ގްރީން ފަންޑުން ޑިސެމްބަރު މަހު އެންމެ ބޮޑު ހޭދައެއް ބ. އަތޮޅުގެ ދެ ރަށަކަށް

ބ. އަތޮޅުގެ އޭރިއަލް ފޮޓޯއެއް: ފޮޓޯ/ސީ ފްރޮމް ދަ ސްކައި

ގްރީން ފަންޑުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ބ. އަތޮޅުގެ ދެ ރަށަކަށް 18.8 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ގްރީން ފަންޑުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 56 މަޝްރޫއަކަށް 129.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެެރެއިން އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ބ. ދޮންފަނާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށެވެ.

 އެގޮތުންދޮންފަނަށް 10 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 8.8 މިލިއަން ރުފިޔާ، ހޭދަކޮށްފައި ވެއެވެ.

މިދިޔަ އަހަރު ގްރީން ފަންޑަށް ޖުމްލަ 57.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.  އެ މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެއަތޮޅު ރިސޯޓުތަކުން 24.5 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން 1.6 މިލިއަން ރުފިޔާ އާއެކު ޖުމްލަ 26.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.