Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
ރިޕޯޓް – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Sat, 18 Jan 2020 06:22:29 +0000 dv hourly 1 https://wordpress.org/?v=5.0.8 މަހުފޫޒް – ހިތްވަރުގަދަ ފަޔާ ފައިޓަރު http://www.eydhafushitimes.com/live/report/49569/ http://www.eydhafushitimes.com/live/report/49569/#respond Tue, 05 Nov 2019 15:19:39 +0000 http://www.eydhafushitimes.com/live/?p=49569

މިދިޔަ ސެޕްޓެމްބަރުމަހު މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާއެއް ހިގައިފަ އެވެ. މި ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔައިރު، އެ ދުވަހުގެ މި ނުރައްކާތެރި ހާދިސާ ވަނީ ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގެ ނޫސްތަކުގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދައި، އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެދުވަހު އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުންގެ ޖެހިލުން ...

The post މަހުފޫޒް – ހިތްވަރުގަދަ ފަޔާ ފައިޓަރު appeared first on Eydhafushi Times.

]]>

މިދިޔަ ސެޕްޓެމްބަރުމަހު މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާއެއް ހިގައިފަ އެވެ. މި ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔައިރު، އެ ދުވަހުގެ މި ނުރައްކާތެރި ހާދިސާ ވަނީ ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގެ ނޫސްތަކުގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދައި، އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

އެދުވަހު އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުންގެ ޖެހިލުން ކުޑަކަމާއި މަސައްކަތާއި އެތައް ބައެއްގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ. އޭގެތެރެއިން އެކަކަކީ ބ. އޭދަފުއްޓަށް އުފަން ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދުއެވެ.

މި ހުރިހާ ކަމެއް ހިނގާދިޔައިރު ވެސް، މަހުފޫޒް ހުރީ އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކޮށްގެންނެވެ. ޙަވާލު ކުރެވުނު މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުން މަތީގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިލުމެއް ނެތިއެވެ. ފަޔަރފައިޓަރެއްގެ ގޮތުގައި އޭނާ އެވަނީ އާންމު ރައްޔިތުންގެ ފުރާނަ ސަމާލަތް ކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތެއް ކޮށްދީފައެވެ. މި ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާގައި މީހުން ސަލާމަތްކުރި ސިފައިންގެ ނުވަ މީހަކު ދައްކުވައިދިން ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަމުގެ ސަބަބުން، މިއަހަރުގެ ނަސްރުގެ ދުވަހު އޭނާއަށް ވަނީ  މީހުން ސަލާމަތް ކުރި ރިހި މެޑަލް ހާސިލުކޮށްފަ އެވެ.

އަލިފާނުގައި މީހުން ސަލާމަތްކުރަން އުޅުނު މަހުފޫޒަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިހި މެޑަލް ދެއްވަނީ—ފޮޓޯ/ރައީސް އޮފީސް

މަހުފޫޒް ސްކޫލު ދައުރުން ފެށިގެންވެސް ދެކެމުން އައި ހުވަފެނަކީ ސިފައިންގެ ޤައުމީ ޚިދުމަތާ ގުޅުމެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޤައުމީ ލޯތްބާއި ޖޯޝްގެ ސަބަބުން އޯލެވެލް ފުރިހަމަ ކުރުމަށްފަހު، ސިފައިންގެ ޚިދުމަތާ ގުޅިފައިވަނީ 2002 ވަނަ އަހަރު އެވެ.

މަޙުފޫޘް މަދަރުސީ ދައުރު ފުރިހަމަކޮށްފައިވަނީ، ބ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.  ސިފައިންގެ 41 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުމަށްފަހު، އޭނާ މިއަދާ ހަމައަށްވެސް ދެމިހުރީ އެފްއާރުއެސްގެ ހިތްވަރުގަދަ ފަޔަރފައިޓަރެއްގެ ގޮތުގައި ޤައުމީ ޚިދުމަތުގައެވެ. މާލެ ސިޓީއާއި ހިނގާފައި ހުރި ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ އިތުރުން ހިންގުނު ރެސްކިޔު ހާދިސާތަކުގައި އޭނާ ވަނީ އެފްއާރުއެސްގެ އެހެން ފަޔަރފައިޓަރުންނެކޭ އެއްފަދައިން ޖެހިލުންކުޑަކަމާއި ހިތްވަރުގަދަކަން ދައްކުވައިދީ އެންމެ ކުރީ ސަފުގައި މަސައްކަތްކޮށްފައެވެ. ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި އޭނާ ދެމިހުރީ ނުގުޑާފަދަ އަޒުމެއްގެ މަތީގައެވެ.

މަހުފޫޒް ސިފައިންގެ ހަޔާތުގައި ފުރިހަމަކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، 2013 ވަނަ އަހަރު ފަޔަރ ޓްރެއިނިންގ ސްކޫލުން ފުރިހަމަކުރި ބޭސިކް ފަޔަރ ފައިޓިންގ ކޯހާއި 2012 ވަނަ އަހަރު ފުރިހަމަކުރި އެޑްވާންސް ފަޔަރ ފައިޓިންގ ކޯސް ފާހަގަކޮށްލެވެއެވެ. މި ކޯހުން އޭނާވަނީ އެކަޑަމިކްސް އިން 1 ވަނަ ޙާޞިލްކޮށް، އޭނާގެ ކުޅަދާނަ ސާބިތުކޮށްދީފައެވެ. ހިތްވަރުގަދަ ފަޔަރފައިޓަރެއްގެ އިތުރުން އޭނާއަކީ އަމިއްލަ ހަޔާތުގައިވެސް ކާމިޔާބު މީހެކެވެ.

ސިފައިންގެ ޙަޔާތުގައި ކުރިއަށްދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، އާއިލާގެ ފަރާތުންކަން ހާމަކުރަމުން އޭނާ ބުނީ، އެފަދަ މުއައްސަސާއެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ އޭނާ އެކަމާމެދު އަބަދުވެސް ފަޚުރުވެރިވާ ކަމެއްކަމަށެވެ. މީގެ އިތުރުން، ސިފައިންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށް އެފްއާރުއެސްގައި އެކި ދުވަސްވަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބޭކަން ހާމަ ކުރައްވަމުން، އެހުރިހާ ބޭކަލުންނަށްވެސް އޭނާ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއެވެ.

އެފްއާރުއެސްގައި އެކުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންނަށް މަހުފޫޒް ދޭން ބޭނުންވާ މެސެޖަކީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާއިރު، ބިރު އެއްކިބާކޮށް ޖެހިލުންކުޑަކަމާއެކު ހަރަކާތްތެރިވުމަށެވެ. އަދި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަބަދުވެސް އެންމެ އިސްކަމެއް ދިނުމަށެވެ. އެންމެހާ ސިފައިންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ، ސިފައިންގެ މީހަކަށްވެހުރެ ކުރިމަތިވާ ޗެލެންޖަސްތަކަށް ޖެހިލުން ކުޑަކަމާއެކު ފަސްޖެހުމެއް ކުރިއަށް ދިއުމަށެވެ.

The post މަހުފޫޒް – ހިތްވަރުގަދަ ފަޔާ ފައިޓަރު appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/49569/feed/ 0
ރުކުން ވެއްޓުނު ދޮންފަނެކެވެ. http://www.eydhafushitimes.com/live/report/46587/ http://www.eydhafushitimes.com/live/report/46587/#respond Mon, 13 May 2019 06:54:17 +0000 http://www.eydhafushitimes.com/live/?p=46587

ދޯނިން ފޭބުމާއެކު އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނީ ރަށުގެ ބަނދަރާއި ދިމާލުގައި ހުރި ރުކަކަށެވެ. ކުއްލިއަކަށް ރުކުން އަޑެއް ކިޔާލިއެވެ. އެވަގުތު އަޅުގަނޑު އެ ރުކާ ތަންކޮޅެއް ދުރަށް ދުއްވައި ގަތީމެވެ. ކުޑައިރުކޮޅެއް ނުވެ ރުކުން އެވެއްޓުނީ ދޮންވެފައި އިން ފަނެކެވެ. އަޅުގަނޑު އެ ފަނަށް ނަޒަރު ހިންގާލީމެވެ. އަދި އަޅުގަނޑާއެކު ދޯނިން މިރަށަށް އައި މީހާގެ ކައިރީ މީ ކޮންރަށެއްތޯ ސުވާލުކޮށްލީމެވެ. އޭރު އަޅުގަނޑަކަށް މިއީ ކޮންރަށެއްކަމެއް ނޭގެއެވެ. ދުވަހަކުވެސް ނާންނަ ހިސާބެކެވެ. ހަމަ އަހާލުމާއެކު ...

The post ރުކުން ވެއްޓުނު ދޮންފަނެކެވެ. appeared first on Eydhafushi Times.

]]>

ބ. ދޮންފަނު އަތިރިމަތީގައި ދެ ކުއްކަޖު މަޑުކޮށްލައިގެން

ދޯނިން ފޭބުމާއެކު އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނީ ރަށުގެ ބަނދަރާއި ދިމާލުގައި ހުރި ރުކަކަށެވެ. ކުއްލިއަކަށް ރުކުން އަޑެއް ކިޔާލިއެވެ. އެވަގުތު އަޅުގަނޑު އެ ރުކާ ތަންކޮޅެއް ދުރަށް ދުއްވައި ގަތީމެވެ. ކުޑައިރުކޮޅެއް ނުވެ ރުކުން އެވެއްޓުނީ ދޮންވެފައި އިން ފަނެކެވެ. އަޅުގަނޑު އެ ފަނަށް ނަޒަރު ހިންގާލީމެވެ. އަދި އަޅުގަނޑާއެކު ދޯނިން މިރަށަށް އައި މީހާގެ ކައިރީ މީ ކޮންރަށެއްތޯ ސުވާލުކޮށްލީމެވެ. އޭރު އަޅުގަނޑަކަށް މިއީ ކޮންރަށެއްކަމެއް ނޭގެއެވެ. ދުވަހަކުވެސް ނާންނަ ހިސާބެކެވެ. ހަމަ އަހާލުމާއެކު ޖަވާބުގައި ރަހްމަތްތެރިޔާ ބުންޏެވެ. މީ ދޮންފަނެވެ. އޭރު އަޅުގަނޑުގެ ކުރިމަތީގައި ހަމަ ދެންމެ ރުކުން ވެއްޓުނު ފަނެއް އޮތެވެ. އަޅުގަނޑު ހީކުރީ މިފަން ފެނުމުން ރަހްމަތްތެރިޔާ ބުނެލި އެއްޗެއް ކަމަށެވެ. އަދި ސަމާސާ ނުކުރާށޭ ދެން މިރަށަށް ކިޔާނަން ބުނަން ވީ ނޫންހޭ އަޅުގަނޑު ބުނީމެވެ.  މިހެން ބުނުމާއެކު ރަހްމަތްތެރިޔާ ހީލާފައި ބުންޏެވެ. މީ ސަމާސާއެއް ނޫނެވެ. މިރަށަށް ކިޔަނީ ދޮންފަނެވެ. މިހެން ބުނުމާއެކު އަޅުގަނޑު ލަދުގަތެވެ. އަޅުގަނޑަށް އެވަރުވެސް ނޭގުނީތީއެވެ.

ހައިރާންކަމާއެކު އެފަނުގެ ފަންވަތްތަކަށް ބަލަހައްޓައިގެން އަޅުގަނޑު ހުރީމެވެ. ފަނުގެ ފަންވަތްތައް ދިގުވެފައި އެހާމެ ހިތްގައިމެވެ. ބަލާލަން ރީތި ކުލައެކެވެ. ވަގުތު ރަހްމަތްތެރިޔާ ބުންޏެވެ. ދެން ތިކަމާ ނުވިސްނާށެވެ. ތިޔަ ދޮންފަނުންވެސް އިބްރަތެއް ލިބިގެންދާނެއެވެ.  

ބ. ދޮނަްފަނު

ރަޚްމަތްތެރިޔާއަކީ ކޮންމެވެސް ވަރަކަށް ބ.އަތޮޅަށް އައިސް އުޅޭ މީހެއްކަމުން އޭނާއަށް ދޮންފަނާ ބެހޭ ތާރީހީ ބައެއް ވާހަތައްވެސް އެނގެއެވެ. އެހެންކަމުން ރަހްމަތްތެރިޔާ ދޮންފަނާ ބެހޭ ބައެއް މަޢުލޫމާތުތައް އަޅުގަނޑާއި ހިއްސާކޮށްލިއެވެ. އެގޮތުން ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގައި ދޮންހިޔަލަގެ މަންމަ އަކީ ދޮންފަނު މީހެއްކަމަށް ރަހްމަތްތެރިޔާ ބުންޏެވެ.  އެއީ ދޮންފަނު ދޮން އައިސައެވެ.  ރާއްޖޭގެ ތާރީޚްގައި ފާހަގަކޮށްލެވޭ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑަށް އިވުމާއެކު އަޅުގަނޑަށް މިރަށާއި ދޭތެރޭ ސައުޤުވެރިކަމެއް އުފެދިގެން ދިޔައެވެ. އަދި ދޮންފަނަކީ ޒަމާންވީ ތާރީޚެއް އޮތް ރަށެއްކަން އެގުނެވެ. އެހެންކަމުން އަޅުގަނޑު ރަށުތެރެއަށް ނިކުމެ މިރަށާއި ބެހޭގޮތުން މީހުންނާއި ވާހަކަދައްކާލާ މަޢުލޫމާތު ހޯދާލީމެވެ.    

ބ.ދޮންފަނަކީ ފުޅާމިނުގައި ގާތްގަނޑަކަށް 500 މީޓަރ ، ދިގުމިނުގައި 700 މީޓަރ ހުންނަ ރަށެކެވެ. އަޅުގަނޑަށް ސިފަވާގޮތުގައި ބެޑްމިންޓަންކުޅޭ ފިލާގަނޑެއްގެ ބައްޓަމަށް މަލަމަތި ފެންނަ މިރަށުގެ އާބާދީގައި 502 މީހުން ދިރިއުޅޭ މިރަށާއި މާލެއާއި ދެމެދުގެ ދުރުމިނުގައި  119.74 ކިލޯ މީޓަރ ހުރެއެވެ.

ބ. ދޮނަްފަނު

ދޮންފަނު މީހުން ކުރާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން، ފަންގިވިނުން، ރޯނުވެށުން  އަދި އޮޑިދޯނި ފަހަރު ބަނުމާއި ރާވެރިކަން ކުރުން ފަދަ މަސައްކަތްތައްވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅެއެވެ. މިހުރިހާ މަސައްކަތްތަކެއް މިރަށުގެ ރައްޔިތުން ކުރި ނަމަވެސް މައިގަނޑުގޮތެއްގައި މިރަށުގެ ޒުވާނުން މަސައްކަތް ކުރަމުން ގެންދަނީ ރިސޯޓްތަކުގައެވެ. ޓްއަރުޒަމް ދާއިރާގައެވެ.

ބ.އަތޮޅަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ އަތޮޅެކެވެ. އެގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހަނިފަރާއި ހަނިފަރު ހިމެނޭ ސަރަހައްދާއި އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮންނަނީވެސް ދޮންފަނެވެ. އަދި ދޮންފަނާ އެއްމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ބ.ކިހާދޫ އާއި ދަރަވަންދޫ ކަމަށްވީރު އެންމެ ކައިރި ރިސޯޓަކަށް އޮންނަނީ ކިހާދުއްފަރު ޓޫރިސްޓް ރިސޯޓެވެ.

ދިވެހިންގެ ޒަމާންވީ ސަޤާފަތަށް ލޯބިކުރާ މިރަށުގައި ކުޅޭ ސަޤާފީ ކުޅިވަރުތަކުގެތެރޭގައި ބޮޑުބެރު ޖެހުމާއި، ދަނޑި ޖެހުމާއި، ދަފިނެގުންފަދަ ތަފާތު ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ.

އަޅުގަނޑު މިރަށުގެ ކޮޅުކޮޅުމައްޗަށް ކަޅި ހިންގާލީމެވެ. އަދި މިރަށުން މިލިބުނު މަޢުލޫމާތަކީ ތެދު މަޢުލޫމާތުތަކެއްކަން ރަށުގެ ރައްޔިތުންގެ ފަރާތުން އެނގުނެވެ. އެހެންކަމުން އަޅުގަނޑު އަވަސް އަވަހަށް ރަށުގެ ބަނދަރު ފަރާތަށް ނިކުމެ އެއްކަލަ ފަން ހޯދާލީމެވެ. އެވަގުތު އަޅުގަނޑަށް ފެނުނީ އަންހެނަކު އެފަން ކުރުއްސަން ހުއްޓައެވެ. އަދި އެއަންހެން މީހާގެ ކައިރިއަށްގޮސް ތިޔަ ކުރައްވަނީ ކީއްތޯ ސުވާލުކުރުމުން ”ފަންގިވިންނަން ފަން ފަންކޮޅެއް ކުރުއްސާލަނީ ކަމަށް އެއަންހެންމީހާ ބުންޏެވެ.” އަދި އެފަނުން ކުރެވޭނެ ބޭނުންތައްވެސް އެއަންހެން މީހާ ކިޔައިދިނެވެ. އެވަގުތު އަޅުގަނޑަށް ދޮންފަނުގެ މުހިންމުކަމާއި އެފަނުން މުޖުތަމަޢުއަށް ކުރާނެ ފައިދާތައް ވަރަށް ރީތިކޮށް ފެނިގެން ދިޔައެވެ. އަދި ރުކުން ވެއްޓޭ ކޮންމެ ފަނަކީވެސް އަދި އެފަނުގެ ހުރިހާ ބައިތަކަކީވެސް ފައިދާ ކުރާނެ އެއްޗެއްކަން ވަރަށް ރަނގަޅަށް ދޭހަވިއެވެ.

މަޢުލޫމާތު: ބ.ދޮންފަނު ކައުންސިލް/ ދޮންފަނުގެ ބައެއް ރައްޔިތުންގެ ފަރާތުން

The post ރުކުން ވެއްޓުނު ދޮންފަނެކެވެ. appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/46587/feed/ 0
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރަންޖެހެނީ ކީއްވެ؟ http://www.eydhafushitimes.com/live/report/46551/ http://www.eydhafushitimes.com/live/report/46551/#respond Fri, 10 May 2019 16:14:49 +0000 http://www.eydhafushitimes.com/live/?p=46551

އަޅުގަނޑުމެންގެ މި ދިވެހި ދީބުގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލަ ދަރިން ނުވަތަ އަމިއްލަ އާއިލާ ދެކެ ނުހަނު ލޯބިވާ ބައެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ވަރަށް ބޮޑެވެ. ނަމަވެސް ކެނޑިނޭޅި އަޅުގަނޑުމެންގެ ކަންފަތަށް އިވެމުންދާ އެންމެ އަސަރުކުރުވަނިވި އެއްވާހަކައަކީ އަޅުގަނޑުމެންގެ ތުއްތު މައުޞޫމް ދަރިންނަށް ބޮޑެތި މީހުންގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކައާއި އެކުދިންނަށް އިހުމާލުވެ އަޅާނުލާ ވާހަކައެވެ. އަދި އެކުދިން ޙައްޤުތަކުން މަހުރޫމްކޮށް އެކަހެރިކޮށް ބާކީ ކުރާ ވާހަކައެވެ. ގިނަ ...

The post ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރަންޖެހެނީ ކީއްވެ؟ appeared first on Eydhafushi Times.

]]>

އަޅުގަނޑުމެންގެ މި ދިވެހި ދީބުގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލަ ދަރިން ނުވަތަ އަމިއްލަ އާއިލާ ދެކެ ނުހަނު ލޯބިވާ ބައެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ވަރަށް ބޮޑެވެ. ނަމަވެސް ކެނޑިނޭޅި އަޅުގަނޑުމެންގެ ކަންފަތަށް އިވެމުންދާ އެންމެ އަސަރުކުރުވަނިވި އެއްވާހަކައަކީ އަޅުގަނޑުމެންގެ ތުއްތު މައުޞޫމް ދަރިންނަށް ބޮޑެތި މީހުންގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކައާއި އެކުދިންނަށް އިހުމާލުވެ އަޅާނުލާ ވާހަކައެވެ. އަދި އެކުދިން ޙައްޤުތަކުން މަހުރޫމްކޮށް އެކަހެރިކޮށް ބާކީ ކުރާ ވާހަކައެވެ. ގިނަ ފަހަރަށް އެކުދިންގެ ޙައްޤުތަކަކީ ކޮބައިކަމާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތައްވެސް ގިނަ މީހުންނަށް މިއަދު މިވަނީ އޮޅި ވާނުވާ ނޭގޭ ހިސާބަށް ގޮސްފައެވެ. އަދި ބައެއްފަހަރު އެކުދިންގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައްވެސް މިވަނީ ބައެއް މީހުންނަށް ނޭގުމެއްގެ ތެރޭގައެވެ. މިއީ މިއަދުގެ ޖީލުގެ ހާލަތެވެ.

ކަންމިހެންހުރިނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް އަޅާލާ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ވާޖިބެކެވެ. އެހެންކަމުން މިމަޒުމޫނުގައި އަޅުގަނޑު ބަޔާންކޮށްދޭނީ މިދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަކީ ކޮބައިކަމާއި، އަދި އެކުދިންގެ ޙައްޤުތަކީ ކޮބައިކަމާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތަކާއި، އެކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.

ކުޑަކުދިންނަކީ ކޮބާ؟

ކުޑަކުދިންނަކީ ކޮބައިތޯއެވެ. އާދެ! ރައްޔިތުންގެ މަޖިލިސް (2008) ގައި ބަޔާންކޮށްފައިވާގޮތުން “ކުޑަކުދިން” ގެގޮތުގައި ބެލެވެނީ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ އަދި ދުނިޔެއަށް އުފަންވުމަށްފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ. ކުޑަކުދިންނަކީ މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު އަދި އެންމެ މުހިންމު އެއްބައެވެ. އަދި ހަމައެހެންމެ ކުޑަކުދިންނަށް އަދި އެކުދިންނަށް ޚާއްސަ ރައްކާތެރިކަމާ އެހީތެރިކަން ބޮޑެތި މީހުންގެ ކިބައިން ބޭނުންވެއެވެ. ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ލޯތްބާ އަޅާލުމަކީ ކުދިން ހެޔޮގޮތުގައި ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އަޙްމަދު ނާފިޢު(2013) ވިދާޅުވާގޮތުގައި ދަރިންނަކީ އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. ނިޢުމަތެކެވެ. މިމަޒުމޫނުގައި ދަރިން ކަމުގައި ބަލާފައި މިވަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހެންމީހުންގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ކުޑަކުދިންނަށެވެ.

ކުޑަކުދިންގެ ޙައްޤުތަކަކީ ކޮބާ؟

      އަޅުގަނޑުމެން މިއަދު ކުޑަކުދިންގެ ވާހަކަ ދައްކާއިރު، ކުޑަކުދިންނަށް ލިބިދީފައިވާ ޙައްޤުތަކުގެ ވާހަކަވެސް ދައްކަން ޖެހެއެވެ. ކޮންމެ މީހަކުވެސް މިއަދު އަޑަށް ބާރުލާ އެމީހަކަށް ލިބިދޭ ޙައްޤުތަކެއްވެއޭ ބުނަމުންދާއިރު، ކުޑަކުދިންގެ ޙައްޤުތަކަށް އިސްކަންދީ، އެކުދިންގެ ޙައްޤުތަކަކީ ކޮބައިކަންވެސް މިއަދު އެނގެންޖެހެއެވެ. މިގޮތުން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ވުޖޫދަށް އައިސްފައިވާއިރު، މި ޤާނޫނުގެ ދަށުން މުޖުތަމަޢުގައި އެކިހައިސިއްޔަތުން ޙަރަކާތްތަރިވާ ފަރާތްތަކުން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ(ރައްޔިތުންގެ މަޖިލިސް، 2008).  އެގޮތުން، ސަރުކާރުންނާއި، މައިންބަފައިންނާއި ޢާއްމު ރައްޔިތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްކުރަންޖެހޭ ކަންކަން ވަރަށް ޞަރީހަކޮށް މި ޤާނޫނުގައި ބަޔާންވެގެންވެއެވެ. މިގޮތުން ކޮންމެ އިންސާނަކަށްވެސް އިންސާނަކަށްވީތީ ލިބިދޭ ޙައްޤުތަކެއްވެއެވެ. އަދި މިގޮތުން ކޮންމެ އިންސާނަކަށް ލިބޭ ކޮންމެ ޙައްޤަކީ ކުޑަކުއްޖަކަށް ވިޔަސް، ޒުވާނަކަށް ވިޔަސް ނުވަތަ މުސްކުޅިއަކަށް ވިޔަސް ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތަކެއްކަމަށް އިސްމާއިލް ނާޖީ (2003) ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަތައް ބަޔާންކޮށްފައިވީނަމަވެސް މިއަދު ގިނަ މީހުންނަށް އެ ޙައްޤުތަކަކީ ކޮބައިކަން ބުނެދޭކަށް ނޭގެއެވެ. އަދި އެއީ ކޮންކޮން ކަންތައްތަކެއްކަން ގިނަފަހަރަށް އޮންނަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެހެންނަމަވެސް މި ޙައްޤުަތަކާއި ބެހޭގޮތުން ކުރު ގޮތަކަށް ބަލައިލާނަމެވެ. މިގޮތުން ކުޑަކުދިންގެ ޙައްޤުތައް ބެހެނީ މައިގަނޑު 4 ބަޔަކަށެވެ. އޭގެތެރޭގައި:-

 1.  ދިރިހުރުމުގެ ޙައްޤު.މިއީ ކުއްޖާއަށް ބޭނުންވާ  ބޯހިޔާވެހިކަމާއި،  ސިއްޙީ ފަރުވާ އަދި ކާނާ ލިބިދޭންޖެހޭ ޙައްޤެވެ.

            2- ހެދިބޮޑުވުމުގެ ޙައްޤު. މިއީ ކުއްޖާއަށް ބޭނުންވާ ތަޢުލީމް ލިބުމާއި، ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމާއި، މަޢުލޫމާތު ހޯދުމުގެ ޙައްޤެވެ.

 • ރައްކާތެރިކަމުގެ ޙައްޤު. މިއީ ކުޑަކުދިންނަށްކުރާ އެންމެހާ ނޭދެވޭ ޢަމަލުތަކުން ސަލާމަތްވުކުރުމާއި،  ޖިންސީ ގޯނާތަކުން އެކުދިން ރައްކާތެރިކުރުމާއި، ކުޑަކުދިން ލައްވާ މަސައްކަތްނުކުރުވުމުގެ ޙައްޤެވެ.
 • ބައިވެރިވުމުގެ ޙައްޤު. މިއީ ކުޑަކުދިން މުޖްތަމަޢުގައި އެކަށީގެންވާ ދައުރެއް އަދާކުރުމުގެ ޙައްޤެވެ. މިސާލަކަށް: ކަންކަމުގައި ޚިޔާލު ފާޅުކުރުމާއި، އަމިއްލަ ދިރިއުޅުމާއި ގުޅުން ހުރިކަންކަމާމެދު ޙިޔާލު ފާޅުކުރުން ހިމެނެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ދަށުން ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި، ތަފާތުކުރުމެއްނެތި ޙަޢްޤުތައް ލިބުން، ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން، ދިރިހުރުމުގެ ޙައްޤު، ދުނިޔެއަށް އުފަންވުމާއެކު ރަޖިސްޓްރީކުރުން، ޤައުމަކަށް ނިސްބަތްވުމުގެ ޙައްޤު، އެކުއްޖެއްގެ ވަންތަކަން ރައްކާތެރިކުރުމުގެ ޙައްޤާއި ޢާއިލާއާއެކު ދިރިއުޅުމުގެ ޙައްޤު ހިމެނެއެވެ. އެހެންކަމުން އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ ޘަޤާފަތެއް ބިނާކުރުމަށް ކުޑަކުދިންގެ ޙައްޤުތަކަކީ ވަރަށްމުހިއްމު އެއްޗެއްކަންވެސް  ފާހަގަކޮށްލެވޭކަމަށް ފަތުޙުﷲ އަޙްމަދު ރަޝީދު (2014) ވިދާޅުވެފައިވެއެވެ. އެއީ ކުރިއަށް އޮތް ޖީލްތަކަށް އިންސާނީ ޙައްޤުތައް ވާސިލްކޮށް ދިނުމަށް މުހިއްމުދައުރެއް އަދާކުރާނެ ވަސީލަތަކަށް ކުޑަކުދިން ވާނެތީއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތައް

ކުޑަކުދިންނަށް ޙައްޤުތަކެއް ލިބިފައިވާ ފަދައިން އެޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކެއް ވާނެކަން ކަށަވަރެވެ. އެއީ ކުޑަކުދިންނަކީ މާދަމާގެ މުސްތަގްބަލެވެ. ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީވެސް ހަމަ އެ ކުޑަކުދިންނާއެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިންނާއެވެ.  ރައްޔިތުންގެ މަޖިލިސް(2008) ގައި ބަޔާންކޮށްފައިވާގޮތުން ދިވެހިރާއްޖެއިން ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުޢާހަދާ ތަޞްދީޤްކޮށްފައި ވަނީ 11 ފެބްރުއަރީ 1991 ގައެވެ. މިފަދަ މުޢާހަދާއެއް ތަޞްދީޤްކުރިނަމަވެސް ބައެއް ފަރާތްތަކުން ކުޑަކުދިންނާއި މެދު އިހްމާލްވެ އަޅާ ނުލާ މުޖުތައުމުގެ ތެރެއަށް ދޫކޮށްލުންވެސް މީ މިދިވެހިރާއްޖޭގައި ހިނގަމުން އަންނަކަމެވެ. ހަމަ އެހެންމެ ވިހާފައި މަރާލުމުގެ ހާދިސާތަކާއި ބައިންބަފައިންގެ ލޯބިން ދަރިން މަހުރޫމްކޮށް ބާކީ ކޮށްލުމުގެ ހާދިސާތައްވެސް ރާއްޖޭގައި އިތުރުވަމުން އަންނައިރު މިފަދަ ދަށުދަރަޖައިގެ ކަންތައްތަކަކީ އެއްގޮތަކަށްވެސް އިސްލާމީ ޤައުމެއްގައި ހިނގައިގެން ވާނޭ ކަންތައް ތަކެއް ނޫނެވެ. ހަމަ އެހެންމެ އެފަދަ ނުބައި ޢަމަލުތަކަކީ ﷲ ނަހީކުރަށްވާފައިވާ، އާޚިރުގައި އެމީހަކާއި މެދު ސުވާލުވެވި އޭގެ އުޤޫބާތް ލިބެނިވި ކަންތައްތަކެއްކަން ޔަޤީނެވެ.

މިގޮތަށް މިކަން އޮތްއިރު، އަޅުގަނޑުމެންގެ ދަރީން ތުއްތު އިރުގައި ތަރުބިއްޔަތުކޮށް ހެޔޮގޮތުގައި ބަލާ ބޮޑުކޮށް އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ ހަމަ ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެ ވާޖިބް ފުރިހަމަ ގޮތުގައި އަދާނުކުރެވިއްޖެނަމަ އެ ދަރީންނަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތާމަޔަކާއި ހިއްދަތިކަމަކަށް ނުވެ ނުދާނެއެވެ. މިގޮތުން މަރިޔަމް ޢިނާޝާ (2014) ވިދާޅުވެފައިވަނީ2008  ވަނަ އަހަރު ވޮޝިންޓަންގައި ކުދިންތަކެއް ކުޅެން އުޅުމުގެ ތެރޭން ”ނަރުޓޯ” ކާރޓޫން ގެ ސްޓަންޓެއް ޖެއްސުމަށް ކުއްޖަކު    ދިރިހުއްޓާ ވަޅުލުމުން އެކުއްޖާ މަރުވެފައިވާކަމަށެވެ. މިއީ ކޮންބައެއްގެ އިހުމާލެއްތޯއެވެ. އެކުދިންގެ މައިންބަފައިން ނުވަތަ އާއިލާ ފިޔަވައި ދެން ވަކި ކޮންބައެއްގެ އިހުމާލެއްތޯއެވެ. މިއީ ހަމަ ދަރިން ރަނގަޅު ގޮތުގައި ނުބެލެހެއްޓުމުގެ ޒިންމާކަން ޔަޤީނެވެ. ނަމަވެސް އެދަރިންނަކީ އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. އެދަރިންނަށް އަޅުގަނޑުމެން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ނުދީފިނަމަ އެ ހާލާކުކޮށްލެވެނީ މުސްލިމް އުންމަތުގެ ބައެކެވެ. އެ އުފެއްދެނީ އުންމަތް އެ ބަޔަކާއި މެދު ހިތާމަކުރާނެ ފަދަ ބައެކެވެ. އެހެންކަމުން ކުޑަކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމުގެ ޒިންމާ އެކުދިންގެ މައިންބަފައިންނާއި އާއިލާ އަދި ބެލެނިވެރިން އުފުލަމުންދެއެވެ. އަދި ބެލެނިވެރިން އެޒިންމާތައް އުފުލަމުންދާއިރު، ރައްޓެހިންނާއި އަވަށްޓެރިންނާއި، ސްކޫލް މަދަރުސާތަކާއި ކަމާބެހޭ ފަރާތްތަކާއި، އެންމެހާ ފަރުދުން އެކީ އެއްބައިވެ އަތުކުރި އޮޅާލައި އެޒިންމާ ފުރިހަމައަށް އަދާކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ މިއަދު ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް މިޒިންމާ އަދާކުރެވިއްޖެނަމަ އެކުދިންގެ ޙައްޤުތައް ރައްކާތެރިވެ، އެކުދިނަށް އަމާން މުޖުތަމަޢުއެއް ޤާއިމްވެގެންދާނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް

ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަތައް ގިސްލާ ރޮމުން މިއަދު އަޅުގަނޑުމެން ދައްކަމުންދާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ވާހަކަ، ރެއާއި ދުވާލު ކެނޑިނޭޅި އަޅުގަނޑުމެންގެ ކަންފަތްތަކުގައި މިވަނީ ހަރުލާފައެވެ. މިގޮތުން ދާދި މިދާކަށްދުވަހު (28 ފެބުރުއަރީ 2015) ވ.ރަކީދޫގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޢުމުރުން އެންމެ 3 އަހަރުވެސް ނުވާ އިބްތިހާލުގެ މައްސަލަ ފާހަގަކޮށްލަން ޖެހޭއިރު، އަޒުލިފާ ޢަބްދުﷲ (2015) ވިދާޅުވަނީ އޭގެ ކުރީން، ދޭތެރެއަކުން އެފަދަ އަޑެއް އެރިނަމަވެސް، މި ވޭތިވެދިޔަ މަހެއްހައި ދުވަސް ވެގެން ދިޔައީ، ކުޑަކުދީންނަށް ކުރެވޭ އަނިޔާގެ ވާހަކަތައް މާ ގަދައަކަށް ދެކެވުނު ދުވަސްތަކަކަށް ކަމަށެވެ. މިއީ ހަމަ ކުޑަކުދިންނަށް ކުރެވޭ އަނިޔާކަން އެކުދިންގެ މައިންނަށް ނޭގެނީ ބާވައެވެ. އަދި އެ އަނިޔާގެ ސަބަބުން އެކުދިންގެ ޙައްޤުތަކުން މަޙުރޫމްވަކަންވެސް ނޭގެނީ ބާވައެވެ. މިވެސް ހަމަ ނޭގިގެން ކުރެވޭ ކަންތައްތައް ބާވައެވެ. ނުވަތަ އެކުދިންނަށް އެއްވެސް ކުލުނެއް އެމައިންގެ ނުހުންނަނީ ބާވައެވެ. މިއީ ހައްތާވެސް ހިތުގައި އުފެދޭ ސުވާލެވެ.

ކަންމިހެން ހުރިނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެކުދިންނަށް އިހުމާލުވާ މައްސަލަތައް މިރާއްޖޭގައި ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި، ޖިސްމާނީ ހާނިއްކަ، ޖިންސީ ހާނިއްކަ، ބަދުއަޚްލާޤީ ޢަމަލު ހިންގުން، އުމުރާ ނުގުޅޭ މަސައްކަތްކުރުވުން، ގެއިން ބޭރަށްލުން، ބިރުދެއްކުން، އަސާސީ ޚިދުމަތް ތަކުން މަހްރޫމުކުރުން ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތައްކުރުވުން ހިމެނެއެވެ. މީގެއިތުރުން  އުމުރާ ނުގުޅޭ ކަންކަމަށް ކުއްޖާ ހުށަހެޅުން، ވިހެއުމަށް ފަހު ނުވަތަ މައިމީހާގެ ބަނޑުތެރޭގައި އޮއްވާ މަރާލުން، ޅަފުރާގައި ކައިވެނިކޮށް ދަރިން ހޯދުމަށް މަޖްބޫރުކުރުވުން، އަދި ނަފްސާނީ ގޮތުން ބިރުދެއްކުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކުޑަކުދިން ހާނިކައިން ހިމާޔަތް ކުރުމުގެ ދުވަހުގެ މަޤްޞަދަކީ، ކުޑަކުދިންނަށް ކުރެވޭ ތަފާތު ހާނިކަތަކުން އެ ކުދިން ސަލާމަތް ކޮށް، ކުޑަކުދިންނާއި މެދު ކުރެވޭ އެފަދަ އަމަލުތައް އެންމެންގެ ސަމާލުކަމަށް ގެނައުމާއި އަދި އެފަދަ އަމަލުތައް ހުށްޓުވުމެވެ. މިގޮތުން ދާދި މިދާކަށްދުވަހު މުޅި ރާއްޖޭގައި ފާހަގަ ކުރި ކުޑަކުދިން ހާނިކައިން ހިމާޔަތް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ތަފާތު އެކި ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ ”ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވުން – އަހަރެންގެ ޒިންމާ” އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ވާހަކަ ދައްކާއިރު، ކުޑަކުދިންނާއި މެދު ކުރެވޭ އިހާނެތި އަމަލު ތަކުގެ ވާހަކައަކީ މީގެ އަހަރުތަކެއް ކުރިން މާ އާންމު ވާހަކައެއް ނޫނެވެ. ދިވެހިންގެ ތެރޭގައި ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައެއް ނެތެވެ. އެހެނަސް ޒަމާން ބަދަލުވެ މިއަދު މިއޮތީ މުޅި ޤައުމުގައި ކުދަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ސަލާމަތް ކުރުމުގެ އާ ރޫޙެއް އުފެދިފައެވެ. މީގެ އަހަރުތަކެއް ކުރިން އެފަދަ އަނިޔާ ތަކުގެ ވާހަކަ އާއްމު ނުވިކަމުގައިވިޔަސް އެފަދަ އަމަލުތަކަކީ ނިސްބަތުން ބަލާއިރު ރާއްޖޭގައި ބޮޑު މައްސަލައެކެވެ.

ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާ ތަކުގެ ތެރޭގައި އެކުދީންނަށް ކުރެވޭ ޖިސްމާނީ އަނިޔާ ތަކާއި ނަފްސާނީ ގޮތުން ކުރާ އަނިޔާތައް ހިމެނެއެވެ. ކުޑަކުދިންނާއި މެދު ކުރާ ބަދުއަހްލާޤީ މައްސަލަތަކުގެ ޚަބަރު ތައް ރާއްޖޭގެ އެކިކަންކޮޅުތަކުން އަބަދުމެ އަޑު އިވެމުންދެއެވެ. އެބާވަތު އަނިޔާ ކުރަނީކީ ހަމައެކަނި އެކުދީންގެ ބީރައްޓެހި މީހުންނެއް ނޫނެވެ. ބައްޕަ، ބޭބެ ނުވަތަ މަންމަ ގެ ފަރާތުންވެސް ޖިންސީ އަނިޔާކުރަމުންދެއެވެ. އަދި މިހާރު ބިދޭސީންގެ ފަރާތުން މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތައް ދަނީ ފެންނަމުންނެވެ.

ކަންމިހެންހުރިނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ އެންމެންގެ ޒިންމާއެކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ހުއްޓުވުމަށްޓަކައި އެ ކުދީންގެ އުމުރާއި ގުޅޭ ގޮތުން ތަފާތު މައުލޫމާތު ދެވިދާނެއެވެ. މިސާލަކަށް: ”ދަރިފުޅުގެ ނުރުހުމުގައި ދަރިފުޅުގެ ގައިގައި އެއްވެސް މީހަކު އަތްލުމަކީ މަނާކަމެއް”. މިފަދަ އާދައިގެ އިބާރަތް ތައް ބޭނުން ކޮށްގެން އެކުދީންނަށް ކަންތައްތައް ދަސްކޮށްދެވިދާނެއެވެ. އާއިލާ ތެރޭގައި އިސްލާމީ ރިވެތި އާދަތައް ގެންގުޅުމަކީވެސް އެ ކުދީންނާއި މެދު ކުރާ އަނިޔާތަކުން ސަލާމަތް ކުރެވިދާނެ ގޮތެކެވެ. ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް ޓަކައި އެ ކުދީންނަށް އަދަބު ދޭއިރު އެ ކުދިންގެ އުމުރާއި ގުޅޭ އަދަބު ދެވިދާނެއެވެ. އަދަބު ދިނުމަކީ އަނިޔާކުރުމެއް ނޫނެވެ. އެހެނަސް ބައެއް ބެލެނިވެރިން އަދަބު ދިނުމުގެ ގޮތުން އަނިޔާތައް ކުރަމުން ދަނީ ކަންބޮޑުވާ ފަދަ ދަރަޖައަކެވެ. އަދަބު ދިނުމުގެ ގޮތުން އެކުދިން އެންމެ ކުރާހިތްވާ ކަމެއް ވަކި ވަގުތެއް ނުވަތަ މުއްދަތެއް ވަންދެން ކުރުން މަނާ ކުރުމަކީ އެކުދިން އިސްލާހު ކުރުމަށްޓަކައި ދެވިދާނެ އަދަބެކެވެ.

އިސްވެ ދެންނެވުނުފަދައިން ކުޑަކުދީންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ އެންމެންގެ ވެސް ޒިންމާއަކަށް ހަދައިގެން މަސައްކަތް ކޮށްފިނަމަ އެފަދަ އަނިޔާތައް މަދުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާ އެއް ކުރާ ކަން އެގިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަކީވެސް އެފަދަ އަމަލު ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ނުދިނުމުގެ ގޮތުން ކުރެވިދާނެކަމެކެވެ. އާއިލާ މީހެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުނަސް އެކަން ސިއްރު ނުކޮށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ މުހިއްމުކަމެކެވެ.

މިފަދަ އަނިޔާތަކާއި ގުޅިގެން  އެންޑަރސަން،ސީ.އޭ (2003) ހާމަކުރައްވާގޮތުގައި ގޯނާކުރާ ވީޑިއޯގޭމް ކުޅުމަށް ހޭދަކުރާ އުމުރަކީ، އެކުދިން އެހެން މީހުންގެ އިޙުސާސްތައް އުގެނި ދިމާވާ މައްސަލަތައް ސުލްޙަވެރި ކަމާއެކީ ޙައްލުކުރަންވާގޮތް އެނގިގަންނަން ޖެހޭ އުމުރުކަމަށެވެ. އެންޑަރސަން، ސީ.އޭ ، ޖެންޓައިލް، ޑީ.އޭ، އަދި ބަކްލޭ، ކޭ.އީ (2007) ހާމަކުރައްވާ ގޮތުގައި ކުޑަކުދިން ކުޅޭ ގޭމްތަކުގައި އެކުލެވޭ ބައިތައް (ކޮންޓެންޓް) ވަޒަން ކުރުމުން އެފަދަ ގޭމްތަކުގެ ބޮޑުބައެއް ހިމެނެނީ ގޯނާކުރުން ކަމުގައި ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމަށްވާއިރު، މިރާއްޖޭގައި ގިނަ ބެލެނިވެރިން ނުވަތަ މައިން ބަފައިންނަށް ނޭގި ނަމަވެސް ކުއްޖާއަށް އެދެވެނީ އަނިޔާއެއްކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.

ކަންމިހެންހުރިނަމަވެސް ކުޑަކުދިންނަށްކުރާ އަނިޔާތަކާއި ގުޅިގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ވިދާޅުވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަމާބެހޭ ވުޒާރާތަކުން ވާހަކަ ދައްކަމުންދާއިރު، އެކުދީންނަށް އަނިޔާ ކުރުމަކީ، އިއްޔެއަކު މިއަދަކު ދިވެހީންގެ ތެރޭގައި ހިނގާންފެށި ކަމެއް ނޫނެވެ. މާ ކުރީންސުރެ ހިނގަމުން އަންނަކަމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން، ބޮޑެތި އަނިޔާތައް ކުޑަކުދީންނަށް ލިބެމުން އައިސްފައިވެއެވެ. އެހެންނަމަވެސް އެއީ މި ޒަމާނާ މުޅީން ތަފާތު ޒަމާނެކެވެ. ސޯޝަލް މީޑިޔާގެ މާ ބޮޑު ދައުރެއް ނެތް ޒަމާނެކޭވެސް ދެންނެވިދާނެއެވެ. އެހެންކަމުން އެޒަމާނުގައި މިފަދަ ކަންކަން މީހުންނަށް އެނގޭ މިންވަރު ވަރަށްވެސް ކުޑައީއެވެ. އަދި ކުޑަކުދިންގެ ހައްޤުތަކަކީ ކޮބައިކަން ނޭގޭއިރު، އެކުދިންނަށް އަނިޔާކުރުމަކީ ކޮބައިކަންވެސް އެޒަމާނުގައި ހަމަ ނޭގެނީއެވެ. އަޙްމަދު ނާފިޢު (2015) ލިއުއްވާފައިވާ ހަޤީޤީ ހާދިސާއެއްގައި ”ބޮޑުތަދުގެ ދުވަސްވަރު ކުޑަކުއްޖަކު ބަނޑުހައިވެގެން ރޯން ފެށުމުން އެކުއްޖާ އަލިފާންގަނޑަށް އެއްލައިލި ރަހުމްކުޑަ މަޔަކާއިބަފައެއްގެ ވާހަކަ” އަކީވެސް މިރާއްޖޭގެ މާޒީގައި ހިނގާފައިހުރި ރަހުމްކުޑަ ހާދިސާތަކެވެ. މިފަދަ ހާދިސާތަކާއި ގުޅޭގޮތުން ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2013) ވިދާޅުވެފައިވަނީ އަނިޔާ ތަޙައްމަލުކުރާ ކުއްޖަކު ފާހަގަކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެކުއްޖަކަށް ނުވަތަ ބެލެނިވެރިޔާއަށް ވެވުނު ގޮތަކުން ވެވުނު މިންވަރަކުން އެހީތެރިވެދިނުންކަން އަމިއްލަޔަށް ޤަބޫކުރަން ޖެހޭކަމަށެވެ. އެއީ މި ފަދަ އަނިޔާއާއި ވޭން އިޙުސާސްކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.

އެހެންކަމުން އެކުދިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ހަމަ އެންމެންގެ ޒިންމާއެކެވެ. ޙާއްޞަކޮށް ކުއްޖާގެ މައިންބަފައިނާއި ބެލެނިވެރިން އަދި ޢާއިލާތަކުގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. މިޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އެކުދިންނަށްކުރާ އަނިޔާތަކުން އެކުދިން ރައްކާތެރިކޮށް އެކުދިންނަށް އަމާން މުޖުތަމަޢުއެއް ހޯދިދާނެއެވެ. އަދި މިކަމުގެ ސަބަބުން އެކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދެވޭނެކަން ޔަޤީނެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އަމަން މުޖުތަމަޢުއެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރަމުންދާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިވުމައްޓަކައި އެޅިދާނެ ފިޔަވަޅުތަކެއްގެ ވާހަކަވެސް މިއަދު ދައްކާލަން އެބަޖެހެއެވެ. އެހެނީ ގިނަ ފަހަރަށް މިފަދަ ކުދިން ޙައްޤުތަކުން މަހުރޫމް ވަނީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކިޔައިދެވިފައިވެސް ނެތުމުންނެވެ. އަދި ކުދިންގެ ހޭލުންތެރިކަންވެސް މިކަމަށް ނެތުމުންނެވެ. މިކަމާއި ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް ޕޮލިސް ސްޓާރފް ސަރޖަންޓް ސައުދިއްޔާ އަޙްމަދު (2015) އާއި ސުވާލުކުރެއްވުމުން ވިދާޅުވެފައިވަނީ ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށްބަލާއި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް އެކުދިންގެ ބަލަދުވެރި ފަރާތަށް ގިނަ ފަހަރަށް އެގިފައި ނުވާކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހުށަހެޅުން ގިނަވެގެންދާ ކަމަށެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ބޮޑެތި މީހުން ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެގެން ހުށަހަޅާ މައްސަލަތައް ހިމެނޭކަމަށްވެސް ސައުދިއްޔާ އަޙްމަދު (2015) ވިދާޅުވެފައިވެއެވެ. މީގެއިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ވިމެންސް އެފެއަރޒް (2003) އާއި ޙަވާލާދީ ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (2012) އިން ހާމަކުރައްވާގޮތުގައި 1999 އިންފެށިގެން 2003 ގެ ނޮވެމްބަރާއި ހަމައަށް ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 192 މައްސަލަ ކުޑަކުދިންގެ ޙައްޤުތަކާއިބެހެ ޔުނިޓަށް ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން ހަމަ މިމުއްދަތުގެތެރޭގެއި ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ބޮޑެތި ގެއްލުން ދީގެން 88 މައްސަލަ ހުށައެޅިފައިވެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. 

އެހެންކަމުން މިއަދު މިވަނީ ކުޑަކުދިންގެ ޙައްގުތަށް ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ. މިގޮތުން ކުޑަކުދިންވެސް ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިސާލަކަށް: ކުއްޖަކު ގެއިން ބޭރަށް ގޮސްފިނަމަ ނުވަތަ ގެއިންބޭރަށް ދާނަމަ އެދިޔައީ ކޮންތަނަކަށްތޯއާއި، ރައްޓެހިކުދިންނަކީ ކޮބައިތޯ މައިންބަފައިންނަށް ކިޔައިދީފައި ބާއްވަންވާނެއެވެ. އަދި ”ރައްޓެހި ކުދިންގެ ގެޔާއި އެކުދިންނާއިއެކު އުޅެނީ ކޮންބައެއްތޯ، މައިންބަފައިންގާތު ބުނެފައި ބޭއްވުމަކީ މުހިންމުކަމަކަށްވާއިރު، ކުއްޖާއަށް ގެއްލުންނުވާ ބާވަތުގެ މަޢުލޫމާތު ހޯދާ ލިބިގަތުމަކީ ކޮންމެކުއްޖެއްގެވެސް ޙައްޤެއްކަމަށް” ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (2012) އާއި ހަވާލާދީ ހުސައިން ނިޔާޒު (2013) ”ހެޔޮބަސް” އަށް ލިޔުއްވާފައިވެއެވެ.  މީގެއިތުރުން ކަންކަމާމެދު ވިސްނައި ޚިޔާލުފާޅުކުރެވޭ ޢުމުރުގެ ކޮންމެކުއްޖަކާ ބެހޭގޮތުން ކަންތައްތައް ނިންމާއިރު، އެކުއްޖަކު ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު ދޭން ވާނެއެވެ. އަދި އެކަމެއް ނިންމުމުގައި އެކުއްޖާގެ ޢުމުރާއި، ވިސްނުން ހުރިމިންވަރަށް ބަލައި، އޭނާ ފާޅުކުރާ ޚިޔާލުތަކަށް އަހަންމިއްޔަތު ދިނުމަކީވެސް ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ.

މީގެއިތުރުންވެސް އެޅިދާނެ ފިޔަވަޅުތަކުގެތެރޭގައި ކުއްޖަކު ޙައްޤުތަކުން މަހުރޫމްކޮށް އަނިޔާއެއް ލިބެމުންދާކަން އެނގިއްޖެނަމަ ނުވަތަ އެފަދަކަމަކަށް ޝައްކުކުރެވޭނަމަ، ނުވަތަ ކުޑަކުއްޖަކަށް ނުރައްކަލެއް އެބައޮތް ކަމަށް އެނގިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންނަށް ނުވަތަ ކަމާ ބެހޭ ފަރާތަށް އެނގުމަކީ ކޮންމެ މީހެއްގެ ވެސް އިޖުތިމާޢީ ޒިންމާއެއް ކަމަށް ޤަބޫލުކުރާށެވެ! މައްސަލަ ހުށަހަޅާ ފަރާތުގެ ނަން ވަންހަނާކުރަން ބޭނުންވާ މީހުންނަށް ނަން ނޭނގޭ ގޮތަށް ވެސް މައްސަލަ ހުށަހެޅިދާނެ އެވެ. ފުލުހުންނާ ގުޅޭނެ ހެލްޕްލައިނަކީ ނުވަތަ ރިޕޯޓުކުރާނެ ނަންބަރަކީ 3000600 އެވެ. ނުވަތަ (ޗައިލްޑް ހެލްޕްލައިން) 1412 އެވެ. ގުޅާ ފަރާތެއްގެ ނުވަތަ އެ މައްސަލައެއް ރިޕޯޓްކުރި ފަރާތެއްގެ ނަން، ފުލުހުން ވަންހަނާ ކޮށްދޭނެއެވެ.

އަޅުގަނޑުމެންގެ މިއަދު ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު އެކުދިން ޙައްޤުތަކުން މަހުރޫމްކޮށް އެކަހެރިކޮށް ބާކީ ކުރަމުންދާ މައްސަލަތައް މިއަދު މިވަނީ މިދިވެހި މުޖުތަމައުގައިވެސް ޢާއްމުވެފައެވެ. ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަމުންދާއިރު، ބައެއް ބެލެނިވެރިންނާއި މައިން ބަފައިން އެކުދިން ޙައްޤުތަކުން މަޙުރޫމްކޮށް ބާކީކޮށްލާ މަގުމަތިކުރުވާ މަންޒަރު މިއަދުގެ މި މުޖުތަމައުން ފެންނަމުންދާކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާތަކެއް ދަނީ ލިބެމުންނެވެ. އެހެންކަމުން އަޅުގަނޑުމެން ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަ ދައްކަމުންދާއިރު އެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. އަދި އެ ހައްޤުތަކަކީ ކޮބައކަންވެސް އެނގެން ޖެހެެއެވެ. އެހެންނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މިކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަާއި ޖެންޑަރ މިނިސްޓްރީ އާއި ދިވެހި ފުލުހުން ގުޅިގެން އަޅުގަނޑުމެންގެ ޅަ ދަރިންގެ ޙައްޤުތައް ރައްކާތެރިކޮށް ޢާންމުން ހޭލުންތެރިކުރުވުމަށް  މާލެއާއި އަތޮޅުތަކުގައިވެސް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިފަދަ ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެކުދިން ހިމާޔަތްކުރުމެވެ. އެކުދިންނަކީ މާދަމާގެ މުސްތަޤްބަލަށް ވީތީއެވެ. 

ހަވާލާ ލިސްޓް

ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް. (2012). އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އަތްމަތީފޮތް، ޞ. 146-175.  ނެގީ:   

http://hrcm.org.mv/publications/otherdocuments/HRdefendersHandbookDhi.pdf ން.

  ހުސައިން ނިޔާޒު.(2013، އޮގަސްޓް 2). ތިމާގެ ދަރިން ހަލާކުގެ ތެރެޔަށް ވައްޓާނުލައްވާ! ހެޔޮބަސް. ނެގީ:  http://www.heyobas.info/?p=3198ން

އަޙްމަދު ނާފިޢު.(2013، ފެބުރުއަރީ).މައިންބަފައިންގެ މުށުތެރޭގައިވާ ތުއްތު ކުއްޖާއަކީ މާތްﷲ ދެއްވާފައިވާ އަގުބޮޑު ހަދިޔާއެއް، ފަތްތޫރަ،395، ޞ.25-26.

އަޙްމަދު ނާފިޢު.(2015، މާރިޗް 2). އަލިފާންގަނޑަށް ދަރިފުޅު އެއްލައިލި ރަހުމުކުޑަ މަޔަކާއި ބަފައެއްގެ ވާހަކަ. ނެގީ: 2015 މާރިޗް 17،  http://naappe.blogspot.com/2015/03/blog-post.html#moreން.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.(2013، މެއި 17). ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ތެދުވަމާތޯއެވެ!. ލިޔުންތެރިންގެ ގުޅުން. ނެގީ:  މާރިޗް 16، 2015، http://www.liyuntherin.org/index.php?option=com_content&view=article&id=1082:2013-05-16-13-14-35&catid=18:2012-01-30-18-28-15&Itemid=27 ން.

އައިމިނަތު އަމީނާ.(2013، މެއި 16). ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރުމަކުން ނުފުދެއެވެ!، ވީކްލީ،34، ޞ.11.

އިސްމާއިލް ނާޖީ.(2003، ޑިސެމްބަރ 24). ކުޑަކުދިންގެ ރައްކާތެރިކަމަށް މަގެއް. ކަވާސާ. ނެގީ: http://www.kavaasaa.com/aailaa/kudhin/kuda-kudhinge-rakkather-kamai-magei.htmlން

އެންޑަރސަން، ސީ.އޭ ، ޖެންޓައިލް، ޑީ.އޭ، އަދި ބަކްލޭ، ކޭ.އީ. (2007). ވައަލަންޓް ވިޑިއޯ ގޭމް އިފެކްޓްސް އޮން ޗިލްޑްރެން އެންޑް އެޑޮލަސެންޓްސް. ނިއުޔޯކް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.

އެންޑަރސަން، ސީ.އޭ. (2003) ދަ އިންފުލުއެންސް އޮފް މީޑިއާ ވައަލެންސް އޮން ޔޫތު. ސައިކޮލޮޖިކަމް ސައެންސް އިން ދަ ޕަބްލިކް އިންޓްރެސްޓް،12، ޞ. 81-110.

ރައްޔިތުންގެ މަޖިލިސް .(2008). ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ 2008. ނެގީ:http://www.majlis.gov.mv/di/wp-content/uploads/gaanoon-assaasee.pdf ން

މަރިޔަމް އިނާޝާ. (2014، ސެޕްޓެމްބަރ 2). ބެލެނިވެރިން ވިސްނާލުން މުހިންމު! މަހަލްދީބް.ކޮމް. ނެގީ: 2015 މާރިޗް 07،  http://www.mahaldheeb.com/?p=73 ން.

މުޙައްމަދު އިސްމާއިލް.( 2009،  ޖެނުއަރީ 15). ކުޑަކުދިންނަށްކުރާ އަނިޔާތައް ހުއްޓުވުން- އަހަރެންގެ ޒިންމާއެއް. ކުޅުދުއްފުށި އޮންލައިން. ނެގީ: 2015 އެޕްރީލް 05،http://kulhudhuffushi.com/reloaded/~372 ން.

ފަތުޙުﷲ އަޙްމަދު ރަޝީދު.(2014،ފެބުރުއަރީ). ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަން،ފަތްތޫރަ،407، ޞ.28-30.

………………………………….

The post ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރަންޖެހެނީ ކީއްވެ؟ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/46551/feed/ 0
އޭދަފުށީ ދާއިރާއަށް އާއްޓޭގެ ތަސައްވަރު http://www.eydhafushitimes.com/live/report/45897/ http://www.eydhafushitimes.com/live/report/45897/#respond Fri, 05 Apr 2019 06:52:32 +0000 http://www.eydhafushitimes.com/live/?p=45897

ބ. އޭދަފުށީ ހުރިހާ މަގެއްގައި ތާރު އަޅައި މާޅޮހާއި ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވައި އޭދަފުށީ ދާއިރާ ތަރައްގީ ކުރަން އަހްމަދު އާރިފް (އާއްޓޭ) ގެންގުޅޭ ތަސައްވަރު މި ދާއިރާގެ ރައްޔިތުންނަށް އޭނާ އާއްމު ކުރައްވައިފި އެވެ. އޭދަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާއްޓޭ ގެ ވައުދު ތަކުގެ ތެރޭ ދާއިރާގެ ތިންރަށުގައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވެ އެވެ. އޭދަފުށްޓަށް އާއްޓޭގެ ބައެއް ވައުދުތައް ރަނގަޅު ފެންވަރުގެ މިސްކިތެއް ބިނާކުރުން ހޮސްޕިޓަލުގައި ...

The post އޭދަފުށީ ދާއިރާއަށް އާއްޓޭގެ ތަސައްވަރު appeared first on Eydhafushi Times.

]]>

Eydhafushee Dhaaira ah Ahmed Arif – Artey ge thasavvaru

Eydhafushee Dhaaira ah Ahmed Arif – Artey ge thasavvaru

Posted by Eydhafushi Times on Thursday, 4 April 2019

ބ. އޭދަފުށީ ހުރިހާ މަގެއްގައި ތާރު އަޅައި މާޅޮހާއި ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވައި އޭދަފުށީ ދާއިރާ ތަރައްގީ ކުރަން އަހްމަދު އާރިފް (އާއްޓޭ) ގެންގުޅޭ ތަސައްވަރު މި ދާއިރާގެ ރައްޔިތުންނަށް އޭނާ އާއްމު ކުރައްވައިފި އެވެ.

އޭދަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާއްޓޭ ގެ ވައުދު ތަކުގެ ތެރޭ ދާއިރާގެ ތިންރަށުގައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވެ އެވެ.

އޭދަފުށްޓަށް އާއްޓޭގެ ބައެއް ވައުދުތައް

 • ރަނގަޅު ފެންވަރުގެ މިސްކިތެއް ބިނާކުރުން
 • ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތައް އަޅައި ސްޕެސަލިސްޓުން އިތުރުކުރުން
 • ހުރިހާ މަގެއްގައި ތާރު އެޅުން
 • މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީ ކުރުން
 • ދެނުކު ފަރާޓުގަިއ އިތުރު ބަނދަރެއް ހެދުން
 • މަސްމާރުކޭޓެއް އެޅުން
 • ކުނިނައްތާލުމުގެ ނިޒާމު ހަރުދަނާކުރުން
 • ފެރީޓާމިނަލަކާއި މަސްމާރުކޭޓެއް އެޅުން
 • ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން
 • އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން
 • ޕަވަހައުސް ކެޕޭސިޓީ އިތުރުކުރުމާއި ޑީބީ ނެޓްވޯކް ބަދަލުކުރުން
 • އައުޓްޑޯ ޖިމެއް ތަރައްޤީކުރުން

މާޅޮހަށް އާއްޓޭގެ ބައެއް ވައުދުތައް

 • ބަނދަރުގެ ބޭރުތޮށި އާކުރުން
 • ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން
 • ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުން
 • އާ އިންޖީނުގެއެއް އިމާރާޓްކިށް ފެންވަރު ރަނގަޅު ޑީބީ ނެޓްވޯކެއް ގާއިމުކުރުން
 •  

ހިތާދޫއަށް އާއްޓޭގެ ބައެއް ވައުދުތައް

 • ބަނދަރު ބޮޑުކުރުމާއި މަރާމާތުކުރުން
 • ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން
 • ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުން
 • އާ އިންޖީނުގެއެއް އިމާރާޓްކިށް ފެންވަރު ރަނގަޅު ޑީބީ ނެޓްވޯކެއް ގާއިމުކުރުން
 • ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުން

އާއްޓޭ ވިދާޅުވީ  ދާއިރާގެ ތިން ރަށަށްމެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 15 އަހަރު ދުވަހުގެ ތަރައްގީ ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.  ހަމައެއާއެކު ސަރުކާރުންވެސް ރައްޔިތުންނަށާ ރާއްޖޭގެ އެންމެހާ ރަށްތަކަށް ތަރައްގީގެނެސް ދިނުމުގައި އެއްވެސް ހުރަހެއްނެތި މަސައްކަތް ކުރެވޭނީ ސަރުކާރުގެ ބަސްވިކޭ މަޖިލީހެއް އޮވެގެން ކަމަށް އާއްޓޭ ގަބޫލުކުރައްވަ އެވެ.

އާއްޓޭގެ ކެންޑިޑޭޓް ނަމްބަރަކީ 3 އެވެ.

The post އޭދަފުށީ ދާއިރާއަށް އާއްޓޭގެ ތަސައްވަރު appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/45897/feed/ 0
އާއްޓޭ: ދާއިރާއަށް ތަރައްގީ ގެނައުމަށް އަތުކުރި އޮޅާލައްވައިގެން http://www.eydhafushitimes.com/live/news/45881/ http://www.eydhafushitimes.com/live/news/45881/#respond Fri, 05 Apr 2019 03:09:29 +0000 http://www.eydhafushitimes.com/live/?p=45881

ތަޢާރަފް ތާރީޚީ އިލްމުވެރިޔާ މަރުހޫމް އަބްދުލްހަކީމް ހުސެއިން މަނިކުގެ ބޭފުޅެއް ކަމަށް ވާ އަހުމަދު އާރިފް، މަޝްހޫރު ނަމުން ނަމަ، އާއްޓޭއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު، އޭނާ މަސައްކަތް ފެއްޓެވީ އަމިއްލަ ވިޔަފާރީގަ އެވެ. މާލޭގެ މަޝްހޫރު ލޮޓަސް ފިހާރަ ނިސްބަތްވަނީ އޭނާއަށެވެ. އާއްޓޭގެ ވިޔަފާރި ތަޖުރިބާ 30 އަހަރަށް ދެމިގެންދެ އެވެ. ސިޔާސީ ހަޔާތް: ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު އަހަރު، 2012 އިން ފެށިގެން ...

The post އާއްޓޭ: ދާއިރާއަށް ތަރައްގީ ގެނައުމަށް އަތުކުރި އޮޅާލައްވައިގެން appeared first on Eydhafushi Times.

]]>

ތަޢާރަފް

ތާރީޚީ އިލްމުވެރިޔާ މަރުހޫމް އަބްދުލްހަކީމް ހުސެއިން މަނިކުގެ ބޭފުޅެއް ކަމަށް ވާ އަހުމަދު އާރިފް، މަޝްހޫރު ނަމުން ނަމަ، އާއްޓޭއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު، އޭނާ މަސައްކަތް ފެއްޓެވީ އަމިއްލަ ވިޔަފާރީގަ އެވެ. މާލޭގެ މަޝްހޫރު ލޮޓަސް ފިހާރަ ނިސްބަތްވަނީ އޭނާއަށެވެ. އާއްޓޭގެ ވިޔަފާރި ތަޖުރިބާ 30 އަހަރަށް ދެމިގެންދެ އެވެ.

ސިޔާސީ ހަޔާތް:

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު އަހަރު، 2012 އިން ފެށިގެން އާއްޓެ އަކީ އެމްޑީޕީގެ މެމްބަރެކެވެ. އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެން، ޕާޓީ އަށް ގިނަ ގޮތް ގޮތުން އެހީތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އާއްޓެ ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު މިއީ އޭނާގެ ފުރަތަމަ އިންތިހާބެވެ.

އިޖުތިމާއީ ހިދުމަތް:

އާއްޓޭ ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އެކި ކަންކަމުގައި އެހީތެރިވެ ދެއްވަމުންނެވެ. ހާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޭނާގެ އެހީތެރިކަން ބޮޑެވެ. އެ މީހުންނަށް ބޭނުންވާ ބައެއް ސާމާނު ހިލޭ ފޯރުކޮށްދެއްވަ އެވެ.

މެސެޖް:

އާއްޓެގެ ކެމްޕެއިން ސްލޮގަންއަކީ “ބަދަލެކެ”ވެ. އޭދަފުށީ ދާއިރާ އަށް ތަރައްގީ ގެނައުމަށް ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ. ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވައި، ފާގަތި މުސްތަގުބަލެއް ހޯއްދަވައި ދެއްވުމުގެ ނިޔަތުގަ އެވެ.

ނޯޓް: މިއީ ވިޔަފާރި އުސޫލުން ޕަބްލިޝްކޮށްދީފައިވާ ލިޔުމެކެވެ.

The post އާއްޓޭ: ދާއިރާއަށް ތަރައްގީ ގެނައުމަށް އަތުކުރި އޮޅާލައްވައިގެން appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/45881/feed/ 0
ދިވެހި ފުލުހުންގެ ޚިދުމަތުގެ 86 އަހަރު http://www.eydhafushitimes.com/live/news/45791/ http://www.eydhafushitimes.com/live/news/45791/#respond Fri, 29 Mar 2019 09:51:13 +0000 http://www.eydhafushitimes.com/live/?p=45791

މިއަދަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. މިދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ. ދިވެހި ފުލުހުން އުފެދުން ރާއްޖޭގެ ތާޜީޚު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންގެ މިދިވެހި ފަސްގަނޑުގެ އެންމެ ޞައްޙަ ތާރީހެއް ފެންނަން އޮތީ، ރާއްޖެ އިސްލާމްވުމަށްފަހުގައެވެ. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ރާއްޖެއަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރު އެވެ. އޭގެފަހުންވެސް އަދި ކުރިންވެސް ، ރާއްޖެ ހިނގަމުން އައިސްފައިވަނީ ...

The post ދިވެހި ފުލުހުންގެ ޚިދުމަތުގެ 86 އަހަރު appeared first on Eydhafushi Times.

]]>

މިއަދަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. މިދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.

ދިވެހި ފުލުހުން އުފެދުން

ރާއްޖޭގެ ތާޜީޚު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންގެ މިދިވެހި ފަސްގަނޑުގެ އެންމެ ޞައްޙަ ތާރީހެއް ފެންނަން އޮތީ، ރާއްޖެ އިސްލާމްވުމަށްފަހުގައެވެ. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ރާއްޖެއަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރު އެވެ. އޭގެފަހުންވެސް އަދި ކުރިންވެސް ، ރާއްޖެ ހިނގަމުން އައިސްފައިވަނީ ދުސްތޫރީ ވިޔަފާރި ވެރިކަމެއްގެ ތެރެއިން ނޫންކަން ދިވެހިތާރީޙުން ފެންނަން އެބައޮތެވެ. އެގޮތުން ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ދޭންފެށިފައިވަނީ މީލާދީން 21 އެޕްރީލް 1892 ގައެވެ. ފުލުހުންގެ ޚިދުމަތް ދޭންފެށިފައިވަނީ އޭގެ 40 އަހަރު ފަހުން ސިފައިންގެ ތެރެއިންނެވެ. ނަމަވެސް ވާޖިބާއި މަސްޢޫލިއްޔަތުގެ ގޮތުން، ތަފާތު ދެބައެއްގެ ގޮތުގައެވެ.

ފުލުހުން އުފެދިގެން އައިސްފައިވަނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އޭރު ތިއްބެވި ބޭފުޅުންނާއި މަޝްވަރާކުރެވި ފުލުހުންނާއި ބެހޭ ޤާނޫނެއް އެކަށައެޅުމުންނެވެ. ( އޭރު އެޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަކީ އަވަށްޓެރި ޤައުމުތަކުގެ ވެށި ދެކެވަޑައިގަންނަވާ، ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ.)  އަދި މިޤާނޫނު ކީރިތި މަހާރަދުންގެ ހިރިޔާ ފާތުރާދަށަށް 30 ޛުލްޤައިދާ 1351 ގައި ހުށަހެޅި މިޤާނޫނު 2 ޛުލްޙިއްޖާ 1351 ގައި ރަދުން ދަޞްދީޤު ކުރެއްވުމުންނެވެ.  ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވުމާއިގުޅިގެން 29 މާރޗް 1933 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ ޙިދުމަތް ތަޢާރަފްވެގެން ދިޔައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފާޒުގައި ހިމެނިފައިވަނީ ޖުމްލަ 120 މީހުންނެވެ. އެއީ މާލޭގެ ހަތަރު އަވަށުން ހޮވާލެވުނު ބައެކެވެ. މިގޮތުން ގަލޮޅުން 24 މީހުންނާއި، ހެންވޭރު، ގަލޮޅު، މާފަންނު މިއިން ކޮންމެ އަވަށަކުން 32 މީހުންނެވެ. އެޒަމާނުގައި ފުލުހުންގެ މީހުންނަށް ކިޔައި އުޅެނީ ” ފުލުހު މީހުން” ނެވެ. ފުލުހުން އުފެދިގެން އައުމާއެކު އެޒަމާނުގައި ފުލުހުންގެ މަސައްކަތުގެ އުޖޫރައާއި ޢިނާޔަތްތައް ދެއްވާފައިވަނީ ތަކެތިންނެވެ. މަހު މުސާރައެއްގެ ގޮތުގައި ކޮންމެ މަހަކު ހަނޑޫ މުޅިއެކެވެ. އިތުރު ޢިނާޔަތުގެ ގޮތުގައި އަހަރަކު ދެ ފާތިޙާއާއި ، ތިން ޞަލަވާތާއި، ހަތަރު ބޯފޮޅިއެވެ. އަދި އަހަރަކަށް 3 ޔުނީފޯރމް ދެއްވިއެވެ.

އެންމެ ފުރަތަމަ ފުލުހުން ޔުނީފޯރމްގެ ގޮތުގައި ބޭނުންކޮށް އުޅުނީ ހުދުލިބާހާއި މުންޑެވެ. ލިބާހުގެ އަތުކުރީ ފޮތިގަނޑާއި، ގިރުވާނު ހުންނަނީ ރަތް ކުލައިންނެވެ. ބޮލުގައި ކަޅު ތާކިހަލެކެވެ. އުނަގަނޑުގައި ކަމަރެއް އަޅާފައި އޮވެއެވެ. އަތުގައި މުގުރުބުރި އޮންނަންޖެހޭކަމަށް ފުލުހުންގެ އޭރުގެ ޤާނޫނުގައި ބަޔާން ކުރައްވާފައިވެއެވެ.

ފުލުހުންގެ ފުރަތަމަ ޤާނޫނަށް ބަލާއިރު، ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިއޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ. ރަށުތެރޭގެ އަމަން ބެލެހެއްޓުމަށެވެ. މިގޮތުން، މާލޭގެ ހަތަރު އަވަށާއި، ބާޒާރުގައި ފޯރިމެރުމާއި، ބަޔަކު ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެބަޔަކު ވެރިންނާއި ހަމަޔަށް ގެންގޮސް ރިޕޯރޓްކުރަން ޖެހެއެވެ. ފުލުހުން އުފެދުނީއްސުރެ، ފުލުހުން އަދާކުރަމުން އައި ޚިދުމަތަކީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބުރަ މަސްޢޫލިއްޔަތެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން  ޤާއިމްކޮށް، ބޮޑެތި ޖަރީމާތައް ހިންގުމުގެ މަޤުތައް ބަންދުކޮށް، އެފަދަ ކަންކަމުން ރައްޔިތުން ދުރުހެލި ކުރުމެވެ. އަދި މިފަދަ ކަންކަންކުރާ ފަރާތްތަކުގެ މަސްލަހަތަށްބަލައި އިންސާފް ހޯދައިދިނުމެވެ. އަދި ފުލުހުންގެ އަޚްލާޤް ހިފަހައްޓައި، ސުލޫކީ އިމެއްގެ ތެރޭގައި، ބޭތިއްބުމަށްޓަކައި، އޭރު އޮތް ފުލުހުންގެ ޤާނޫނުގައިވެސް ފުލުހުން ކުރުން މަނާ ކަންތައްތައް ބަޔަންކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ މީހަކު  ކުށެއް ކޮށްފިނަމަ އެމައްސަލަ ބައްލަވާނީ ވުޒާރަތުއްދާޚިލިއްޔާ އިންނެވެ.

ފުލުހުންގެ ތާރީޚުން އެނގެން އޮތް ގޮތުގައި، 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ފުލުހުން ރަށުތެރެ ބަލަހައްޓައި، ފޯރިމަރައި އުޅުނީ ފައިމަގުގައެވެ. އަމިއްލަ ބައިސްކަލެއް ހުރި މީހަކުނަމަ އެބައިސްކަލެއްގައި ނިކުމެ އުޅެއެވެ. ބައެއް ފަހަރަށް ފޯރިއަށް ހުންނަންޖެހޭތަނަށް ސިފައިންގެ ބަހުގައިވެސް ގެންގޮސްދީ ހަދައެވެ. ތަޚްޤީޤްގެ އެންމެހާ މަސައްކަތްތައް ކުރަނީ އޭރު ސިފައިންގެ އިމާރާތާއި އިންވެގެން ހަދާފައިވާ ކޮޓަރިއެއްގައެވެ. އެއީ ގާތްގަނޑަކަށް 12 ފޫޓް 12 ފޫޓްގެ ކޮޓަރިއެކެވެ. މިކޮޓަރީގައި ހުންނަނީ ފެހިކުލައިގެ ދަވާދު ލާފައެވެ. އެހެންކަމުން އޭރު މިތަނަށް ކިޔައި އުޅެނީ ” ފެހި” އޮފީހެވެ. މިއޮފީހުގެ ތެރޭގައި ހުންނަނީ ދެ މޭޒެވެ. ދެން ހުންނަނީ އަތްގަނޑުލީ ދެތިން ހަތަރު ގޮނޑިއެވެ. އަދި ފައިލްތައް ބަހައްޓާލާނެ ކަފޭރާއަކާއި، މޭޒުމަތީ ފަންކާއެކެވެ. އޮފީސް ހުޅުވާނީ މައްސަލައެއް ހުށަހަޅަން މީހަކު އަތުވެއްޖެ ނަމައެވެ. އެޒަމާނުގައި ފުލުސް އޮފީހަކީ މިއީއެވެ.

ނަމަވެސް އޭގެފަހުން 1972 މާރޗް 13 ވަނަ ދުވަހު ސިފައިންގެ ތެރެއިން ބަޔަކު ޚާއްޞަކުރައްވައި ފުލުހުންގެ ގޮތުގައި ރަޖިސްޓަރީކުރެވުނެވެ. މިމީހުން ސިފައިންގެ ރަޖިސްޓަރީން އުނިކުރެއްވިނަމަވެސް ދިރިއުޅުމާއި އެހެނިހެން ހުރިހަކަމެއް ހަމަޖެހިފައިއޮތީ ސިފައިންނާއެކުގައި ސިފައިންތެރޭގައެވެ. ފުލުހުން ހުރިހަކަމެއްގައިވެސް ރިޕޯޓްކުރަނީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަށެވެ.

1972 ވަނަ އަހަރު ސިފައިންތެރެއިން ބަޔަކުވަކިކޮށް މިއުފެއްދެވި ފުލުހުން އޭގެފަހުން އަހަރުތަކެއްވީއިރު  ނެތިހިގައްޖެއެވެ. މިމީހުން ރަސްމީލިޔެކިޔުމަކުން އުވާލެއްވިކަން ހޯދިހޯދުންތަކުން އަދި ފެނިފައެއް ނުވެއެވެ.

1993 އޮކްޓޯބަރ 06 ވަނަ ދުވަހު ސ.ގަމުގައި ފުލުހުންގެ ޚިދުމަތްދޭންފެށުނެވެ. މިއީ، މާލެއިން ބޭރުގައި ސިފައިން ގާއިމްވެ ތިބެގެން ފުލުހުންގެ ޚިދުމަތްދިނުމުގެ ފެށުމެވެ.

1997 ނޮވެމްބަރ 11 ވަނަ ދުވަހު ވިލީ ފުލުހުންގެ ޚިދުމަތް މާލޭގައި ދޭންފެށުނެވެ. މިއީ ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ އަމަލީ ފެށުމެވެ.

2004 ސެޕްޓެމްބަރ 01 ވަނަ ދުވަހު ދިވެހި ފުލުހުން މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ވަކިކުރައްވައި ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސެވިއެވެ. މިއީ، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މިރާއްޖޭގައި މަރުކަޒީ ފުލުހުން އުފެދުމެވެ.

އެހެންކަމުން މިއަދު ދިވެހިރާއްޖޭގެ ފުލުހުން އެ ފާހަގަކުަމުން ގެންދަނީ އެބޭކަލުންގެ ޚިދުމަތުގެ ސަޔާހި އަހަރެވެ. އާދެ! 86 އަހަރެވެ. އެހެންކަމުން މި ފުރުޞަތުގައި ދިވެހިރާއްޖޭގެ އެންމެހާ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އޭދަފުށި ޓައިމްސްގެ ނަމުގައި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.

ތާރީޚީ ނަޒަރަކުން ފުލުހުން

ތާރީޚުގެ ކޮންމެ ދުވަސްވަރެއްގައިވެސް ރައިއްޔަތުންގެ މެދުގައި ޞުލްޙަގާއިމުކުރުމަށްޓަކައި މަސައްކަތްތަކެއް އެ އީރާއެއްގެ ޒަޢީމުން ކުރައްވާފައިވާ ކަމަކީ ކުޑަވެސް އޮޅުމެއްއޮތްކަމެއްނޫނެވެ.  ފުލުހުންގެ ޚިދުމަތަކީ ޒަމާންވީ ޚިދުމަތެކެވެ. ގަދީމީ ޗައިނާގައި އެތައްހާސް އަހަރެއްވަންދެން “ޕްރިފެކްޗަރ ސިސްޓަމް” ހިންގައިފައިވެއެވެ. މިނިޒާމަކީ މިއަދުވެސް ޖަޕާން ކޮރެއާ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ ނިޒާމެކެވެ.

ގަދީމީ ގްރީކްގައި މެޖިސްޓްރޭޓުންނަށް އެބޭފުޅުންގެ މަސައްކަތްޕުޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ މަސައްކަތް އަލުން ލައްވާ ކުރުވަފައިވެއެވެ.

ޕެރިސްގައި އޮގަނައިޒްޑް ޕޮލިސް ފޯހެއް ފުރަތަމަ ގާއިމްކުރެވުނީ 1667 އަހަރުއެވެ. ފްރެންޗް ރިވޮލިއުޝަނަށްފަހު 1829 ވަނަ އަހަރު ފްރާންސްގައި ފުރަތަމައަށް ޔްނީފޯރމްޑް ޕޮލިސް ގާއިމްކުރެވުނެވެ.

1737 ވަނަ އަހަރު ލަންޑަންގައި ވޮޗްމެން ސިސްޓަމް ގާއިމުކުރެވުނެވެ. 1749 ގައި ލަންޑަންގައި “ބޯ ސްޓްރީޓް ރަނަރ”ގެ ނަމުގައި ފުރަތަމަ ޕްރޮފެސަނަލް ޕޮލިސް ފޯހެއް ގާއިމުކުރެވުނެވެ.

1642 ވަނަ ޝާއިޢުކުރި “ދަ ސެކެންޑް ޕާރޓް އޮފް ދަ އިންސްޓިޓިއުޓްސް އޮފް ދަ ލޯސް އޮފް ދަ އިންގްލެންޑް” “The second part of the laws of the England”   ގައި ޕޮލިސް ލަފުޒު ލިޔެފައިވަނީ (”polles”) މިގޮތަށެވެ. “ޕޮލިސް” މިލަފުޒަކީ 18 ވަނަ ގަރުނުގައި ފްރެންޗް ބަހުން އިނގިރޭސި ބަހަށް ގެނެވުނު ލަފުޒެކެވެ.

މިޒަމާނުގެ ފުލުހުންގެ ބިންގާއެޅުނީ ބެންތަމައިޓް ފެލޯސޮފީ Benthamite philosophy ގެ ދަށުންނެވެ. 19 ވަނަ ގަރުނަށް ދުނިޔެ ކުރިމަތިލީ ދުވަސްވަރުއެވެ.

1861 ގައި ބްރިޓިޝް އިންޑިއާ ޕޮލިސް އުފެދިގެންއައެވެ. 1905 ގައި އިންޑިއަން އިމްޕީރިއަލް ޕޮލިސް އުފެދުނެވެ. އިގިރޭސި އިސްތިޢުމާރުގެ ދަށުން 1948 އިންޑިއާ މިނިވަންވުމާއި ގުޅިގެން ބަހާރަތިޔާ ޕުލިސް ސޭވާ ނުވަތަ އޯލް އިންޑިއާ ޕޮލިސް ސާވީސް (އައިޕީއެސް) އުފެދި އިންޑިއަން (އިމްޕީރިއަލް) ޕޮލިސް އިން ދެމުންދިޔަ ޚިދުމަތްތައް ދޭންފެއްޓިއެވެ.

The post ދިވެހި ފުލުހުންގެ ޚިދުމަތުގެ 86 އަހަރު appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/45791/feed/ 0
މަސްތުވާތަކެތިން ދުރުހެލިވޭ! މީ ނުރައްކާތެރި ވަބާއެއް! http://www.eydhafushitimes.com/live/report/45630/ http://www.eydhafushitimes.com/live/report/45630/#respond Fri, 15 Mar 2019 09:05:33 +0000 http://www.eydhafushitimes.com/live/?p=45630

މަސްތުވާތަކެތި ބޭނުންކުރުމާއި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ މިއަދު ރާއްޖެއަށް ފެންމަތިވެފައިވާ ވަރަށް ބޮޑު ބިރުވެރިކަމެކެވެ.  މަދު ބައެއްގެ ސަބަބުން ގިނަ ޒުވާނުންތަކެއް ހަލާކުވެ، ވިއްސި ވިހާލިވެގެންދާކަމީ މިއަދު އަޅުގަނޑުމެން ދިވެހިން ހިތާމަކުރަންޖެހޭކަމެކެވެ. ދިވެހިންގެ ފާއިތުވި ދިގު މާޒީއަށް ނަޒަރު ހިންގާލާއިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުންއައިސްފައި ވަނީ ވަރަށްވެސް ހިތްހަމަޖެހޭ، އެއްވެސް ބިރުވެރިކަމެއްނެތް އަމާން މާހައުލެއްގައެވެ. އެއް ގެއެއްގައި ކައްކާ އެއްޗެއް، ޖެހިގެން ހުރިގެއަށް ގެންގޮސްދިނުމާއި، އަވަށްޓެރިއަކަށް ކަމެއް ދިމާވެއްޖެނަމަ އެއަވަށްޓެރިޔާއަށް އެހީތެރިވެދިނުމަކީ ރާއްޖޭގެ އާދަކާދައާއި ސަޤާފަތާ ގުޅިފައިވާ ...

The post މަސްތުވާތަކެތިން ދުރުހެލިވޭ! މީ ނުރައްކާތެރި ވަބާއެއް! appeared first on Eydhafushi Times.

]]>

މަސްތުވާތަކެތި ބޭނުންކުރުމާއި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ މިއަދު ރާއްޖެއަށް ފެންމަތިވެފައިވާ ވަރަށް ބޮޑު ބިރުވެރިކަމެކެވެ.  މަދު ބައެއްގެ ސަބަބުން ގިނަ ޒުވާނުންތަކެއް ހަލާކުވެ، ވިއްސި ވިހާލިވެގެންދާކަމީ މިއަދު އަޅުގަނޑުމެން ދިވެހިން ހިތާމަކުރަންޖެހޭކަމެކެވެ. ދިވެހިންގެ ފާއިތުވި ދިގު މާޒީއަށް ނަޒަރު ހިންގާލާއިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުންއައިސްފައި ވަނީ ވަރަށްވެސް ހިތްހަމަޖެހޭ، އެއްވެސް ބިރުވެރިކަމެއްނެތް އަމާން މާހައުލެއްގައެވެ. އެއް ގެއެއްގައި ކައްކާ އެއްޗެއް، ޖެހިގެން ހުރިގެއަށް ގެންގޮސްދިނުމާއި، އަވަށްޓެރިއަކަށް ކަމެއް ދިމާވެއްޖެނަމަ އެއަވަށްޓެރިޔާއަށް އެހީތެރިވެދިނުމަކީ ރާއްޖޭގެ އާދަކާދައާއި ސަޤާފަތާ ގުޅިފައިވާ ކަމެކެވެ. އަދި ދިވެހިން ދައްކުވައިދީފައިވަނީ އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެކެވެ.

ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ދިވެހިރާއްޖެ މުޅި ދުނިޔެއަށް ތަޢާރަފްވުމާއެކު ރާއްޖެއަށް ރަނގަޅު ކުރިއެރުންތަކެއް އައެވެ. އެހެންނަމަވެސް މިއައި ރަނގަޅު ކަންތައްތަކާއެކު އައި ނުރަނގަޅު ކަންތައްތަކެއްގެ ސަބަބުން މަދު އަހަރުތަކެއްތެރޭގައި މިކުޑަ ދިވެހިރާއްޖެ ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޢާއްމު ވެފައެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ގޭންގުތައް އުފެދުމާއި، މާރާމާރީ ހިންގުމާއި، މަގު ފޭރުމާއި، ކުދި ބޮޑެތި ވައްކަންތައް ކުރުމާއި، ގަދަކަމުން ޖިންސީގުޅުން ހިންގުމާއި، ޒިނޭކުރުން މިކުޑަ ދިވެހިރާއްޖޭގައި ޢާއްމުވެފައިވާއިރު، މިއިން ކޮންމެކަމެއް ކުރުމުގެ ފަހަތުގައި ވަނީ ވަސްތުވާތަކެތީގެ ވަބާކަން މުޅި ދިވެހި މުޖުތަމަޢު މިއަދު ޤަބޫލުކުރެއެވެ.

ކަންމިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު މިވަނީ އިންތިހާދަރަޖައަށްގޮސްފައެވެ. މިފަދަ ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމަށް މެދުވެރިވާ ސަބަބެއްކަމަށްވެފައިވަނީ އެކުގައިއުޅޭ ރައްޓެހިންގެ ސަބަބުންނާއި، މައިންބަފައިން ދަރިންނަށް އަޅާލަން ޖެހޭވަރަށް އަޅާނުލުމުގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކޭއިރު، އެކުގައި އުޅޭ ރައްޓެހިންނަކީ އެފަދަ ކަމެއްކުރާ ބައެއްނަމަ ވަރަށް އަވަހަށް ކުއްޖާ އެމަގަށް ލަންބުވާލައެވެ. އެގޮތުން، ވަރަށް ގިނަ ފަހަރު މައިންބަފައިންނަށް އަޅާލާންވާވަރަށް އަޅާނުލުމުގެ ސަބަބުން އެކުދިންނަށް މަޤުއޮޅިދެއެވެ.

މިގޮތަށް މަގުމަތީގައި އުޅޭ ވިޔާނުދާކުދިންނާއި ގުޅި، މަސްތުވާތަކެތީގެވަބާގައި ޖެހުމުން ދެން މަސްތުވާތަކެތި ހޯދުމަށްޓަކައި ރައްޓެހިން އެކުއްޖާ ލައްވާ އެކިގޮތް ގޮތުން ފައިސާ ހޯދަމުންދާއިރު، މިކުދިން ލައްވާ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައިގެންނާއި އެނޫންވެސް ގޮތްގޮތުން ފައިސާ ހޯދަމުން ދާކަމީ މިއަދު އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާންވީ މައްސަލައެކެވެ.  

މައިން ބަފައިން ނުވަތަ ބެލެނިވެރިން ދަރިންނަށް އަޅާލަން ޖެހޭ މިންވަރަށް އަޅާނުލުމުގެ ސަބަބުން ދަރިން މަސްތުވާތަކެތީގެ ވަބާގައި ޖެހެނީ މިއަދު މަދެއްކޮށެެއް ނޫނެވެ. މައިން ބަފައިން އަޅާނުލާ ބޮޑެތިވާ ކުދިން އެކުދިން މަގުމަށްޗަށް ނިކުމެ މަގުމަތީގައި އުޅޭ ބޮޑެތި ގްރޫޕް ތަކާއިގުޅި މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާއިރު، މިފަދަ ކުދިން މަސްތުވާތަކެތީގެ ކުޑަ އެތިކޮޅަކަށް  އެކިވަރުގެ ވައްްކަމާއި މާރާމާރީގައި ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ. މާރާމާރީ އާއި ވައްކަން ވެސް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ގިނަބަޔަކު ދެކެއެވެ.

ފުލުހުންްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 2008 ން ފެށިގެން 2013  ވަނަ އަހަރުގެ ނިޔަލަށް 29 މީހަކު މިދުނިޔެ ދޫކޮށްފައިވާއިރު، އޭގެތެރޭގައި ގިނައީ ކުށެއްނެތް މަޢުސޫމް ކުދިންކަމީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ސަބަބަކީ ގިނަ ފަހަރަށް މިފަދަ ގްރޫޕް މާރާމާރީތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭއިރު ގިނަ ފަހަރަށް މިފަދަ ފަރާތްތަކަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށްވުމެވެ.

އެެހެންނަމަވެސް އިސްވެދެންނެވުނު ގޮންޖެހުންތަކާއެކުވެސް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރެއާދުވާލު ކެނޑިނޭޅި ގެންދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ހޯދާ އެފަދަ ފަރާތްތަކާމެދު ގެންދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވޭތުވެދިޔަ 2013 ވަނަ އަހަރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް،  މޯލްޑިވްސް ޕޮލިސް ސަރވިސް އިން  2014 ވަނަ އަހަރު އެންމެ ބޮޑު އިސްކަމެއްދީގެން ހާޟިލްކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑތަކުގެތެރޭގައި މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖެއިން  ހުއްޓުވުމަކަށް ގެނައުމަށް ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދާ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިހާރުވެސް ގެންދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އަދި މިފަދަ ފަރާތްތައް ހޯދުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ރާވާ ހިންގަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަފާސް ހިސާބުތަކަށް ބަލާއިރު 2008 ވަނަ އަހަރު މަސްތުވާތަކެތީގެ 2427 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، 2009 ވަނަ އަހަރު 2258 މައްސަލައަކާއި، 2010 ވަނަ އަހަރު 1618 މައްސަލައެއް އަދި 2011 ވަނަ އަހަރު 1824 މައްސަލައަކާއި 2012 އަހަރު 2534 މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު 2013 ވަނަ އަހަރު 3969 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާކަން ހިތާމައާއިއެކު ފާހަގަކޮށްލަންޖެހެެއވެ. 

މުޖުތަމައުގައި ހިނގާ މިފަދަ ކުށްތައް މަދުކުރުމަށް ޢާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދެއްވުން މިއަދު މިވަނީ ބޭނުންވެފައެވެ. ޢާއްމު ރައްޔިތުންގެ އެހީތެރިކަން އަބަދުވެސް ފުލުހުންނަށް ބޭނުންވާއިރު، އަޅުގަނޑުމެންގެ ޅަ ދަރިން މަސްތުވާތަކެތީގެ ވަބާއިން ދުރުހެލި ކުރުމަށްޓަކައި މުޖުތަމަޢު ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު މިވަނީ ކުރަން ޖެހިފައެވެ. މަސްތުވާތަކެތިން މި ޒުވާން ޖީލް ސަލާމަތްކުރުމަށްޓަކައި މައިން ބަފައިން ނުވަތަ ބެލެނިވެރިން އަދާކުރަންޖެހިފައިވާ ރޯލް ވަރަށްވެސް ބޮޑެވެ. މިގޮތުން ކުދިން ގެއަށް ގެންނަ ތަކެއްޗާއި، އަދި ގެންގުޅޭ ތަކެއްޗަކީ ކޮބައިކަންދެނެގަތުމާއި، އަދި ތިމާގެ އުފަން ދަރިފުޅާއިއެކު އުޅޭ ރައްޓެހިން ދެނެގަތުމާއި، އެކުދިން އުޅޭ އުޅުން ބަލާ ދެނެގަތުން މުހިއްމެވެ. އެހެންނޫންނަމަ މިފަދަ މަޢުސޫމް ކުދިން މަސްތުވާތަކެތީގެ ސަބަބުން  ބިކަހާލުގައި ޖެހި ދިއުމަކީ ދުރުކަމެއް ނޫނެވެ. މަސްތުވާތަކެތީގެ މިނުރައްކާތެރި ވަމާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރެވޭނީ މުޖުތަމަޢުގެ އެންމެހާ އަފުރާދުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.

The post މަސްތުވާތަކެތިން ދުރުހެލިވޭ! މީ ނުރައްކާތެރި ވަބާއެއް! appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/45630/feed/ 0
ނާފިއު – ޒުވާން ޅެންވެރިއެއް، ލިޔުންތެރިއެއް http://www.eydhafushitimes.com/live/report/44968/ http://www.eydhafushitimes.com/live/report/44968/#respond Thu, 31 Jan 2019 09:42:46 +0000 http://www.eydhafushitimes.com/live/?p=44968

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމަށް ލޯބިކުރައްވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ހިޔަލީގުލްޝަން އަޙުމަދު ނާފިއު  (ނާއްޕެ) އަކީ އެރަށު ހިޔަލީގުލްޝަން މުޙައްމަދު ޖަލީލާއި މިއަތޮޅު ތުޅާދޫ ހިޔަލީގޭ އައިމިނަތު ޢަބްދުއްރަޙުމާނާ ކައިވެނި ކުރައްވައިގެން ލިބި ލެއްވި 08 މެންބަރުންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ.   ތައުލީމީ ދާއިރާއަށް ބަލާލާއިރު، ނާފިއު ފަށާ ތަޢުލީމާއި މެދުމަދަރުސީ ތަޢުލީމު ޙާޞިލް ކުރީ ބ. އަތޮޅު މަދަރުސާއިންނާއި އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. 2000 ވަނަ އަހަރު ޖީސީއީ އޯލެވެލް ނިންމުމަށްފަހު ...

The post ނާފިއު – ޒުވާން ޅެންވެރިއެއް، ލިޔުންތެރިއެއް appeared first on Eydhafushi Times.

]]>

އަހްމަދު ނާފއިު

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމަށް ލޯބިކުރައްވާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ހިޔަލީގުލްޝަން އަޙުމަދު ނާފިއު  (ނާއްޕެ) އަކީ އެރަށު ހިޔަލީގުލްޝަން މުޙައްމަދު ޖަލީލާއި މިއަތޮޅު ތުޅާދޫ ހިޔަލީގޭ އައިމިނަތު ޢަބްދުއްރަޙުމާނާ ކައިވެނި ކުރައްވައިގެން ލިބި ލެއްވި 08 މެންބަރުންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ.  

ތައުލީމީ ދާއިރާއަށް ބަލާލާއިރު، ނާފިއު ފަށާ ތަޢުލީމާއި މެދުމަދަރުސީ ތަޢުލީމު ޙާޞިލް ކުރީ ބ. އަތޮޅު މަދަރުސާއިންނާއި އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. 2000 ވަނަ އަހަރު ޖީސީއީ އޯލެވެލް ނިންމުމަށްފަހު އައިޓީ ދާއިރާއިންނާއ ގްރެފިކްސް ދާއިރާއިން އަދި އޮފީސް މެނޭޖްމަންޓް ދާއިރާއިން ސަރޓިފިކެޓް ލެވެލްގެ ކޯސްތަކެއް ސައިރިކްސް ކޮލެޖުން ފުރިހަމަ ކުރިއެވެ.  

އުނގެނުމާއި އުނގަންނައި ދިނުމަށް ލޯބިކުރައްވާ އަޙުމަދު ނާފިއުއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހި ބަހުގެ ޑިޕްލޮމާ ކޯހާއި ބެޗްލާސް އޮފް އާޓްސް އިން ދިވެހި ލެންގުއޭޖް ކޯސް ފުރިހަމަކޮށް ގްރެޖުއޭޓް ވެފައިވާ ދަރިވަރެކެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް އާއި ޕޮލިސް އެކެޑަމީން ހިންގާ ބޭސިކް ޓްރޭނިންގ ކޯހުން ފެށިގެން އެ އިންސްޓިޓިއުޓުން ހިންގާ ޑިގްރީ ކޯސްތަކާއި އެހެނިހެން ކޯސްތަކާއި ޓްރޭނިންގ ޕްރޮގުރާމްތަކުގައި ދިވެހިބަހާއި ތާރީޚާއި ޘަޤާފަތް ވަކި މާއްދާތަކެއްގެ ގޮތުގައި ކިޔަވައި ދެއްވަމުން އަންނަ ކުޅަދާނަ މުދައްރިބެކެވެ.

ކުޑައިރުއްސުރެ އަޙުމަދު ނާފިއު އަދަބީ ކަންކަމަށް ނުހަނު ޝަޢުގު ހުރެއެވެ. ނާފިއު ބުނިގޮތުގައި މި ޝަޢުޤުވެރިކަން އުފެދުނީ އޭނާގެ މަންމަ ފަރާތު ކާފަ ބ. ތުޅާދޫ އަލްމަރުޙޫމް ޢަބްދުއްރަޙުމާނު މޫސާ މަޝްހޫރު ނަމުންނަމަ ފަރިހި އަބްދުއްރަހުމާނުގެ ފަރާތުންނެވެ. ފަރިހި އަބްދުއްރަހުމާނަކީ މުޅި ބ. އަތޮޅަށްވެސް މަޝްހޫރު ފަރާތެކެވެ. ގޭގެއަށް ޑަބިޔާ ޖަހަން ކާފަ ދާއިރު އަޙުމަދު ނާފިއުވެސް ގެންދެއެވެ. އަދި ނާފިއުއަށްވެސް ރައިވަރު ކިޔަން ދަސްކޮށްދެއެވެ. ނާފިއުގެ މަސައްކަތަކަށް އޮންނަނީ ކާފަ ކިޔައިދޭ ރައިވަރުތައް ފޮތެއްގައި ލިޔެ ހިތުދަސްކުރުމެވެ.

ނާފިއު ބުނި ގޮތުގައި އެއިރު އޭނާގެ އުމުރުންވާނީ ގާތްގަނޑަކަށް 09 އަހަރެވެ. ކާފަގެ ފުށުން އަދަބީ ކަންކަމަށް އުފެދުނު ޝަޢުގާއެކު ސުކޫލުގެ އަދަބީ މުބާރާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބުނެވެ. މިގޮތުން ސްކޫލުގައި ބާއްވާ ރައިވަރު ކިއުމާއި ބައިތުބާޒީ މުބާރާތް ފަދަ މުބާރާތްތަކުގައި ނާފިއު ވާދަކޮށް ރަން ވަނަތައް ޙާޞިލްކޮށްފައިވެއެވެ.

ނާފިއު ބުނިގޮތުގައި އޭރު މި ކާމިޔާބީތަކުގެ ސަބަބުން އަދަބީ ދާއިރާއަށް ވަނުމަށް ހިތްވަރު ލިބުނެވެ. އެގޮތުން، މަޒުމޫނު ލިޔުމާއި ޅެންހެދުމުގެ މަސައްކަތުގެ ތެރެއަށް ވަނެވެ. މި ހިސާބުން އަޙުމަދު ނާފިއުއަށް އިތުރު ހިތްވަރެއް ލިބުނީ 1999 ވަނަ އަހަރު ބ. އަތޮޅު މީޑިއާ ސެންޓަރުން އަޙުމަދު ނާފިއުގެ ޕްރޮފައިލްއެއް ގެނެސްދިން ހިސާބުންނެވެ.

“އެއީ އަޅުގަނޑު ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު، މިހާ ހިސާބުން އަޒުމަކަށްވީ ސްކޫލު ދައުރު ނިމުމަށްފަހު ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުންމަތީ ސާބިތުވެ ހުރުމަށް،  ނަމަވެސް އާއިލާގެ މާލީ ތަނަވަސްކަން ނެތުމާއެކު ވަޒީފާއަކަށް ދާން މަޖުބޫރުވީ. މި މަޖުބޫރީ ޙާލަތުގެ ސަބަބުން އުންމީދު ގެއްލުނު،”

ނާފިއު ފުރަތަމަ ވަޒީފާއަށް ވަނީ 2000 ވަނަ އަހަރު އޭރުގެ ނެޝަނަލް ސެކިއުރީޓީ ސާރވިސް އަށެވެ. މަސައްކަތްކުރަން ޖެހުނީ ފުލުހުންގެ ތެރޭގައެވެ. ފުލުހުންގެ ތެރޭގައިވެސް ލިޔުންތެރިކަމުގެ ދާއިރާ އޮންނާތީ ނާފިއު މަސައްކަތް ކުރީ އެ ދާއިރާއާ ގުޅުމަށެވެ. ޕޮލިސް ތެރޭގައި ކަންކަން އިންތިޒާމް ވެފައިވާ ގޮތުން އެއީ ފަސޭހަކަމަކަށް ނާފިއުއަކަށް ނުވިއެވެ. އެހެނަސް ނާފިއުގެ އަޒުމަށާއި ހިތްވަރަށް ބަދަލެއް ނުގެނެސް ކުރެވުނު މަސައްކަތުން 05 އަހަރަށްފަހު ޕޮލިސް މީޑިއާއާއި ގުޅުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ.

މުޖުތަމަޢުއާއި ގުޅުން ހުރި ތަފާތު އިބުރަތްތެރި މެސެޖްތައް ހިމެނޭ ގޮތަށް ލިޔުއްވުމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހެރިޓޭޖް ސެންޓަރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ނާފިއުގެ ހޮބީއެވެ. އެގޮތުން، 2006 ވަނަ އަހަރުން ފެށިގެން ޕޮލިހުން ނެރޭ މަޖައްލާ ޕޮލިސް ލައިފަށް ލިޔުއްވަމުން ގެންދަވާއިރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ނެރޭ އައްޑަނަ މަޖައްލާއަށާއި ފަންވަތް ވެބްސައިޓަށް 2009 ވަނަ އަހަރުންފެށިގެން ނާފިޢު ލިޔުއްވަމުން ގެންދަވައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ފަތްތޫރަ މަޖައްލާއަށާއި، ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓަށާއި، އެޓޯލް ނިވްސް ވެބްސައިޓަށްވެސް ނާފިއު ގެންދަވަނީ ލިޔުއްވަމުންނެވެ. މި މަސައްކަތް ކުރައްވަމުން ކުށްމަދު ކުރެއްވުމަށް ޓީވީ އާއި ރޭޑިއޯ އަށް ސްކްރީން ޕްލޭ ލިޔުއްވުމާއި ރިޕޯރޓްތައް ލިޔުއްވައެވެ. މިގޮތުން ޓީވީއެމް އިން ގެނެސްދޭ ”ހިތުގެ އެންމެ ފުންމިނުން” ޕްރޮގުރާމާއި، ވީޓީވީ އިން ގެނެސްދޭ ”ކުށުގެ ހަ ފަރާތް” ޕްރޮގުރާމާއި، ޗެނަލް 13 އިން ގެނެސްދިން ”ފޮރުވިފައިވާ ހަޤީޤަތް” ޕްރޮގުރާމަކީވެސް ނާފިޢު ލިޔުއްވާ ހަޤީޤީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރޮގުރާމްތަކެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދީފައިވާ” ފާއިތުވި ހަޤީޤަތް” ޕްރޮގުރާމާއި، އެބައުޅޭ މި ބައުޅޭ، ”ކުރުވާހަކަ” ޕްރޮގުރާމަށްވެސް ނާފިޢު ލިޔުއްވާފައިވެ އެވެ. އަދި މިހާރު އޭނާ ގެންދަނީ އީޓީއަށް ވެސް އިބްރަތްތެރި ހަގީގީ ވާހަކަ އާއި އަތޮޅުގެ ރަށްރަށުގެ ތާރީޚީ ލިޔުންތައް ލިޔުއްވަމުންނެވެ.

މީގެ އިތުރުން އިބްރަތްތެރި މެސެޖްތަކާއިއެކު ރީތި ޅެންތަކެއްވެސް އަޙުމަދު ނާފިއު ހައްދަވާފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސިފަ އުފާ 2012 ގެ ތީމް ޅެމާއި، ފުލުހުންގެ އައްޑިހަ އަހަރުގެ ތީމް ޅެމާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޮލިސް ކްލަބުގެ ޅެމާއި، ހެލްތް މިނިސްޓްރީން 2012 ވަނަ އަހަރު ކުރިޔަށް ގެންދެވި ޓްރަސްޓް ފަންޑު ޕްރޮގްރާމްގެ ލަވަ ހިމެނެއެވެ. މީގެއިތުރުން ޕޮލިސް ޕޮޕް ބޭންޑަށާއި ސްކޫލު މަދަރުސާތަކުގެ މަދަހަ މުބާރާތްތަކަށްވެސް އަޙުމަދު ނާފިއު ޅެން ހައްދަވާދެއްވައެވެ.

ދުޅަހެޔޮ ސިއްހަތައްގައި ހުރުމަށް ދުވުމަށް އަޙުމަދު ނާފިއު ސަމާލުކަން ދެއެވެ. އަދި ބާއްވާ ބައެއް ދުވުމުގެ މުބާރާތްތަކުގައިވެސް ވާދަކޮށްފައި ވެއެވެ. އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2007 ވަނަ އަހަރު ބޭއްވި ހާފް މެރަތަން ފުރިހަމަ ކުރެއްވުމަށްފަހު، 2008 ވަނަ އަހަރު ބޭއްވި 12 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި އޮފިޝަލްކަންވެސް ކޮށްފައިވެ އެވެ.  އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަން އިން 2009 ވަނަ އަހަރު ހިންގި ޓެކްނިކަލް އޮފިޝަލް ކޯސް ލެވެލް 1 ފުރިހަމަކޮށް ސަރޓިފިކެޓް ވެސް ވަނީ ހާސިލުކޮށްފަ އެވެ.

ނާފިއު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާ އެމްޑީއެފްގެ ފަރާތުން ދެއްވާ ޝަރަފުގެ އައްޑަނަ 2013 ވަނަ އަހަރު އޭނާ އަށް ވަނީ ލިބިފަ އެވެ. އަދި ދިވެހި އަދައްބިއްޔާތަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް ބ. އަތޮޅު ކައުންސިލުން ދޭ ރަންނާ އެވޯޑު 2016 ވަނަ އަހަރު އަޙުމަދު ނާފިއުއަށް ވަނީ ލިބިފަ އެވެ.

The post ނާފިއު – ޒުވާން ޅެންވެރިއެއް، ލިޔުންތެރިއެއް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/44968/feed/ 0
ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަކުއްޖެއްގެ ވާހަކަ http://www.eydhafushitimes.com/live/report/43394/ http://www.eydhafushitimes.com/live/report/43394/#comments Sun, 04 Nov 2018 02:27:58 +0000 http://www.eydhafushitimes.com/live/?p=43394

ލިޔުނީ: އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2013 ވަނަ އަހަރު ލިބިވަޑައިގެންނެވި ގ.ކުދިވިނަގެއަށް އުފަން ޙުސައިން ނަދުވީ އަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކާއި ގުޅިގެން ސްރީލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް ޢުދުވާނީ ޙަމަލާ ދިން އިރު ޙުސައިން ނަދުވީގެ އުމުރަކީ 13 ...

The post ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަކުއްޖެއްގެ ވާހަކަ appeared first on Eydhafushi Times.

]]>

ޙުސައިން ނަދުވީ

ލިޔުނީ: އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2013 ވަނަ އަހަރު ލިބިވަޑައިގެންނެވި ގ.ކުދިވިނަގެއަށް އުފަން ޙުސައިން ނަދުވީ އަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކާއި ގުޅިގެން ސްރީލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް ޢުދުވާނީ ޙަމަލާ ދިން އިރު ޙުސައިން ނަދުވީގެ އުމުރަކީ 13 އަހަރެވެ. އެދުވަހު ގިނިކަންޏާ މާލެ ތެރެއަށް ނުކުމެ ވަޑައިގެން ޒަޚަމްވެފައިވާ ސިފައިންނަށާއި ބައެއް ޢާއްމުންނަށް އެހީތެރިވެދިނެވެ. ޒަޚަމްވެފައިތިބި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުޑަކުއްޖެގެ ގޮތުގައި ހުރެ، ލޭ ހަދިޔާކުރިއެވެ. އެދުވަހުގެ ހަނދާންތައް އޭނާ ވަރަށް އަސަރާއިއެކު އަޅުގަނޑާއި ހިއްޞާކުރެއްވިއެވެ.

”އެއީ 1988 ނޮވެމްބަރު 3 ވީ ދުވަހުގެ ފަތިހުގެ ވަގުތު. ފަތިސްނަމާދަށްފަހު ބައިސްކަލުގައި ބުރެއްޖަހާލުމަށް އަޅުގަނޑު މާލެތެރެއަށް ނިކުތިން. އަދި ބަނޑުހައިވެގެން ސައިބޯންވެގެން ބީޗް ކެފޭ (ކުރީގެ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކައިރި) އަށް ވަނިން. ކެފޭއަށް ވަތްއިރު އެހިސާބުގައި ތަމަޅަ ޓައިގަރު މީހުން އުޅޭތަންފެނޭ. ނަމަވެސް އޭރު އެއީ ތަމަޅަ ޓައިގަރުން ކަމެއް އަޅުގަނޑަކަށް ނޭގެ. އޭރު ހިތަށް އެރީ އެއީ ސިފައިން ކަމަށް. އެމީހުން ނޮވެމްބަރު އެގާރައަށް ފަރިތަކުރަނީކަމަށް. ނަމަވެސް ގާތްގަނޑަކަށް 6 ޖަހާކަންހާއިރު އެހޮޓަލުގައި އަޅުގަނޑު ސައިބޯން އިންދާ ދެމީހަކު އެހޮޓަލަށް ވަދެ ރޮއެގަތްފައި މީހުން މަރަނީއޭ ބަޔަކު އަރައިފިއޭ ބުނެފި. އެމީހުންގެ ވާހަކައިން އެއީ މާލޭ އުތުރުފަރާތު ބަނދަރުގައި އަޅާފައިއޮތް ދޯންޏަކުން ފައިބައިގެން އައި ކޮންމެވެސް ރަށެއްގެ ދެމީހުން. ދެން ބީޗް ކެފޭގެ ތެރޭގަ އިން މީހަކު ބުނެފި، ހުރިހާކުދިން ތެރޭން ހިތްވަރު ހުރި ކުއްޖެއް ވެއްޖެއްޔާމު ވަޅިތަކާއެއްޗެހި ހިފައިގެން އެމީހުންނާ ހަމަލާދޭން ދާން ހިނގާށޭ. ދެން އެ ހޮޓާތެރޭ ސައިބޯންތިބި ދިހަ ވަރަކަށް މީހުން ވަޅިއާއި އެއްޗެހި ހިފައިގެން ހޮޓަލުން ބޭރަށް ނިކުތީ. އެންމެ ކުރީ ސަފުގައި ހުރީ އަޅުގަނޑު.

އަޅުގަނޑުމެން ތިބީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި ދިމާގައި. އޭރު ތަމަޅަ ޓައިގަރުން ރައީސް އޮފީހާއި ދިމާލުން އިރަށް އަންނަތަން ފެނޭ. އޭރު އަޅުގަނޑުމެން ތިބީ އެމީހުންނާއި ކުރިމަތި ލައިގެން. އޭރުވެސް އަޅުގަނޑުމެން ހިއެއް ނުކުރަން އެ ޓައިގަރުންގެ އެންމެންގެ އަތުގަ ބަޑި ހުންނާނެ ކަމަކަށް. އެހެންވެ އެމީހުން އަތުލައި ގަންނަން އަޅުގަނޑުމެން ދިޔައީ. ނަމަވެސް އެމީހުން އަޅުގަނޑުމެން ކައިރިއަށް އައިސް ދާށޭ ބުނި. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދުރަށް ނުދިއުމުން އެމީހުން މައްޗަށް ބަޑި ޖެހި. ބަޑިޖެހީމަ އަޅުގަނޑުގެ ފަހަތުގަ ތިބި އެންމެން ބުނި. މިވަރަކުން މިކަމެއް ނުވާނެޔޭ. އެމީހުން އަތުގަ އެހުރީ ބަޑިއޭ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެމީހުންނާއި ޒުވާބު ކުރި. ޒުވާބު ކުރިއެއްކަމަކު އަޅުގަނޑުމެން ކިޔާއެއްޗެއް އެމީހުންނަކަށް ނޭގޭ. އެއީ ރަށްރަށުގެ ދޯނިތަކުގައި ތިބި މީހުންގެ ތެރެއިން ބައެއް. ނަމަވެސް އެމީހުން ފުރަތަމަ ފަހަރު މައްޗަށް ބަޑިޖެހީމަ ވެސް އަޅައެއް ނުލަން. ދެވަނަ ފަހަރު މައްޗަށް ބަޑި ޖެހުމުން އަޅުގަނޑުގެ ފަހަތުގަ ތިބި އެންމެން ދުވެފިލި.

އެހެން ނަމަވެސް އަޅުގަނޑާއި މުސްކުޅި ފުރައިގެ ބޭބެއެއް އެތަނުން ނުދާން ތިބިން. އެ ބޭބެ އަޅުގަނޑުގެ ކައިރީ ބުނި. ކޮއްކޯ ތިކަމެއް ނުވާނެޔޭ. އަދި ކޮއްކޮ ތިއީ ކުޑަ ކުއްޖެކޭ ބުނެ އެބޭބެ އަޅުގަނޑުގެ އަތުގައި ހިފައި މިތަނުންދާން ހިނގާށޭ ކިޔާ ގެންދަން އުޅުނު. އެއީ މުންޑު އަދެގެން ހުރި ވަރަށް މުސްކުޅި ބޭބެއެއް. ނަމަވެސް އޭނަ ދާން ބުނީމަ އަޅުގަނޑު އެއްފަރާތަކަށްޖެހި އަނެއްކާވެސް ހޮޓަލަށް ވަނިން.

ބީޗް ކެފޭތެރޭގައި އިނދެފައި އެބޭބެގެބަސް ގަބޫލުނުކޮށް އަނެއްކާވެސް ބޭރަށް ނިކުތިން. އަދި ކެފޭއިން ނިކުމެގެން އަޅުގަނޑު ގިނިކަންޏާ ބައިސްކަލުގައި ދަނިކޮށް ފޮރިން މިނިސްޓްރީ ކައިރިން ތަމަޅައިންގެ ބަޔަކު އަޅުގަނޑު ހިފެހެއްޓި. އަދި އެމީހުންގެ އިޝާރާތުން ތަމަޅަބަހުން ތިހެން ނުދެވޭނެކަމަށް ބުނި. މިހެން ބުނެ އެމީހުން އަޅުގަނޑު އަތުން ބައިސްކަލް އަތުލާ ވައްޓާލުމަށްފަހު އަތުގެ އިޝާރާތުން އަޅުގަނޑު އެތަނުން ދިއުމަށް އެންގި. ދެން އަޅުގަނޑު ހިނގާފައި ގޮސް ބަނޑޮސް މާލެ އޮފީސް ގޯޅިތެރެއަށް ވަދެ ފިލާ ހުރީ. އެއީ އެބައިސްކަލު ނުލާ ނުދާންވެގެން. އަދި އެމީހުން ދިއުމުން ބައިސްކަލް ހިފައިގެން އެތަނުން ދާންވެގެން. އެއީ އޭރު އަޅުގަނޑު ވަރަށް ލޯބިން ގެންގުޅުނު ކުރީގެ ރޭޝް ބައިސްކަލެއް. ދެން އެމީހުން އެތަނުން ދިއުމުން، އަދި ދިޔަކަން ޔަޤީންވުމުން އަޅުގަނޑު އެތަނަށްގޮސް ބައިސްކަލް ނަގައިގެން ބޮޑުތަކުރުފާނުމަގުން ލާފަ އަޅުގަނޑު ދިޔައީ އަޅުގަނޑު އުޅޭގެ ގ.ކުދިގަސްފިނޮޅު (މިހާރު ގ.ކުދިވިނަ) ގެއަށް. ގެއަށްއައިސް މަންމައަށް އެވާހަކަ ކިޔައެއް ނުދެން. އެއީ އެވާހަކަ މަންމަ ކައިރީ ބުނެފިނަމަ ދެން އަޅުގަނޑު ގެއިން ބޭރަށް ދިޔަނުދީފާނެތީ. އަޅުގަނޑު ގެއަށް އައުމުން މަންމަ ބުނި. ބޭރު ބަޔަކު މާލެ އަރައިގެން އެބައުޅެއޭ ބޭރަށް ނުދާށޭ. މިހެން މަންމަ ބުނުމުންވެސް މަންމަގެ ކައިރީ އާދޭސްކޮށްގެން އަޅުގަނޑު ގެއިން ނިކުމެގެން ދިޔައީ. ދެން އަޅުގަނޑު ހިނގާފަ ދިޔައީ ބާ އިންޖީނުގެ (އޭރުގެ އިންޖީނުގެ) ކައިރިއަށް. މާލެއިން ކަރަންޓް ކަނޑާލާ ވާހަކަ ބުނީމަ. ދިޔައިރު ލުތުފީ ކަރަންޓް ކަނޑާލަން އިންޖީނުގެއަށް ވަންނަތަން ފެނުނު. ލުތުފީ އިންޖީނުގެއަށް ވަނީ ތަމަޅަ ޓައިގަރުންނާއެކު. (އަޅުގަނޑަށް އެއީ ދިވެއްސެއްކަން އެނގުނީ އޭނަ ދިވެހި ބަހުން ވާހަކަ ދައްކާ އަޑުއިވުމުން. އަދި އެއީ ލުތުފީކަން އެނގުނީ އެ މައްސަލައިގައި ޝަރީއަތަށް ލުތުފީ ހާޞިރު ކުރީމަ).

އަޅުގަނޑު އިންޖީނުގެއަށް ވަންނަން ދިޔަ ނަމަވެސް އަލްމަރުހޫމް ބޮޑު އިބުރާހިމް ފުޅު (އޭރުގެ ގަލޮޅު އަވަށު ބޮޑުމީހަ) އަށް އަޅުގަނޑު ފެނުމުން ބުނި. ކޮއްކޯ އޭ އިންޖީނުގެއަށް ނުވަދެ ޤައުމު ސަލާމަތްކުރެވޭތޯ މިސްކިތަށް އަރަން ހިނގާށޭ. ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަރައިފިއޭ. ދެން އަޅުގަނޑު ކުރީގެ ޞަލާހުއްދީން މިސްކިތަށް (ބާ އިންޖީނުގެ ކައިރީ ކުރިން ހުރި) އިބްރާހިމް ފުޅުބެއާއި އެކު ނަމާދަށް އެރީ. މިސްކިތަށް އަރާ ދުޢާކުރުމަށްފަހު އިބްރާހިމް ފުޅުބެއާއި އެއްކޮށް ޤުރުޢާންކިޔަވަން އިނދެފައި އޭނަޔަށް ސިއްރުން މިސްކިތުން އަޅުގަނޑު ނިކުތިން. މިސްކިތުން ނިކުމެގެން އަޅުގަނޑު ދިޔައީ މާލެތެރޭގެ ޚަބަރު ދަބަރު ބަލަން ރަށުތެރެއަށް. މިގޮތުން އެކަނިމާއެކަނި މާލެގެ އެކި ހިސާބުތަކަށް ދިޔައިން. ބައެއް މީހުންނަށް އަޅުގަނޑު ފެނުމުން ދަރިފުޅާއޭ ތިހެން ނުދާށޭ، ނުނިކުންނާށޭ ގޮވި. އޭރު މަގުމަތިން ފެނޭ ބައެއް ދިވެހިންނަށް އަނިޔާލިބިފައިވާތަންވެސް. ބައެއް މީހުން ބިރުން އުޅޭ ތަންވެސް ފެނުނު. ނަމަވެސް އަޅުގަނޑު ބިރެއް ނުގަނޭ. އަޅުގަނޑު ހިނގަމުން ހިނގަމުންގޮސް މުލިއާގެއާއި ހިސާބުން މެދު ޒިޔާރަތް މަގުންލާފަ ދަނިކޮށް ލުތުފީ އާއި 4 ތަމަޅަ ޓައިގަރުންނަށް އަޅުގަނޑު ފެނުނު. އެމީހުން ތިބީ ހުދުކުލައިގެ ވޭނެއްގެ ތެރޭގަ. އެމީހުންނަށް އަޅުގަނޑު ފެނުމުން ވަގުތުން ހުއްޓުވި. ލުތުފީ އާއިއެކު އެ ވޭނުތެރޭގައި ސޯޓާއި ޓީޝާޓެލައި އޭކޭ ފޯޓީ ސެވަންގެ ބަޑިތަކެއް (އެބަޑިތަކުގެ ކޮޅުގައި ރަތްކުލައިގެ ރިބަންފަށެއް އަޅާފައިހުރި) ހިފައިގެން ފައިވާނަށް ނާރާ ތިބިބަޔަކު ވޭނުން ފޭބި. އަދި ލުތުފީ ވޭނުން ފައިބައިގެން އަޅުގަނޑުގެ ކައިރިއަށް އައިސް ކޮއްކޯ ތިހެން ނުދެވެނެޔޭބުނި. އަދި ގޮސްގެން ނުވާނެޔޭ ބަޑިޖަހާނެޔޭ ބުނި. އޭރު އެސަރަހައްދުގައި ތިން ދިވެއްސަކު އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮތްތަންފެނޭ. އެވަގުތު ލުތުފީއާއި ދިމާލަށް ބުނިން. ހެވޭ ބަޑި ޖެއްސަސް އަޅުގަނޑު މިދަނީ އެތާ އެތިބަ މީހުންނަށް އެހީވާށޭ. ކަލޭ އަހަރެންގެ ގަޔަށް ބަޑިޖެހިޔަސް މަރެއް ނުވާނެޔޭ. ﷲ ފުރާނަ ގެންދަވަން ހުރިއްޔާ ގެންދަވާނެޔޭ. އޭރު އަޅުގަނޑު ހުންނަނީ ވަރަށް ހިކިހިކޮށް ކުޑަކޮށް. ދެން ނުދާށޭ ބުނީމަވެސް އަޅުގަނޑު ދާން އުޅުނިން. އަޅުގަނޑު ދާން އުޅެން ފެށުމުން ލުތުފީ ބުނި، އެއްވެސް ސިފައިން މީހަކަށް އެހީ ނުވައްޗޭ. މިހެން ބުނުމުން އަޅުގަނޑު ބުނިން އެއީވެސް އިންސާނުންނޭ އެހީވާނަމެ. މިހެން ބުނުމުން ލުތުފީ ބުނެފި ކަލޭގެ ސަލާމަތް ކަލޭ ހޯދާށޭ. ލުތުފީ މިހެން ބުނުމުންވެސް އަޅުގަނޑު އެމީހުންނަށް އެހީވާން ދާން ހިނގައިގަތުމުން އަނެއްކާވެސް ތަންކޮޅެއް ދުރުން އައި ތަމަޅަ ޓައިގަރުންގެ 2 މީހަކު އަޅުގަނޑު ހުއްޓުވި. އަދި ހަމަލާދޭން މަސައްކަތް ކުރަން އުޅުމުން ލުތުފީ ގެ އިޝާރާތުން އަޅުގަނޑު ބަހައްޓާފަ ދާށޭ އެމީހުންނަށް އެންގުމުން އަޅުގަނޑުގެ މޭގައި އަޅާ އެއްފަރާތަށް ކޮށްޕާލާފައި އެމީހުން ދިޔައީ. ލުތުފީ އެމީހުން ގޮވައިގެން ދިޔައީ ސަލްޓަންޕާކާއި ދިމާލަށް. އެމީހުން އެހާފަސޭހައިން އަޅުގަނޑު ބަހައްޓާފަ އެދިޔައީ އެދުވަހު އަޅުގަނޑަކީ ކުޑަކުއްޖަކަށްވެފައި ހުރިލެއް ނިކަމެތިކަމުންކަމަށްވެސް ވެދާނެ. އެއީ ﷲ ގެ އިރާދަފުޅުން އެދުވަހު އަޅުގަނޑު ސަލާމަތް ކުރެއްވީކަމަށް އަޅުގަނޑު އެދުވަހު ދެކުނިން. އަދި އެކަމާއި ﷲ ގެ ކިބަފުޅަށް ޝުކުރުކުރިން.

ލުތުފީއާއި އޭނާގެ ތަމަޅަ ޓައިގަރުން އެތަނުން ދިއުމުން ގ.ޕާނިސްގޭ ހިސާބުގަނޑަށް ޒަޚަމްވެގެން ވެއްޓިފައި ތިބި މީހުންނަށް އަޅުގަނޑު އެހީތެރިވާން ފެށިން. އެވަގުތު އެތަނަށް ޔޫސުފް ރަފީޢު (ފިލްމު ކުޅޭ ޔޫސޭ) އާއި އިތުރު ދިވެހިންތަކެއް އައި. ޔޫސޭމެން އައުމުން ޔޫސޭ މެންނާއިއެކު އެވަގުތުން ފެށިގެން ޕާނިސްގެ ކައިރީގައި ޒަޚަމްވެފައި ތިބި މީހުން ގާޑިޔަލެއްގައި ސެންޓަރަލް ހޮސްޕިޓަލަށް ގެންދިޔައިން. ދެން ޔޫސޭ އާއި އެކުގައި އައި އެހެން ދިވެހިންނާއި ގުޅިގެން ފަތްޖެހި އެދުތަކުގައާއި ދަމާ ގާޑިޔާތަކުގައި މަގުމަތީގައި ޒަހަމްވެފައި ތިބި މީހުންނަށް ފަރުވާދޭން މާލޭ ސެންޓްރަލް ހޮސްޕިޓަލް (މިހާރުގެ އޭޑީކޭ ހުރިތަން) ގެންދިއުމުގައި އަޅުގަނޑު ހަރަކާތްތެރިވާން ފެށިން.

އެދުވަހުގެ މެންދުރެއް ހާއިރު، އޭރު އަޅުގަނޑު ހުންނާނީ ސެންޓްރަލް ހޮސްޕިޓަލް ތެރޭގަ. އަދި އެ ދުވަހު ހޮސްޕިޓަލުގައި އޮތް މީހަކަށް ލޭ ބޭނުންވެގެން ލޭ ނުލިބިގެން، އެ ހޮސްޕިޓަލުން ވަރަށް އަވަހަށް ލޭ ބޭނުންވާކަމަށް އަޅުގަނޑު ކައިރީ ބުނުމުން، ބޭރުތެރެއިން ލޭ ދޭނެ މީހަކު ވޭތޯ އަޅުގަނޑު ބޭރަށް ނިކުތިން. ނަމަވެސް ބޭރު ތެރެއިންވެސް އެއްވެސް މީހެއްގެ އަތުން ލޭ ލިބޭގޮތެއް ނުވި. އަނެއްކާވެސް އަޅުގަނޑު އައީ ހޮސްޕިޓަލަށް. އަދި ހޮސްޕިޓަލަށް އައުމުން އެތާނގެ މުވައްޒަފަކު އެހި. ލޭ ދޭނެ މީހަކު ނުލިބުނުހޭ. އަޅުގަނޑު ބުނިން ނުލިބުނޭ. ހޮސްޕިޓަލުގެ މުވައްޒަފަކު ބުނި، ބޭނުންވެގެން އުޅެނީ އޯ ޕޮޒިޓިވް ލެއޭ. މިގޮތުން ލޭ ލިބޭނެ އެއްވެސް ގޮތެއް ނުވުމުން ހޮސްޕިޓަލުން ވާހަކަ ދެއްކި އެތާނގެ މުވައްޒަފަކު އަޅުގަނޑުގެ ގާތު ބުނި. ކޮއްކޮއަށް ލޭ ދެވިދާނެހޭ. ޓެސްޓްކޮށްލަން ވީ ނޫންހޭ. މިހެން ބުނުމުން އަޅުގަނޑު ބުނިން ވަގުތުން ނަގާށޭ. އޭރު އަޅުގަނޑުގެ ގައިގައި 55 ކިލޯ ހުރި. ޓެސްޓް ހެދުމުން އެނގުނީ އަޅުގަނޑުގެ ގައިގައި ހުންނަނީ އޯ ޕޮޒިޓިވް ލޭކަން. ދެން އަޅުގަނޑު ވަގުތުން ލޭ ދިނިން. ނަމަވެސް އަޅުގަނޑުގެ ގައިން ލޭ ނަގަން ޑޮކްޓަރުވެސް ޖެހިލުންވި. އެއީ އޭރު އަޅުގަނޑަކީ ކުޑަކުއްޖަކަށްވެފައި ހުރިލެއް ހިކިކަމުން. ލޭ ދިނުމަށްފަހު އަޅުގަނޑު އައީ ގެއަށް.”

މިއީ ޙުސައިން ނަދުވީގެ އެދުވަހުގެ ހަނދާންތަކެވެ. 1988 ނޮވެމްބަރ 3 ވަނަ ދުވަސް އެއީ ނަދުވީގެ ހަޔާތުގައި އެންމެ ފުރަތަމަ އޭނާ އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރެއްވި ދުވަހެވެ. ނަދުވީ މެދުކެނޑުމެއްނެތި ލޭ ހަދިޔާ ކުރައްވަމުން ގެންދަވާތާ މިހާރު 25 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

The post ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަކުއްޖެއްގެ ވާހަކަ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/43394/feed/ 1
ނޮވެމްބަރު ތިނެއްގެ ރަޙީނެއްގެ ދުލުން http://www.eydhafushitimes.com/live/report/43383/ http://www.eydhafushitimes.com/live/report/43383/#comments Sat, 03 Nov 2018 07:49:57 +0000 http://www.eydhafushitimes.com/live/?p=43383

ލިޔުނީ؛ އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ މާލޭގެ އުތުރު ފަރާތު ބަނދަރުގައި އޮތް އޮޑިދޯނިފަހަރުތަކުން މީހުން ބާލައި، އެމީހުން ޖުމްހޫރީ މައިދާނުގައި ރަހީނުކުރި ހާދިސާއަކީ “ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ” ދިން ދުވަހު ހިނގައިދިޔަ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އެދުވަހު ރަހީނުކޮށްގެން ގެންގުޅުނު މީހުންގެ ތެރެއިން މީހަކާ ބައްދަލުކޮށްލައި، އެހާދިސާ ހިނގައިދިޔަގޮތާ ބެހޭގޮތުން ވާހަކަދައްކާލަން ލިބޭނެ ފުރުސަތަކަށް އަޅުގަނޑުވެސް ހުރީ ބަލަބަލައެވެ. މިއިންތިޒާރުގައި ހުއްޓައި، އެއްފަހަރަކު އަޅުގަނޑު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށް ކުރި ދަތުރެއްގައި އެދުވަހު ...

The post ނޮވެމްބަރު ތިނެއްގެ ރަޙީނެއްގެ ދުލުން appeared first on Eydhafushi Times.

]]>


ލިޔުނީ؛ އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

މާލޭގެ އުތުރު ފަރާތު ބަނދަރުގައި އޮތް އޮޑިދޯނިފަހަރުތަކުން މީހުން ބާލައި، އެމީހުން ޖުމްހޫރީ މައިދާނުގައި ރަހީނުކުރި ހާދިސާއަކީ “ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ” ދިން ދުވަހު ހިނގައިދިޔަ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އެދުވަހު ރަހީނުކޮށްގެން ގެންގުޅުނު މީހުންގެ ތެރެއިން މީހަކާ ބައްދަލުކޮށްލައި، އެހާދިސާ ހިނގައިދިޔަގޮތާ ބެހޭގޮތުން ވާހަކަދައްކާލަން ލިބޭނެ ފުރުސަތަކަށް އަޅުގަނޑުވެސް ހުރީ ބަލަބަލައެވެ. މިއިންތިޒާރުގައި ހުއްޓައި، އެއްފަހަރަކު އަޅުގަނޑު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށް ކުރި ދަތުރެއްގައި އެދުވަހު ރަހީނުކުރި ބ.ދަރަވަންދޫ /ރަންހާރު، އަބްދުﷲ މުފީދުއާ ބައްދަލުވިއެވެ. މިފުރުޞަތުގައި، އެދުވަހު އޭނާއަށް ދިމާވި ކަންތައްތަކާ ބެހޭގޮތުން އޭނާއާ ސުވާލުކުރީމެވެ. ތިރީގައި އަޅުގަނޑު މިހިމަނާލަނީ، އަބްދުﷲ މުފީދު ރަހީނުކޮށްގެން ގެންގުޅުނު ގޮތާއި އޭނާއަށް އެދުވަހު ފެނުނު މަންޒަރުތަކުގެ ވާހަކައެވެ. މިވާހަކަ، އޭނާ ސިފަކުރިގޮތަށް އަޅުގަނޑު ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

ބ.ދަރަވަންދޫ، ރަންހާރު، އަބްދުﷲ މުފީދު

ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ވައިމަޑު އުޑުމަތި ސާފު، ހިތްގައިމު ދުވަހެކެވެ. އަޅުގަނޑުމެން ދިރިއުޅެމުންދިޔައީ ދަރަވަންދޫގެ ހިތްގައިމު މާހައުލުގައެވެ. އާއިލާއާއެކު އުފަލުގައެވެ. އެއްވެސް ބިރުވެރިކަމެއް ނެތެވެ. ކަންދިމާކުރިގޮތުން، އެދުވަހަކީ އަޅުގަނޑުގެ އަންހެނުންގެ ބައްޕަ (ސައްތާރުބެ) ގެ ދޯނީގެ އިންޖީނުގެ ސްޕެއަރ ޕާރޓްސް ގަންނަން މާލެދިއުމަށް ހަމަޖެހިފައިވާ ދުވަހެވެ. އެހެންކަމުން އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންގެ ބައްޕަ (ސައްތާރުބެ) އާއި އަންހެނުންގެ ބޭބެ (އަލީ ވަހީދު) އާ ތިންމީހުން ގޭ ދޯނީގައި އެދުވަހުގެ މެންދުރުފަހު ތިނެއް ޖަހާކަންހާއިރު މާލެދިއުމަށް ދަތުރު ފެށީމެވެ. ނިޔާމަ ދަތުރަކާއެކު، މާލޭގެ އުތުރު ބަނދަރު މާރުކޭޓާ ދިމާގައި ދޯނިއެޅުމަށްފަހު އަޅުގަނޑުމެން އަވަސްވެގަތީ، ސްޕެއަރ ޕާޓްސް ހޯދުމުގެ މަސައްކަތުގައެވެ. އެތަކެތި ގަންނަން ދިޔައީ ފަތަހަ ފިހާރައަށެވެ. އެތަނަށްގޮސް ބޭނުންވާ ތަކެތި ގަތުމަށްފަހު ޖެހިގެން އަންނަ ދުވަހުގެ ފަތިހު ދޯންޏަށް ގެންދިއުމަށްޓަކައި ފިހާރަ ތެރޭގައި އެތަކެތި އެރޭ ބެހެއްޓީއެވެ. އެއަށްފަހު އަޅުގަނޑުމެން ދިޔައީ ދޯންޏަށެވެ.

އެރޭ ދޯނީގައި ނިދާފައި ތިއްބާ ވަލު ދޫންޏެއް ގޮވާއަޑަށް އަޅުގަނޑަށް ހޭލެވުނެވެ. އަޅުގަނޑު ހީކުރީ ފަތިސް ވީކަމަށެވެ. ނަމަވެސް ގަނޑި ބަލާލިއިރު އޭރު މެންދަމުން އަލިވެ 3 ޖެހީއެވެ. އެހެންކަމުން އަނެއްކާވެސް އޮށޯވެ ދެލޯމަރާލީމެވެ. ދެވަނަ ފަހަރަށް އެރޭ ފުންމައިގެން ހޭލެވުނީ ރަށުތެރެއިން އިވުނު ބާރުގަދަ ގޮވުމަކާއެކުއެވެ. އޭރު އެއީ ގާތްގަނޑަކަށް ފަތިސް ނަމާދު ވަގުތެވެ. އަޅުގަނޑާއެކު މިއަޑަށް ބައްޕައަށާއި އަލީ ވަޙީދުއަށްވެސް ހޭލެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި އެއަޑުފަށްގަނޑެއް އިވެމުންދެއެވެ. އެއަޑަކީ ބަޑިޖަހާ އަޑުކަން އެނގުނެވެ. ފުރަތަމަ އަޅުގަނޑުމެން ހީކުރީ އެއީ ނޮވެމްބަރ 11 އަށް ސިފައިން، “ބަޑި ޕްރެކްޓިސް” ކުރަނީ ކަމަށެވެ.

މިގޮތުގައިތިއްބައި ފަތިސްވެ އަލިވިލުނުފަހުން އާދަޔާޚިލާފަށް ބަނދަރުމަތީގައި މީހުން ގިނަހެން ހީވެގެން އެދިމާލަށް ބަލަހައްޓައިގެން ތިއްބައި، ކުއްލިއަކަށް ފެނުނީ ބަޑިހިފައިގެން ތިބިބަޔަކު އޮޑިދޯނި ފަހަރުތަކުން މީހުން ބާލަމުންދިޔަ މަންޒަރެވެ. ބަޑި ހިފައިގެން އުޅޭ މީހުން ތިބި ވައްތަރުން އެއީ ދިވެހި ސިފައިން ނޫންކަން ޔަޤީންވިއެވެ. އެހެނަސް، އޭގެ ތެރެއިން މީހަކު ދިވެހި ބަހުން މުޢާމަލާތު ކުރަން ފެށުމުން ދިވެހިންގެ ބަޔަކުވެސް އެމީހުންނާއެކު އުޅޭކަން އެނގުނެވެ. އަދި ބަޑިހިފައިގެން ތިބި މީހުންގެ ތެރެއިން އިސްކޮށްހުރީ ލުތުފީއެވެ. ލުތުފީ އަކީ ދަރަވަންދޫއަށް އަރުވާލި މީހެއްކަމުން އޭނާ ފެންނައިރަށް އަޅުގަނޑުމެންނަށް އެއީ ކާކުކަން އެނގުނެވެ. ދަރަވަންދޫގައި ލުތުފީ ހުރިއިރު އޭނާއަކީ އަޅުގަނޑުމެންގެވެސް ގާތް ރަޙުމަތްތެރިއެކެވެ. ކޮންމެއަކަސް، އެމީހުން ކަންތައް ކުރަމުންދިޔަގޮތުން ކޮންމެވެސް ނުބައެއް އުޅޭކަން އަޅުގަނޑުމެންނަށް އެނގުނެވެ. އަދި މިއީ ދިވެހިންގެ ބަޔަކާއި ގުޅިގެން ބޭރުން އަރައިގެން އުޅޭ “ބައިގަނޑެއް” ކަން ޔަޤީންވިއެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ތަމަޅަ ޓެރަރިސްޓުން ފިލައިގެން ދިޔަ އިރު ރަހީނު ކުރި ބޯޓު އެމްވީ ޕްރޮގްރެސް ލައިޓާއި އޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތް ކުރުމުގައި ބައިވެރިވި އިންޑިޔާގެ މަނަވަރު ގޯދާވަރީ.

މިމީހުން، އެއްކޮޅުން ފެށިގެން އަނެއްކޮޅަށް އޮޑިދޯނިފަހަރުތަކުން މީހުން ބާލަމުންއައިސް އަޅުގަނޑުމެންނަށްވެސް ދޯނިން ފައިބަން ސަޤަރު ނާސިރު އަމުރުކޮށްފިއެވެ. ސަޤަރު ނާސިރުގެ މިއަމުރަށް އަޅުގަނޑުމެން ތިން މީހުން ދޯނިން ފޭބުމަށްފަހު، ދޯނީގައި މުދާ ހުންނާނެކަމަށްބުނެ އެކަކު ދޯނީގައި މަޑުކުރުމަށް ލުތުފީގެ ކައިރީ އެދުނީމެވެ. އެވަގުތު “ކީއްކުރަންހޭ އެންމެން އެއްކޮށްފޭބީ، ދެނެއް އަހަރެންނަކަށް ހުއްދައެއް ނުދެވޭނެޔޭ، ކަލޭމެންވެސް އަހަރެމެންނާއެކު ހިނގާށޭ” ކިޔައި ދެއަތްމައްޗަށް ނަގުވައި އެހެން ދޯނިތަކުންވެސް މީހުން ބާލަމުންގޮސް ހުރިހާ އެންމެން ޖުމްހޫރީ މައިދާނުގެ ތެރެއަށް ވަނުމަށް އެންގިއެވެ.

އެއީ ނޮވެމްބަރ ތިންވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޖުމްހޫރީ މައިދާނަށް ގެންދިއުމަށްފަހު ދެއަތް ތިރިކުރުވައި، އެތަނުގައި އިށީނުމަށް އަންގައިފިއެވެ. އަޅުގަނޑުމެން ތިބީ ބިރުންނެވެ. އެމީހުން ބުނާ ކޮންމެ ގޮތަކަށް އަޅުގަނޑުމެން ދިޔައީ ޢަމަލު ކުރަމުންނެވެ. އޭރު އެތަނުގައި އަޅުގަނޑުމެންނާއެކު ރަހީނުންގެ ގޮތުގައި ގާތްގަނޑަކަށް 300 ނުވަތަ 400 އެއްހާ މީހުން ތިބޭނެކަމަށް ލަފާކުރެވެއެވެ. އޭގެތެރޭގައި އެކިފުރާ ވަރުގެ މީހުން ހިމެނެއެވެ. 18 އަހަރު ނުފުރޭ ކުޑަކުދިންނާއި ޒުވާނުން އަދި މުސްކުޅިންނެވެ. އަޅުގަނޑަކީވެސް އެދުވަސްވަރުގެ ނޫކަށި ފުރައިގެ ޒުވާނެކެވެ.

އަޅުގަނޑުމެން އެދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ތިބިއިރު، އެކަކަށްވެސް ކާއެއްޗެއް އަދި ބޯފެނެއްވެސް ނުދެއެވެ. ނަމަވެސް އެ ބޭރު “ބައިގަނޑު” ތަންތަން ލޫޓުވައިގެން ފެނާއި ކާއެއްޗެހި ގެނައި މަންޒަރު އަޅުގަނޑުމެންނަށް ފެނުނެވެ. އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކަށް އެތަކެތިން ކުޑަމިންވަރެއް ދީހެދިއެވެ. އެމީހުން ގެނައި ތަކެތީގެ ތެރޭގައި ކޯކު ދަޅާއި ބިސްކޯދުފަދަ ތަކެތި ހިމެނެއެވެ. އެމީހުން މިތަކެތި ގެނެސް އަޅުގަނޑުމެންގެ ކުރިމަތީގައި ބޮއެ ހަދަމުންދިޔައިރު، އެމީހުންގެ ނިވާ ފަތްގަނޑަކަށް ބޭނުން ކުރަމުން ގެންދިޔައީ އަޅުގަނޑުމެންގެ ހަށިތަކެވެ. އެމީހުން ތިބެނީ އަޅުގަނޑުމެންގެ ފަހަތުގައެވެ. ޖުމްހޫރީ މައިދާނަށް ގެނައިއިރުވެސް މާލެތެރެއިން ބަޑީގެ އަޑުފައްގަނޑު ކޮންމެވެސް ވަރަކަށް އިވިއިވި ހުއްޓެވެ. ޖުމްހޫރީ މައިދާނަށް ގެންގޮސް ބޭތިއްބިއިރު އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަންތައްތަކެއް އެމީހުން ކިޔައިދިނެވެ. އެގޮތުން އެމީހުން ބަޑިޖަހައިފިނަމަ އަޅުގަނޑުމެން އެންމެން އޮށޯންނަން ބުންޏެވެ. އޭރު އެމީހުންގެ ތެރެއިން އެއްބަޔަކު އިސްލާމީ މަރުކަޒާ ދިމާލުން ބަޑިހިފައިގެން ތިއްބެވެ. މާގިނަ އިރުތަކެއް ނުވެ އެމީހުންގެ އޯޑަރު އަތުވެއްޖެއެވެ. އެމީހުންގެ ތެރެއިން މީހަކު، އިސްލާމީ މަރުކަޒާ ދިމާލަށް ބަޑި ދިއްކޮށްގެން ހުރެ، ބަޑިޖަހަން ފެށުމުން ބިރުން އެންމެން އޮށޯތެވެ. އަޅުގަނޑުވެސް އޮށޯތީމެވެ. މިގޮތުގައި ގާތްގަނޑަކަށް މެންދުރު ވަންދެން މިތަނުގައި ތިބެން ޖެހުނެވެ. އޭރު ޖުމްހޫރީ މައިދާނުގައި ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ބިރުން ވަޅުކޮޅެއް ކޮނެ ބޯ ކޮށްޕައިގެން ތިބި މަންޒަރުވެސް އަޅުގަނޑަށް ފެނުނެވެ. މެންދުރު އަތަށް އެޅުމުން ބަޑި ހިފައިގެން ތިބި ބޭރު މީހުންތައްވެސް ކާއެއްޗެއްސަށާއި ބޯފެނަށް ބަލިވެފައިވާކަން އެމީހުންނަށް ބަލައިލުމުން އެނގުނެވެ. އެދުވަހަކީ އިންތިހާއަށް ހޫނު ދުވަހެއްކަމުން އަޅުގަނޑުމެންވެސް ތިބީ އެމީހުންނެކޭ އެއްފަދައިން ފެނަށް ބަލިވެފައެވެ. އެހެންކަމުން އަޅުގަނޑުވެސް ފެނަށް ބަލިވުމުން މީހުން ގަނޑުތެރެއިން މަޑުމަޑުން ފިރުކެމުންގޮސް ހުސްކޮށްފަ ހުރި ކޯކުދަޅެއް ބަނޑުދޮށަށް ލައިގެން އެތާނގަ ހުރި ތާނގީއަކަށް ބާނައިގެން ވަރަށް މަސައްކަތުން ފެންފޮދެއް ލިބުނެވެ. މިލިބުނު ފެންފޮދު އެތާތިބި ބައެއް މީހުންނަށް ދީގެން ބޮމުން ދިޔައީމެވެ. އޭރު އެންމެންވެސް ތިބީ ފެނަށް ބަލިވެފައިކަން އެނގެއެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި ނާކާމިޔާބުވެ، ތަމަޅަ ހަނގުރާމަވެރިން މާލޭން ފައިބައިގެން ދިއުމަށް ފަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ.

އެދުވަހުގެ މެންދުރުފަހަށް އެޅިއިރު، އަޅުގަނޑުމެން ރަހީނުކޮށްގެން ތިބި ތަމަޅަ ބާޣީންގެ ތެރެއިން ބަޔަކު، މަދުވާހެން ހީވާން ފަށައިފިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ތަމަޅަ ބަސް ދަންނަ މީހަކު އަޅުގަނޑުމެންނަށް އިޝާރާތްކޮށް ދޮށިމޭނާ ބިލްޑިންގ (އޭރު ސަގަރޭ ޕާކްގައި ހުންނަ ޢިމާރާތެއް) ކައިރިއަށް ހިޔަލަށް އައުމަށް އެދުނެވެ. އެވަގުތު ޖުމްހޫރީ މައިދާނުގައި ތިބި މީހުން މަޑުމަޑުން ހިޔަލަށް ޖެހެން ފެށިއެވެ. މިގޮތުގައި އެތާނގައި ތިއްބައި، ބައެއް ޒުވާނުން ފިލަންވެގެން މަޑުމަޑުން ބޮނދައިގެންގޮސް ޖެޓީއާ ދިމާލަށް މޫދަށް ފުންމާލި މަންޒަރުވެސް ފެނުނެވެ. މިގޮތަށް މީހަކު ފިލައިގެންގޮސް ޖެޓީން މޫދަށް ފުންމާލަނިކޮށް އެމީހާގެ ގަޔަށް އަމާޒުކޮށް ބާޣީން ބަޑިޖެހިއެވެ. ނަމަވެސް ﷲގެ އިރާދަފުޅުން ބާޣީންގެ ކިބައިގެން އޭނާ ސަލާމަތުން ފިލައިގެންދިޔައެވެ. އޭރުވެސް މާލެތެރެއިން ބަޑީގެ އަޑުފަށްގަނޑު ނުހުއްޓެއެވެ. މިވަނީ ކީއްކަމެއް އޭރުވެސް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. މިގޮތުގައި އެތައް އިރަކު އަޅުގަނޑުމެން ތިބީމެވެ.

އެދުވަހުގެ އިރުއޮއްސުނުއިރު، ބާޣީންގެ ތެރެއިން މީހުންތައް މަދުވަމުންގޮސް، އެއްވެސް މީހަކު ޖުމްހޫރީ މައިދާނަކުން ފެންނާކަށެއް ނެތެވެ. ބަޑީގެ އަޑުފަށްގަނޑު އޭރު އޮތީ މަޑުވެފައެވެ. އިރުއޮއްސުމުން އަޅުގަނޑުވެސް މަޑުމަޑުން ފިރުކެމުންކަހަލަ ގޮތަކަށް ޖުމްހޫރީ މައިދާނުން އަތިރިމައްޗާއި ދިމާލަށް ނިކުމެ ބަލައިލީމެވެ. އެއްވެސް ތާނކުން އަލިކަމެއް ފެންނާކަށެއް ނެތެވެ. މާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ރާއްޖެއަށް އެހީވާން އައި އިންޑިއާ ސިފައިންގެ ބަޔަކު މާލޭގައި.

މިގޮތުގައި ވަގުތުތައް ގުނަމުން ދަނިކޮށް އެރޭގެ ދަންވަރުގެ ވަގުތެއްގައި، ހުޅުލެއާ ދިމާލުން ސިއްރިޔާތުގައި ބޯޓެއް ޖެއްސި މަންޒަރު ފެނުނެވެ. އޭރު ހުޅުލެއިންވެސް އެއްވެސް އަލިކަމެއް ނުފެނެއެވެ. އެދިމާލަށް ނަޒަރު ހުއްޓިފައި ހުއްޓާ އޭގެ އިރުކޮޅެއް ފަހުން އިތުރު ބޯޓެއްވެސް ޖެއްސިތަން ފެނުނެވެ. ދުރުދުރުން ބަލާ މީހަކަށް ފަހަރުގައި މިކަން ސިފަ ނުކުރެވިދާނެއެވެ. އެހެންކަމުން އަޅުގަނޑު ހީކުރީ އަނެއްކާވެސް ތަމަޅައިންގެ އިތުރު ބަޔަކު ރާއްޖެ ހިފަން އައީކަމަށެވެ. މިކަމާ ވަރަށް ބިރުންހުރެ ޖުމްހޫރީ މައިދާނަށް ވަނީމެވެ. އަދި އެތަނުން ތަމަޅައިންގެ މީހެއްގެ ހިލަމެއް ނުވުމުން އަޅުގަނޑުވެސް ގަސްތުކުރީ ފިލައިގެން އަވަހަށް ދޯންޏަށް އަރައިގެން މާލެއިން ފުރާށެވެ. އެހެންކަމުން އަޅުގަނޑުގެ އަންހެނުންގެ ބައްޕަ އާއި އަންހެނުންގެ ބޭބެ އަލީ ވަހީދު ކައިރީ އަޅުގަނޑާއެކު ފުރަން ހިނގާށޭބުނެ އެމީހުން ގޮވައިގެން ދޯންޏާ ދިމާލަށް ދުއްވައިގަތީމެވެ. އެވަގުތު ޖުމްހޫރީ މައިދާނުގައި ތިބި މީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ދޯނިތަކަށް އަރައި ވާކަނޑާލައިގެން ފުރަމުންދާ މަންޒަރު ފެނުނެވެ. އެހެންވެ އަޅުގަނޑުމެން ދޯންޏަށް އެރުމާއެކު ދޯނީގެ ވާކަނޑާލުމަށްފަހު ދޯނި ސްޓާޓްކޮށްލިތަނާ މޫދަށް އެރިގެން ދޯނީގައި އެލިގަނެގެން “މަ ގެންދާށޭ” މީހަކު ގޮވާލިއެވެ. އެވަގުތު “ދާންހުރި މީހަކުވިއްޔާ އަރާށޭ” ބުނުމުން އެހެން ރަށެއްގެ ދެތިން މީހަކުވެސް ދޯންޏަށް އަރައިފިއެވެ. ދޯނި ނެރުން ނިކުންނަން ދިމާކުރިއިރު ގިނަ ޢަދަދެއްގެ ދޯނިތައް ވަނީ ނެރާ ދިމާގައި ތޮށްޖެހިފައެވެ. އެހެންކަމުން ދަތި އުދަގޫގޮތަކަކާއެކު ދޯނި ނެރުމަށްފަހު އަޅުގަނޑުމެން ފުރަތަމަ މިސްރާބްޖެހީ ދެބަޑޮސް ދޭތެރެއިން ތުޅާގިރިއާ ދިމާލަށެވެ. އެއީ ކަޅު އަނދިރި ރެއެކެވެ. ނަމަވެސް އެރަށާ ކައިރިވުމުން އެރަށުން ކޮންމެވެސް ވަރަކަށް އަލި ފެންނަން ހުރުމުން މިއީ ނުބައެކޭ ހިތަށް އަރައި އެރަށަށް ނާރަންވެގެން އެރަށާއި ދުރުނޫން ހިސާބެއްގައި އޮންނަ ހަލެއްގައި މަޑުކޮށްގެން އެރޭ ތިބީއެވެ. ދެން އެރޭގެ ފަތިހު އަލިވިލެން ކައިރިވުމުން ކ.ހެބަނދުއަށް ދިއުމަށް މިޝްރާބް ޖެހީއެވެ. އެއީ އެރަށުގައި ރައްޓެހިން ތިބުމާއެކު، ކަމުގެ ހަޤީޤަތްވެސް އޭރު ނޭނގޭތީއެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ބައިވެރިވި ސަރަގު އަހުމަދު ނާސިރު ހައްޔަރުކޮށްގެން މާލެ ގެނެސް ސިފައިންގެ ގެއަށް ގެންދަނީ: މިހާރު ވަނީ މިނިވަންވެފައި

އެރަށަށް ދިއުމުން އިންޑިޔާ ސިފައިން މާލެ އައިސްފިކަމާއި ރޭގަ ހުޅުލެއަށް ޖެއްސީ އިންޑިޔާ ސިފައިންކަން ބޯޓެއްކަން އެނގުނެވެ. އަދި ތަމަޅަ ބާޣީން، ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ފިލަންހިގައްޖެ ކަމަށާއި، އޭގެ ތެރޭގައި އަޅުގަނޑުމެންނާއެކު ޖުމްހޫރީ މައިދާނުގައި ގެންގުޅުނު ބަޔަކުވެސް ހިމެނުނުކަމުގެ ޚަބަރުވެސް ލިބިއްޖެއެވެ. ރަހީނުކޮށްގެން ގެންދިޔައީ، ޖުމްހޫރީ މައިދާނުގައި އަޅުގަނޑުމެން ތިބިއިރު ވަކިކޮށްގެން ގެންގުޅުނު ބައެކެވެ. ތަމަޅަ ބާޣީން އަތުލުމަށް އިންޑިޔާ މަނަވަރެއް މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތުވެސް ލިބުނީ އެރަށުންނެވެ. އެހެންކަމުން، މިހާރު ބާޣީންގެ ނުރައްކަލެއް މާލެއަކު ނޯންނާނޭ ހިތައި، އަޅުގަނޑުމެން ގަސްތުކުރީ އެނބުރި މާލެގޮސް ދޯނީގެ ސްޕެއަރޕާރޓް ހިފައިގެން އެނބުރި ރަށަށް ދިއުމަށެވެ. އެގޮތުން އެނބުރި މާލެއައިސް ދޯނިން ފައިބައިގެން ރަށުތެރެއަށް ހިނގާގައިތަނާ، ބަޑިހިފައިގެން ތިބި އިންޑިޔާ ސިފައިންގެ ބަޔަކު އަޅުގަނޑުމެން މަޑުކުރުވިއެވެ. އެމީހުން އަޅުގަނޑުމެން ޗެކްވެސް ކުރިއެވެ. އެހެނަސް، އަޅުގަނޑުމެން ނުހިފަހައްޓައެވެ. އެހެންކަމުން ފަތަހަ ނައީމް ހޯދައިގެން ފިހާރައަށް ގޮސް އަޅުގަނޑުމެން ގަތް ތަކެތި ފިހާރައިން ނަގައިގެން ދޯނީގައި ރަށަށް ދިއުމަށް ފުރީއެވެ.

The post ނޮވެމްބަރު ތިނެއްގެ ރަޙީނެއްގެ ދުލުން appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/report/43383/feed/ 1