ޕީޕީއެމުން އޭދަފުށީ ކައުންސިލަށް ވާދަކުރާނެ ކެންޑިޑޭޓުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި ބ. އޭދަފުށީ ކައުންސިލަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވައިފި އެވެ.

އޭދަފުށީ ކައުންސިލަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ފިރިހެން 6 އަދި އަންހެން 7 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެ ެތެރެއިން އިންތިހާބު ކުރީ ފިރިހެން އަދި އަންހެން ތިން ކެންޑިޑޭޓުންނާއެކު ޖުމްލަ ހަ މީހުންނެވެ.

ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓް ލިބުނީ އަލީ ޝަފީގު، ޢަބްދުﷲ ރަޝީދު، ޒައިދު ޢަލީގެ އިތުރުން ޒަހިއްޔާ އިބްރާހީމް، އަރޫޝާ އަބްދުލް ޤައްޔޫމް އަދި ނާޒްނީނާ ޔޫސުފަށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓް، ޕްރައިމަރީއަށް ނުގޮސް  މުހައްމަދު ފާތިހު އަށް ވަނީ ލިބިފައެވެ.

ޕީޕީއެމް އިން އިއްޔެ ބޭއްވި ޕްރައިމަރީގެ ހުރިހާ ކަމެއް ދިޔައީ އޮމާކޮށެއް ނޫނެވެ.

ޕީޕީއެމް ޕްރައިމަރީ (އޭދަފުށީ ކައުންސިލް) ވަގުތީ ނަތީޖާ – ފިރިހެން

 1. ޖިނާން ހަމީދު (238 ވޯޓް)
 2. މުހައްމަދު ނަސީރު (163 ވޯޓް)
 3. އަލީ ޝަފީޤް (342 ވޯޓް)
 4. ޒައިދު ޢަލީ (310 ވޯޓް)
 5. ތޮލާލް އަބްދުއްރަހްމާން (280 ވޯޓް)
 6. އަބްދުﷲ ރަޝީދު (319 ވޯޓް)

ޕީޕީއެމް ޕްރައިމަރީ (އޭދަފުށީ ކައުންސިލް) ވަގުތީ ނަތީޖާ – އަންހެން

 1. ޒަހިއްޔާ އިބްރާހީމް (397 ވޯޓް)
 2. ފާތުމަތު ނުޒުހަތު (171 ވޯޓް)
 3. އަރޫޝާ އަބްދުލް ޤައްޔޫމް (335 ވޯޓް)
 4. ނާޒްނީނާ ޔޫސުފް (205 ވޯޓް)
 5. އަޒުރާ އަބްދުއްރަހީމް (185 ވޯޓް)
 6. ޝަމްލާ އަބްދުﷲ (170 ވޯޓް)
 7. ޙައްވާ ސަމީހާ (188 ވޯޓް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.