ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ބ. އަތޮޅުގައި ހިންގަމުން އަންނަ އެ ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވީ އެމެރިކާގެ 57 އަހަރުގެ ފިރިހެނެއް ކަމަށްވެ އެވެ. އޭނާ މަރުވީ ސީދާ ކޮން ސަބަބަކާ ހެދިކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ބ. އަތޮޅުހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހާ މިރޭ 9 ޖަހާކަން ހާއިރު އެ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފަ އެވެ.
އޭނާ މަރުވި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.