Warning: Cannot modify header information - headers already sent by (output started at /home/content/08/10080908/html/live/index.php:1) in /home/content/08/10080908/html/live/wp-includes/feed-rss2.php on line 8
Eydhafushi Times http://www.eydhafushitimes.com/live Community online newspaper for Baa Atoll Sat, 28 Mar 2020 16:11:04 +0000 dv hourly 1 https://wordpress.org/?v=5.0.8 ކޮވިޑް-19: ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ http://www.eydhafushitimes.com/live/news/185646/ http://www.eydhafushitimes.com/live/news/185646/#respond Sat, 28 Mar 2020 15:58:37 +0000 http://www.eydhafushitimes.com/live/?p=185646

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓަރ އެއް ދޭން ނިންމައިފިއެވެ. ދިރާގުން ބުނި ގޮތުގަިއ މިއީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެކެވެ.  މި 10ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރިޗް އަދި އެޕްރިލް ...

The post ކޮވިޑް-19: ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ appeared first on Eydhafushi Times.

]]>

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓަރ އެއް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނި ގޮތުގަިއ މިއީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެކެވެ. 

މި 10ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރިޗް އަދި އެޕްރިލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް     (https://portal.dhivehinet.net.mv/home)  މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރެވޭ ވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެއެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންގ މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ވަނީ ދީފައިއެވެ. އަދި މި އަންނަ އެޕްރިލް މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50% ޑިސްކައުންޓް ދީފައިވެއެވެ. އަދި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް  މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ދީފައިއެވެ.

ދިރާގުން އުންމީދުކުރަނީ، މި ކަންތައްތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި، ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށެވެ. އަދި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްރަވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށެވެ.

ދިރާގުން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ.

The post ކޮވިޑް-19: ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/185646/feed/ 0
ޓެލިކިލާސް ޕްރޮގްރާމްތައް މާދަމާ އަލުން ފަށަނީ http://www.eydhafushitimes.com/live/news/185639/ http://www.eydhafushitimes.com/live/news/185639/#respond Sat, 28 Mar 2020 15:36:52 +0000 http://www.eydhafushitimes.com/live/?p=185639

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ހުރި ނަމަވެސް ދަރިވަރުންގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް ދަރިވަރުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސް ދެމުން އަންނަ ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށްފަހު އަލުން އެ ޕްރޮގްރާމުތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާދަމާ ހެނދުނު 8:00އިން ފެށިގެން 10:00ގެ ނިޔަލަށް ޓެލިކިލާސް ޕްރޮގްރާމުތައް އަލުން ޔެސްޓީވީން ދައްކަން ފަށާނެ ކަމަށެވެ. ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މި މަހުގެ ...

The post ޓެލިކިލާސް ޕްރޮގްރާމްތައް މާދަމާ އަލުން ފަށަނީ appeared first on Eydhafushi Times.

]]>

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ހުރި ނަމަވެސް ދަރިވަރުންގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް ދަރިވަރުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސް ދެމުން އަންނަ ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށްފަހު އަލުން އެ ޕްރޮގްރާމުތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާދަމާ ހެނދުނު 8:00އިން ފެށިގެން 10:00ގެ ނިޔަލަށް ޓެލިކިލާސް ޕްރޮގްރާމުތައް އަލުން ޔެސްޓީވީން ދައްކަން ފަށާނެ ކަމަށެވެ.

ޓެލިކިލާސް ޕްރޮރްގާމުތައް ހުއްޓާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މި މަހުގެ 18ވަނަ ދުވަހުއެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވަނީ މިދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭއިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ކަމަށާއި އެގޮތުން ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ ޢާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސް ކުރުމަށް ސަމާލުކަން ދެވިދާނެ ކަމަށެވެ.

ޓެލެކިލާސް ޕްރޮގްރާމުތައް ފަށާފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން އެއް ހަފްތާއަށް މެދުކަނޑާލާފައިވީ ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުންދަރިވަރުންނަށް ފިލާވާޅު ލިބިގެން ދާނީ ޕީއެސްއެމްގެ ޗެނަލްތަކުންނާއި ޔޫޓިއުބު ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން އިން ބުންޏެވެ.

ޓެލެކިލާސް ޕްރޮގްރާމުގައި ޖުމްލަ ހަ މާއްދާގެ ފިލާވަޅުތައް ދޭއިރު މި ޕްރޮގްރާމުގައި ކޮންމެ މާއްދާއަކަށް 30 މިނެޓު ހޭދަ ކުރެއެވެ.

The post ޓެލިކިލާސް ޕްރޮގްރާމްތައް މާދަމާ އަލުން ފަށަނީ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/185639/feed/ 0
އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ހިލޭ http://www.eydhafushitimes.com/live/news/185632/ http://www.eydhafushitimes.com/live/news/185632/#respond Fri, 27 Mar 2020 05:04:26 +0000 http://www.eydhafushitimes.com/live/?p=185632

ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް އެ ކުންފުނިން މިއަދު ތައާރަފްކޮށްފިއެވެ. އުރީދުން ބުނީ މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ...

The post އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ހިލޭ appeared first on Eydhafushi Times.

]]>

ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް އެ ކުންފުނިން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދުން ބުނީ މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ވެސް އުރީދުން ބުންޏެވެ.

އެގޮތުން އިތުރު %25 ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެނެދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ވަނީ މީގެ ކުރިން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25% ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީޚުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ. މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންކަމަށް އުރީދޫން ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހާލަތު ދެނެގަތުމާ، އިންޓަނެޓް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުށް މަގު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ އިން އަޅާފައިވާ ފިޔަވަޅުތައް:-

  • ކޮވިޑް-19 ވެބްސައިޓް އަށް ހިލޭ ވަދެވޭނެ ގޮތަށް ހަމަޖެއްސުން
  • ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ފޯރުކޮށްދިނުން
  • ޕްރީޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ފޯރުކޮށްދިނުން
  • ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ފޯރުކޮށްދިނުން
  • ލޯކަލް ނަންބަރުތަކަށް ކުރާ އެސް.އެމް.އެސް ތައް މުޅިން ހިލޭ ކުރުން.
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ގޫގްލް ކްލާސްރޫމް ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް 5ޖީބީ ޑޭޓާ ގެ އެލަވަންސެއް ހަމަޖެއްސުން
  • އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމުގެ ގޮތުން އިމަރޖެންސީ ސެންޓަރު ތަކަށާއި، ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަރނެޓް ފޯރު ކޮށްދިނުން
  • ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ފޮނުވޭ މެސެޖް ތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗް.ޕީ.އޭ އާއި ރެޑްކްރެސެންޓް އަދި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރުން.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންއަންނަ ކޯވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުރީދޫ ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މި ހާލަތުގައި، އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް ދަނީ ބާރުއަޅަމުންނެވެ.

  • އުރީދޫ އެޕް (ޑައުންލޯޑް ލިންކް:http://ore.do/app) މެދުވެރިކޮށް، އުރީދޫގެ ހުރިހާ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ. ސިމް، ޑިވައިސްތައް، ސްމާރޓްފޯން އަދި ސްމާރޓް އެކްސެސަރީތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ އާއިއެކު ފޯރުކޮށްދެވޭނެއެވެ.
  • އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން، ފައިސާ ޓްރާންސްފަރ ކުރުމާއި؛ ތަފާތު ވިޔަފާރިތަކަށް ފައިސާ ދައްކައި؛ ފޯން، އިންޓަނެޓް، ފެން، ކަރަންޓު އަދި ކޭބަލް ޓީވީ ބިލްތައް ދައްކައި؛ އަދި ގޭސް އޯޑަރުވެސް ކުރެވޭނެއެވެ. އެމް-ފައިސާ އަކީ އެކައުންޓް ރެޖިސްޓަރ ކުރުމާއި ކޭޝް ޑިޕޮސިޓްކުރުންވެސް ހިމެނޭގޮތަށް، ހުރިހާ ޚިދުމަތްތައްވެސް އޮންލައިންކޮށް ހޯދޭ އެޕްލިކޭޝަނެކެވެ.
  • އުރީދޫ އެޕްގައި ހިމެނޭ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ އަދި ވައިބަރގައި ހިމެނިފައިވާ އުރީދޫ އެވީ، އަދި ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި ހިމެނޭ އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް،  ކަސްޓަމަރ ކެއާގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ހެލްތް އިމަޖެންސީ އާއި ޤައުމީ ފެންވަރުގައި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް “ވާރކް ފްރޮމް ހޯމް” ޕޮލިސީ އެއް ތަންފީޒުކޮށް އުރީދޫ މޯލްޑިވްސް ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ބުރޫނާރާނޭ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ، އުރީދޫ މޯލްޑިވްސްއިން ވަނީ 1ޓީބީ ސްޓޯރޭޖް އާއެކު އޮފީސް 365 އަދި ވިޒް.އީ އާރު ޕީ ފަދަ ކްލައުޑް ބޭސްޑް އެޕްލިކޭޝަންސް މެދުވެރިކޮށް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މީގެ އިތުރުން، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސއްކަތްތަށް ކުރުމުގައި މުވައްޒަފުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ބައްދަލުވުންތައް ފޭސްބުކް ވޯރކްޕްލޭސް އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އުރީދޫން ބުނީ ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ އެކި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އެ ކުންފުނީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދެމުން ގެންދާނެ ކަމަށެވެ.  

The post އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ހިލޭ appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/185632/feed/ 0
އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި http://www.eydhafushitimes.com/live/news/182436/ http://www.eydhafushitimes.com/live/news/182436/#respond Wed, 25 Mar 2020 13:45:42 +0000 http://www.eydhafushitimes.com/live/?p=182436

އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ. ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކުރަން ...

The post އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި appeared first on Eydhafushi Times.

]]>

އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމާފައިވާކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.

ރައީސް ސޯލިހު މިއަދު ވަނީ ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް އަށް މީހަކޮރޯނާވައިރަހަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުނުވެ ތިބި އަށް މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެއްޖެ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވައިފަ އެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އިންޓަނެޓްގެ އަގަށް ވެސް ހެޔޮ ބަދަލެއް ގެނެސް އެކަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

The post އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/182436/feed/ 0
ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފި http://www.eydhafushitimes.com/live/news/182431/ http://www.eydhafushitimes.com/live/news/182431/#respond Wed, 25 Mar 2020 13:30:58 +0000 http://www.eydhafushitimes.com/live/?p=182431

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 ...

The post ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފި appeared first on Eydhafushi Times.

]]>

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

އެގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށްވެސް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައެވެ. އަދި މީގެ އިތުރުން ލޯނު ދެއްކުން ފަސްކުރާ 6 މަހަށް ފަހު، ޖެހިގެން އަންނަ 6 މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު %20 މަދުކޮށް ދެއްކުމުގެ ފުރުސަތުވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި  ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ.

“މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެއެވެ. ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަރޑްރާފްޓް އަށް ދައްކަންޖެހޭ ފައިސާ ނުހިމެނެއެވެ،” ބީއެލްއެލުން ބުންޏެވެ.

 ބީއެމްއެލުން ބުނި ގޮތުގައި ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި 6 މަސްދުވަހު ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި  6 މަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވެއެވެ. އެހެންކަމުން މިހާރުވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް މިއަންނަ ހަފްތާތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ބީއެމް އެލުން ބުންޏެވެ.

The post ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/182431/feed/ 0
ކޮވިޑް-19: ފަސްމުގޫން ވިއްކާ މުދާ ކަސްޓަމަރުންގެ ގެއަށް http://www.eydhafushitimes.com/live/news/176368/ http://www.eydhafushitimes.com/live/news/176368/#respond Tue, 24 Mar 2020 13:23:16 +0000 http://www.eydhafushitimes.com/live/?p=176368

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްޔިތުން ގޭގައި ތިބެން ސަރުކާރުން އެންގި އެންގުމަށް އެއްބާރުލުން ދިނުމަށްޓަކައި، އޭދަފުށީ ފަސްމުގޫ ފިހާރައިން ވިއްކާ މުދާ ކަސްޓަމަރުންގެ ގޭގެ އަށް ޑެލިވާކޮށްދޭން މިއަދު ފަށައިފި އެވެ. ބ. އަތޮޅުގައި ހޯލް ސޭލް އާއި ރިޓޭލް ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ ފަސްމުގޫން ބުނީ 100ރ އަށް ވުރެ މަތިން ކުރާ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށެވެ. ފަސްމުގޫގެ މި ހިދުމަތާ އެކު، އާންމުކޮށް ބޭނުންކުރާ ހުރިހާ ...

The post ކޮވިޑް-19: ފަސްމުގޫން ވިއްކާ މުދާ ކަސްޓަމަރުންގެ ގެއަށް appeared first on Eydhafushi Times.

]]>

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްޔިތުން ގޭގައި ތިބެން ސަރުކާރުން އެންގި އެންގުމަށް އެއްބާރުލުން ދިނުމަށްޓަކައި، އޭދަފުށީ ފަސްމުގޫ ފިހާރައިން ވިއްކާ މުދާ ކަސްޓަމަރުންގެ ގޭގެ އަށް ޑެލިވާކޮށްދޭން މިއަދު ފަށައިފި އެވެ.

ބ. އަތޮޅުގައި ހޯލް ސޭލް އާއި ރިޓޭލް ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ ފަސްމުގޫން ބުނީ 100ރ އަށް ވުރެ މަތިން ކުރާ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށެވެ. ފަސްމުގޫގެ މި ހިދުމަތާ އެކު، އާންމުކޮށް ބޭނުންކުރާ ހުރިހާ ތަކެއްޗަކަށް އޯޑަރު ދިނުމުގެ މަގު ވަނީ ފަހިވެފަ އެވެ.

ޑެލިވަރީ ކޮށްދެނީ ހެނދުނު 9:00 އިން މެންދުރު 12:00، މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އޯޑަރު ދޭ ތަކެއްޗަށް ފައިސާ ދެއްކުމަށް ބީއެމްއެލް ކާޑާއި ނަގުދު ފައިސާ ވެސް ބަލައިގަންނާނެ ކަމަށް ފަސްމުގޫން ބުންޏެވެ.

“ކަސްޓަރަމުން ގޭގައި ތިއްބަވާ، ބޭނުންވާ ތަކެތި 9591122 އަށް ވައިބަ ކޮށްލާ، އިތުރު އެއްވެސް ޗާޖަކާ ނުލައި އަޅުގަނޑުމެން ގެއަށް ގެންގޮސްދޭނަން،

ފަސްމުގޫގެ ޕޯސްޓަރެއް

ފަސްމުގޫން ބުނީ މިގޮތަށް ޑެލިވަރީގެ ހިދުމަތް ދެނީ ގޭގައި ރައްކާތެރިކަމާ އެކު ތިބޭ އިރު ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން އެ ހިދުމަތް އެންމެ ފުރިހަމައަށް ބޭނުންކުރަން ފަސްމުގޫން އެދެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަތްދޮވުމަށް ބާރު އެޅުމަށް، ފަސޭހައިން އަތް ދޮވެވޭނެ ގޮތް ހަދައިދިނުމަށް ފަސްމުގޫން ވަނީ އެ ފިހާރައިގެ ބޭރުގައި އަތް ދޮންނަ ތަށި ވެސް ބަހައްޓައިފަ އެވެ.

ގިނަގިނައިން އަތް ދޮވުމުގެ އިތުރުން، ކެއްސައި ކިނބިހި އަޅާއިރު ނިވާކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އޭގެ އިތުރުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ބަލިވެ ކެއްސާނަމަ، މާސްކް އެޅުމަށް އެ ފަރާތްތަކުން އެދެ އެވެ.

ރާއްޖޭގައި 13 މީހަކަށް ކޮރޯނާ ވައިރަސް ޖެހުނު ނަމަވެސް، ފަސް މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު އަދިވެސް އެ ބަލި ރާއްޖޭގައި ފެތުރުމުގެ ބިރު އެބަ އޮތެވެ.

The post ކޮވިޑް-19: ފަސްމުގޫން ވިއްކާ މުދާ ކަސްޓަމަރުންގެ ގެއަށް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/176368/feed/ 0
އޭލެވެލް މެއި/ޖޫން އިމްތިހާނު ފަސްކޮށްފި http://www.eydhafushitimes.com/live/news/176363/ http://www.eydhafushitimes.com/live/news/176363/#respond Tue, 24 Mar 2020 11:15:36 +0000 http://www.eydhafushitimes.com/live/?p=176363

އެޑެކްސެލް އިން ބާއްވަމުން އަންނަ އޭލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރަށް ފަސްކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކުރަން ޖެހުމުން މެއި އާއި ޖޫން މަހު ބާއްވަން ހަމަޖެއްސި އޭލެވެލް އިމްތިހާނު ފަސްކޮށް، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި އިންތިހާނުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖުން ދޭ އިމްތިހާނެވެ. އެޑެކްސެލް ހަދަނީ އޭ ލެވެލްގަ އެވެ. މި ...

The post އޭލެވެލް މެއި/ޖޫން އިމްތިހާނު ފަސްކޮށްފި appeared first on Eydhafushi Times.

]]>

އެޑެކްސެލް އިން ބާއްވަމުން އަންނަ އޭލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރަށް ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކުރަން ޖެހުމުން މެއި އާއި ޖޫން މަހު ބާއްވަން ހަމަޖެއްސި އޭލެވެލް އިމްތިހާނު ފަސްކޮށް، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި އިންތިހާނުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖުން ދޭ އިމްތިހާނެވެ. އެޑެކްސެލް ހަދަނީ އޭ ލެވެލްގަ އެވެ. މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު ހަދާނީ ގްރޭޑު 11ގެ ދަރިވަރުން އެކަންޏެވެ. މީގެ ކުރިން ގްރޭޑް 12ގެ ދަރިވަރުން ވެސް އިމްތިހާނު ހަދަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރުގައި 12ގެ ދަރިވަރުން އެޑެކްސެލް އިމްތިހާނު ހެދުމުން، މި އަހަރު ގްރޭޑު 12 އޮތީ ޓްރާންސިޝަން މަރުހަލާގަ އެވެ.

އޭލެވެލް އިމްތިހާނު ފަސް ކުރިއިރު، ކެމްބްރިޖް ޔުނިވާސިޓީން އަންނަ މެއި އަދި ޖޫން މަހު ބާއްވަން ތާވަލު ކުރި އިމްތިހާންތައް ވަނީ ކެންސަލްކޮށްފަ އެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖް އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލް އިމްތިހާނެވެ.

The post އޭލެވެލް މެއި/ޖޫން އިމްތިހާނު ފަސްކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/176363/feed/ 0
ދެމީހަކަށް ޝައްކުވެގެން ރީތި ބީޗު އަނެއްކާވެސް މޮނިޓަރިން އަށް http://www.eydhafushitimes.com/live/news/176357/ http://www.eydhafushitimes.com/live/news/176357/#respond Tue, 24 Mar 2020 11:04:00 +0000 http://www.eydhafushitimes.com/live/?p=176357

ބ. ފޮނިމަގޫދޫގައި ހިންގާ، ރީތި ބީޗް ރިސޯޓް ގައި މަސައްކަތްކުރާ ދެމީހެއްގެ ފަރާތުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ރިސޯޓު އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެންގޮސްފި އެވެ. ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އެ ރިސޯޓްގެ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނަގައި، ޓެސްޓް ކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއް ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ ...

The post ދެމީހަކަށް ޝައްކުވެގެން ރީތި ބީޗު އަނެއްކާވެސް މޮނިޓަރިން އަށް appeared first on Eydhafushi Times.

]]>

ރީތި ބީޗް ރިސޯޓް

ބ. ފޮނިމަގޫދޫގައި ހިންގާ، ރީތި ބީޗް ރިސޯޓް ގައި މަސައްކަތްކުރާ ދެމީހެއްގެ ފަރާތުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ރިސޯޓު އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެންގޮސްފި އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އެ ރިސޯޓްގެ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނަގައި، ޓެސްޓް ކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއް ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. މޮނިޓަރިންގައި އޮންނަ ރަށްތަކަށް އަރައި ފޭބުން މަނާވާނެ އެވެ.

މީގެކުރިން ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ޝައްކުވެގެން ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ.

The post ދެމީހަކަށް ޝައްކުވެގެން ރީތި ބީޗު އަނެއްކާވެސް މޮނިޓަރިން އަށް appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/176357/feed/ 0
ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފި http://www.eydhafushitimes.com/live/news/176352/ http://www.eydhafushitimes.com/live/news/176352/#respond Tue, 24 Mar 2020 09:06:50 +0000 http://www.eydhafushitimes.com/live/?p=176352

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަންވަނީ މަޖުބޫރު ވެފައިއެވެ. އެގޮތުން އާންމުކޮށް ކަންތައްތައް ކުރާ ގޮތާ ހިލާފަށް އިތުރު އެހެން ގޮތް ގޮތް ހޯދަން މިހާރު ވަނީ ޖެހިފައިއެވެ. މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ކެނޑިނޭޅި ސިއްހީ މާހިރުން ދަނީ ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ...

The post ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފި appeared first on Eydhafushi Times.

]]>

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަންވަނީ މަޖުބޫރު ވެފައިއެވެ. އެގޮތުން އާންމުކޮށް ކަންތައްތައް ކުރާ ގޮތާ ހިލާފަށް އިތުރު އެހެން ގޮތް ގޮތް ހޯދަން މިހާރު ވަނީ ޖެހިފައިއެވެ. މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ކެނޑިނޭޅި ސިއްހީ މާހިރުން ދަނީ ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ތަކެއްޗެވެ. ސަބަބަކީ، މި ތަކެއްޗަކީ އެތައް ބައެއްގެ އަތްމަތިން ދައުރުވާ ތަކެއްޗަށްވުމުންނެވެ. ވުމާއެކު، ގޭގައި ތިބެގެން ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރ ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން ވަނީ އިތުރަށް ޖެހިފައިއެވެ.  

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށްވަނީ ފަށާފައިއެވެ. އަދި ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހު ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔުއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސާފައިއެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ވަނީ ހަމަޖައްސާފައިއެވެ.

 ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގުން ދަނީ އިތުރު ވިޔަފާރިތައްވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމަ މިއާއެކު، މި ޑިޖިޓަލް ޚިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ.  

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ޚިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށްވެސް ވާކަށް ނުޖެހޭނެއެވެ.

ދިރާގުގެ ހުރިހާ ޚިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައިއެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްސް ބޭނުންކުރަމަށް ބާރު އަޅަމުންދާއިރު، ދިރާގު ޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެއެވެ. އަދި ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ. 

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

The post ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/176352/feed/ 0
ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި http://www.eydhafushitimes.com/live/news/176280/ http://www.eydhafushitimes.com/live/news/176280/#comments Mon, 23 Mar 2020 17:29:43 +0000 http://www.eydhafushitimes.com/live/?p=176280

ބ. ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަތުން މަސްތުވާތަކެތި ފެނިފައިވަނީ، މާލެއިން ކެންދޫއަށް ދިޔަ ލޯންޗަކުން ގެންދިޔަ ފޮށިގަނޑެއް ބަލައި ފާސްކުރި އިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ކެންދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ގެންނަ ކަމުގެ މައުލޫމާތު ބ. ...

The post ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި appeared first on Eydhafushi Times.

]]>

ބ. ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަތުން މަސްތުވާތަކެތި ފެނިފައިވަނީ، މާލެއިން ކެންދޫއަށް ދިޔަ ލޯންޗަކުން ގެންދިޔަ ފޮށިގަނޑެއް ބަލައި ފާސްކުރި އިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ކެންދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ގެންނަ ކަމުގެ މައުލޫމާތު ބ. ކެންދޫ ޕޮލިސް ޑެސްކަށް ލިބުމާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ ފޮށިގަނޑު ބަލައި އައި މީހާ ފޮށިގަނޑާއެކު ހުއްޓުވުމުން ފޮށިގަނޑު ދޫކޮށްލުމަށްފަހު ފިލުމުންނެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

The post ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި appeared first on Eydhafushi Times.

]]>
http://www.eydhafushitimes.com/live/news/176280/feed/ 1