Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
ކުޅިވަރު – Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Sun, 26 Jan 2020 15:47:10 +0000 dv hourly 1 https://wordpress.org/?v=5.0.8 ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން http://www.eydhafushitimes.com/live/news/98433/ http://www.eydhafushitimes.com/live/news/98433/#respond Fri, 17 Jan 2020 09:09:24 +0000 http://www.eydhafushitimes.com/live/?p=98433

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ހިންގާ ގްރާސްރޫޓްސް އެކަޑަމީއަށް މިއަހަރު އެފްއޭއެމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން ބުނެފި އެވެ. ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މި ޕްރޮގްރާމު މިއަހަރު ހިންގާނީ އެފްއޭއެމްގެ ވެސް އެހީތެރިކަމާއެކު ސްކޫލާ ގުޅިގެން ވަކި ކަރިކިއުލަމެއްގެ ދަށުންނެވެ. “އޭގެ މާނައަކީ އެކުދިންނަށް ވަކި ސިސްޓަމެއްގެ ދަށުން މިފަހަރު ...

The post ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން appeared first on Eydhafushi Times.

]]>

ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ހިންގާ ގްރާސްރޫޓްސް އެކަޑަމީއަށް މިއަހަރު އެފްއޭއެމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން ބުނެފި އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މި ޕްރޮގްރާމު މިއަހަރު ހިންގާނީ އެފްއޭއެމްގެ ވެސް އެހީތެރިކަމާއެކު ސްކޫލާ ގުޅިގެން ވަކި ކަރިކިއުލަމެއްގެ ދަށުންނެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ)

“އޭގެ މާނައަކީ އެކުދިންނަށް ވަކި ސިސްޓަމެއްގެ ދަށުން މިފަހަރު ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ. ދެން ކޮންމެ މަހަކު ވެސް ޕޭރަންޓުންގެ ފީޑްބެކް ބަލާނަން އަދި ދަރިވަރުގެ ބައެއް ކަންތައްތައް ވެސް ބަލާން،” ބައްޓޭ ބުންޏެވެ.

މީގެ އިތުރުން މިއަހަރުގެ ގްރާސްރޫޓްސް ޕްރޮގްރާމުގެ ހާއްސަ އިސްކަމެއް ދޭނީ ބައްޓޭ ބުނި ގޮތުގައި ކުދިންގެ ކިޔެވުމުގެ ކަންތައްތައް ބަހައްޓަންވީ ގޮތާއި ނިދުމާއި ކެއުމުގެ ކަންތައްތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުންނެވެ.

“އެގޮތުން ކޮންމެ މަހަކު އެއްފަހަރު ނޫނީ ތިން މަހުން އެއްމަހު ކުދިންގެ ކްލާހުގައި ޓީޗަރުންނާ ބައްދަލުކޮށް ފީޑުބެކް ދޭނަން. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ބޭފުޅުން ގެނެސް ޓްރޭނިންތަކުގައިވެސް ތިންމަހު އެއްމަހު ކަހަލަ ގޮތަކަށް ބައިވެރި ކުރެވޭތޯ މިބަލަނީ،”

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

މީގެ އިތުރުން މިއަހަރު އެފްއޭމްގެ ފަރާތުން ގްރާސްރޫޓްސް ޕްރޮގްރާމަށް ކުޅިވަރު އިކްއިޕްމަންޓާއި ބޯޅަ ފަދަ ތަކެތި ފޯރުކޮށްދޭ ގޮތަށް އެފްއޭއެމުގެ ރައީސް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބައްޓޭ ބުންޏެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް އެފްއޭއެމުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަށް ޒޯނުގެ ތެރެއިން އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީސް ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެފްއޭއެމުން ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ތަރައްގީކުރަން ނިންމީ ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަމާޒުހިފައިގެންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ މިއަހަރަށް ގްރާސްރޫޓްސް އެކަޑަމީ ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިމަހު ކުރީކޮޅު ވަނީ ގްރާސްރޫޓްސް ކޯޗުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

The post ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/98433/feed/ 0
ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި http://www.eydhafushitimes.com/live/news/96584/ http://www.eydhafushitimes.com/live/news/96584/#respond Thu, 16 Jan 2020 09:04:52 +0000 http://www.eydhafushitimes.com/live/?p=96584

ކްލަބު އޭދަފުށީ ކޯޗަކަށް ހަމަޖެއްސި މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން  ޓީމުގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފި އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 ...

The post ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި appeared first on Eydhafushi Times.

]]>

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ކްލަބު އޭދަފުށީ ކޯޗަކަށް ހަމަޖެއްސި މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން  ޓީމުގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފި އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި އަދި ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.

ކްލަބް އޭދަފުށިން އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށްޓަކީ ސާންތީ ކޯޗުކޮށްދޭ އަތޮޅުތެރޭގެ ފުރަތަމަ ޓީމެވެ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ފުޓްބޯޅައިގެ ހުނަރުވެރިކަން އުފެއްދުމުގައި މަޝްހޫރު އޭދަފުށްޓާ ސާންތީ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހަފްތާގަ އެވެ.

The post ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/96584/feed/ 0
ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ http://www.eydhafushitimes.com/live/news/93895/ http://www.eydhafushitimes.com/live/news/93895/#respond Tue, 14 Jan 2020 08:45:19 +0000 http://www.eydhafushitimes.com/live/?p=93895

މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މާދަމާ ހަވީރު ފަށަން ކްލަބް އޭދަފުށިން ނިންމައިފި އެވެ. ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އޭދަފުށީ ފުޓްބޯޅަ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ...

The post ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ appeared first on Eydhafushi Times.

]]>

މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މާދަމާ ހަވީރު ފަށަން ކްލަބް އޭދަފުށިން ނިންމައިފި އެވެ.

ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އޭދަފުށީ ފުޓްބޯޅަ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

“އޯޕަން ޑޭ އެއްގޮތަށް ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށަން މިދަނީ ތައްޔާރުވަމުން. 16 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ވެސް ފުރުސަތު އެބައޮތް. އެގޮތުން ޝައުގުވެރިކަން ހުރި ހުރިހާ ކުދިންނަށް ވެސް މާދަމާ ހަވީރު އޭދަފުށީ ޓާފު ދަނޑަށް ހާޒިރުވުމަށް ދައުވަތު ދެން،” ކްލަބް އޭދަފުށި އަދި ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށްޓަކީ ސާންތީ ކޯޗުކޮށްދޭ އަތޮޅުތެރޭގެ ފުރަތަމަ ޓީމެވެ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

The post ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/93895/feed/ 0
ކްލަބް އޭދަފުށީގެ ކޯޗަކަށް ސާންތީ http://www.eydhafushitimes.com/live/news/90345/ http://www.eydhafushitimes.com/live/news/90345/#respond Sat, 11 Jan 2020 04:38:08 +0000 http://www.eydhafushitimes.com/live/?p=90345

ކްލަބް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިހުސާން އަބްދުލްގަނީ (ސާންތި) ހަމަޖައްސައިފި އެވެ. ކްލަބް އޭދަފުށި ޓީމާ ސާންތީ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ސާންތީ ސޮއިކުރުން އޮތީ ރޭ އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. “އޭދަފުށި ނައިޓް” ގެ ނަމުގައި ބޭއްވި މި ހަފްލާގައި ސާންތީ ސޮއިކުރުމުގެ އިތުރުން ކްލަބްގެ ލަވަ އާއްމުކުރުމާއި، މި އަހަރުގެ އެ ކްލަބުން ބޭނުންކުރާނެ ޖާޒީ ދައްކާލުން ކުރިއަށްގެންދިޔަ އެވެ. މި ހަފްލާގައި 2008 ވަނަ ...

The post ކްލަބް އޭދަފުށީގެ ކޯޗަކަށް ސާންތީ appeared first on Eydhafushi Times.

]]>

އޭދަފުށީގެ ކޯޗަކަށް ހަމަޖެއްސި ސާންތީ.

ކްލަބް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިހުސާން އަބްދުލްގަނީ (ސާންތި) ހަމަޖައްސައިފި އެވެ. ކްލަބް އޭދަފުށި ޓީމާ ސާންތީ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ސާންތީ ސޮއިކުރުން އޮތީ ރޭ އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. “އޭދަފުށި ނައިޓް” ގެ ނަމުގައި ބޭއްވި މި ހަފްލާގައި ސާންތީ ސޮއިކުރުމުގެ އިތުރުން ކްލަބްގެ ލަވަ އާއްމުކުރުމާއި، މި އަހަރުގެ އެ ކްލަބުން ބޭނުންކުރާނެ ޖާޒީ ދައްކާލުން ކުރިއަށްގެންދިޔަ އެވެ. މި ހަފްލާގައި 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ ވެސް ވަނީ ބައިވެރިވެފަ އެވެ.

މިއީ އަތޮޅުތެރޭގެ ޓީމެއްގެ ކޯޗުގެ ގޮތުގައި ސާންތީ ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ސާންތީ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ކްލަބް ލެވެލްގައި ސާންތީ ފެނުނީ އީގަލްސް އިންނެވެ. 2011 ވަނަ އަހަރު އީގަލްސްއާ ހަވާލުވުމަށް ފަހު 2017 ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނުމާއި ހަމައަށް އެ ޓީމުގައި ސާންތީ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. ހާއްސަގޮތެއްގައި ސާންތީ ފާހަގަކުރެވުނީ ޒުވާން ކުޅުންތެރިން އުފައްދައި ވަކި ސްޓައިލަކަށް އީގަލްސް ބައްޓަން ކުރުމުގެ މޭސްތިރިޔާގެ ގޮތުގަ އެވެ. ސާންތީގެ ކޯޗުކަމުގައި އީގަލްސް ވަނީ ތިން ފައިނަލުގައި ކުޅެފަ އެވެ. އެފްއޭ ކަޕް ފައިނަލާއި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ބަލިވި ނަމަވެސް 2016 ވަނަ އަހަރު ސާންތީ ވަނީ އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ.

އީގަލްސްގެ ކޯޗުކަން ސާންތީ ދޫކޮށްލީ 2017 ވަނަ އަހަރުގެ ދިވެހި ލީގުގެ ގަދަ ހަތަރަކުން އެޓީމަށް ފުރުސަތު ނުލިބުމުންނެވެ. އެއަށްފަހު ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ 2017 ވަނަ އަހަރު ހަވާލުވެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެފްއޭއެމާ ގުޅުމަށް ފަހު ސާންތީ ވަނީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ. ސާންތީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ވަކިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކްލަބް އޭދަފުއްޓާއެކު ސާންތީ ކުރާނެ އެންމެ ބޮޑު ރޯލަކަށް ވަނީ ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމުގެ މަސައްކަތެވެ. މިކަމަށް ހާއްސަކޮށް އުމުފުރާތަކަށް އެލީޓް ޕްރޮގްރާމްތަކެއް އަހަރުގެ ތެރޭގައި ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތްތަކަށް ކްލަބް އޭދަފުށި ނުކުންނާނީ ސާންތީގެ އިރުޝާދުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި މި އަހަރުގެ އެފްއޭ ކަޕްގައި ކްލަބް އޭދަފުށިން ބައިވެރިވާން ވަނީ ނިންމައިފަ އެވެ. އަދި، ޖަޒީރާ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ވެސް އެ ކްލަބުން އަންނަނީ ކުރަމުންނެވެ. މީގެ ދެ އަހަރު ކުރިން ވުޖޫދުވި ކްލަބް އޭދަފުށި ވަނީ މިދިޔަ އަހަރު އޮތް އެފްއޭއެމް ޔޫތު ފުޓްބޯޅަ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އަދި، މި އަހަރު އޮންނަ މުބާރާތްތަކަށް ތައްޔާރުވުމަށް ރަނގަޅު ފެންވަރުގެ ތަމްރީނު ސާމާނުތައް ވެސް އެ ކްލަބުން މިހާރު ވަނީ ހޯދައިފަ އެވެ.

The post ކްލަބް އޭދަފުށީގެ ކޯޗަކަށް ސާންތީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/90345/feed/ 0
އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް! http://www.eydhafushitimes.com/live/news/77028/ http://www.eydhafushitimes.com/live/news/77028/#respond Tue, 31 Dec 2019 03:27:11 +0000 http://www.eydhafushitimes.com/live/?p=77028

“މިއީ ވަރަށް ހުނަރުވެރި ކުދިންތަކެއް. މިކުދިންގެ ތަފާތަކީ މިކަންކުރަން ހުރި ޝައުގުވެރިކަން. ފުޓްބޯޅަ އަށް އެހާ ކުޑައިރު ވެސް ހުންނަ ފޯކަސް. އަސްލު ކުޅެން ބޭނުންވެފައި ހުރި މިންވަރު. މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިކުދިންގެ ހުނަރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްވެފައި. މިކުދިންގެ ހުނަރު އަދިވެސް އިތުރަށް ތަރައްގީކޮށް މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،” ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިޒޯޓުގައި ބޭއްވި ފުޓްބޯޅަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އިނގިރޭސިވިލާތުގެ ...

The post އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް! appeared first on Eydhafushi Times.

]]>

“މިއީ ވަރަށް ހުނަރުވެރި ކުދިންތަކެއް. މިކުދިންގެ ތަފާތަކީ މިކަންކުރަން ހުރި ޝައުގުވެރިކަން. ފުޓްބޯޅަ އަށް އެހާ ކުޑައިރު ވެސް ހުންނަ ފޯކަސް. އަސްލު ކުޅެން ބޭނުންވެފައި ހުރި މިންވަރު. މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިކުދިންގެ ހުނަރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްވެފައި. މިކުދިންގެ ހުނަރު އަދިވެސް އިތުރަށް ތަރައްގީކޮށް މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،”

ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިޒޯޓުގައި ބޭއްވި ފުޓްބޯޅަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އިނގިރޭސިވިލާތުގެ އެވަޓަންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކޭހިލް ފުރަމަވެސް ދެއްކީ އުއްމީދީ ވާހަކަތަކެކެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އާދީއްތަ ދުވަހު ނިމުނުއިރު، ދުވާލަކު 1 ގަޑިއިރާއި ބައި ތަމްރީންދެ އެވެ.

މި ޓްރެއިނިން ކޭމްޕްގައި އަމިއްލަފުށި ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނާއެކު ޖުމްލަ ސާޅީހަކަށް ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންނެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ. މީގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓްސް ކޯޗުންވެސް މިކޭޕްގައި އެހީތެރިވެދިނެވެ.

މިއީ މި ޓްރެއިނިން ކޭމްޕުން އޭދަފުށީ ސްކޫލު ކުދިންގެ ހުނަރު ފެނިގެންދިޔަ ތިންވަނަ ފަހަރު ކަމަށާއި އެ ކުޅުންތެރިންގެ ހުނަރު ތަރައްގީވެ ކުރިއަރާފައިހުރި ވަރު ކޭހިލްގެ ޓީމުން ފާހަގަކުރި އެވެ.

“މި ކޭމްޕުން މިދިޔަ އަހަރެއްހާ ދުވަހު މި ކުދިންގެ ހުނަރު ތަރައްގީވި ވަރު ފެނިއްޖެ. ހުނަރަކީ އުނގަންނައިދީގެން ތަރައްގީ ކުރެވޭ އެއްޗެއް. ބޭނުންވަނީ މި ފަދަ ޕްރޮގްރާމްތައް ގިނައިން ގެންދިއުން. ފުޓްބޯޅައިގައި ވެސް ދަސްކުރުން ހުއްޓާލައިގެން ނުވާނެ،” ކޭހިލް ބުންޏެވެ.

މިއީ ކޭހިލްގެ ޓީމު ފުޓްބޯޅަ ކޭމްޕް ހިންގަން އެ ރިސޯޓަށް އައި ހަތަރުވަނަ ފަހަރެވެ. އޭނާ ބުނީ ރާއްޖޭގެ ރީތި ބީޗްތަކުން އުފާ ލިބިގަތުމަށް ވުރެ އޭނާގެ ތަޖުރިބާގެ އަލީގައި ދަސްވެފައި ހުރި އެއްޗެއް ކުދިންނަށް ބުނެދިނުމުން ލިބޭ އުފާ މާބޮޑުކަމަށެވެ.

މި ޓްރެއިނިން ކޭމްޕުގައި ބައިވެރިވި އޭދަފުށީ ކުއްޖަކު ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޕްރޮފެޝަނަލް އެކަޑަމީގެ ކޯޗުންގެ ފަރާތުން މި ޓްރޭނިން ލިބޭތީ އެވެ.

“މިކަހަލަ ޕްރޮފެޝަނަލް ޓްރެއިނިންގައި ބައިވެރިވެވޭތީ ވަރަށް ހިތްހަމަޖެހޭ. މިފަހަރު ވެސް މި ކޯޗުން އެކި ކަންތައްތައް ކިޔައިދިން،”

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ބްރެންޑާ ހޯރާ ވިދާޅުވި ބޭނުމަކީ މި ފަދަ ޓްރެއިނިންތައް ކުރިއަށް ގެންގޮސް އަމިއްލަފުށީގެ ފަރާތުން ގިނަ ކުދިންނަށް މި ފަދަ ފުރުސަތުތައް ފަހިވެގެންދިޔުން ކަމަށެވެ. އެގޮތުން ކޭހިލްގެ އެކަޑަމީއާއު މި ކޭމްޕް ކުރިއަށްގެންދަން ފެށުމުން ރިސޯޓަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ރިސޯޓް ވަރަށް ބޮޑަށް އިސްތިހާރުވެއްޖެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ކޭޕްގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓްސް ކޯޗު ފަޒްލޫން މުހައްމަދު ބުނި ގޮތުގައި މިފަހަރުގެ ކޭމްޕުން ކޭހިލްގެ ޓީމުން އެންމެބޮޑަށް ފާހަގަކުރި އެއް ކަމަކީ ކުދިންނަށް އައިސްފައިވާ ކުރިއެރުމެވެ.

“ކޯޗުން ވަރަށް ބޮޑަށް ފާހަކުރި ކުދިންގެ ހުނަރު އިމްޕްރޫވްވެފައި ހުރިވަރު. ހާއްސަކޮށް ގްރާސްރޫޓްސް ކުދިންގެ ހުނަރު ފެނިފައި އެމީހުން ހައިރާންވި،”

ފަޒްލޫން ބުނި ގޮތުގައި ސްކޫލު ކިޔެވުން ފެށުމާއެކު ގްރާސްރޫޓްސް އެކަޑަމީގެ ކުޅުންތެރިންނަށް ހަމައެކަނި ޓްރެއިނިން ނުދީ ވާދަވެރި މެޗުތަކެއް ކުޅޭނެ ފުރުސަތުތަކެއް ވެސް ފަހިކޮށްދެވޭތޯ ބަލާނެއެވެ.

އޭދަފުށްޓަކީ ރާއްޖޭގެ އެއް ރަށަކަށް ބަލާއިރު އެންމެ ގިނަ ކުޅުންތެރިން މި ވަގުތު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 2018 އަހަރު އެ ސްކޫލުގައި ގްރާސްރޫޓްސް ވެސް ފަށައިފަ އެވެ. އަދި މިދިޔަ އަހަރު ވަނީ އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ޕްރޮގްރާމް ވެސް ފަށައިފަ އެވެ.

The post އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް! appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/77028/feed/ 0
އޭދަފުށީގައި 18 އަހަރުން ދަށުގެ ލީގެއް ފަށަނީ http://www.eydhafushitimes.com/live/news/70478/ http://www.eydhafushitimes.com/live/news/70478/#respond Sat, 28 Dec 2019 14:54:11 +0000 http://www.eydhafushitimes.com/live/?p=70478

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމުކޮށްގެން އޭދަފުށީގައި 18 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ބާއްވަން ނިންމައިފި އެވެ. މިއީ މިފަދަ ގޮތަކަށް އުމުރުފުރައަށް އަމާޒުކޮށްގެން އޭދަފުށީގައި ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ އޭދަފުށީގައި ޒުވާން ކުދިންނަށް އަމާޒުކޮށްގެން ލީގެއް ބާއްވަން ނިންމީ މެޗު ތަޖުރިބާ ކުދިންނަށް ހޯދައިދިނުން ކަމަށެވެ. މި ލީގުގައި އޭދަފުށިން ހަތަރު ...

The post އޭދަފުށީގައި 18 އަހަރުން ދަށުގެ ލީގެއް ފަށަނީ appeared first on Eydhafushi Times.

]]>

އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި ކުޅެނީ. އޭދަފުށީގައި 18 އަހަރުން ދަށުގެ ލީގެއް ފަށަށް ދަނީ ތައްޔާރުވަމުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމުކޮށްގެން އޭދަފުށީގައި 18 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ބާއްވަން ނިންމައިފި އެވެ. މިއީ މިފަދަ ގޮތަކަށް އުމުރުފުރައަށް އަމާޒުކޮށްގެން އޭދަފުށީގައި ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ އޭދަފުށީގައި ޒުވާން ކުދިންނަށް އަމާޒުކޮށްގެން ލީގެއް ބާއްވަން ނިންމީ މެޗު ތަޖުރިބާ ކުދިންނަށް ހޯދައިދިނުން ކަމަށެވެ. މި ލީގުގައި އޭދަފުށިން ހަތަރު ޓީމެއް އެކުލަވާލާއިރު އެކަން ކުރާނީ ޑިވެލޮޕްމަންޓް އޮފީހުންނެވެ. މި ހަތަރު ޓީމުގެ މެދުގައި ބާއްވާ ލީގުގެ ކުޅުން ފަށަން ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. ލީގުގެ ކުޅުން ނިމޭނީ އަހަރުގެ ފަހުކޮޅު އެވެ.

“މައިގަނޑު ބޭނުމަކީ ކުދިންނަށް މެޗް އެކްސްޕީރިއެންސް ހޯދައިދިނުން. އެއީ ހަމައެކަނި ޕްރެކްޓިހުން ކުރިއެރުމެއް ނުލިބޭނެ. މިއާއެކު ކުޅުންތެރިންގެ އަހްލާގް ހިފެހެއްޓުން ވެސް މި ލީގުގެ މުހިއްމު ބޭނުމަކަށް ވާނެ” ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރު ރަށު ފުޓްބޯޅައިގައި އަމަލީގޮތުން މަސައްކަތްކުރާ ބައްޓޭ ބުންޏެވެ.

މި ލީގުގެ މެޗުތައް ކުޅޭނީ ކޮންމެ ހަފްތާ ބަންދެއްގަ އެވެ. ލީގުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ގެންދާއިރު ދަރިވަރުންގެ އެކަޑެމިކް ކަލަންޑަރަށް ބަލާނެ ކަމަށް ބައްޓޭ ބުންޏެވެ. އަދި، އޯލެވެލް ނިމިފައި ތިބި ކުދިން ވެސް ވަކި އުސޫލެއްގެ ދަށުން ޓީމުތަކުގައި ހިމެނުމަށް މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. މި ލީގުގައި ކުޅޭނީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޝީލްޑް ދޭއިރު ކޮންމެ މަހަކު އެންމެ މޮޅު ކުޅުންތެރިޔާ އާއި ލީގުގެ މޮޅު ކުޅުންތެރިޔާ އަދި ޑްރީމް ޓީމް ހޮވަން ވަނީ ނިންމައިފަ އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ)

“އޯލެވެލް ނިންމާފައި ތިބޭ ކުޅުންތެރިންނަށް ބެލުމަށް ފަހު ކޮންމެ ޓީމަކަށް ތިން ކުޅުންތެރިއަކު އިތުރުކުރާނެ. ކުޅުންތެރިން ހޮވާނީ މިހާރު ކުރިއަށްދާ ޕޫލްގެ ތެރެއިން. އެކަމަކު ލީގުގައި ކުޅުންތެރިން ކުޅޭއިރު ވަރަށް ބޮޑަށް ޑިސިޕްލިން އަށް ބަލާނެ” ބައްޓޭ ބުންޏެވެ.

ކުޅުންތެރިން އަހްލާގް ހިފެހެއްޓުމަށް ސްކޫލް އެޓެންޑެންސް އަށް ބަލާނެ ކަމަށާއި އަދި އަހްލާގީ މައްސަލަތަކަށް ވެސް ބަލަން ވަނީ ނިންމައިފަ އެވެ. ބައްޓޭ ބުނީ އެކަން ކުރާނީ ސްކޫލާ ގުޅިގެން ކަމަށާއި އަހްލާގީ ފެންވަރު ނުހިފެހެއްޓޭ ކުދިން ޓީމުން ބާކީކުރުން ފަދަ ކަންކަން ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ކުރާނީ ކުޅުންތެރިންނަށް ހުރިހާ މައުލޫމާތެއް ކިޔައިދިނުމަށް ފަހުގައި ކަމަށް ބައްޓޭ ބުންޏެވެ.

އޭދަފުށީގައި ގާއިމްކޮށްފައި ހުންނަ އޮފީހުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ލީގުގައި އަތޮޅުގެ އެހެން ރަށްތަކުގެ ޓީމުތައް ވެސް ބައިވެރިކުރުމެވެ.

“ސްޕޮންސަރ ލިބިގެން ލީގު އިތުރަށް ފުޅާކުރެވޭނެ. އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެތެރޭ މުޅި އަތޮޅަށް ލީގު ހުޅުވާލުން. އެފްއޭއެމުން މިކަމުގައި އެއްބާރުލުން ލިބޭ” ބައްޓޭ ބުންޏެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް އެފްއޭއެމުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަށް ޒޯނުގެ ތެރެއިން އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީސް ރަސްމީކޮށް އިފްތިތާހު ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެފްއޭއެމުން ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ތަރައްގީކުރަން ނިންމީ ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަމާޒުހިފައިގެންނެވެ.

އޭދަފުށީގައި ލީގެއް ފަށަން ތައްޔާރުވާއިރު އަންނަ އަހަރުގެ ޖޫން މަހު 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

The post އޭދަފުށީގައި 18 އަހަރުން ދަށުގެ ލީގެއް ފަށަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/70478/feed/ 0
ކޭހިލްގެ އެކަޑަމީން އޭދަފުށީ ކުދިންނަށް ފުޓްބޯޅަ ކޭމްޕެއް http://www.eydhafushitimes.com/live/news/67962/ http://www.eydhafushitimes.com/live/news/67962/#respond Thu, 26 Dec 2019 17:39:21 +0000 http://www.eydhafushitimes.com/live/?p=67962

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި އޮސްޓްރޭލިޔާގެ ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އަމިއްލަފުށި ރިސޯޓާ ގުޅިގެން އޭދަފުށީ ކުދިންނަށް ހާއްސަ ފުޓްބޯޅަ ކޭމްޕެއް  އެ ރިސޯޓްގައި ފަށައިފި އެވެ. އަމިއްލަފުށިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޭހިލް ފުޓްބޯލް އެކެޑަމީއާ އެކު އޭދަފުށީ ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅައިގެ ޕްރޮގްރާމެއް ހިންގައިފަ އެވެ. ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި ގޮތުގައި މި ...

The post ކޭހިލްގެ އެކަޑަމީން އޭދަފުށީ ކުދިންނަށް ފުޓްބޯޅަ ކޭމްޕެއް appeared first on Eydhafushi Times.

]]>

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި އޮސްޓްރޭލިޔާގެ ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އަމިއްލަފުށި ރިސޯޓާ ގުޅިގެން އޭދަފުށީ ކުދިންނަށް ހާއްސަ ފުޓްބޯޅަ ކޭމްޕެއް  އެ ރިސޯޓްގައި ފަށައިފި އެވެ.

އަމިއްލަފުށިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޭހިލް ފުޓްބޯލް އެކެޑަމީއާ އެކު އޭދަފުށީ ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅައިގެ ޕްރޮގްރާމެއް ހިންގައިފަ އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި ގޮތުގައި މި ކޭމްޕަކީ އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކޭމްޕަކީ ރިޒޯޓުގައި ކުރިއަށްގެންދާ ފެސްޓިވް ފުޓްބޯލް ކޭމްޕުގެ ތެރެއިން އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕްގައި އޭދަފުށީ ކުދިންގެ އިތުރުން އަމިއްލަފުށިން ދެން ފުރުސަތު ދިނީ އަމިއްލަފުށި ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނަށެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕްގައި ދުވާލަކު 1 ގަޑިއިރާއި ބައި ތަމްރީންދެ އެވެ. މި ޓްރެއިނިން ކޭމްޕްގައި ޖުމްލަ އެއްކޮށް 40 ކުދިން ބައިވެރިވި އެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އަދި ގިނަ ފުތްބޯލަ ތަރިންނެއް އުފެއްދި އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މީގެ އިތުރުން ކޭހިލްގެ ޓީމު މެދުވެރިވެގެން ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގްރާސް ރޫޓްސްގެ ހަތަރު ކޯޗުންވެސް އެ އެކަޑަމީގެ މަސައްކަތްތަކަށް ހާނުވާ ތަމްރީނު ދެމުންނެވެ.

ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅުނު ކޭހިލްގެ އެކެޑަމީ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. ކޭހިލްގެ އެކެޑަމީން ވަނީ ކެނަޑާ، ޗައިނާ، ތައިލެންޑް އަދި އިންޑިއާގައި ވެސް މި ފަދަ ކޭމްޕްތައް ބާއްވައިފަ އެވެ.

ކޭހިލްގެ އެކަޑަމީން ވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހު މިއަތޮޅު ދަރަވަންދޫ ކުދިންނަށްވެސް ޓްރޭން ދީފަ އެވެ.

The post ކޭހިލްގެ އެކަޑަމީން އޭދަފުށީ ކުދިންނަށް ފުޓްބޯޅަ ކޭމްޕެއް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/67962/feed/ 0
ހުނަރުވެރި ކުޅުންތެރިން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ކޯޗެއް: ސިލްވެސްޓާ http://www.eydhafushitimes.com/live/news/67947/ http://www.eydhafushitimes.com/live/news/67947/#respond Thu, 26 Dec 2019 17:11:07 +0000 http://www.eydhafushitimes.com/live/?p=67947

“ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު. މިއަދު އަހަންނާ އެކު އޭދަފުށީ ޓީމުގެ ކުޅުންތެރިން ބައިވެރިވުމުން އަހަރެންނަށް އެ މީހުންގެ ފެންވަރު ވަޒަންކޮށްލެވިއްޖެ. ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ކޯޗެއްގެ އިރުޝާދު، މަސައްކަތް ކޮށްފިއްޔާ އޭދަފުށި ޓީމަށް ކުރިއެރުން ހޯދޭނެ، މިރަށުގައި ފުޓްބޯޅައިގެ ކުރިމަގު އެބައޮތް،” އިއްޔެ ހަވީރު ބ. އޭދަފުށީ ޓާފްދަނޑުގައި ސޮނެވާފުށި ޓީމަކާއި އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެގައި ސޮނެވާފުށީ ޓީމަށް ކުޅުނު ފްރާންސާއި މެންޗެސްޓަރ ޔުނައިޓެޑް އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރު ...

The post ހުނަރުވެރި ކުޅުންތެރިން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ކޯޗެއް: ސިލްވެސްޓާ appeared first on Eydhafushi Times.

]]>

“ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު. މިއަދު އަހަންނާ އެކު އޭދަފުށީ ޓީމުގެ ކުޅުންތެރިން ބައިވެރިވުމުން އަހަރެންނަށް އެ މީހުންގެ ފެންވަރު ވަޒަންކޮށްލެވިއްޖެ. ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ކޯޗެއްގެ އިރުޝާދު، މަސައްކަތް ކޮށްފިއްޔާ އޭދަފުށި ޓީމަށް ކުރިއެރުން ހޯދޭނެ، މިރަށުގައި ފުޓްބޯޅައިގެ ކުރިމަގު އެބައޮތް،”

އިއްޔެ ހަވީރު ބ. އޭދަފުށީ ޓާފްދަނޑުގައި ސޮނެވާފުށި ޓީމަކާއި އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެގައި ސޮނެވާފުށީ ޓީމަށް ކުޅުނު ފްރާންސާއި މެންޗެސްޓަރ ޔުނައިޓެޑް އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރު މިކޭލް ސިލްވެސްޓާ މެޗަށްފަހު ދެއްކީ ބުންޏެވެ. މި މެޗު 5-0އިން ކާމިޔާބުކުރީ ސޮނޭވާފުއްޓެވެ.

މި މެޗަށްފަހު، އާއިލާ އާއެކު ސޮނެވާފުއްޓަށް ޗުއްޓީ ހޭދަކޮށްލަން އައިސްހުރި ސިލްވެސްޓާ އާ އެކު ފޮޓޯ ނަގައި އަދި އޮޓޯގްރާފް ހޯދަން ބޭނުންވި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެ ފުރުސަތުވަނީ ދީފައެވެ.

މިކޭލް ސިލްވެސްޓާ ޗުއްޓީ ހޭދަކުރުމަށް މިދިޔަ އަހަރު ވެސް ސޮނެވާފުއްޓަށްއައެވެ.

ޔުނައިޓެޑްގެ އެންމެ ކާމިޔާބު ދުވަސްވަރު އެކުލަބަށް ކުޅުނު ސިވެސްޓްރޭވަނީ ޕްރިމިއަރ ލީގު 5 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކުލަބު ވޯލްޑް ކަޕް، އެފްއޭ ކަޕް، އަދި ލީގް ކަޕްވެސް ހޯދާފައެވެ.

The post ހުނަރުވެރި ކުޅުންތެރިން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ކޯޗެއް: ސިލްވެސްޓާ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/67947/feed/ 0
ސްކޫލުތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނެސްފި http://www.eydhafushitimes.com/live/news/67943/ http://www.eydhafushitimes.com/live/news/67943/#respond Thu, 26 Dec 2019 15:49:54 +0000 http://www.eydhafushitimes.com/live/?p=67943

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ކުރިން ދެމުން އައި އުސޫލަށް ބަދަލު ގެނެސް ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި އަހަރު ދެކޮޅު ސްކޫލްތަކުގެ ކުދިންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ. އެގޮތުން މިހާރު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދެނީ، ހަމައެކަނި ޑިސެމްބަރު އަދި ޖެނުއަރީގަ އެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދެބަޔަކަށް ބަހާލައިގެން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ...

The post ސްކޫލުތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނެސްފި appeared first on Eydhafushi Times.

]]>

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ކުރިން ދެމުން އައި އުސޫލަށް ބަދަލު ގެނެސް ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި އަހަރު ދެކޮޅު ސްކޫލްތަކުގެ ކުދިންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ.

އެގޮތުން މިހާރު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދެނީ، ހަމައެކަނި ޑިސެމްބަރު އަދި ޖެނުއަރީގަ އެވެ.

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދެބަޔަކަށް ބަހާލައިގެން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ސްކޫލް ޗުއްޓީގެ ފުރަތަމަ ބައި ދޭނީ، 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި ދެވަނަ ބައި ދޭނީ، 6 ޑިސެމްބަރު 2020 އިން 7 ޖަނަވަރީ 2021 އަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއިން ބުންޏެވެ.

އެގޮތަށް ހަމަޖެއްސީ ޑިސެމްބަރު އަދި ޖެނުއަރީ މަހަކީ ރިސޯޓްތަކުގެ ޕީކް ސީޒަނަށް ވާތީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މައިންބަފައިންއަށް އެ މީހުންގެ ދަރިން ގޮވައިގެން ޗުއްޓީއަށް ދިޔުމަށް ދަތިތަކާ ކުރިމަތިވާތީ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.

އަހަރީ ޗުއްޓީއަށް މިނިސްޓްރީން ގެނައި ބަދަލާއެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށްވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެކަމުގައި ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

The post ސްކޫލުތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނެސްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/67943/feed/ 0
ގޮއިދޫ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޖާޑީސް އަށް http://www.eydhafushitimes.com/live/news/64227/ http://www.eydhafushitimes.com/live/news/64227/#respond Fri, 20 Dec 2019 16:41:30 +0000 http://www.eydhafushitimes.com/live/?p=64227

ބ. ގޮއިދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފް.ސީ ޖާޑީސް އިން ހޯދައިފި އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ވޮލްވްސް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 3-5 ން ކުރި ހޯދައިގެންނެވެ. މުޅި މުބާރާތުގެ އެކި އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓާއި ޓްރޮފީ މިއަދު ވަނީ ހަވާލުކޮށްފައެވެ. ފައިނަލު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި ...

The post ގޮއިދޫ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޖާޑީސް އަށް appeared first on Eydhafushi Times.

]]>

އެފްސީ ޖާޑީސް ޗެމްޕިއަން ޓްރޮފީއާއެކު

ބ. ގޮއިދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފް.ސީ ޖާޑީސް އިން ހޯދައިފި އެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ވޮލްވްސް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 3-5 ން ކުރި ހޯދައިގެންނެވެ.

މުޅި މުބާރާތުގެ އެކި އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓާއި ޓްރޮފީ މިއަދު ވަނީ ހަވާލުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ފައިނަލު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އެފްސީ ޖާޑީސް ގެ އައިޝަތު ރަޝީދާ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗަޑްސްގެ ސާނިޔާ އަހްމަދެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ އައިޝަތު ރަޝީދާގެ އިތުރުން އެފްސީ ޖާޑީސްގެ ފާތިމަތު އަފްޒާ އާއި ފަތީނާ އަބްދުލް ރަޙީމާއި ލިލީސްގެ ފިރުޝާނާ ނަސީރު އަދި ވޮލްވްސް ގެ އާމިނަތު ނާޖިޔާ އެވެ.

ގޮއިދޫ އަންހެނުންގެ ކޮމެޓީން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވަން ގަސްތުކުރާކަމަށެވެ.

The post ގޮއިދޫ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޖާޑީސް އަށް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/64227/feed/ 0