ޓާފު ދަނޑު ދޫކުރުން މަޑުޖައްސާލައިފި

ބ. އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ޓާފު ދަނޑުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާތީ ޓާފު ދަނޑު ދޫކުރުން މަޑުޖައްސާލައިފި އެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ޓާފު ދަނޑު ދޫކުރުން މިވަގުތަށް މަޑުޖައްސާލީ ޓާފު ދަނޑުގައި މިހާރު ކުރިއަށްދާ މުހިއްމު މަސައްކަތްތައް ނިމެންދެން ކަމަށެވެ

ދަނޑު ދޫކުރުން މެދުކަނޑާލިއިރު ކްލަބު އޭދަފުށިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފަ އެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުން ކުރިއަށްގެންދާ ގްރާސްރޫޓްސް ޕްރޮގްރާމު ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ދަނޑުގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ޓާފު ދަނޑު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ދަނޑު ދޫކުރެވެނޭ ކަމަށެވެ.

އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ ހަރަދުގައި އޭދަފުށީގައި މިދިޔަ އަހަރު އެޅި ޓާފް ދަނޑަކީ ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެކެވެ. މި ދަނޑު އަޅާފައިވަނީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ. ފެންވަރު ރަނގަޅު ދަނޑެއް ލިބުމުން އޭދަފުށިން މިހާރު އަމާޒުހިފާފައިވަނީ އިތުރު ކުޅުންތެރިން އުފެއްދުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.