ޕީޕީއެމް ޕްރައިމަރީގެ ވޯޓްލުން ފަށައިފި

އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕީޕީއެމް ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގެ ވޯޓްލުން މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.

ޕީޕީއެމް ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދަނީ

މިއަދު 2:30 ގައި ފެށި ވޯޓުލުން މިރޭ 6:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އޭދަފުށީގައި ވޯޓުލުން ކުރިއަށް ދަނީ ޕީޕީއެމް ކެމްޕޭން އޮފީހުގަ އެވެ. މާލޭގައި ވޯޓްލުން ކުރިއަށްދާނީ ދަރުބާރުގޭގަ އެވެ.

މި އިންތިހާބުގައި އޭދަފުށީ ކައުންސިލަށް ފިރިހެން ހަ ކެންޑިޑޭޓުން އަދި އަންހެން ހަތް ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރެއިން ކައުންސިލަށް އިންތިހާބު ކުރާނީ ފިރިހެން އަދި އަންހެން ތިން ކެންޑިޑޭޓުންނެވެ.

ޕީޕީއެމް ޓިކެޓްގައި އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާފައިވަނީ މުހައްމަދު ފާތިހު އެކަންޏެވެ. އެހެންވެ، ޕްރައިމަރީއަކާ ނުލައި އޭނާ ވަނީ ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ.

އޭދަފުށީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން (ފިރިހެން)

  1. ޖިނާން ހަމީދު
  2. މުހައްމަދު ނަސީރު
  3. އަލީ ޝަފީޤު
  4. ޒައިދު ޢަލީ
  5. ތޮލާލް އަބްދުއްރަހްމާން
  6. އަބްދުﷲ ރަޝީދު

އޭދަފުށީ ކައުންސިލަށް ވާދަކުރާ އަންހެން ކެންޑިޑޭޓުން

  1. ޒަހިއްޔާ އިބްރާހީމް
  2. ފާތުމަތު ނުޒުހަތު
  3. އަރޫޝާ ޢަބްދުލް ޤައްޔޫމް
  4. ނާޒްނީނާ ޔޫސުފް
  5. އަޒްރާ ޢަބްދުއްރަހީމް
  6. ޝަމްލާ އަބްދުﷲ
  7. ޙައްވާ ސަމީހާ

ޕީޕީއެމް އިން ބުނީ ވޯޓު ކަރުދާހުގައި ފާހަނގަ ޖަހާނީ އެދާއިރާއަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ. އެއަދަދަށްވުރެ އިތުރަށް އަދި މަދުން ފާހަނގަ ޖަހާފައިވާނަމަ، އެވޯޓު ބާޠިލުވާނެއެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.