްރާސްރޫޓްސް ޕްރޮގްރާމުގެ ހާއްސަ އިސްކަމެއް ދޭނީ ބައްޓޭ ބުނި ގޮތުގައި ކުދިންގެ ކިޔެވުމުގެ ކަންތައްތައް ބަހައްޓަންވީ ގޮތާއި ނިދުމާއި ކެއުމުގެ ކަންތައްތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުންނެވެ.

“އެގޮތުން ކޮންމެ މަހަކު އެއްފަހަރު ނޫނީ ތިން މަހުން އެއްމަހު ކުދިންގެ ކްލާހުގައި ޓީޗަރުންނާ ބައްދަލުކޮށް ފީޑުބެކް ދޭނަން. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ބޭފުޅުން ގެނެސް ޓްރޭނިންތަކުގައިވެސް ތިންމަހު އެއްމަހު ކަހަލަ ގޮތަކަށް ބައިވެރި ކުރެވޭތޯ މިބަލަނީ،”

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

މީގެ އިތުރުން މިއަހަރު އެފްއޭމްގެ ފަރާތުން ގްރާސްރޫޓްސް ޕްރޮގްރާމަށް ކުޅިވަރު އިކްއިޕްމަންޓާއި ބޯޅަ ފަދަ ތަކެތި ފޯރުކޮށްދޭ ގޮތަށް އެފްއޭއެމުގެ ރައީސް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބައްޓޭ ބުންޏެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް އެފްއޭއެމުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަށް ޒޯނުގެ ތެރެއިން އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީސް ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެފްއޭއެމުން ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ތަރައްގީކުރަން ނިންމީ ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަމާޒުހިފައިގެންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ މިއަހަރަށް ގްރާސްރޫޓްސް އެކަޑަމީ ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިމަހު ކުރީކޮޅު ވަނީ ގްރާސްރޫޓްސް ކޯޗުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

The post ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/98433/feed/ 0
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި http://www.eydhafushitimes.com/live/news/97397/ http://www.eydhafushitimes.com/live/news/97397/#respond Thu, 16 Jan 2020 16:32:55 +0000 http://www.eydhafushitimes.com/live/?p=97397

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން މިއަދު ފަށައިފި އެވެ. އެ އިމްތިހާނުތަކުގެ ނަތީޖާ އޮންލައިންކޮށް އަދި ފެންނާނީ ސެންޓަރުތަކަށް އެކަންޏެވެ. އަދި އަންނަ ހަފްތާ އިން ފެށިގެން އިމްތިހާނުގެ ނަތީޖާ ސްލިޕް ދޫކުރަން ފަށާނެ ކަމަށް ޑީޕީއިން ބުންޏެވެ. ޑީޕީއިން ބުނި ގޮތުގައި ނަތީޖާ ރީ-ޗެކް ކުރަން ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު، އަންނަ މަހުގެ 13  ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެގޮތުން ...

The post އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި appeared first on Eydhafushi Times.

]]>

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން މިއަދު ފަށައިފި އެވެ.

އެ އިމްތިހާނުތަކުގެ ނަތީޖާ އޮންލައިންކޮށް އަދި ފެންނާނީ ސެންޓަރުތަކަށް އެކަންޏެވެ. އަދި އަންނަ ހަފްތާ އިން ފެށިގެން އިމްތިހާނުގެ ނަތީޖާ ސްލިޕް ދޫކުރަން ފަށާނެ ކަމަށް ޑީޕީއިން ބުންޏެވެ.

ޑީޕީއިން ބުނި ގޮތުގައި ނަތީޖާ ރީ-ޗެކް ކުރަން ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު، އަންނަ މަހުގެ 13  ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެގޮތުން ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކަށް އެދި ހުށަހަޅާނީ ސެންޓަރަށް ކަމަށް ވެސް ޑީޕީއީ އިން ބުންޏެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 194 ސްކޫލެއްގައި ވަނީ ބާއްވައިފަ އެވެ. ސްކޫލުތަކުން 7000 އަށްވުރެ ގިނަ ދަރިވަރުން އިމްތިހާން ހެދިއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.

ރީޗެކްކުރަން ބޭނުންވާ ދަރިވަރުންގެ ފޯމު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ރީޗެކްކުރަން ހުށަހަޅާނީ އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށެވެ. މިދިޔަ އަހަރު 5000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިހާނުގައި ވަނީ ބައިވެރިވެފަ އެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފެށިއިރު އަންނަ ހަފްތާ ތެރޭ އޭލެވެލް އިމްތިހާނުގެ ނަތީޖާ ވެސް ދޫކުރަން ފަށާނެ އެވެ.

The post އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/97397/feed/ 0
އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ http://www.eydhafushitimes.com/live/news/97310/ http://www.eydhafushitimes.com/live/news/97310/#respond Thu, 16 Jan 2020 16:14:57 +0000 http://www.eydhafushitimes.com/live/?p=97310

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ރޯލު އިތުރު ކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ވެބްސައިޓު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ތައްޔާރު ވެއްޖެ އެވެ. “ޖެންގޯ ގާލްސް މާލެ” ގެ ނަމުގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިާ މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 16 އަހަަރުން މަތީގެ އަންހެނުންނަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ “ޖެންގޯ ...

The post އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ appeared first on Eydhafushi Times.

]]>

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ރޯލު އިތުރު ކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ވެބްސައިޓު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

“ޖެންގޯ ގާލްސް މާލެ” ގެ ނަމުގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިާ މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 16 އަހަަރުން މަތީގެ އަންހެނުންނަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ “ޖެންގޯ ގާލްސް”ގެ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގެ ބައިވެރިންނަށް ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ވެބްސައިޓް ހަދާނެ ގޮތް ކިޔައިދޭނެ އެވެ. މި ވެބްސައިޓުތައް ހަދާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނީ ވިމެން އިން ޓެކުން މިދިޔަ އަހަރު ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ‘ގާލްސް ޓު ކޯޑް’ ނަމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެ އެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ މިދިޔަ އަހަރު ފުވައްމުލައް ސިޓީގަ އެވެ.

The post އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/97310/feed/ 0
ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި http://www.eydhafushitimes.com/live/news/96584/ http://www.eydhafushitimes.com/live/news/96584/#respond Thu, 16 Jan 2020 09:04:52 +0000 http://www.eydhafushitimes.com/live/?p=96584

ކްލަބު އޭދަފުށީ ކޯޗަކަށް ހަމަޖެއްސި މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން  ޓީމުގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފި އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 ...

The post ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި appeared first on Eydhafushi Times.

]]>

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ކްލަބު އޭދަފުށީ ކޯޗަކަށް ހަމަޖެއްސި މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން  ޓީމުގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފި އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި އަދި ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.

ކްލަބް އޭދަފުށިން އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށްޓަކީ ސާންތީ ކޯޗުކޮށްދޭ އަތޮޅުތެރޭގެ ފުރަތަމަ ޓީމެވެ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ފުޓްބޯޅައިގެ ހުނަރުވެރިކަން އުފެއްދުމުގައި މަޝްހޫރު އޭދަފުށްޓާ ސާންތީ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހަފްތާގަ އެވެ.

The post ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/96584/feed/ 0
ދަރަވަންދޫގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަނީ http://www.eydhafushitimes.com/live/news/96568/ http://www.eydhafushitimes.com/live/news/96568/#respond Wed, 15 Jan 2020 16:55:39 +0000 http://www.eydhafushitimes.com/live/?p=96568

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ދަރަވްނަދޫ ސިއްހީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އިމާރާތްކޮށްދޭން ބޭނުންވާ ފަރާތްތަކުން މި ބީލަމުގައި ބައިވެރިވެވޭނީ، އަނބުރާ ނުލިބޭ ގޮތަށް، 500ރ. ގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ. ބީލަން ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގެ “އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ...

The post ދަރަވަންދޫގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަނީ appeared first on Eydhafushi Times.

]]>

ދަރަވަންދޫ ސިއްހީ މަރުކަޒު

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ދަރަވްނަދޫ ސިއްހީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އިމާރާތްކޮށްދޭން ބޭނުންވާ ފަރާތްތަކުން މި ބީލަމުގައި ބައިވެރިވެވޭނީ، އަނބުރާ ނުލިބޭ ގޮތަށް، 500ރ. ގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ. ބީލަން ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގެ “އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަމަށް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި ޕްރޮޖެކްޓުގެ ބީލަން ހުޅުވާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ތާރީހުގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ގަބޫލު ނުކުރާނެ އެވެ.

ފިނޭންސުން ބުނި ގޮތުގައި، ބީލަންތައް ހުށަހަޅަން ޖެހޭނީ ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ބޭރުގައި ލިޔުމަށް ފަހު، ސިޓީ އުރައެއްގަ އެވެ.

މި މަސައްކަތާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ޚަރަދުކުރުމަށް ނިންމާފައިވާ މަޝްރޫޢެއްކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ނޯޓް: ހަބަރު އިސްލާހު ކުރެވިފައި. (ކުރިން މަސްމާރުކޭޓް ކަމަށް ލިޔެވިފައިވަނީ އޮޅުމަކުން، ރަނގަޅު ގޮތަކީ
އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް)

The post ދަރަވަންދޫގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/96568/feed/ 0
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަނީ http://www.eydhafushitimes.com/live/news/96002/ http://www.eydhafushitimes.com/live/news/96002/#respond Wed, 15 Jan 2020 12:40:59 +0000 http://www.eydhafushitimes.com/live/?p=96002

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައި އެ ކޮންފެރެންސްގެ ބައިވެރިޔަކު، ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ...

The post ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަނީ appeared first on Eydhafushi Times.

]]>

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައި އެ ކޮންފެރެންސްގެ ބައިވެރިޔަކު، ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.

މިއީ މި ސަރުކާރު އައި ފަހުން މަޖިލީހުން ސިޓީ ކައުންސިލަރުންގެ މުސާރައަށް ފާސްކޮށްފައިވާ އަދަދުތަކެވެ. އޭގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ މޭޔަރުންގެ މުސާރަ 18،000 ރުފިޔާއަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ވަނީ 11،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ.

ރަށު ކައުންސިލަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ގޮތުން، ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ވަނީ 15،000 ރުފިޔާ އިން 23،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 12،000 ރުފިޔާ އިން 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މެންބަރުންގެ މުސާރަ ވަނީ 10،000 ރުފިޔާއިން 12،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

The post ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/96002/feed/ 0
ދިރާގު ޓީވީއަށް މޭކަޕްއާޓިސްޓް ރުތްބާގެ މޭކަޕް ޝޯ އެއް! http://www.eydhafushitimes.com/live/news/95987/ http://www.eydhafushitimes.com/live/news/95987/#respond Wed, 15 Jan 2020 12:29:12 +0000 http://www.eydhafushitimes.com/live/?p=95987

ދިރާގު ޓީވީއިން ދިވެހި މައްޝޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯވ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ. ރުތްބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕްއާޓިސްޓެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު “ވައިޓް ފަޔަރ” ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައި އެވެ. މީގެ އިތުރުން ރުތުބާވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މޭކަޕް ...

The post ދިރާގު ޓީވީއަށް މޭކަޕްއާޓިސްޓް ރުތްބާގެ މޭކަޕް ޝޯ އެއް! appeared first on Eydhafushi Times.

]]>

ދިރާގު ޓީވީއިން ދިވެހި މައްޝޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯވ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.

ރުތްބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕްއާޓިސްޓެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު “ވައިޓް ފަޔަރ” ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައި އެވެ. މީގެ އިތުރުން ރުތުބާވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މޭކަޕް ކޭމްޕެއްވެސް ބާއްވާފައެވެ. “މޭކަޕް ބައި ރުތްބާ” ވެގެން ވާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށެވެ. މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.

ރުތްބާ ބުނި ގޮތުގައި، “ދިރާގުން މިވަރުގެ ފުރުސަތެއް އަޅުގަނޑަން ދިންކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ދިރާގުޓީވީއިން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް އަޅުގަނޑުމެން ދިވެހި އާރޓިސްޓުން އަބަދުވެސް ބަލައި ގަންނަން. މީ އަޅުގަނޑަށް ލިބިފައިހުރި ހުނަރާއި ތަޖުރިބާ އާންމުންނާއި ދަސްކޮއްދިނުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް.”

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފަންނުވެރިންނަށް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް ގެންގޮސްދިނުމެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74% ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

The post ދިރާގު ޓީވީއަށް މޭކަޕްއާޓިސްޓް ރުތްބާގެ މޭކަޕް ޝޯ އެއް! appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/95987/feed/ 0
ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ http://www.eydhafushitimes.com/live/news/93895/ http://www.eydhafushitimes.com/live/news/93895/#respond Tue, 14 Jan 2020 08:45:19 +0000 http://www.eydhafushitimes.com/live/?p=93895

މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މާދަމާ ހަވީރު ފަށަން ކްލަބް އޭދަފުށިން ނިންމައިފި އެވެ. ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އޭދަފުށީ ފުޓްބޯޅަ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ...

The post ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ appeared first on Eydhafushi Times.

]]>

މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މާދަމާ ހަވީރު ފަށަން ކްލަބް އޭދަފުށިން ނިންމައިފި އެވެ.

ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އޭދަފުށީ ފުޓްބޯޅަ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

“އޯޕަން ޑޭ އެއްގޮތަށް ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށަން މިދަނީ ތައްޔާރުވަމުން. 16 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ވެސް ފުރުސަތު އެބައޮތް. އެގޮތުން ޝައުގުވެރިކަން ހުރި ހުރިހާ ކުދިންނަށް ވެސް މާދަމާ ހަވީރު އޭދަފުށީ ޓާފު ދަނޑަށް ހާޒިރުވުމަށް ދައުވަތު ދެން،” ކްލަބް އޭދަފުށި އަދި ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށްޓަކީ ސާންތީ ކޯޗުކޮށްދޭ އަތޮޅުތެރޭގެ ފުރަތަމަ ޓީމެވެ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

The post ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/93895/feed/ 0